Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
ވިޔަފާރި-އިގްތިސާދުޑޮލަރުގެ އަގު

ޑޮލަރުގެ އަގު ދަށަކަށް ނުދޭ - އެންމެ ދަށްކޮށް ވެސް ޑޮލަރު ގަންނަން ލިބެނީ 19 ރުފިޔާ އަށް

ޑޮލަރު އަގު 50 ލާރި ހެޔޮވި ކަމަށް ފިރާގު ކުރެއްވި ޕޯސްޓަކީ އެންމެ ދުވަހެއްގެ ހާލަތު ކަމަށާއި އޭނާ ކުރެއްވި ޕޯސްޓުގެ މާނަ ސަރުކާރަށް ވިސްނުނީ ގޯސްކޮށް ކަމަށް ވެސް އޭނާ ވިދާޅުވި.

ޑޮލަރުގެ އަގު ހެޔޮވެއްޖެ ކަމަށް ސަރުކާރުން ބުނި ނަމަވެސް ޑޮލަރ މާރުކުރަމުންދާ ރޭޓަށް ބަލާއިރު އެއީ ހަގީގަތެއް ނޫންކަން ހާމަވޭ

ނަޒާހަތު އިބްރާހިމް ރަޝީދު
ނަޒާހަތު އިބްރާހިމް ރަޝީދު | 2 ފެބުރުއަރީ 2025 | އާދީއްތަ 12:32
މީހަކު އެމެރިކާ ޑޮލަރު ގުނަނީ

މީހަކު އެމެރިކާ ޑޮލަރު ގުނަނީ

ރާއްޖޭގެ ކަޅު ބާޒާރުގައި އެންމެ ދަށްކޮށް ވެސް ޑޮލަރު ގަންނަން ލިބެނީ 19 ރުފިޔާ އަށްކަން ހާމަވެއްޖެއެވެ.

ކަޅު ބާޒާރުގައި ޑޮލަރުގެ އަގު ދަށަށްދާން ފަށާފައިވާ ކަަމަށް ބުނެ ސަރުކާރުން ދަނީ އެކަމުގެ ކްރެޑިޓް ވަރަށް ބޮޑަށް ނަގަމުންނެވެ. އަދި އެކަމުގެ ސަބަބުން އާއްމުންނާއި ވިޔަފާރިވެރިން ވަރަށް ބޮޑަށް ހިތްހަމަޖެހިގެން ތިބި ކަމަށް ސަރުކާރުން ދަނީ ބުނަމުންނެވެ. ސަރުކާރުން ދަނީ މިއީ ސަރުކާރުން ބޭރު ފައިސާގެ ނިޒާމަށް ގެންނަން ފެށި ބަދަލުގެ ނަތީޖާ ކަމަށް ދެއްކުމަށް މަސައްކަތްކުރަމުންނެވެ.

އެގޮތުން ދާދިފަހުން އިނަރ މޯލްޑިވްސްގެ ސީއީއޯ މުޙައްމަދު ފިރާޤް އެކްސްގައި ކުރެއްވި ޕޯސްޓަކާއި ހަވާލާދީ ސަރުކާރުގެ ޑޮލަރުގެ ސިޔާސަތުތަކާއި މެދު ވިޔަފާރިވެރިން ރުހިގެން ތިބި ކަމަށް ސަރުކާރުން ދަނީ ބުނަމުންނެވެ. އެ ޕޯސްޓު ދައުރު ކުރުމަށް ފަހު ސަރުކާރު ހިންގާ ޕީއެންސީގެ ޑެޕިއުޓީ މިނިސްޓަރުންނާއި ސްޓޭޓް މިނިސްޓަރުން ވަނީ ރައީސް މުއިއްޒު އާއި ސަރުކާރަށް ވަރަށް ބޮޑަށް ތައުރީފު ކޮށްފައެވެ.

އެ ޕޯސްޓުގައި ފިރާޤް ވިދާޅުވީ، ކަޅު ބާޒާރުގައި ޑޮލަރުގެ އެކްސްޗޭންޖް ރޭޓް ކުރީ ހަފްތާތަކުގައި 19.20 ރުފިޔާއަށް ހުރި ކަމަށެވެ. އަދި މިހާރު އެ އަގު ވަނީ 50 ލާރި ދަށްވެފައި ކަމަށް ފިރާގު ވަނީ ވިދާޅުވެފައެވެ. އޭވިއޭޝަން ދާއިރާގައި މަސައްކަތްކުރާ ފަރާތްތަކަށް އެއީ ފަހި ދުވަހެއް ކަމަށް އެ ޕޯސްޓުގައު އޭނާ ވަނީ ވިދާޅުވެފައެވެ.

މި ބަދަލަކީ ހާލަތު ބަދަލުވުމުގެ ފެހި ސިގްނަލެއްގެ ގޮތުގައި ފަތުރުވެރިކަމުގެ ދާއިރާގެ ތަޖުރިބާކާރެއްކަމަށްވާ ފިރާޤް ވަނީ ސިފަކުރައްވާފައެވެ. މިގޮތުގައި ދެމެހެއްޓިއްޖެނަމަ ރާއްޖޭގެ މާލީ ޙާލަތު ރަނގަޅު ގޮތުގައި ދެމެހެއްޓުމަށް އެހީތެރިވެދޭނެ ކަމަށްވެސް ފިރާޤް ވަނީ ވިދާޅުވެފައެވެ.

ރާއްޖެއެމްވީން އެކަމާއި ގުޅޭގޮތުން ސުވާލުކުރުމުން ފިރާގް ވިދާޅުވީ އޭނާ ކުރެއްވި ޕޯސްޓް ސަރުކާރަށް ރަނގަޅަށް ވިސްނިފައި ނެތް ކަމަށެވެ. މިދިޔަ ބުދަ އަދި ބުރާސްފަތި ދުވަހު ކަޅު ބާޒާރުގައި ޑޮލަރުގެ އަގު ހުރީ 19.20 ރުފިޔާ އަށް ކަމަށާއި ނަމަވެސް ހުކުރު ހޮނިހިރު ދުވަހު 18.50 އަށް ޑޮލަރު ލިބެން ހުރި ކަމަށް އޭނާގެ ޕޯސްޓުގައި ފާހަގަކުރައްވާފައިވާނެ ކަމަށް ފިރާގު ވިދާޅުވިއެވެ. އެ ޕޯސްޓާ އެކު އެއީ ސަރުކާރުގެ މޮޅުކަމުން ވީ ކަމެއް ކަން ދައްކަމުންދާ ކަމަށާއި އޭނާގެ ޕޯސްޓުގައި ވިދާޅުވީ އެ ދުވަހުގެ ހާލަތު ކަމަށެވެ.

އެހެންނަމަވެސް އާއްމުންނަށް ފައިދާ އެއް ކުރާނީ އެ މިންވަރުގައި ޑޮލަރުގެ އަގު ހިފެހެއްޓި، ސަސްޓެއިންކުރެވިގެން ކަމަށް ޤަބޫލުކުރައްވާ ކަމަށް ފިރާގު ވިދާޅުވިއެވެ. މިހާތަނަށް އެކަން އެގޮތަށް ސަރުކާރަށް އަދި ނުކުރެވޭ ކަމަށް ވެސް އޭނާ ވިދާޅުވިއެވެ. ފިރާގު ވަނީ އަބަދުވެސް ބަލަނީ މާކެޓްގައި ހުރި އެންމެ ފަހި ފުރުސަތުތަކަކަށް ބެލޭތޯ ކަމަށެވެ.

މިކަމާ ގުޅިގެން ރާއްޖެއެމްވީން ވަނީ ޑޮލަރ މާރުކުރާ ތަންތަނަށް ގުޅައިގެން އަގުތަށް ހުރި ގޮތް އޮޅުން ފިލުވާފައެވެ. އެގޮތުން ބެލި ބެލުމުން އެނގުނު ގޮތުގައި ގިނަ ތަންތަނުން ޑޮލަރު ވިއްކަމުން ދަނީ 19 އާއި 19:50 އާއި ދެމެދުގެ އަގެއްގައެވެ.

އެހެންކަމުން ޑޮލަރުގެ އަގު ހެޔޮވެއްޖެ ކަމަށް ސަރުކާރުން ބުނި ނަމަވެސް ޑޮލަރ މާރުކުރަމުންދާ ރޭޓަށް ބަލާއިރު އެއީ ހަގީގަތެއް ނޫންކަން ހާމަވެއެވެ.

ރާއްޖޭގެ ރިސޯޓުތަކުން ބޭންކުތަކަށް ޑޮލަރު މާރުކުރަން މޯލްޑިވްސް މަނިޓަރީ އޮތޯރިޓީ (އެމްއެމްއޭ) އިން އެކުލަވައިލައި އަމަލުކުރަން ފެށި ބޭރުފައިސާގެ ގަވާއިދުގެ ދަށުން ޖެނުއަރީ މަހުގެ މެދާއި ހިސާބަށް، 30 މިލިއަން ޑޮލަރާއި 40 މިލިއަންއާ ދެމެދުގެ އަދަދެއް މާރުކުރާނެ ކަމަށް އެމްއެމްއޭއިން ނިމިދިޔަ ވަނީ ބުނެފައެވެ. ރައްޔިތުންގެ މަޖިލީހުން ފާސްކޮށްފައިވާ ބޭރު ފައިސާއާ ބެހޭ ބިލު ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުއިއްޒު ތަސްދީގު ކުރައްވާފައި ވަނީ ނިމިދިޔަ ޑިސެމްބަރު މަހުގެ 14ވަނަ ދުވަހުގައެވެ. މި ގަވާއިދުގެ ދަށުން ޓޫރިސްޓު ރިޒޯޓުތަކުން ފަތުރުވެރިއެއްގެ ބޮލަކަށް 500 އެމެރިކާ ޑޮލަރު ދިވެހި ބޭންކުތަކުގައި މާރުކުރަންޖެހެއެވެ.

ހއ. އަތޮޅުގެ ރަށްތަކަށް ޖެނުއަރީ މަހުގެ ފަހު ހަފްތާގައި ކުރެއްވި ދަތުރުގެ ތެރެއިން ހޯރަފުއްޓަށް ވަޑައިގެން އެ ރަށުގެ ރައްޔިތުންނާ ބައްދަލު ކުރައްވައި ރައީސް މުއިއްޒު ވިދާޅުވީ ޓޫރިޒަމް ވިޔަފާރިތަކަށް ޑޮލަރުން ލިބޭ އާމްދަނީގެ ބައެއް ބޭންކުތަކުން މާރުކުރަން މަޖުބޫރުކުރާ ބޭރު ފައިސާއާ ބެހޭ ގާނޫނަށް ގިނަ ރިސޯޓުތަކުން އެއްބާރުލުން ލިބޭ ކަމަށާއި އެގޮތުން މިހާތަނަށް 25 މިލިއަން ޑޮލަރު މާރު ކޮށްފައިވާ ކަމަށެވެ.

ބޭރުފައިސާގެ ގާނޫނުގެ ދަށުން 25 މިލިއަން ޑޮލަރު މާރުކުރި ކަމަށް ރައީސް ވިދާޅުވި ވާހަކަފުޅާ ކަޅު ބާޒާރުގައި ޑޮލަރުގެ އަގުހެޔޮ ވެއްޖެ ކަމަށް ދެކެވޭ ވާހަކަތަކާ ސަރުކާރަށް ތާއީދު ކުރާ ފަރާތްތަކުން ގުޅުވަމުން އަންނަ ކަންވެސް ފާހަގަ ކުރެވިފައިވެއެވެ.

އެހެން ނަމަވެސް ޑޮލަރު ވިއްކާ ތަންތަނުން ޑޮލަރު ވިއްކަމުންދާ ރޭޓުތަކަށް ބަލާއިރު ޑޮލަރުގެ އަގު ތިރިވެފައި ނުވާކަން ފާހަގަ ކުރެވެއެވެ.

ޑޮލަރުގެ ކަޅުބާޒާރުޑޮލަރު

އިތުރަށް ކިޔާލަން

16 ޑިސެމްބަރު 2025

ޑޮލަރު ގެ މައްސަލަ ހައްލު ކުރަން ރައީސް ޑރ. މުހައްމަދު މުއިއްޒު ބޭނުންވާހެން ހިއެއް ނުވޭ: ސައުދުﷲ

16 ޑިސެމްބަރު 2025
ޑޮލަރު ގެ މައްސަލަ ހައްލު ކުރަން ރައީސް ޑރ. މުހައްމަދު މުއިއްޒު ބޭނުންވާހެން ހިއެއް ނުވޭ: ސައުދުﷲ
07 ޑިސެމްބަރު 2025

މައްޗަށް ނުދާނެ ކަމަށް މުޢިއްޒު ވިދާޅުވި ޑޮލަރު ރޭޓު 20 ރުފިޔާ އިން މަތީގައި

07 ޑިސެމްބަރު 2025
މައްޗަށް ނުދާނެ ކަމަށް މުޢިއްޒު ވިދާޅުވި ޑޮލަރު ރޭޓު 20 ރުފިޔާ އިން މަތީގައި
23 ސެޕްޓެމްބަރު 2025

ރާއްޖެއިން ބޭރުގައި ވިޔަފާރި ކުރެވޭ ކާޑުގެ ލިމިޓު މަތިވާނެ ކަމަށް ރައީސް މުޢިއްޒު ވިދާޅުވެއްޖެ

23 ސެޕްޓެމްބަރު 2025
ރާއްޖެއިން ބޭރުގައި ވިޔަފާރި ކުރެވޭ ކާޑުގެ ލިމިޓު މަތިވާނެ ކަމަށް ރައީސް މުޢިއްޒު ވިދާޅުވެއްޖެ
18 ސެޕްޓެމްބަރު 2025

ވިޔަފާރިވެރިންނަށް ޑޮލަރު ލިބޭ، އެޑޮލަރުން ކުރަނީ އެހެން ކަމެއް: ރައީސް މުއިއްޒު

18 ސެޕްޓެމްބަރު 2025
ވިޔަފާރިވެރިންނަށް ޑޮލަރު ލިބޭ، އެޑޮލަރުން ކުރަނީ އެހެން ކަމެއް: ރައީސް މުއިއްޒު
05 އޯގަސްޓު 2025

ޑޮލަރުގެ ބްލެކް މާރކެޓް އުފެއްދީ ސެންޓްރަލް ބޭންކް ވެސް ބައިވެރިވެގެން، އެމްއެމްއޭ އަށް ޒިންމާ އެއް ނުނެގޭ - ޣަފޫރު

05 އޯގަސްޓު 2025
ޑޮލަރުގެ ބްލެކް މާރކެޓް އުފެއްދީ ސެންޓްރަލް ބޭންކް ވެސް ބައިވެރިވެގެން، އެމްއެމްއޭ އަށް ޒިންމާ އެއް ނުނެގޭ - ޣަފޫރު
01 ޖުލައި 2025

ޑޮލަރުގެ މުއާމަލާތް ކުރުމުގެ އުސޫލަށް ގެންނަ ކުއްލި ބަދަލުތަކާއި މެދު ބަހުސްކުރާކަށް ސަރުކާރު މެމްބަރުން ބޭނުމެއް ނުވި

01 ޖުލައި 2025
ޑޮލަރުގެ މުއާމަލާތް ކުރުމުގެ އުސޫލަށް ގެންނަ ކުއްލި ބަދަލުތަކާއި މެދު  ބަހުސްކުރާކަށް ސަރުކާރު މެމްބަރުން ބޭނުމެއް ނުވި
13 ޑިސެމްބަރު 2024

"ބޭރު ފައިސާގެ ބިލު ކޮމިޓީން ފާސްކުރީ ޓުއަރިޒަމް ހަލާކުވެ ފުނޑުނަސް ވަރިހަމަކަމަށް ވިސްނުން ބަހައްޓައިގެން"

13 ޑިސެމްބަރު 2024
"ބޭރު ފައިސާގެ ބިލު ކޮމިޓީން ފާސްކުރީ ޓުއަރިޒަމް ހަލާކުވެ ފުނޑުނަސް ވަރިހަމަކަމަށް ވިސްނުން ބަހައްޓައިގެން"
17 ނޮވެމްބަރު 2024

ބޭރު ފައިސާއާ ބެހޭ ގަވާއިދު ބަދަލު ނުކުރާނަން، އެއަށް އަމަލުކުރަން ޖެހޭނެ: ރައީސް މުއިއްޒު

17 ނޮވެމްބަރު 2024
ބޭރު ފައިސާއާ ބެހޭ ގަވާއިދު ބަދަލު ނުކުރާނަން، އެއަށް އަމަލުކުރަން ޖެހޭނެ: ރައީސް މުއިއްޒު
24 އޮކްޓޯބަރު 2024

ތިރި ވާނެ ކަމަށް ބުނި ޑޮލަރުގެ އަގު ރެކޯޑު އަދަދަކަށް މައްޗަށް!

24 އޮކްޓޯބަރު 2024
ތިރި ވާނެ ކަމަށް ބުނި ޑޮލަރުގެ އަގު ރެކޯޑު އަދަދަކަށް މައްޗަށް!
22 އޮކްޓޯބަރު 2024

ގަވައިދާ ހިލާފަށް 3 ލައްކައަށްވުރެ ގިނަ ޑޮލަރު ބޭރުކުރަން އުޅުނު: ދިޔާނާ

22 އޮކްޓޯބަރު 2024
ގަވައިދާ ހިލާފަށް 3 ލައްކައަށްވުރެ ގިނަ ޑޮލަރު ބޭރުކުރަން އުޅުނު: ދިޔާނާ
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު