Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
ރާއްޖެރައީސް މުޢިއްޒު

ރާއްޖެއިން ބޭރުގައި ވިޔަފާރި ކުރެވޭ ކާޑުގެ ލިމިޓު މަތިވާނެ ކަމަށް ރައީސް މުޢިއްޒު ވިދާޅުވެއްޖެ

ނޮވެންބަރު 11 އިން ފެށިގެން ޑެބިޓް ކާޑުތަކުން ރާއްޖެއިން ބޭރުގައި މުއާމަލާތް ކުރެވޭ އަދަދު 1000 ޑޮލަރަށް އިތުރުކުރެވޭނެ

އަލީ ޝާހީން
އަލީ ޝާހީން | 23 ސެޕްޓެމްބަރު 2025 | އަންގާރަ 04:48
ރައީސް މުޢިއްޒު މ މުލަކު ރައްޔިތުންނާއި ބައްދަލުކުރެއްވުން

ރައީސް މުޢިއްޒު މ މުލަކު ރައްޔިތުންނާއި ބައްދަލުކުރެއްވުން

ބޭންކް އޮފް މޯލްޑިވްސްގެ ޑެބިޓް ކާޑުތަކުން ރާއްޖެއިން ބޭރުން ފައިސާ ދެއްކޭ އަދަދު އިތުރުކުރުމަށް ސަރުކާރުން ނިންމައިފިއެވެ.

މިގޮތުން އަންނަ ނޮވެންބަރު 11ން ފެށިގެން ޑެބިޓް ކާޑުތަކުން ރާއްޖެއިން ބޭރުގައި މުއާމަލާތް ކުރެވޭ އަދަދު 1،000 ޑޮލަރަށް އިތުރުކުރެވޭނެ ކަމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު ރޭ ވަނީ އިއުލާން ކުރައްވާފަ އެވެ.

މުލަކަތޮޅު މުލީ ރައްޔިތުންނާއި ބައްދަލުކުރައްވާ ވާހަކަފުޅު ދައްކަވަމުން ރައީސް ވިދާޅުވީ، ބީއެމްއެލްގެ އަހަރީ ދުވަސްކަމަށްވާ ނޮވެންބަރު 11 އިން ފެށިގެން މި ބަދަލުތައް ތަންފީޒުކުރެވޭނެ ކަމަށެވެ. އޭގެ ތެރޭގައި އެއަރލައިން ޓިކެޓް ގަތުމަށާއި ރާއްޖެއިން ބޭރުގެ ހޮޓާތަކަށް ފައިސާ ދެއްކޭ އަދަދު 3،000 ޑޮލަރަށް އިތުރުކުރުން ހިމެނެއެވެ.

މީގެއިތުރުން، ބޭސްފަރުވާއަށް ރާއްޖެއިން ބޭރަށް ދާ ފަރާތްތަކަށް ޚާއްސަ ލުއިފަސޭހަތަކެއް ގެނެވޭނެ ކަމަށް ރައީސް ވިދާޅުވިއެވެ. އެގޮތުން ބޭންކުގައި އެދުމުން ހޮސްޕިޓަލްތަކަށް ސީދާ ޑެބިޓް ކާޑު މެދުވެރިކޮށް ފައިސާ ދެއްކޭނެ އިންތިޒާމު ހަމަޖެހިގެންދާނެއެވެ.

ނޮވެމްބަރު 11 އިން ފެށިގެން ބީއެމްއެލްގެ ޑެބިޓް ކާޑުތަކުން ރާއްޖޭން ބޭރުގައި ޕީއޯއެސް ޓަރމިނަލްތަކުން ފައިސާދެއްކޭ އަދަދު 1000 ޑޮލަރަށް އިތުރުވެގެންދާނެ. ހަމަ އެ ތާރީޚުން ފެށިގެން އެއަރލައިންތަކުން ޓިކެޓު ގަތުމަށާއި ރާއްޖޭން ބޭރުގައި ހޮޓަލަށް ޑެބިޓް ކާޑުން ފައިސާ ދެއްކޭ އަދަދު 3000 ޑޮލަރަށް އިތުރުވެގެންދާނެ. ހަމަ އެ ތާރީޚުން ފެށިގެން ބޭސްފަރުވާއަށް ހޮސްޕިޓަލަށް ދައްކަން ޖެހޭ ފައިސާ ބޭންކުގައި އެދުމުން ހޮސްޕިޓަލަށް ފައިސާ ދެއްކޭނެ ގޮތްވެސް ހަމަޖެހިގެންދާނެ.
ރައީސް ޑރ. މުޙައްމަދު މުޢިއްޒު

ޑޮލަރުގެ ޚިދުމަތް ފުޅާކުރުމުގެ ގޮތުން، ރާއްޖޭގެ 40 ރަށެއްގައި ބީއެމްއެލްގެ ޑޮލަރު އޭޓީއެމް ބެހެއްޓުމަށްވެސް ވަނީ ނިންމާފައެވެ. މި މަޝްރޫޢުގެ ދަށުން ހަތް އަރބަން ސެންޓަރާއި، ސިޓީތަކާއި، ލޯކަލް ޓޫރިޒަމް ކުރިއަރާފައިވާ ރަށްތަކުގައި އޭޓީއެމްތައް ބަހައްޓާނެ ކަމަށް ރައީސް ވިދާޅުވި އެވެ. ރައީސް ވިދާޅުވީ މި މަސައްކަތް އަންނަ އަހަރުގެ ފުރަތަމަ ކުއާޓަރގައި ނިންމުމަށް ރޭވިފައިވާ ކަމަށެވެ.

އިތުރު ކުރިއެރުމެއްގެ ގޮތުގައި، ބީއެމްއެލްގައި ޗައިނާގެ ފައިސާ ޔޫއާންގެ އެކައުންޓް ހުޅުވުމުގެ ޚިދުމަތް މިހާރު ފެށިފައިވާ ކަމަށާއި އަދި 2024 ވަނަ އަހަރުގެ ޖެނުއަރީ 1ން ފެށިގެން، 180 އަށްވުރެ ގިނަ ޤައުމުގައި ބޭނުންކުރެވޭ ޔޫނިއަން ޕޭގެ ޑެބިޓް އަދި ކްރެޑިޓް ކާޑުތައް ތަޢާރަފުކުރެވޭނެ ކަމަށްވެސް ރައީސް ވިދާޅުވި އެވެ.

ފާހަގަކޮށްލެވޭ ގޮތުގައި ދިވެހިންގެ ތެރޭގައި ވިޔަފާރިކުރަން މަގުބޫލު ބައެއް ސައިޓުތަކަށް ފައިސާ ދައްކާ ކޮންމެ ފަހަރަކު 30 ޕަސެންޓުގެ ފީއެއް މިހާރު ނަގައެވެ. މި ނިންމުމާއެކު އާމުންގެ ފާޑުކިއުން ސަރުކާރަށް ވަރަށް ބޮޑަށް ވަނީ އަމާޒުވެފަ އެވެ.

ރައީސް ވިދާޅުވީ، މި އިސްލާހުތަކުގެ ސަބަބުން ބާޒާރުގައި ޑޮލަރު އަގުބޮޑުކޮށް ގަންނަން ޖެހުމުގެ މައްސަލައަށް ހައްލު ލިބި، ރާއްޖޭގެ އިޤްތިޞާދަށް އޭގެ ހެޔޮ އަސަރު ކުރާނެ ކަމަށެވެ.

ބީއެމްއެލްޑރ. މުހައްމަދު މުއިއްޒުޑެބިޓް ކާޑުޑޮލަރުމުލަކަތޮޅު މުލިޔޫނިއަން ޕޭ

އިތުރަށް ކިޔާލަން

11 ޑިސެމްބަރު 2025

މިސަރުކާރުގެ ދޮގާއި މަކަރުގެ ސްކޭމް ގައި ތިން ވަނަ ފަހަރަށް ރައްޔިތުން ޖެއްސުމަށް ދަނީ މަސައްކަތް ކުރަމުން: މެންބަރު އަހުމަދު ދީދީ

11 ޑިސެމްބަރު 2025
މިސަރުކާރުގެ ދޮގާއި މަކަރުގެ ސްކޭމް ގައި ތިން ވަނަ ފަހަރަށް ރައްޔިތުން ޖެއްސުމަށް ދަނީ މަސައްކަތް ކުރަމުން: މެންބަރު އަހުމަދު ދީދީ
10 ޑިސެމްބަރު 2025

ވައުދުތައް ނުފުއްދާތީ މަސްވެރިން އިހުތިޖާޖަށް، ރައީސް ވިދާޅުވަނީ އެންމެ ބޮޑު އަމާޒަކީ މަސްވެރި އާއިލާތަކަށް ލިބޭ އާމުދަނީ އިތުރު ކުރުން ކަމަށް!

10 ޑިސެމްބަރު 2025
ވައުދުތައް ނުފުއްދާތީ މަސްވެރިން އިހުތިޖާޖަށް، ރައީސް ވިދާޅުވަނީ އެންމެ ބޮޑު އަމާޒަކީ މަސްވެރި އާއިލާތަކަށް ލިބޭ އާމުދަނީ އިތުރު ކުރުން ކަމަށް!
10 ޑިސެމްބަރު 2025

މިސަރުކާރު ގައި ރައްޔިތުންނަށް އަބަދުވެސް ލިބެނީ ''އައު މުހުލަތު''، އެ ނޫން އެއްޗެއް ނުލިބޭނެ: މެންބަރު މީކާއީލް

10 ޑިސެމްބަރު 2025
މިސަރުކާރު ގައި ރައްޔިތުންނަށް އަބަދުވެސް ލިބެނީ ''އައު މުހުލަތު''، އެ ނޫން އެއްޗެއް ނުލިބޭނެ: މެންބަރު މީކާއީލް
07 ޑިސެމްބަރު 2025

މައްޗަށް ނުދާނެ ކަމަށް މުޢިއްޒު ވިދާޅުވި ޑޮލަރު ރޭޓު 20 ރުފިޔާ އިން މަތީގައި

07 ޑިސެމްބަރު 2025
މައްޗަށް ނުދާނެ ކަމަށް މުޢިއްޒު ވިދާޅުވި ޑޮލަރު ރޭޓު 20 ރުފިޔާ އިން މަތީގައި
07 ޑިސެމްބަރު 2025

މިއީ ބަހާނާ ދައްކާ ސަރުކާރެއް، ހަދާ ދޮގުތައް ހާމަވެ، ކުރިއަށް އޮތްތަނުގައި ވަރަށް ގިނަ ބޮނޑި ބޯނެ: ވ.ތިނަދޫ ކައުންސިލްގެ ރައީސް

07 ޑިސެމްބަރު 2025
މިއީ ބަހާނާ ދައްކާ ސަރުކާރެއް، ހަދާ ދޮގުތައް ހާމަވެ، ކުރިއަށް އޮތްތަނުގައި ވަރަށް ގިނަ ބޮނޑި ބޯނެ: ވ.ތިނަދޫ ކައުންސިލްގެ ރައީސް
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު