Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • ލައިފް ސްޓައިލް
ރިޕޯޓު
މަސްވެރިކަން

ޗައިނާގައި ދިވެހި ކަނޑުމަސް ބަންދުކުރާތީ ޝިޔާމް އާއި ސައީދު އުފާފުޅުން!

މި ސަރުކާރުގެ އަމާޒަކީ ރާއްޖެ އިން އެހެން ގައުމުތަކަށް ރޯމަސް ބޭރުކުރުން ހުއްޓާލުން ކަމަށް ފިޝަރީޒް މިނިސްޓަރ ވިދާޅުވުމަށް ފަހު ޗައިނާ ގައި ދިވެހި ކަނޑުމަސް ދަޅުގައި ބަންދު ކުރަން ފެށުމުން އެކަމަށް ވަރަށް ބޮޑަށް ތަރުހީބު ދެއްވާފައިވޭ

ރާއްޖެ އެމްވީ | 7 ޖުލައި 2025 | ހޯމަ 15:36
ފިޝަރީޒް މިނިސްޓަރ ޝިޔާމް (ކ) އާއި އިކޮނޮމިކް މިނިސްޓަރ ސައީދު

ފިޝަރީޒް މިނިސްޓަރ ޝިޔާމް (ކ) އާއި އިކޮނޮމިކް މިނިސްޓަރ ސައީދު

އެއްވެސް ރޭވުންތެރިކަމެއް ވިސްނުމެއް ނެތި ކަންކަން ކުރާ ސަރުކާރެއްގެ ގޮތުގައި ރައީސް މުއިއްޒުގެ ސަރުކާރު ދެނެގަންނާކަށް މާ ގިނަ ދުވަހެއް ނުނެގިއެވެ.

އެއް ދުވަހު ކަމެއް ގޮތަކަށް ކުރުމަށް ފަހު ހަމަ އެކަން އަނެއް ދުވަހު މުޅިން އެހެން ގޮތަކަށް ބަދަލު ކޮށްލުމަކީ މި ސަރުކާރަށް އައު ކަމެއް ނޫނެވެ.

ފަޅު ރަށެއްގެ ރައްޔިތުންނަށް ގަރާރަކުން ދީފާނެއެވެ. އަނެއް ދުވަހު ހަމަ އެ ދެއްވި ފަރާތުން އޭގެ އަނެއް ގަރާރުގެ ޒަރީއާ އިން އެ ރަށް އަތުލައިފާނެއެވެ.

މަސްވެރިކަމުގެ ސިނާއަތާ މެދު ވެސް ސަރުކާރުގެ ސިޔާސަތު އޮތީ ހަމަ އެ ބީދައިން އެތާކު ނުޖެހި މިތާކު ނުޖެހިއެވެ. ކިޔޭ ނުކިޔޭ އެއް ދެއްކޭ ނުދެއްކޭ ވާހަކަ އެއް ނޭނގެއެވެ.

މި އަހަރުގެ މާޗު މަހުގެ 7 ވަނަ ދުވަހު ފިޝަރީޒް މިނިސްޓަރ އަހްމަދު ޝިޔާމް ނޫސްވެރިންނާ ބައްދަލު ކުރައްވާ، މަސްވެރިކަމާ މެދު ސަރުކާރުގެ އަމާޒު ހުރި ގޮތް މާ ސާފުކޮށް ވިދާޅުވެ ދެއްވައިފިއެވެ.

"މި ސަރުކާރުގެ އަމާޒަކީ ރާއްޖެ އިން އެހެން ގައުމުތަކަށް ރޯމަސް ބޭރުކުރުން ހުއްޓާލުން؛" ކަމަށް މިނިސްޓަރު ޝިޔާމް ވިދާޅުވިއެވެ.

ރައީސް މުހައްމަދު މުއިއްޒުގެ ވެރިކަމަށް 100 ދުވަސް ފުރިގެން ފިޝަރީޒް މިނިސްޓަރު އަހުމަދު ޝިޔާމް ސަރުކާރުގެ އަމާޒު މަސްވެރިކަމާ މެދު ހުރި ގޮތް ވަރަށް ސާފުކޮށް ނޫސްވެރިންނަށް ކިޔައި ދެއްވަމުން، ފާހަގަ ކުރެއްވި ގޮތުގައި ސަރުކާރުގެ "އެންމެ ބޮޑު އަމާޒަކީ ވެލިޔު އެޑް ކޮށްގެން މަސް ބޭރުކުރުން." ކަމުގައެވެ.

މިނިސްޓަރ ޝިޔާމް އެދުވަހު ވިދާޅުވީ، ރާއްޖެ އިން ބޭރު ކުރެވޭ މަހުގެ 75 އިންސައްތަ އަކީ ރޯ މެޓީރިއަލްގެ ގޮތުގައި ބޭރު ކުރެވޭ ރޯ މަސް ކަމަށެވެ.

މިނިސްޓަރު ވިދާޅުވި ގޮތުން ރޯމަހުގެ ގޮތުގައި ރާއްޖެ އިން މަސް ބޭރު ކުރުމަކީ އެއް ގޮތަކަށް ވެސް ދިވެހިންނަށް ފައިދާ ހުރި ގޮތެއް ނޫނެވެ. އެއް ގޮތަކަށް ވެސް ކޮށްގެން ވާނެ ކަމެއް ނޫނެވެ. މިނިސްޓަރު ވިދާޅުވީ ރޯ މަހުގެ ގޮތުގައި ރާއްޖެ އިން މަސްބޭރު ކުރާހާ ހިނދަކު ލިބޭ އާމްދަނީ އިތުރު ނުކުރެވޭނެ ކަމެވެ.

މިނިސްޓަރު ވިދާޅުވީ ސަރުކާރުގެ އަމާޒަކީ ދަޅުގައި ބަންދު ކޮށްގެން ނޫނީ އެހެން ގޮތަކުން ވިޔަސް ވެލިޔު އެޑް ކޮށްގެން ނޫން ގޮތަކަށް މަސް ބޭރު ނުކުރުމެވެ.

"އެހެންވެ އަޅުގަނޑުމެންގެ އަމާޒަކަށް ވެފައި މި ވަނީ ރޯ މެޓީރިއަލް ޒީރޯ ކުރުން. އެއީ ހަމަ ދަޅުގައި ބަންދު ކޮށްގެން ނޫނީ އެހެން ޕްރޮސެސިން މެތަޑްތަކުގައި ވެލިއު އެޑް ކޮށްގެން މަސް ބޭރު ކުރުމަކީ އަޅުގަނޑުމެންގެ އަމާޒު،" ޝިޔާމް ވިދާޅުވި އެވެ.

ދެން ފެނުނީ އެއްކަލަ ވާހަކަ ދެއްކެވި މިނިސްޓަރު ދިވެހި ރާއްޖޭގައި ބާނާ ކަނޑުމަސް އެހެން ގައުމަކަށް ބޭރުކޮށްގެން އެ ގައުމުގައި ވެލިއު އެޑް ކޮށްގެން، ދަޅުގައި މަސް ބަންދުކޮށް ދިވެހިންނަށް އެ މަސް ކާން ދެއްވި އިރު، އެކަމަށް އަތް ޖައްސަވަން ހުންނަވަނިކޮށްނެވެ.

ޗައިނާގެ ވެއިހައި ކިޔުޒީ ބްލޫސީ ފުޑްސް ކޮންޕެނީ ލިމިޑެޓްއާއި ޖިންގް ވެއިޑާއޯ ބްރޭންޑް ގުޅިގެން ދަޅުގައި ބަންދު ކުރަން އެ ފެށީ އެއްކަލަ އެކްސްޕޯޓު ޒީރޯ ކުރަން ވިދާޅުވި ރާއްޖެ އިން ބާނާ ރޯ ކަނޑުމަހެވެ.

ޚާއްސަ ރަސްމިއްޔާތެއް ޗައިނާގައި ބާއްވައި ޗައިނާ ކުންފުނިން އުފެއްދި މަސްދަޅު ރާއްޖޭ ގެ ސަފީރު ފަރީއްކުޅުވަން އެރުވި އިރުވެސް، ވެން މަސް ވެނަށް ކާން ދިނީ ކަމެއް ރޭކާއެއް ނުލިއެވެ. މިއީ ދިވެހި ސަރުކާރުން ކުރިން އިއުލާނު ކޮށްފައި އޮތް ސިޔާސަތާ މުޅިން ޚިލާފު ކަމެއް ޕްރޮމޯޓް ކޮށްދިނުން ކަމެއް އެނގިވަޑައި ނުގަތެވެ. ނޫނީ ހަނދުމަފުޅެއް ނެތެވެ. ނޫނީ ހަގީގީ މާނައިގައި ސިޔާސަތެއް ނެތެވެ.

މި ރަސްމިއްޔާތު ޗައިނާގައި ބޭއްވުމާއެކު އެކަމާ އަދި ވަކިން ބޮޑަށް "ތްރިލް" ވެ ވަޑައިގަތީ ރާއްޖޭގެ ފިޝަރީޒް މިނިސްޓަރ ޝިޔާމް އެވެ.

މިނިސްޓަރ ޝިޔާމް އަވަސްވެ ވަޑައިގަތީ އާދަޔާ ޚިލާފު ބޮޑެތި އިނގިރޭސި ބަސްތައް ބޭނުން ކުރައްވައިގެން މިކަމުގައި އެކްސައިޓް ވެ ވަޑައިގެންނެވި ވަރު ހާމަ ކުރައްވާށެވެ.

މިނިސްޓަރު އަވަސްވެ ވަޑައިގަތީ ކަނޑުމަސް ރޮލާ ޗައިނާ އަށް އެކްސްޕޯޓް ކުރުމަކީ ވެސް ރައީސް މުއިއްޒުގެ ދުރުވިސްނޭ ސިޔާސަތުގެ ދަށުން ކުރެއްވި މާމޮޅު އަދި އެހެން އެއްވެސް އިންސާނެއްގެ ވިސްނުމަށް ވެސް ނާންނާނެ ވަރުގެ ކަމެއްގެ ގޮތުގައި މިކަން ދައްކާ ރައީސް މުއިއްޒު އަށް ވައި ޖެއްސެވުމަށެވެ.

މިކަން މިގޮތައް ޝިޔާމް ކުރެއްވި އިރު، ރޯމަސް ރާއްޖެއިން ބޭރު ކުރުން ޒީރޯ ކުރެއްވުމަށް ކަނޑައެޅުއްވި ސަރުކާރުގެ އަމާޒަށް މިހާރު މިވީ ކިހިނެއްތޯއެވެ؟ ވެލިއު އެޑް ކޮށްގެން ނޫނީ ރާއްޖޭގެ މަސްވެރިން ބާނާ މަސް ބޭރު ނުކުރާނެ ކަމަށް އެދުވަހު އެވިދާޅުވުން މިހާރު އެ ނިމުނީތޯއެވެ؟

ސަރުކާރުގެ އެކްޓިވިސްޓުން މިކަމުގައި އަވަސްވެ ގަތީ ދިވެހި މަސްވެރިންނަށް މާ ބޮޑު ރަނުގެ ފުރުސަތެއް ލިބުނީ ކަމަށް ދައްކާށެވެ. ޗައިނާ އަށް ބޭރުން ވަރަކަށް މަސް ވިއްކޭނެ އެވެ. މަސްވެރިންނަށް މިއޮތީ ރަނުގެ ފުރުސަތެކެވެ. މިކިޔެނީ ކީކޭ ކަމެއް ނޭނގެއެވެ.

ދެން އޮތީ ރާއްޖޭގެ ކަނޑުމަސް ޗައިނާ ދަޅުގައި ބަންދުކޮށްގެން ދިވެހިންގެ މޭޒުތަކުގެ މައްޗަށް އައުމުގެ އިންތިޒާރުގައި ތިބުމެވެ.

އޭރުން ވެލިއު އެޑްކޮށްގެން، ދަޅުގައި މަސް ބަންދު ކުރުން އެ ނިމުނީއެވެ.

ޗައިނާ އަށް އަދި އެހެން ގައުމަކަށް ވެސް ނުދޭނެ ކަމަށް ބުނި ރޯމެޓީރިއަލް ބޭނުން ކޮށްގެން މަސް ދަޅު ހަދާ ދިވެހިންނަށް ވިއްކަން ފަށާނެއެވެ.

މާ މޮޅު ކާމިޔާބެއްގެ ގޮތުގައި "ޒީރޯ އިމްޕޯޓް ޑިއުޓީ" ގައި ރާއްޖޭގެ ކަނޑުމަސް ޗައިނާ އަށް އެތެރެ ކުރާއިރު، ޗައިނާ ގައި އުފައްދާ ދަޅުމަސް ވެސް ރާއްޖެ އަށް އެތެރެ ކުރާނީ ހަމަ "ޒީރޯ އިމްޕޯޓް ޑިއުޓީ" ގައި ނޫން ހެއްޔެވެ؟ އެހެން ކަމަށް ވާނަމަ ފެލިވަރުގައި މިހާރު އުފައްދާ ދަޅު މަހަށް ވުރެ މާ ހެޔޮ އަގުގައި ޗައިނާގައި އުފެއްދި ދަޅު މަސް ލިބޭނެ ނޫން ހެއްޔެވެ؟ ގިނަ އަދަދަކަށް ރާއްޖެ އަށް ޗައިނާ ދަޅުމަސް ގެނެސް ބާޒާރު ފްލަޑް ކޮށްލުމުގެ ބާރު މިހާރު ޗައިނާ އަށް އެބައޮތެވެ. އެއީ އެ ވިދާޅުވި މާ މޮޅު މިނިވަން ވިޔަފާރީގެ އެއްބަސްވުމުގެ ދަށުންނެވެ.

މިކަމާ ބެހޭ ގޮތުން އިގްތިސާދީ ވަޒީރު ވެސް ހުންނެވީ ވަރަށް އުފާފުޅުންނެވެ. ރާއްޖޭގެ އޮރިޖިނަލް މަދު އުފެއްދުން ތަކުގެ ތެރޭގައި ހިމެނޭ ދަޅު މަސް ޗައިނާ ގައި އުފެއްދަން ފެށުން އެއީ ދަޅުގައި މަސްބަންދު ކުރުން އައުޓް ސޯސް ކުރުން ކަމެއް އިކޮނޮމިކް މިނިސްޓަރަކަށް ފެނިވަޑައިނުގަތެވެ. އަދި އެއީ ވެން މަސް ވެނަށް ކާން ދިނުން ކަމެއް ވެސް މިނިސްޓަރަށް ފާހަގަ އެއް ނުވެއެވެ.

ސައީދު ވިދާޅުވި ގޮތުން ރާއްޖެ އިން ބާނާ މަސް ޗައިނާ ގައި ބަންދު ކުރަން ފެށުން އެއީ " ރައީސްގެ ލީޑަރޝިޕްގެ ދަށުން އަޅުގަނޑުމެންގެ ވިޔަފާރީގެ ގުޅުން އާ އުސްމިންތަކަކަށް" ގެންދާނެ ކަމެކެވެ.

ހަގީގަތަކީ އެއްވެސް ކަމެއްގައި އަމާޒެއް މިސްރާބެއް ނެތެވެ. އެވަގުތު އެކަން މިވަގުތު މިކަން "ތްރިލް" ވެގެން ކުރަމުން ގެންދަނީއެވެ.

ފިޝަރީޒް މިނިސްޓަރ ޝިޔާމްރާއްޖޭގެ މަސްވެރިކަމުގެ ސިނާޢަތުޗައިނާއީކޮނޮމިކް މިނިސްޓަރ ސައީދުޗައިނާ-މޯލްޑިވްސް ފްރީ ޓްރޭޑް އެގްރީމެންޓްރާއްޖޭގެ އިގުތިސާދު

ކޮމެންޓް

އިތުރަށް ކިޔާލަން

ވިލިމާލެ ހޮސްޕިޓަލާއި ގުޅޭގޮތުން ސަރުކާރުން އެކި ފަހަރު އެކި ތާރީހު

ވިލިމާލެ ހޮސްޕިޓަލާއި ގުޅޭގޮތުން ސަރުކާރުން އެކި ފަހަރު އެކި ތާރީހު

24 ނޮވެމްބަރު 2025
ވެރިކަމާއި ހަވާލުވި އިރު އިގްތިސާދު އޮތީ ޑިފޯލްޓް ކުރުމަށް ޑިޒައިން ކޮށްފައި: ރައީސް މުއިއްޒު

ވެރިކަމާއި ހަވާލުވި އިރު އިގްތިސާދު އޮތީ ޑިފޯލްޓް ކުރުމަށް ޑިޒައިން ކޮށްފައި: ރައީސް މުއިއްޒު

07 ނޮވެމްބަރު 2025
 50 މިލިއަން އެމެރިކާ ޑޮލަރުގެ ޓްރެޜަރީ ބިލު ދެއްކުން އިންޑިއާ ސަރުކާރުން ފަސްކޮށްދީފި

50 މިލިއަން އެމެރިކާ ޑޮލަރުގެ ޓްރެޜަރީ ބިލު ދެއްކުން އިންޑިއާ ސަރުކާރުން ފަސްކޮށްދީފި

18 ސެޕްޓެމްބަރު 2025
ކުރީގެ އަންދާޒާ އާ އެއް ގޮތައް މިއަހަރު އިގްތިސާދު ކުރި ނާރާނެ ކަމަށް މޯލްޑިވްސް މަނިޓަރީ އޮތޯރިޓީ އިން ބުނެފި

ކުރީގެ އަންދާޒާ އާ އެއް ގޮތައް މިއަހަރު އިގްތިސާދު ކުރި ނާރާނެ ކަމަށް މޯލްޑިވްސް މަނިޓަރީ އޮތޯރިޓީ އިން ބުނެފި

01 ސެޕްޓެމްބަރު 2025
ޗައިނާ އެމްބަސީގެ ބިމުގެ މައްސަލައިގައި އިނގިރޭސި ސަރުކާރުން އަދިވެސް ގޮތެއް ނުނިންމާ

ޗައިނާ އެމްބަސީގެ ބިމުގެ މައްސަލައިގައި އިނގިރޭސި ސަރުކާރުން އަދިވެސް ގޮތެއް ނުނިންމާ

30 އޯގަސްޓު 2025

އަހަރުތަކުން މިއަދު

11 ޖެނުއަރީ
ޝިފާޒް އާއި ހަސަން ލަތީފް އެމްޑީޕީ ގެ މެމްބަރޝިޕް ފޯމް ހުށަހަޅައިފި
20251 އަހަރު ކުރިން
ރާއްޖެ

ޝިފާޒް އާއި ހަސަން ލަތީފް އެމްޑީޕީ ގެ މެމްބަރޝިޕް ފޯމް ހުށަހަޅައިފި

ޗައިނާއާއެކު 30 އެއްބަސްވުންވި، އޭގެތެރޭގައި މަކުނުދޫއާއި ގުޅޭ އެއްބަސްވުމެއް އެބައޮތް، އެކަން ހާމަކުރޭ - ފައްޔާޒް
20242 އަހަރު ކުރިން
ރާއްޖެ

ޗައިނާއާއެކު 30 އެއްބަސްވުންވި، އޭގެތެރޭގައި މަކުނުދޫއާއި ގުޅޭ އެއްބަސްވުމެއް އެބައޮތް، އެކަން ހާމަކުރޭ - ފައްޔާޒް

ބޭސްފަރުވާ ދީގެންވެސް އަލީ މުނީޒުގެ ސިއްހީ ހާލަތު ރަނގަޅު ނުވާތީ، ބަންދަށް ލުޔެއް
20233 އަހަރު ކުރިން
ރާއްޖެ

ބޭސްފަރުވާ ދީގެންވެސް އަލީ މުނީޒުގެ ސިއްހީ ހާލަތު ރަނގަޅު ނުވާތީ، ބަންދަށް ލުޔެއް

ގަލޮޅު ދަނޑު އެއްކޮށް ތަޅާލަންޖެހޭ: މަޚްލޫފް
20224 އަހަރު ކުރިން
ކުޅިވަރު

ގަލޮޅު ދަނޑު އެއްކޮށް ތަޅާލަންޖެހޭ: މަޚްލޫފް

ވެމްކޯއަށް ފައިސާ ނުދައްކާ މައްސަލަ ހައްލުކުރުމަށް ޔުޓިލިޓީ ބިލަކަށް ކުނީގެ ފީ އިތުރު ކުރަނީ!
20215 އަހަރު ކުރިން
ރާއްޖެ

ވެމްކޯއަށް ފައިސާ ނުދައްކާ މައްސަލަ ހައްލުކުރުމަށް ޔުޓިލިޓީ ބިލަކަށް ކުނީގެ ފީ އިތުރު ކުރަނީ!

ސިއްހަތަށް ފައިދާ ހުރި ފައިބާ އެކުލެވޭ ކާނާ ގިނަ މީހުންނަށް ނުކެވޭ
20197 އަހަރު ކުރިން
ސިއްހަތު

ސިއްހަތަށް ފައިދާ ހުރި ފައިބާ އެކުލެވޭ ކާނާ ގިނަ މީހުންނަށް ނުކެވޭ

މާބަނޑު މީހެއްގެ ބަނޑަށް ދަރިފުޅު މަރުވެ، ނައިފަރު ހޮސްޕިޓަލަށް އިހުމާލުގެ ތުހުމަތު!
20188 އަހަރު ކުރިން
ރާއްޖެ

މާބަނޑު މީހެއްގެ ބަނޑަށް ދަރިފުޅު މަރުވެ، ނައިފަރު ހޮސްޕިޓަލަށް އިހުމާލުގެ ތުހުމަތު!

ރާއްޖެކުޅިވަރުދުނިޔެވިޔަފާރި - އިގްތިސާދުރިޕޯޓުފޮޓޯވާހަކަސިއްހަތުތަފާތު ޚަބަރުލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު