Raajje.mv
Raajje.mv
  • ރާއްޖެ
  • ކުޅިވަރު
  • ދުނިޔެ
  • ވިޔަފާރި - އިގްތިސާދު
  • ރިޕޯޓު
  • ފޮޓޯ
  • ވާހަކަ
  • ސިއްހަތު
  • ތަފާތު ޚަބަރު
  • ލައިފް ސްޓައިލް
Advertisement - newsAdvertisement
ރާއްޖެ
ވިޔަފާރިވެރިންނަށް ޑޮލަރު ދިނުން

ވިޔަފާރިވެރިންނަށް ޑޮލަރު ލިބޭ، އެޑޮލަރުން ކުރަނީ އެހެން ކަމެއް: ރައީސް މުއިއްޒު

އެސްޓީއޯއަކީ ވިޔަފާރި ކުރަން އުފައްދާފައި އޮތް ކުންފުންޏެއް

އަމްނާ އިމާދު
އަމްނާ އިމާދު, ރާއްޖެ އެމްވީ | 18 ސެޕްޓެމްބަރު 2025 | ބުރާސްފަތި 09:03
ކުޑަރިކިލުގައި އަލަށް ގާއިމު ކުރި ބީއެމްއެލް އޭޓީއެމް މެޝިން ރަސްމީކޮށް ރައީސް މުއިއްޒު
 އިފްތިތިހް ކޮށް ދެއްވަނީ - ފައިލް ފޮޓޯ

ކުޑަރިކިލުގައި އަލަށް ގާއިމު ކުރި ބީއެމްއެލް އޭޓީއެމް މެޝިން ރަސްމީކޮށް ރައީސް މުއިއްޒު އިފްތިތިހް ކޮށް ދެއްވަނީ - ފައިލް ފޮޓޯ

ވިޔަފާރިވެރިންނަށް ޑޮލަރު ލިބޭ ކަމަށާއި، އެޑޮލަރުން ކުރަނީ އެހެން ކަމެއް ކަމަށް ރައީސުލްޖުމްހޫރިއްޔާ ޑރ.މުހައްމަދު މުއިއްޒު ވިދާޅުވެއްޖެއެވެ.

"ރައްޔިތުންނާއެކު" ޕޮޑްކާސްޓް އެޕިސޯޑް 9 ގައި ރާއްޖޭގެ ބާޒާރުގައި ހުންނަ މުދަލުގެ އަގުތަކަށް އަންނަ ބަދަލާއި، ތަކެތީގެ އަގުބޮޑުވެ، އެސްޓީއޯއިން ވަރަށް ގިނަ ބާވަތްތަކުގެ މުދާތަކެއް ގެނައުމަށް ނިންމި ސަބަބާއި ގުޅޭގޮތުން ދެންނެވި ސުވާލަށް ރައީސް މުއިއްޒު ވިދާޅުވީ އެސްޓީއޯގެ މައިގަނޑު ހިއްސާދާރަކީ، ސަރުކާރު ކަމަށާއި، އެސްޓީއޯއަކީ ވިޔަފާރި ކުރަން އުފައްދާފައި އޮތް ކުންފުންޏެއް ކަމަށެވެ.

Advertisement - newsAdvertisement
ސްޓޭޓް ޓްރޭޑިންގ އޯގަނައިޒޭޝަން. ކާޑުގެ ބާވަތްތައް އެކަންޏެއްނޫން މިހާރު އެތެރެކުރަންޖެހޭނީކީއެއް. މިހާރު އަޅުގަނޑުމެން ގަބޫލުކުރާ ގޮތުގައި ރައްޔިތުންނަށް އެންމެ ފައިދާހުރި ގޮތަކީ، އެންމެ މުހިންމު އެންމެ ގިނައިން ބޭނުންކުރާ، މޭވާއާއި ތަރުކާރީގެ ބާވަތްތައްވެސް އެތެރެކުރުން. މިއީކީއެއް އާންމުންކުރާ ވިޔަފާރިއަށް ވަނުމެއްނޫން. މިއީ ރައްޔިތުންނަށް އެންމެ ރަނގަޅު އަގުގައި، މި ތަކެތި ލިބޭނެގޮތް ހެދުން.
ރައީސުލްޖުމްހޫރިއްޔާ ޑރ.މުހައްމަދު މުއިއްޒު

ބޭންކް އޮފް މޯލްޑިވްސްއިން ދުވަހަކު މީގެ ކުރިން ނުދޭވަރަށް ދީލަތިކޮށް ޑޮލަރުގެ ވަރަށް ފުޅާ ފުރުސަތެއްގައި ވިޔަފާރިވެރިންނަށް ދޭކަން ފާހަގަކުރައްވައި ރައީސް މުއިއްޒު ވިދާޅުވީ ހޯލްސޭލްކޮށް ކާބޯތަކެތި އެތެރެކުރާ ފަރާތްތަކަށް އެ ފުރުސަތު ކުރިއަށްވުރެ މާބޮޑަށް ލިބޭ ކަމަށެވެ. މިހުރިހާ ކަމެއް ނަންބަރު ޖަހައިގެން ދިރާސާކޮށްފައިވާ ކަމަށާއި، މިވަނީ ކިހިނެއްކަން ރަނގަޅަށް ބަލާފައިވާ ކަމަށް އެމަނިކުފާނު ވިދާޅުވިއެވެ. އަދި މިކަން ކުރުމަކީ ރައްޔިތުންނަށް އެންމެ ފައިދާހުރި ގޮތްކަމަށް ރައީސް މުއިއްޒު ވިދާޅުވިއެވެ.

ރައީސް މުއިއްޒު ވިދާޅުވީ ބޭންކުން ވިޔަފާރިވެރިންނަށް ޑޮލަރު ދޭ ކަމަށާއި، އެޑޮލަރުން އެފަރާތްތަކުން ކުރައްވަނީ އެހެން ކަމެއް ކަމަށެވެ.

އަޅުގަނޑު ބޭނުމެއްނޫން، އަޅުގަނޑުމެންގެ ގައުމުގެ ރައްޔިތުންނަށް އެހެން ބަޔަކު ކުރާކަމެއްގެ ސަބަބުން ގެއްލުންތަކެއްވާކަށް. ސަރުކާރުން ބޭނުންވަނީ ރައްޔިތުންނަށް އެންމެ ރަނގަޅު ފެންވަރުގައި ހުރިހާ ޚިދުމަތެއް ލިބެން. އޭގެ ސަބަބުން ކޮމްޕެޓިޝަން އުފެދިގެން ދާނީ. އެ ތަކެތި އެތެރެކުރާ ފަރާތްތަކުން ހަމަ އެ އަގުގައި ވިއްކާނެ. މި އުޅެނީ ސަރުކާރުން، ބޭންކް އޮފް މޯލްޑިވްސް އިން ޑޮލަރު ނުލިބިގެނެއްނޫން އެ ފަރާތްތަކަށް. ޑޮލަރު ލިބޭ. ލިބޭއިރުގައި އެހެން ކަމެއް ބައެއް ފަރާތްތަކުން ކުރައްވަނީ. އެހެންވީމާ، އިރާދަކުރެއްވިއްޔާ އެކަން އެގޮތަށް ވާނެ. މިހާރު ސަރުކާރުން އައިނު ވިއްކަންވެސް ފެށީ ނޫންތޯ. އައި.ޖީ.އެމް.އެޗުން. ފެށީމާ، އިންތިހާއަށް ބޮޑު އަގުގައި އައިނު ވިއްކާ ފަރާތްތަކުން އެ އަގަށް މެޗް ކުރަންޖެހިއްޖެ ނޫންތޯ؟ އަޅުގަނޑަށް މުހިންމީ ރައްޔިތުން އިނގޭތޯ.
ރައީސުލްޖުމްހޫރިއްޔާ ޑރ.މުހައްމަދު މުއިއްޒު

މި ސަރުކާރުގައި ރައްޔިތުން ބާރުވެރިކުރުވައި، ރައްޔިތުންގެ ފަޅީގައި އޮވެގެން، ރައްޔިތުންނަށް ބޭނުންވާ ކަންކަން ކުރުމަކީ ޒިންމާ ކަމަށް ރައީސް މުއިއްޒު ވިދާޅުވިއެވެ.

އެސްޓީއޯޑޮލަރުރައްޔިތުންގެ އެކު ޕޮޑްކާސްޓްރައީސުލްޖުމްހޫރިއްޔާ، ޑރ. މުޙައްމަދު މުޢިއްޒުމާލޭ ވިޔަފާރި ބާޒާރުވިޔަފާރިވިޔަފާރިވެރިންގެ ޖަމްއިއްޔާ

ކޮމެންޓް

އިތުރަށް ކިޔާލަން

ދުވާފަރު ގައި ގަވާއިދާ ޚިލާފަށް ދޫކޮށްފައި އޮތް ބިމެއް ގައި ޕީއެންސީ އިން ޖަގަހައެއް ހަދައިފި

ދުވާފަރު ގައި ގަވާއިދާ ޚިލާފަށް ދޫކޮށްފައި އޮތް ބިމެއް ގައި ޕީއެންސީ އިން ޖަގަހައެއް ހަދައިފި

09 ޑިސެމްބަރު 2025
ރައީސް މުޢިއްޒުގެ ރައްޔިތުންގެ ބައްދަލުވުން: ފުރުސަތު ހޯދަން ޖެހުނީ ހަޅޭ ޖަހައި، އިހުތިޖާޖު ކޮށްގެން

ރައީސް މުޢިއްޒުގެ ރައްޔިތުންގެ ބައްދަލުވުން: ފުރުސަތު ހޯދަން ޖެހުނީ ހަޅޭ ޖަހައި، އިހުތިޖާޖު ކޮށްގެން

09 ޑިސެމްބަރު 2025
ގޮނޑި ގެއްލޭ އިސްލާހު ފާސްކުރީ ރައްޔިތުންގެ ނިންމުމަށް އިހުތިރާމް ކުރުމަށް ކަމަށް ރައީސް ވިދާޅުވުމުން މެންބަރު އަބްދުއްރަޙްމާންގެ ސުވާލެއް

ގޮނޑި ގެއްލޭ އިސްލާހު ފާސްކުރީ ރައްޔިތުންގެ ނިންމުމަށް އިހުތިރާމް ކުރުމަށް ކަމަށް ރައީސް ވިދާޅުވުމުން މެންބަރު އަބްދުއްރަޙްމާންގެ ސުވާލެއް

08 ޑިސެމްބަރު 2025
ހަފްތާއަކު ހަތަރު ރޭ ބޯޅަ ކުޅެން އާރަށަށް ވަޑައިގެންނެވޭ، ރައްޔިތަކާ ބައްދަލު ކުރައްވަން ވަގުތެއް ނެތް!

ހަފްތާއަކު ހަތަރު ރޭ ބޯޅަ ކުޅެން އާރަށަށް ވަޑައިގެންނެވޭ، ރައްޔިތަކާ ބައްދަލު ކުރައްވަން ވަގުތެއް ނެތް!

08 ޑިސެމްބަރު 2025
ރައީސް މުއިއްޒު ގެ މެނިފެސްޓޯ އަކީ ގައުމީ ތަރައްގީގެ ޕްލޭން ކަމަށް ވިދާޅުވެ، މެނިފެސްޓޯ ގައި ހުރި ވައުދު ތަކަކީ ޕްލޭނު ގައި ހުންނާނެ ވައުދުތައް ކަމަށް ވިދާޅުވެއްޖެ

ރައީސް މުއިއްޒު ގެ މެނިފެސްޓޯ އަކީ ގައުމީ ތަރައްގީގެ ޕްލޭން ކަމަށް ވިދާޅުވެ، މެނިފެސްޓޯ ގައި ހުރި ވައުދު ތަކަކީ ޕްލޭނު ގައި ހުންނާނެ ވައުދުތައް ކަމަށް ވިދާޅުވެއްޖެ

08 ޑިސެމްބަރު 2025

އަހަރުތަކުން މިއަދު

7 ޖެނުއަރީ
އަލިފާނުގެ ތޫފާނެއްގެ ސަބަބުން ލޮސްއެންޖެލްސް ގައި ފިލްމީ ތަރިންނާއި ބިލިއަނަރުންގެ އަގުބޮޑު ގެތައް އަނދަނީ
20251 އަހަރު ކުރިން
ދުނިޔެ

އަލިފާނުގެ ތޫފާނެއްގެ ސަބަބުން ލޮސްއެންޖެލްސް ގައި ފިލްމީ ތަރިންނާއި ބިލިއަނަރުންގެ އަގުބޮޑު ގެތައް އަނދަނީ

މަސްރަހު ހޫނުވެފައި އޮއްވާ ނޫސްވެރިންނަށް ދައުވަތުދީގެން ގެނެސް ރައީސް ފިއްލަވައިފި
20242 އަހަރު ކުރިން
ރިޕޯޓު

މަސްރަހު ހޫނުވެފައި އޮއްވާ ނޫސްވެރިންނަށް ދައުވަތުދީގެން ގެނެސް ރައީސް ފިއްލަވައިފި

ފިޔޯރީ ސްކޫލު ބޭނުންނުކުރެވޭވަރަށް އަނދައި ހުލިވަނީ
20233 އަހަރު ކުރިން
ރާއްޖެ

ފިޔޯރީ ސްކޫލު ބޭނުންނުކުރެވޭވަރަށް އަނދައި ހުލިވަނީ

ސިނަމާލެ ބުރިޖާއި ކަނދިކަމަނާގެ މަސްތެލުލުން
20224 އަހަރު ކުރިން
ރިޕޯޓު

ސިނަމާލެ ބުރިޖާއި ކަނދިކަމަނާގެ މަސްތެލުލުން

ދުނިޔޭގެ އެންމެ މުއްސަނދި މީހާގެ މަގާމަށް އެލޮން މަސްކް
20215 އަހަރު ކުރިން
ވިޔަފާރި-އިގްތިސާދު

ދުނިޔޭގެ އެންމެ މުއްސަނދި މީހާގެ މަގާމަށް އެލޮން މަސްކް

ސާބިތުވެއްޖެ ނަމަ، ޔާމީން، އާޒިމާ އަދި ޒަމީރަށް ބޮޑު ޖޫރިމަނާއަކާ އެކު ޖަލު ގޮޅި!
20197 އަހަރު ކުރިން
ރިޕޯޓު

ސާބިތުވެއްޖެ ނަމަ، ޔާމީން، އާޒިމާ އަދި ޒަމީރަށް ބޮޑު ޖޫރިމަނާއަކާ އެކު ޖަލު ގޮޅި!

ޙަލާލު ގޮތުގައި މުދާ ހޯދައިގެން ކާންޖެހޭ ސަބަބަކީ ކޮބާ؟
20188 އަހަރު ކުރިން
އިސްލާމް

ޙަލާލު ގޮތުގައި މުދާ ހޯދައިގެން ކާންޖެހޭ ސަބަބަކީ ކޮބާ؟

ރާއްޖެކުޅިވަރުދުނިޔެވިޔަފާރި - އިގްތިސާދުރިޕޯޓުފޮޓޯވާހަކަސިއްހަތުތަފާތު ޚަބަރުލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު