Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • ލައިފް ސްޓައިލް
Advertisement - newsAdvertisement
ރާއްޖެ
ޕީއެންއެފް ޖަލްސާ

އިގްތިސާދީ މަސައްކަތެއް ހިނގާނަމަ ޑޮލަރު ލިބެން ހުންނާނީ 25 ރުފިޔާގައި: ރައީސް ޔާމީން

ކުރީގެ ރައީސް ޔާމީން ވިދާޅުވީ އިގްތިސާދު އޮތީ ވެންޓިލޭޓަރުގައި ކަމަށާއި މިހާރު ވިޔަފާރިތައް ހުއްޓިފައިވާތީ ޑޮލަރަށް ޑިމާންޑް މަދުވެފައިވާ ކަމަށް. އިގްތިސާދީ ހަރަކާތްތައް ހިނގާނަމަ ޑޮލަރު 20 އިން 25 ރުފިޔާއަށް އަރާނެ ކަމަށާއި ރައްޔިތުން އޮޅުވާލުމަކީ ވެރިކަން ބަދަލުވުމަށް މަގުފަހިކުރުން ކަމަށް ވިދާޅުވި.

ޙުސައިން މަޚްތޫމް
ޙުސައިން މަޚްތޫމް, ރާއްޖެ އެމްވީ | 9 ޖެނުއަރީ 2026 | ހުކުރު 10:11
ކުރީގެ ރައީސް އަބްދުﷲ ޔާމީން

ކުރީގެ ރައީސް އަބްދުﷲ ޔާމީން | ޕީޕަލްސް ނެޝަނަލް ފްރަންޓް (ޕީއެންއެފް)

އިގްތިސާދީ މަސައްކަތެއް ހިނގާނަމަ ޑޮލަރު ލިބެން ހުންނާނީ 25 ރުފިޔާގައި ކަމަށާއި، މިހާރު ޑޮލަރެއް 20 ރުފިޔާގައި ހުރީ ޑޮލަރުން ކުރާ މާބޮޑު ކަމެއް ގައުމުގައި ނުހިނގާތީ ކަމަށް ކުރީގެ ރައީސް އަބްދުﷲ ޔާމީން ވިދާޅުވެއްޖެ އެވެ. 

ޕީއެންއެފް ފްރަންޓް އޮފީސް ޖަލްސާގައި ވާހަކަ ދައްކަވަމުން ރައީސް ޔާމީން ވިދާޅުވީ މިއަދު ޑޮލަރެއް ލިބެން ހުރީ 20 ރުފިޔާ 25 ލާރިއަށް 30 ލާރިއަށް ކަމަށެވެ. ޔާމީން ވިދާޅުވީ އިގްތިސާދު އޮތީ ވެންޓިލޭޓަރުގައި ކަމަށެވެ. އަދި އިގްތިސާދު ވެންޓިލޭޓަރުން ނަގައި އިގްތިސާދީ ހަރަކާތްތަކެއް ހިނގާ ކަމުގައިވާނަމަ 20 ރުފިޔާ 25 ލާރިއަކަށް ޑޮލަރެއް ނުލިބޭނެ ކަމަށެވެ. ރައީސް ޔާމީން ވިދާޅުވީ މިއަދު އިގްތިސާދީ ހަރަކާތްތަކެއް ނުހިނގާ ކަމަށާއި، މިއަދު ވިޔަފާރިތައް ހުރީ ހުއްޓިފައި ކަމަށާއި، ރިއަލް އެސްޓޭޓެއް ނުހިނގާ ކަމަށެވެ. އަދި ބޭރުން މުދާ އިމްޕޯޓު ކުރަން ނުވަތަ އެހެން ކަމެއްގައި ނަމަވެސް މަދުން ޑޮލަރު ބޭނުންވާ ކަމަށާއި، އޭގެ އިތުރުން ރާއްޖެއިން ބޭރަށް ދާ މީހަކު ނުވަަތަ އާސަންދައިން ދާ މީހަކު ޑޮލަރު ނުލިބިގެން ފަދަ މަދުކަމެއްގައި ޑޮލަރު ބޭނުންވާ ކަމަށެވެ. 

Advertisement - newsAdvertisement
އެހެންވެގެން ޑޮލަރު 20 ގައި އެ އުޅެނީ. މިއީ ޑިޕްރެސްޑް ޑިމާންޑެއް މިހާރު މިއޮތީ ޑޮލަރަށް. އެހެންވީމާ މި ދެންނެވި ކަހަލަ މަސައްކަތްތަކެއް މިތާގައި ކުރާކަމުގައިވާނަމަ ޑޮލަރު މިހާރު އަތްފޯރާ ހިސާބުގައި ނޫން ހުންނާނީ. 22، 23، 25 އާއި ހަމައަށްދާނެ. އެހެންވީމަ އެއީ ރިއަލިސްޓިކް ފިގަރ އަކަށް ވާނީ. އެހެންވީމާ އިގްތިސާދީ ކަންކަމުގައި ރައްޔިތުންނަށް އޮޅުވާލާ ދޮގުހަދާކަމުގައިވާނަމަ އެއީ ދައުލަތެއް ބަނގުރޫޓުވުން، ނުވަތަ ދައުލަތެއް ހަލާކުވުން ނުވަތަ ވެރިކަން ބަދަލުވުމަކީ ރައްޔިތުން އެންމެ އެދޭނެ ގޮތް. 
ކުރީގެ ރައީސް އަބްދުﷲ ޔާމީން

ރައީސް ޔާމީން ވިދާޅުވީ ތަކުލީފުތަކުގައި ވެސް ރައްޔިތުންނަށް އުނދަގޫވާ ގޮތަށް ކަންތައްތަކެއް ދެމެހެއްޓެނިވި ގޮތެއްގައި ކުރާ ކަމަށްވަންޏާ ރައްޔިތުންނަކަށް އެ ތަހައްމަލެއް ނުކުރާނެ ކަމަށެވެ. އީރާނުން ވެސް މިއަދު ފެންނަނީ އެފަދަ މަންޒަރެއް ކަމަށާއި، ވެރިކަން ބަދަލުވުމުގެ މަގުމަތީގައި އޮތްކަމަށް ރައީސް ޔާމީން ފާހަގަ ކުރެއްވި އެވެ. 

ރައީސް ޔާމީން އިގްތިސާދާ ގުޅޭގޮތުން މިފަދައިން ވިދާޅުވެފައިވާ އިރު، ރާއްޖެ ދަރަނިވެރިވުމުގެ ފުރުސަތު ވަރަށް ބޮޑު ކަމަށް ފިޗުން ވަނީ މިދިޔަ ޑިސެމްބަރު މަހުގައި ބުނެފަ އެވެ. 

ޑިސެމްބަރު މަހުގެ 22 ވަަނަ ދުވަހު އެ އޭޖެންސީން ރާއްޖޭގެ ކްރެޑިޓް ރޭޓިން އަކީ 'ސީސީ' ކަމަށް ކަނޑައަޅާފައިވާ އިރު، ބުނެފައިވަނީ ރޭޓިންގ އިން ދައްކާ ގޮތުގައި، ބޭރުގެ ފަރާތްތަކުން ކުރިމަތިވާ މާލީ ގޮންޖެހުންތަކާއި، ދައުލަތުގެ މާލީ ނާޒުކުކަން ބޮޑުވުމުގެ ސަބަބުން، މި ރޭޓިންގ ގެ މުއްދަތުގެ ތެރޭގައި ވެސް ރާއްޖެ ޑިފޯލްޓް ވުމުގެ ފުރުސަތު ބޮޑު ކަމަށެވެ.

ފިޗުން ބުނެފައި ވަނީ 2025 ވަނަ އަހަރުގެ ނޮވެމްބަރު މަހު ޖުމްލަ ބޭރު ފައިސާގެ ރިޒާވް 887 މިލިއަން އެމެރިކާ ޑޮލަރަށް އިތުރުވެފައިވީ ނަމަވެސް، ރިޒާވްގެ ކަވަރޭޖް ދަށް މިންވަރެއްގައި ހުރުމުގެ ސަބަބުން، ބޭރުގެ ފަރާތްތަކުން މާލީ އެހީ ހޯދުމަށް ބޮޑެތި ގޮންޖެހުންތަކެއް ކުރިމަތިވެފައިވާ ކަމަށެވެ.

ދައުލަތުގެ ދަރަނި 8.5 އާއި 9.0 ދެމެދުގެ ބިލިއަން ޑޮލަރަށް އަރާ އިރު، ބޭރުގެ ދައުލަތުގެ ބޭރުގެ ދަރަނި 3.5 އާއި 4.0 ދެމެދުގެ ބިލިއަން ޑޮލަރަށް އަރައެވެ. ގައުމީ އުފެއްދުންތެރި ކަމުގެ ނިސްބަތުން ދަރަނި 120 އާއި 130 އިންސައްތަ އަށް ވަނީ މައްޗަށް ގޮސްފަ އެވެ. 

އަބްދުﷲ ޔާމީންޕީއެންއެފްޑޮލަރު

ކޮމެންޓް

އިތުރަށް ކިޔާލަން

ޑޮލަރު ގެ މައްސަލަ ހައްލު ކުރަން ރައީސް ޑރ. މުހައްމަދު މުއިއްޒު ބޭނުންވާހެން ހިއެއް ނުވޭ: ސައުދުﷲ

ޑޮލަރު ގެ މައްސަލަ ހައްލު ކުރަން ރައީސް ޑރ. މުހައްމަދު މުއިއްޒު ބޭނުންވާހެން ހިއެއް ނުވޭ: ސައުދުﷲ

16 ޑިސެމްބަރު 2025
މަސްވެރިން މުޒާހަރާ އަށް ނުކުތުމުން ރައީސް މުއިއްޒު އަށް ހީފުޅުވީ އުތުރު ގަޑުބަޑުގެ މީހުން މާލެ އަށް އަރަން އުޅުނުހެން: ރައީސް ޔާމީން

މަސްވެރިން މުޒާހަރާ އަށް ނުކުތުމުން ރައީސް މުއިއްޒު އަށް ހީފުޅުވީ އުތުރު ގަޑުބަޑުގެ މީހުން މާލެ އަށް އަރަން އުޅުނުހެން: ރައީސް ޔާމީން

12 ޑިސެމްބަރު 2025
މި ސަރުކާރު އައުމާއެކު ފެށުނު ކޮރަޕްޝަންގެ މަޝްރޫއު އަކީ ރަސްމާލެ، ނޭނގި ނަމަވެސް އެކަމަށް އިއުތިރާފު ވެސް ވެއްޖެ: ޔާމީން

މި ސަރުކާރު އައުމާއެކު ފެށުނު ކޮރަޕްޝަންގެ މަޝްރޫއު އަކީ ރަސްމާލެ، ނޭނގި ނަމަވެސް އެކަމަށް އިއުތިރާފު ވެސް ވެއްޖެ: ޔާމީން

07 ޑިސެމްބަރު 2025
މައްޗަށް ނުދާނެ ކަމަށް މުޢިއްޒު ވިދާޅުވި ޑޮލަރު ރޭޓު 20 ރުފިޔާ އިން މަތީގައި

މައްޗަށް ނުދާނެ ކަމަށް މުޢިއްޒު ވިދާޅުވި ޑޮލަރު ރޭޓު 20 ރުފިޔާ އިން މަތީގައި

07 ޑިސެމްބަރު 2025
ސަރުކާރުން ހަރަދު ކުޑަކުރާ ވާހަކައަކީ ރައްޔިތުންގެ ލޮލުގައި އަނދުން އަޅުވަން ދައްކާ ވާހަކަ އެއް: ޔާމީން

ސަރުކާރުން ހަރަދު ކުޑަކުރާ ވާހަކައަކީ ރައްޔިތުންގެ ލޮލުގައި އަނދުން އަޅުވަން ދައްކާ ވާހަކަ އެއް: ޔާމީން

28 ނޮވެމްބަރު 2025

އަހަރުތަކުން މިއަދު

4 ފެބުރުއަރީ
އެމްޑީޕީ އަކީ އެކަކު އަނެކެއްގެ ކިބައިން ހިތްވަރު ލިބިގެން ގައުމުގެ ހައްގުގައި ނުކުންނަ ހިތްވަރު ގަދަ ބަޔަކަށް ކިޔާ ނަމެކެވެ!
20251 އަހަރު ކުރިން
ރިޕޯޓު

އެމްޑީޕީ އަކީ އެކަކު އަނެކެއްގެ ކިބައިން ހިތްވަރު ލިބިގެން ގައުމުގެ ހައްގުގައި ނުކުންނަ ހިތްވަރު ގަދަ ބަޔަކަށް ކިޔާ ނަމެކެވެ!

ޝަރުތުހަމަނުވާ 59 އިންސައްތަ މީހުންނަށް ފްލެޓު ދީފައިވޭ: އޭސީސީ
20242 އަހަރު ކުރިން
ރާއްޖެ

ޝަރުތުހަމަނުވާ 59 އިންސައްތަ މީހުންނަށް ފްލެޓު ދީފައިވޭ: އޭސީސީ

ރޯމާ ދުވާލު މަސްތުވާތަކެތި އިންޖެކްޓްކުރުމުގައި!
20233 އަހަރު ކުރިން
ރިޕޯޓު

ރޯމާ ދުވާލު މަސްތުވާތަކެތި އިންޖެކްޓްކުރުމުގައި!

ރައީސް ޔާމީނަށް ރައްޔިތުންގެ ތާއީދު ނެތްކަން ހާމަވެއްޖެ: އެމްޓީޑީ
20224 އަހަރު ކުރިން
ރާއްޖެ

ރައީސް ޔާމީނަށް ރައްޔިތުންގެ ތާއީދު ނެތްކަން ހާމަވެއްޖެ: އެމްޓީޑީ

މަގޭ ރިޕޯޓް: މިވަރުވީމަ ދެން ބަނީ އިސްރާއިލް މީހުނަކާ ތަފާތެއް ކޮބާހެއްޔެވެ؟
20215 އަހަރު ކުރިން
ރިޕޯޓު

މަގޭ ރިޕޯޓް: މިވަރުވީމަ ދެން ބަނީ އިސްރާއިލް މީހުނަކާ ތަފާތެއް ކޮބާހެއްޔެވެ؟

މުނާސަބުކޮށް ހެދުން ތުރުކުރެއްވުމުގައި ރާއްޖޭގެ ފަސްޓްލޭޑީ ވަރަށް ޔުނީކް!
20197 އަހަރު ކުރިން
ރިޕޯޓު

މުނާސަބުކޮށް ހެދުން ތުރުކުރެއްވުމުގައި ރާއްޖޭގެ ފަސްޓްލޭޑީ ވަރަށް ޔުނީކް!

ރައީސުލްޖުމްހޫރިއްޔާގެ ނާއިބާއި ސަރުކާރުގެ ބައެއް ވެރިން ގެއްލިއްޖެ
20188 އަހަރު ކުރިން
ރިޕޯޓު

ރައީސުލްޖުމްހޫރިއްޔާގެ ނާއިބާއި ސަރުކާރުގެ ބައެއް ވެރިން ގެއްލިއްޖެ

ރާއްޖެކުޅިވަރުދުނިޔެވިޔަފާރި - އިގްތިސާދުރިޕޯޓުފޮޓޯވާހަކަސިއްހަތުތަފާތު ޚަބަރުލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު