Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - newsAdvertisement
ރާއްޖެރައީސް ޑރ. މުހައްމަދު މުއިއްޒު

ޑޮލަރު ގެ މައްސަލަ ހައްލު ކުރަން ރައީސް ޑރ. މުހައްމަދު މުއިއްޒު ބޭނުންވާހެން ހިއެއް ނުވޭ: ސައުދުﷲ

16 ޑިސެމްބަރު 2025 | އަންގާރަ 14:21

ޓްރޭޑް ޔޫނިއަންގެ ނައިބު ރައީސް ސައުﷲ އަހުމަދު ވިދާޅުވީ ސަރުކާރުގެ އެސްއޯއީތަކުން ދިވެހި ވިޔަފާރިވެރިންގެ ވިޔަފާރިތައް ތެރެއަށް ވަދެ ޑޮލަރުގެ ވިޔަފާރިތަކަށް ގޮންޖެހުންތައް ކުރިމަތިވަމުން އަންނަ ކަމަށް

ނަޒާހަތު އިބްރާހިމް ރަޝީދު
ނަޒާހަތު އިބްރާހިމް ރަޝީދު | 16 ޑިސެމްބަރު 2025 | އަންގާރަ 14:21
ޓްރޭޑް ޔޫނިއަންގެ ނައިބު ރައީސް ސައުﷲ އަހުމަދު ރާއްޖެޓީވީގެ ފަލަސުރުހީ ޕްރޮގްރާމްގައި ވާހަކަދައްކަވަނީ

ޓްރޭޑް ޔޫނިއަންގެ ނައިބު ރައީސް ސައުﷲ އަހުމަދު ރާއްޖެޓީވީގެ ފަލަސުރުހީ ޕްރޮގްރާމްގައި ވާހަކަދައްކަވަނީ

ޑޮލަރުގެ މައްސަލަ ހައްލުކުރަން ރައީސް ޑރ. މުހައްމަދު މުއިއްޒު  ބޭނުންފުޅު ވާހެން އެ މަނިކުފާނުގެ އަމަލުފުޅުތައް ހުންނަ ގޮތުން ހީ ނުވާ ކަމަށް ޓްރޭޑް ޔޫނިއަންގެ ނައިބު ރައީސް ސައުﷲ އަހުމަދު ވިދާޅުވެއްޖެ އެވެ.

އޭނާ އެފަދައިން ވިދާޅުވީ ރާއްޖެޓީވީގެ ފަލަސުރުހީ ޕްރޮގްރާމްގައި ވާހަކަދައްކަވަމުންނެވެ.

Advertisement - newsAdvertisement

ސަރުކާރުގެ އެސްއޯއީތަކުން ދިވެހި ވިޔަފާރިވެރިންގެ ވިޔަފާރިތައް ތެރެއަށް ވަންނަމުންދާ ކަމަށާއި އެ ވެސް ޑޮލަރުގެ ވިޔަފާރިތަކަށް ދިމާވާ ގޮންޖެހުމެއް ކަމަށް ސައުދުﷲ ވިދާޅުވި އެވެ. ރާއްޖޭގެ އެތެރޭގެ ވިޔަފާރި އެއްކޮށް ހަލާކުކޮށްލުމަށް ފަހު ގައުމުގެ އިގްތިސާދު ރަނގަޅުވާނެ ކަމަށް ބުނުމަކީ ބޮޑު ޖޯކެއް ކަމަށް ސައުދު ވިދާޅުވި އެވެ. ވިޔަފާރުތައް ހަލާކު ވަނީ ސަރުކާރުގެ އަމަލުތައް ހުންނަ ގޮތުން ކަމަށް އޭނާ ވަނީ ވިދާޅުވެފަ އެވެ.

" ދިވެހިން ކުރަމުން އަންނަ ވިޔަފާރިތައް ހަލާކުކޮށްލާފަ ސަރުކާރަށް ފައިދާ ހޯދުމުގެ ނިޔަތުގައި ތާރޑް ޕާޓީ މެދުވެރިކޮށް ކުރާ ކަންކަމުން ލިބެނީ ގެއްލުން. ޑޮލަރުގެ މައްސަލަ ހައްލުކުރަން ބޭނުން ނަމަ ކުރެވޭނެ. ގައުމަށް ޑޮލަރު ވަދޭ. ސީދާ ބޭރުން ފަންޑު ލިބިގެންނޭ މައްސަލަ ހައްލު ވާނީ ބުންޏަށް ޤަބޫލެއް ނުކުރެވޭ." ސައުދު ވިދާޅުވި އެވެ.

މި  ސަރުކާރުން ވިޔަފާރިވެރިންގެ ހުރި ކަންބޮޑުވުންތަކާއި ވިޔަފާރި ވެރިން އުޅޭ ހާލު ވެސް ބަަލަން ބޭނުން ނުވާ ކަމަށް ސައުދު ވިދާޅުވި އެވެ. އަދި ޑޮލަރު ނުލިބުމުގެ ދަތިކަމަކީ ކިހާ ސީރިއަސް މައްސަލަ އެއްކަން ސަރުކާރަށް ނުވިސްނޭ ކަމަށް ވެސް އޭނާ ވަނީ ފާހަގަކުރައްވާފަ އެވެ.

ޑޮލަރުގެ އުސޫލަށް ސަރުކާރުން ގެނައި ބަދަލުގެ އެންމެ ބޮޑު ނޭދެވޭ އަސަރެއްކުރީ އާއްމު ރައްޔިތުންނަށެވެ. ޚާއްސަކޮށް ރިސޯޓް ދާއިރާގައި މަސައްކަތް ކުރާ މީހުންނަށް ވަރަށް ބޮޑު ނޭދެވޭ އަސަރެއް ކޮށްފައި ވެ އެވެ.

އެހެންކަމުން ސަރވިސް ޗާޖުގެ ގޮތުގައި ލިބޭ ޑޮލަރު، ރުފިޔާ އަށް މާރުކޮށްގެން ދިނުން ހުއްޓުވުމަށާއި ސަރވިސް ޗާޖު ނުލިބޭ ގޮތަށް ފަތުރުވެރިންނަށް ސީދާ ޚިދުމަތް ދިނުމުގައި ދާއިމީ ކޮށް ހަރަކާތްތެރިވާ މުވައްޒަފުންނަށް ވެސް ސަރވިސް ޗާޖު ދޭން ޖެހޭ ގޮތަށް ގާނޫނަށް އިސްލާހެއް ވެސް ވަނީ ހުށަހަޅާފަ އެވެ.

ވަޒީފާއާ ބެހޭ ގާނޫނަށް މި އިސްލާހު ހުށަހެޅުއްވީ ރައްޔިތުންގެ މަޖިލީހުގެ ކެންދޫ ދާއިރާގެ އެމްޑީޕީ މެންބަރު މައުރޫފް ޒާކިރު އެވެ.

ރައީސް ޑރ. މުހައްމަދު މުއިއްޒުސައުﷲ އަހުމަދުޓްރޭޑް ޔޫނިއަންޑޮލަރު

އެންމެ ހިނގާ

1

ފްލައިޓް ލަސްވެގެން ވީއައިއޭގައި ޗައިނާ ފަތުރުވެރިންނާއި ފުލުހުންގެ މެދުގައި ހިނގި ހަމަނުޖެހުމުގެ ފަހަތުގައިވަނީ ކޮންކަމެއް؟

2

އިންޑިއާގެ ބަދަލުގައި ޕާކިސްތާނުން ޑޮކްޓަރުންނާއި ޓީޗަރުން ގެންނަން ނިންމާ، ރައީސް މުއިއްޒު ސަރުކާރުން އެ މަސައްކަތް ފަށައިފި

3

ރަސްމާލޭގައި ދިވެހި ފުލުހުން ނުތިބޭނެ ކަމަށާއި، އެތާ ތިބޭނީ އަލައްބާރުގެ އަމިއްލަ ސެކިއުރިޓީން ކަމަށް ވަޒީރުން ވިދާޅުވި، އެކަމަށް ހެކިވާނެ މީހުންވެސް އެބަތިބި: ޒަމްޒަމް ފާރިޝް

4

ގެދޮރު ލޯނުގެ އިކުއިޓީއަށް ކޮންމެ ރައްޔިތަކަށް ދެ ލައްކަ ރުފިޔާގެ އެހީއެއް ދޭނަން، ގޭގައި ގިނަ މީހުން ތިބިއްޔާ މިލިއަނެއްވެސް ލިބިދާނެ: ރައީސް

5

ބެއިޖިންގގެ ހުއްދަ ނެތި އެމެރިކާގެ މަނަވަރެއް ޗައިނާ ކަނޑަށް، މަސްރަހު ހޫނުވެ ޗައިނާގެ އިންޒާރެއް

އިތުރަށް ކިޔާލަން

14 ޑިސެމްބަރު 2025

އަންނަ އަންގާރަ ދުވަހު ރައީސް ގަލޮޅުގެ ރައްޔިތުންނާއި ބައްދަލުކުރައްވަނީ

14 ޑިސެމްބަރު 2025
އަންނަ އަންގާރަ ދުވަހު ރައީސް ގަލޮޅުގެ ރައްޔިތުންނާއި ބައްދަލުކުރައްވަނީ
14 ޑިސެމްބަރު 2025

މަސްވެރިންނަށް މުއިއްޒު ވީ ވައުދު ތަކުގައި މިހާރު އޮތީ ވާނުވާ ޖަހާފައި!

14 ޑިސެމްބަރު 2025
މަސްވެރިންނަށް މުއިއްޒު ވީ ވައުދު ތަކުގައި މިހާރު އޮތީ ވާނުވާ ޖަހާފައި!
14 ޑިސެމްބަރު 2025

މަސްވެރިން ގެ ދުވަހު ގެނައި ބޮޑު ބަދަލު- ފުރާނީ ކައިގެން، ނުކައެއް ނުފުރާނަން!

14 ޑިސެމްބަރު 2025
މަސްވެރިން ގެ ދުވަހު ގެނައި ބޮޑު ބަދަލު- ފުރާނީ ކައިގެން، ނުކައެއް ނުފުރާނަން!
14 ޑިސެމްބަރު 2025

ސަރުކާރުން ކުރާ ކަންކަމާއި މެދު ސަރުކާރަށް ވިސްނޭ ހިސާބަށް ދެވޭނީ، ކައުންސިލް އިންތިޚާބުގައި ސަރުކާރަށް ނޫނެކޭ ބުނެގެން: ނާޒިލް

14 ޑިސެމްބަރު 2025
ސަރުކާރުން ކުރާ ކަންކަމާއި މެދު ސަރުކާރަށް ވިސްނޭ ހިސާބަށް ދެވޭނީ، ކައުންސިލް އިންތިޚާބުގައި ސަރުކާރަށް ނޫނެކޭ ބުނެގެން: ނާޒިލް
13 ޑިސެމްބަރު 2025

45 ވަނަ މަސްވެރިންގެ ދުވަހުގެ ރަސްމީ ޖަލްސާ ބާއްވާ، މަސްވެރިކަމުގެ ސިނާޢަތަށް އަގުހުރި ޚިދުމަތްތައް ކުރައްވާފައިވާ ފަރާތްތަކަށް އިނާމު ދީފި

13 ޑިސެމްބަރު 2025
 45 ވަނަ މަސްވެރިންގެ ދުވަހުގެ ރަސްމީ ޖަލްސާ ބާއްވާ، މަސްވެރިކަމުގެ ސިނާޢަތަށް އަގުހުރި ޚިދުމަތްތައް ކުރައްވާފައިވާ ފަރާތްތަކަށް އިނާމު ދީފި
13 ޑިސެމްބަރު 2025

ފިޝަރީޒް މިނިސްޓަރު އުޅުއްވަނީ ބޮޑު ކަންނެލީގެ މަސްވެރިކަން މުޅިން ނެތި ކޮށްލަން: އިމްރާން

13 ޑިސެމްބަރު 2025
ފިޝަރީޒް މިނިސްޓަރު އުޅުއްވަނީ ބޮޑު ކަންނެލީގެ މަސްވެރިކަން މުޅިން ނެތި ކޮށްލަން: އިމްރާން
13 ޑިސެމްބަރު 2025

ރ. ދުވާފަރު ގައި ގިނަ އަދަދެއްގެ ތަރައްގީގެ މަޝްރޫއުތައް ފަށައިފި

13 ޑިސެމްބަރު 2025
ރ. ދުވާފަރު ގައި ގިނަ އަދަދެއްގެ ތަރައްގީގެ މަޝްރޫއުތައް ފަށައިފި
13 ޑިސެމްބަރު 2025

2024 ވަނަ އަހަރުން ފެށިގެން 4 ރަށުން އެސްޓީއޯ ރޭޓަށް ތެޔޮ ލިބޭނެކަމުގެ ޔަގީން ކަން ދެއްވުމަށް ފަހު އޭގެ އަހަރެއް ފަހުން އެފަދަ ފުރަތަމަ ޝެޑު ހުޅުވައިފި

13 ޑިސެމްބަރު 2025
2024 ވަނަ އަހަރުން ފެށިގެން 4 ރަށުން އެސްޓީއޯ ރޭޓަށް ތެޔޮ ލިބޭނެކަމުގެ ޔަގީން ކަން ދެއްވުމަށް ފަހު އޭގެ އަހަރެއް ފަހުން އެފަދަ ފުރަތަމަ ޝެޑު ހުޅުވައިފި
13 ޑިސެމްބަރު 2025

"5 މިލިއަން ގަސް އިންދުމުގެ ޕްރޮގްރާމް"ގެ ދަށުން، ރައީސް މުއިއްޒު ގެ ދެކަނބަލުން ރ. ދުވާފަރުގައި ރުއް އިންދަވައިދެއްވައިފި

13 ޑިސެމްބަރު 2025
"5 މިލިއަން ގަސް އިންދުމުގެ ޕްރޮގްރާމް"ގެ ދަށުން، ރައީސް މުއިއްޒު ގެ ދެކަނބަލުން ރ. ދުވާފަރުގައި ރުއް އިންދަވައިދެއްވައިފި
12 ޑިސެމްބަރު 2025

ތިން މިނިސްޓްރީގައި އަލިފާން ރޯވިތާ 1 އަހަރު: މައުލޫމާތު ހާމަނުކޮށް ފޮރުވަން މިއުޅެނީ ކޯއްޗެއް؟

12 ޑިސެމްބަރު 2025
ތިން މިނިސްޓްރީގައި އަލިފާން ރޯވިތާ 1 އަހަރު: މައުލޫމާތު ހާމަނުކޮށް ފޮރުވަން މިއުޅެނީ ކޯއްޗެއް؟
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލުޓާމްސް އޮފްޔޫސް