Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - sportsAdvertisement
ކުޅިވަރުއެފްއޭއެމް ވެޓަރަންސް ލީގު

ޕޮލިހުން ސްޓެލްކޯގެ މައްޗަށް ކުރި ހޯދައިފި

މެޗުގައި ޕޮލިސް ކުލަބުން ތިން ލަނޑު ޖެހި ފަހުން، ސްޓެލްކޯ އިން ލަނޑެއް ޖެހި އެވެ. ނަމަވެސް، ޕޮލިސް ކުލަބުން ވަނީ އިތުރު އެއް ލަނޑު ޖަހައިފަ އެވެ.

ޝައިހާން ޒަރީރް
ޝައިހާން ޒަރީރް | 19 މާރިޗު 2025 | ބުދަ 06:23
އެފްއޭއެމް ވެޓަރަންސް ލީގުގައި ޕޮލިސް ކުލަބު އަދި ސްޓެލްކޯ ކުޅުނު މެޗުގެ ތެރެއިން

އެފްއޭއެމް ވެޓަރަންސް ލީގުގައި ޕޮލިސް ކުލަބު އަދި ސްޓެލްކޯ ކުޅުނު މެޗުގެ ތެރެއިން

ފުޓުބޯޅަ އެސޯސިއޭޝަން އޮފް މޯލްޑިވްސް (އެފްއޭއެމް) ވެޓަރަންސް ލީގުގައި ސްޓެލްކޯއާ ދެކޮޅަށް ކުޅުނު މެޗުން، ޕޮލިސް ކުލަބު މޮޅުވެއްޖެ އެވެ.

މާފަންނު ޓާފު ދަނޑުގައި އަންގާރަ ދުވަހުގެ ހަވީރު ކުޅުނު މެޗު ޕޮލިސް ކުލަބުން ކާމިޔާބު ކުރީ 4-1 އިންނެވެ. މެޗުގައި ޕޮލިސް ކުލަބުން ތިން ލަނޑު ޖެހި ފަހުން، ސްޓެލްކޯ އިން ލަނޑެއް ޖެހި އެވެ. ނަމަވެސް، ޕޮލިސް ކުލަބުން ވަނީ އިތުރު އެއް ލަނޑު ޖަހައިފަ އެވެ.

މެޗު ފަށައިގެން އަށް ވަަނަ މިނެޓުގައި ޕޮލިސް ކުލަބަށް ލީޑު ނަގައިދިނީ އަޙުމަދު ޝާހިދު އެވެ. އޭގެ ފަހުން 16 ވަނަ މިނެޓުގައި އާޔަތުﷲ އިބްރާހީމް ވަނީ ޕޮލިސް ކުލަބުގެ ދެ ވަނަ ލަނޑު ޖަހައިފަ އެވެ.

ދެ ވަނަ ލަނޑު ޖެހިތާ ތިން މިނެޓު ފަހުން އާޔަތުﷲ ވަނީ އިތުރު ލަނޑެއް ޖަހައި ޕޮލިސް ކުލަބުގެ ލީޑު ތިން ލަނޑަށް ފުޅާ ކޮށްފަ އެވެ. އޭގެ ފަހުން މެޗުގެ 29 ވަނަ މިނެޓުގައި ސްޓެލްކޯގެ ހަމައެކަނި ލަނޑު ޖެހީ މުޙައްމަދު ނަޒީފް އެވެ. އަދި މެޗުގައި ޕޮލިސް ކުލަބުގެ ހަތަރު ވަނަ ލަނޑު ޖަހައި އާޔަތުﷲ އޭނާގެ ހެޓްރިކް ހަމަ ކުރީ 56 ވަނަ މިނެޓުގަ އެވެ.

މިއަހަރުގެ ވެޓަރަންސް ލީގު ކުރިއަށް ދާނީ މި މަހުގެ 27 ވަނަ ދުވަހުގެ ނިޔަލަށެވެ. މިއަހަރުގެ މުބާރާތުގައި ޖުމުލަ 10 ޓީމަކުން ބައިވެރިވެ އެވެ.

މުބާރާތް ކުރިއަށް ގެންދަނީ ދެ ގުރޫޕަކަށް ބަހާލައިގެންނެވެ. އެގޮތުން ގުރޫޕު އޭގައި އޮތީ ދިވެހި ސިފައިންގެ ކުލަބު، ވިލިމާލެ ޔުނައިޓެޑު، ހުޅުމާލޭ ވެޓަރަންސް ކުލަބު، ޒެލޮޓް އަދި ހުއްރިއްޔާ އެވެ. ގުރޫޕު ބީ ގައި ހިމެނެނީ ޕޮލިސް ކުލަބު، ސްޓެލްކޯ، ކުލަބު އީގަލްސް، މުއިވެޔޮ އަދި ދަ ގްރާންޑޭ އެވެ.

އެފްއޭއެމް ވެޓަރަންސް ލީގު

އިތުރަށް ކިޔާލަން

20 މާރިޗު 2025

ޒަލޮޓް އިން މެޗު ދޫކޮށްލުމުން، ވިލިމާލެ އަށް މެޗު ލިބިއްޖެ

20 މާރިޗު 2025
ޒަލޮޓް އިން މެޗު ދޫކޮށްލުމުން، ވިލިމާލެ އަށް މެޗު ލިބިއްޖެ
18 މާރިޗު 2025

ހުއްރިއްޔާ އާއި ސިފައިން ފުއްދާލަން ޖެހުނީ ޕޮއިންޓަކުން

18 މާރިޗު 2025
ހުއްރިއްޔާ އާއި ސިފައިން ފުއްދާލަން ޖެހުނީ ޕޮއިންޓަކުން
25 ފެބުރުއަރީ 2017

ސްޓްރީޓް ސޮކާ 2017: ޕެނަލްޓީ ޖަހައިގެން ފެލްކަން ބަލިކޮށް ޑީސީ ޗެމްޕިއަންކަން ހޯދައިފި

25 ފެބުރުއަރީ 2017
ސްޓްރީޓް ސޮކާ 2017: ޕެނަލްޓީ ޖަހައިގެން ފެލްކަން ބަލިކޮށް ޑީސީ ޗެމްޕިއަންކަން ހޯދައިފި
25 ފެބުރުއަރީ 2017

ތިންވަނަ އެމްބީއޭ ކަޕް: އަންހެން ބައިގެ ޗެމްޕިއަންކަން ސައިކްލޯން އިން ހޯދައިފި

25 ފެބުރުއަރީ 2017
ތިންވަނަ އެމްބީއޭ ކަޕް: އަންހެން ބައިގެ ޗެމްޕިއަންކަން ސައިކްލޯން އިން ހޯދައިފި
15 ފެބުރުއަރީ 2017

ދެވަނަ އެމްބީއޭ ކަޕް: ބޮޑު ތަފާތަކުން ޔޫއެންގެ މައްޗަށް އެލްޓީ ކުރިހޯދައިފި

15 ފެބުރުއަރީ 2017
ދެވަނަ އެމްބީއޭ ކަޕް: ބޮޑު ތަފާތަކުން ޔޫއެންގެ މައްޗަށް އެލްޓީ ކުރިހޯދައިފި
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު