Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - sportsAdvertisement
ކުޅިވަރު
އެފްއޭއެމް ވެޓަރަންސް ލީގު

ޒަލޮޓް އިން މެޗު ދޫކޮށްލުމުން، ވިލިމާލެ އަށް މެޗު ލިބިއްޖެ

އެ ޓީމަށް ވަނީ އެ މެޗުން ތިން ޕޮއިންޓާއި، ދެ ލަނޑު ދިނުމަށް މުބާރާތުގެ ކޮމެޓީން ވަނީ ނިންމައިފަ އެވެ.

ޝައިހާން ޒަރީރް
ޝައިހާން ޒަރީރް, ރާއްޖެ އެމްވީ | 20 މާރިޗު 2025 | ބުރާސްފަތި 05:01
އެފްއޭއެމް ވެޓަރަންސް ލީގުގައި މީގެ ކުރިން ޒަލޮޓް އިން ކުޅުނު މެޗެއްގެ ތެރެއިން އެ ޓީމުގެ ކުޅުންތެރިން

އެފްއޭއެމް ވެޓަރަންސް ލީގުގައި މީގެ ކުރިން ޒަލޮޓް އިން ކުޅުނު މެޗެއްގެ ތެރެއިން އެ ޓީމުގެ ކުޅުންތެރިން

މިހާރު ކުރިއަށްދާ، ފުޓުބޯޅަ އެސޯސިއޭޝަން އޮފް މޯލްޑިވްސް (އެފްއޭއެމް) ވެޓަރަންސް ލީގުގައި ޒަލޮޓް އާއި ވިލިމާލެ ޔުނައިޓެޑު ބައްދަލު ކުރަން އޮތް މެޗު، ޒަލޮޓް އިން ދޫކޮށްލައިފި އެވެ.

ބުދަ ދުވަހުގެ ހަވީރު ކުޅެން ހަމަޖެހިފައި އޮތް މެޗަށް ޙާޟިރު ވެވެން ނެތް ކަމަށް ޒަލޮޓް އިން ވަނީ މުބާރާތް އިންތިޒާމު ކުރާ ފަރާތަށް އަންގައިފަ އެވެ. އެހެންވެ، އެ މެޗު ވަނީ ވިލިމާލެ އަށް ލިބިފަ އެވެ.

އެހެންކަމުން އެ މެޗުން ވިލިމާލެ މޮޅުވީ ކަމަށް ވަނީ ނިންމައިފަ އެވެ. އެއާ އެކު އެ ޓީމަށް ވަނީ އެ މެޗުން ތިން ޕޮއިންޓާއި، ދެ ލަނޑު ދިނުމަށް މުބާރާތުގެ ކޮމެޓީން ވަނީ ނިންމައިފަ އެވެ.

މީގެ ކުރިން މުބާރާތުގެ ގުރޫޕު ސްޓޭޖުގައި ޒަލޮޓް ކުޅުނު ތިން މެޗުން ވެސް އެ ޓީމު ވަނީ ބަލިވެފަ އެވެ. ވިލިމާލެ އިން ހަތަރު މެޗު ކުޅުނުއިރު، ދެ މެޗުން ވަނީ މޮޅުވެފަ އެވެ. އަދި އަނެއް ދެ މެޗު ވަނީ އެއްވަރުވެފަ އެވެ.

މިއާ އެކު ވިލިމާލެ އަށް ވަނީ މުބާރާތުގެ ސެމީ ފައިނަލްގެ ޖާގައެއް ކަށަވަރު ވެފަ އެވެ. ނަމަވެސް ގުރޫޕު ސްޓޭޖުގައި ހުއްރިއްޔާ ކުޅޭ ފަހުން މެޗުން މޮޅުވެ، އެއް ވަނައިގައި ސެމީ ފައިނަލްގެ ޖާގަ ހޯދުމުގެ ފުރުސަތު އެ ޓީމަށް އެބަ އޮތެވެ.

މިއަހަރުގެ ވެޓަރަންސް ލީގު ކުރިއަށް ދާނީ މި މަހުގެ 27 ވަނަ ދުވަހުގެ ނިޔަލަށެވެ. މިއަހަރުގެ މުބާރާތުގައި ޖުމުލަ 10 ޓީމަކުން ބައިވެރިވެ އެވެ.

މުބާރާތް ކުރިއަށް ގެންދަނީ ދެ ގުރޫޕަކަށް ބަހާލައިގެންނެވެ. އެގޮތުން ގުރޫޕު އޭގައި އޮތީ ދިވެހި ސިފައިންގެ ކުލަބު، ވިލިމާލެ ޔުނައިޓެޑު، ހުޅުމާލޭ ވެޓަރަންސް ކުލަބު، ޒެލޮޓް އަދި ހުއްރިއްޔާ އެވެ. ގުރޫޕު ބީ ގައި ހިމެނެނީ ޕޮލިސް ކުލަބު، ސްޓެލްކޯ، ކުލަބު އީގަލްސް، މުއިވެޔޮ އަދި ދަ ގްރާންޑޭ އެވެ.

އެފްއޭއެމް ވެޓަރަންސް ލީގު

ކޮމެންޓް

އިތުރަށް ކިޔާލަން

ޕޮލިހުން ސްޓެލްކޯގެ މައްޗަށް ކުރި ހޯދައިފި

ޕޮލިހުން ސްޓެލްކޯގެ މައްޗަށް ކުރި ހޯދައިފި

19 މާރިޗު 2025
ހުއްރިއްޔާ އާއި ސިފައިން ފުއްދާލަން ޖެހުނީ ޕޮއިންޓަކުން

ހުއްރިއްޔާ އާއި ސިފައިން ފުއްދާލަން ޖެހުނީ ޕޮއިންޓަކުން

18 މާރިޗު 2025
އަހަރެއްގެ ތެރޭގައި އަންހެން ޓީމަށް ބޮޑު ކުރިއެރުމެއް ލިބިއްޖެ: އަދީލް

އަހަރެއްގެ ތެރޭގައި އަންހެން ޓީމަށް ބޮޑު ކުރިއެރުމެއް ލިބިއްޖެ: އަދީލް

31 ޖެނުއަރީ 2017
ކުރިއަށް އޮތް ދެ މެޗުން ޗެލްސީ މޮޅުވެއްޖެ ނަމަ އަތުލަން އުނދަގޫވާނެ: ޕޮޗީޓޯ

ކުރިއަށް އޮތް ދެ މެޗުން ޗެލްސީ މޮޅުވެއްޖެ ނަމަ އަތުލަން އުނދަގޫވާނެ: ޕޮޗީޓޯ

31 ޖެނުއަރީ 2017
މެޗު ފަސޭހައެއް ނުވާނެ، ނުކުންނާނީ ތިން ޕޮއިންޓް ހޯދަން: އިޤްބާލް

މެޗު ފަސޭހައެއް ނުވާނެ، ނުކުންނާނީ ތިން ޕޮއިންޓް ހޯދަން: އިޤްބާލް

30 ޖެނުއަރީ 2017

އަހަރުތަކުން މިއަދު

14 ޖޫން
އީރާނުގެ ވަރުގަދަ ހަމަލާއެއް - ހައިފާ އާއި ތެލް އަވީވް އަށް މިސައިލްގެ ވާރޭ ވެހެނީ
20251 އަހަރު ކުރިން
ދުނިޔެ

އީރާނުގެ ވަރުގަދަ ހަމަލާއެއް - ހައިފާ އާއި ތެލް އަވީވް އަށް މިސައިލްގެ ވާރޭ ވެހެނީ

ސިޑްސް ކޮންފަރެންސަށް ރާއްޖޭން 16 ބޭފުޅުންގެ ވަފްދެއް ދިޔަ، ޚަރަދަށް 3.8 މިލިއަން ރުފިޔާ
20242 އަހަރު ކުރިން
ރާއްޖެ

ސިޑްސް ކޮންފަރެންސަށް ރާއްޖޭން 16 ބޭފުޅުންގެ ވަފްދެއް ދިޔަ، ޚަރަދަށް 3.8 މިލިއަން ރުފިޔާ

ރާއްޖެއިން މަދުން ފެންނަ ކަމަށް ބުނެވެން ނެތް ''ގޯޝަރ'' ބަލީގެ ހަގީގަތަކީ ކޮބާ؟
20233 އަހަރު ކުރިން
ރިޕޯޓު

ރާއްޖެއިން މަދުން ފެންނަ ކަމަށް ބުނެވެން ނެތް ''ގޯޝަރ'' ބަލީގެ ހަގީގަތަކީ ކޮބާ؟

ދިރާގު ފައިބަރ އިންޓަނެޓްގެ ހިދުމަތް ފެހެންދޫ އަށް
20224 އަހަރު ކުރިން
ވިޔަފާރި-އިގްތިސާދު

ދިރާގު ފައިބަރ އިންޓަނެޓްގެ ހިދުމަތް ފެހެންދޫ އަށް

އިތުރު ފީޗާތަކާއެކު ބީއެމްއެލްގެ އައު އެޕް ތައާރަފްކުރަނީ
20215 އަހަރު ކުރިން
ވިޔަފާރި-އިގްތިސާދު

އިތުރު ފީޗާތަކާއެކު ބީއެމްއެލްގެ އައު އެޕް ތައާރަފްކުރަނީ

ޖޭއެސްސީގެ މައްސަލަ އަށް ހިޔާލު ފާޅުކޮށް ޓްވީޓް ކުރެވުނީ އޮޅުމަކުން: ފެނަކަ
20197 އަހަރު ކުރިން
ރާއްޖެ

ޖޭއެސްސީގެ މައްސަލަ އަށް ހިޔާލު ފާޅުކޮށް ޓްވީޓް ކުރެވުނީ އޮޅުމަކުން: ފެނަކަ

އިންޑިއާ ހޭލައިފި، ދިވެހި ސަރުކާރަށް ކެތްވާނެ؟
20188 އަހަރު ކުރިން
ރިޕޯޓު

އިންޑިއާ ހޭލައިފި، ދިވެހި ސަރުކާރަށް ކެތްވާނެ؟

ރާއްޖެކުޅިވަރުދުނިޔެވިޔަފާރި - އިގްތިސާދުރިޕޯޓުފޮޓޯވާހަކަސިއްހަތުތަފާތު ޚަބަރުލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު