Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - newsAdvertisement
ރާއްޖެ
އީސީ މައްސަލަ ނުބަލާނެ

އެމްޑީޕީ ޕިކަޕް ޖަލްސާ: "ރިޔާސީ އިންތިޚާބަށް ނުފޫޒު ފޯރުވާތީ އީސީ އަށް ހުށަހެޅި މައްސަލަ ނުބަލާނެ ކަމަށް އަންގައިފި"

ރިޔާސީ ދައުރު ދިގުދަންމާލުމަށް ސަރުކާރުން ރާވަމުންދާ ކަމަށް ތުހުމަތުކޮށް، ރައްޔިތުންގެ ބާރު ކަނޑުވާލުމަށް ކުރާ މަސައްކަތްތަކާ ދެކޮޅަށް އެމްޑީޕީން ވަނީ އަޑުއުފުލާފަ. އިންތިޚާބުތަކަށް ނުފޫޒު ފޯރުވުމަށް ވަޒީފާގެ ބިރުދައްކައި ރިޝުވަތު ދެމުންދާ ކަމަށް ބުނެ، މިފަދަ ކަންކަން ހުއްޓުވުމަށް މުއައްސަސާތަކުން އިހުމާލުވަމުންދާ ކަމުގެ ކަންބޮޑުވުން އެ ޕާޓީން ފާޅުކުރޭ.

ނަޒާހަތު އިބްރާހިމް
ނަޒާހަތު އިބްރާހިމް, ރާއްޖެ އެމްވީ | 24 ފެބުރުއަރީ 2026 | އަންގާރަ 13:10
މާޒް ސަލީމް އެމްޑީޕީގެ ޕިކަޕް ޖަލްސާގައި ވާހަކަދައްކަވަނީ

މާޒް ސަލީމް އެމްޑީޕީގެ ޕިކަޕް ޖަލްސާގައި ވާހަކަދައްކަވަނީ | ރާއްޖެ އެމްވީ

ރައީސް ޑރ.މުހައްމަދު މުއިއްޒުގެ ސަރުކާރުން ރިޔާސީ އިންތިޚާބަށް ނުފޫޒު ފޯރުވާތީ އިލެކްޝަންސް ކޮމިޝަން (އީސީ) އަށް ހުށަހެޅި މައްސަލަ ނުބަލާނެ ކަމަށް އަންގާފައިވާ ކަމަށް އެ މައްސަލަ އީސީ އަށް ހުށަހެޅުއްވި، އެމްޑީޕީގެ ޤައުމީ މަޖިލީހުގެ މެމްބަރު އަހުމަދު ސަލީމް (މާޒް ސަލީމް) ވިދާޅުވެއްޖެ އެވެ.

އޭނާ އެފަދައިން ވިދާޅުވީ އެމްޑީޕީގެ ޕިކަޕް ޖަލްސާގައި އަންގާރަ ދުވަހު ހަވީރު ވާހަކަދައްކަވަމުންނެވެ.

Advertisement - newsAdvertisement

މާޒް ސަލީމް ވިދާޅުވީ ރައްޔިތުންގެ ކުރިމައްޗަށް ފެންނަ ނުފެންނަ ވޯޓެއް ގެންނަނީ ރައްޔިތުން ލައްވާ ރައްޔިތުންގެ ބާރު ކަނޑުވާލަން ކަމަށެވެ. މާޒް ސަލީމް ވިދާޅުވީ ރައްޔިތުންގެ ވޯޓުލުމުގެ ހައްގު ގެއްލުވާލައިގެން ނުވާނެ ކަމަށެވެ. ރައްޔިތުންގެ މަޖިލީހުގެ ބާރު ކަނޑުވާލީ ވެސް ރައްޔިތުންގެ މަޖިލީހުގެ މެމްބަރުން މެދުވެރިކޮށް ކަމަށާއި އާއްމުންގެ ވޯޓުގެ ބާރު ކަނޑުވާލަން އުޅެނީ އާއްމުން މެދުވެރިވެގެން ކަމަށް އޭނާ ވިދާޅުވި އެވެ. މިއީ ވަރަށް މަކަރުވެރިކަމާއި އެކު ސަރުކާރުން ކުރަމުންދާ ކަމެއް ކަަމަށް ސަލީމް ވިދާޅުވި އެވެ. އަދި ނުފޫޒު ފޯރުވަމުންދާ އިރު އެކަންކަން ބަލާނެ މުއައްސަސާ އެއް ނެތް ކަމަށް މާޒް ސަލީމް ވިދާޅުވި އެވެ.

"މި ވޯޓުގެ ނަތީޖާ ރައީސް މުއިއްޒު ބޭނުންވާ ގޮތަށް ނެރެދިނުމަށް ރިޝުވަތުދީ ވަޒީފާގެ ބިރު ދައްކާ، ވަޒީފާ ދީ ވަޒީފާ އިން ކަނޑަމުން ދަނީ. މައްސަލަ ވެސް ހުށަހަޅައިފިން. ހުށަހެޅީމާ އީސީ އިން އެބަ އޮތް މިއަދު އަންގާފަ އެކަން ނުބަލާނެކަން. ތިމަންނަމެންނަކަށް ނުބެލޭނެ އޭ އޭސީސީ އަށް މައްސަލަ ހުށަހަޅާށޭ." އޭނާ ވިދާޅުވި އެވެ.

ސަލީމްގެ އިތުރުން ކެންދޫ ދާއިރާގެ މެމްބަރު މައުރޫފް ޒާކިރު ވެސް އެ ޖަލްސާގައި ވާހަކަދެއްކެވި އެވެ. މައުރޫފް ވަނީ ރިޔާސީ އިންތިޚާބުގެ ދައުރު ދިގުދަންމާލަން ސަރުކާރުން ރާވަމުންދާ ކަމަށް ވިދާޅުވެފަ އެވެ. ވެރިކަމަށް އަންނަންވީ ވައުދުތައް ނުފުއްދޭ މީހަކަށް އިތުރު ވައުދުތައް ވެގެން ފުރުސަތު ދޭން ޖެހޭ ސަބަބެއް ނެތް ކަމަށް އޭނާ ވިދާޅުވި އެވެ. މި ސަރުކާރަށް ރައްޔިތުންނަށް ރަނގަޅުވާ ގޮތަށް ކޮށްދެވުނު އެއްވެސް ކަމެއް ނެތް ކަމަށް އޭނާ ވަނީ ވިދާޅުވެފަ އެވެ. މި ސަރުކާރުން ދަނީ ރައްޔިތުން ބިކަކޮށް ނިކަމެތި ކުރަމުން ކަމަށް ވެސް މައުރޫފް ވިދާޅުވި އެވެ.

އެ ޕިކަޕް ޖަލްސާ ނިންމާލާފައި ވަނީ އަންގާރަ ދުވަހުގެ ރޭ ހަރުގެ ޖަލްސާ އެއް ބާއްވަން ހަމަޖެހިފައިވާ ކަން ފާހަގަކުރަމުންނެވެ. ރިޔާސީ އިންތިޚާބާއި ރައްޔިތުންގެ މަޖިލީހުގެ އިންތިޚާބު އެއް ތާރީޚެއްގައި ބޭއްވުމާ މެދު ގޮތެއް ނިންމުމަށް ރެފަރެންޑަމް ވޯޓު ނެގުމާއި ދެކޮޅަށް މާޗު މަހުގެ 21 ވަނަ ދުވަހު ބޮޑު މުޒާހަރާއެއް ކުރުމަށް އެމްޑީޕީ އިން ވަނީ ނިންމާފަ އެވެ.

ޑރ. މުހައްމަދު މުއިއްޒުއިލެކްޝަންސް ކޮމިޝަންއަހުމަދު ސަލީމްއެމްޑީޕީމައުރޫފް ޒާކިރުރިޔާސީ އިންތިޚާބު

ކޮމެންޓް

އިތުރަށް ކިޔާލަން

ފެންނަ ނުފެންނަ ވޯޓާއި ދެކޮޅަށް މާޗު މަހުގެ 21 ވަނަ ދުވަހު އެމްޑީޕީގެ ބޮޑު މުޒާހަރާއެއް!

ފެންނަ ނުފެންނަ ވޯޓާއި ދެކޮޅަށް މާޗު މަހުގެ 21 ވަނަ ދުވަހު އެމްޑީޕީގެ ބޮޑު މުޒާހަރާއެއް!

24 ފެބުރުއަރީ 2026
ރާއްޖޭން ބޭރުގެ އެއްވެސް ޤައުމެއްގައި ކައުންސިލް އިންތިޚާބުގެ ވޯޓު ފޮށި ނުހުންނާނެ

ރާއްޖޭން ބޭރުގެ އެއްވެސް ޤައުމެއްގައި ކައުންސިލް އިންތިޚާބުގެ ވޯޓު ފޮށި ނުހުންނާނެ

24 ފެބުރުއަރީ 2026
މެމްބަރުންނާއި ކުންފުނިތަކުގެ ވެރިންނަށް މުއިއްޒު އަށް ކަޓު ނުދީ ވިޔަފާރި އެއް ވެސް ނުހިންގޭ: މައުރޫފް

މެމްބަރުންނާއި ކުންފުނިތަކުގެ ވެރިންނަށް މުއިއްޒު އަށް ކަޓު ނުދީ ވިޔަފާރި އެއް ވެސް ނުހިންގޭ: މައުރޫފް

24 ފެބުރުއަރީ 2026
5 އަހަރުން 1 ފަހަރު ވޯޓު ލުމަކީ ފަރުދީ ގޮތުންނާއި ރަށަށް ބެލިނަމަވެސް އެންމެ ބޮޑު ގެއްލުމެއް ވާނެ އެއް ކަން: ޒިޔާދު

5 އަހަރުން 1 ފަހަރު ވޯޓު ލުމަކީ ފަރުދީ ގޮތުންނާއި ރަށަށް ބެލިނަމަވެސް އެންމެ ބޮޑު ގެއްލުމެއް ވާނެ އެއް ކަން: ޒިޔާދު

24 ފެބުރުއަރީ 2026
އިންތިޚާބުތައް އެއްކޮށްލުމުގައި އޮތީ އެންމެ ބޭނުމެއް، އެއީ ރައްޔިތުންގެ ވޯޓުލުމުގެ ހައްގު ނިގުޅައިގަތުން: ނިޔާޒް

އިންތިޚާބުތައް އެއްކޮށްލުމުގައި އޮތީ އެންމެ ބޭނުމެއް، އެއީ ރައްޔިތުންގެ ވޯޓުލުމުގެ ހައްގު ނިގުޅައިގަތުން: ނިޔާޒް

24 ފެބުރުއަރީ 2026

އަހަރުތަކުން މިއަދު

26 އެޕްރީލު
ތިން އެއްވުމާ އެކު، ރަޔަޓް ސިފައިން ވެސް ނެރެފި
20251 އަހަރު ކުރިން
ރާއްޖެ

ތިން އެއްވުމާ އެކު، ރަޔަޓް ސިފައިން ވެސް ނެރެފި

ކަރަންޓު ބިލު ވަރަށް ބޮޑުވެ، ރައްޔިތުން ރުޅިގަދަވެއްޖެ
20242 އަހަރު ކުރިން
ރާއްޖެ

ކަރަންޓު ބިލު ވަރަށް ބޮޑުވެ، ރައްޔިތުން ރުޅިގަދަވެއްޖެ

އަރީން - މުސްތަގްބަލުގައި ޑޮކްޓަރެއް، އެހެނަސް މަށި ފިލައިން ފެށުނު ޤުރުއާނުގެ ހަޔާތް ދޫކޮށްލާކަށް ބޭނުމެއްނުވޭ!
20233 އަހަރު ކުރިން
ރިޕޯޓު

އަރީން - މުސްތަގްބަލުގައި ޑޮކްޓަރެއް، އެހެނަސް މަށި ފިލައިން ފެށުނު ޤުރުއާނުގެ ހަޔާތް ދޫކޮށްލާކަށް ބޭނުމެއްނުވޭ!

ޕީއެސްޖީން ގިނަ ކުޅުންތެރިންތަކެއް ދޫކޮށްލަނީ!
20224 އަހަރު ކުރިން
ކުޅިވަރު

ޕީއެސްޖީން ގިނަ ކުޅުންތެރިންތަކެއް ދޫކޮށްލަނީ!

ގަޑިއިރެއް ވަންދެން ވައިގެ ތެރޭގައި ހަރުލާފައި ހުންނަ ކޮވިޑް ވޭރިއަންޓެއް ލަންކާއިން ފެނިއްޖެ
20215 އަހަރު ކުރިން
ދުނިޔެ

ގަޑިއިރެއް ވަންދެން ވައިގެ ތެރޭގައި ހަރުލާފައި ހުންނަ ކޮވިޑް ވޭރިއަންޓެއް ލަންކާއިން ފެނިއްޖެ

ލަންކާއާ ގުޅޭ ގޮތުން ސަބްރާ ދެއްވި ސްޕީޗު: ފުރިހަމަ، އެހާމެ އަސަރުގަދަ
20197 އަހަރު ކުރިން
ރިޕޯޓު

ލަންކާއާ ގުޅޭ ގޮތުން ސަބްރާ ދެއްވި ސްޕީޗު: ފުރިހަމަ، އެހާމެ އަސަރުގަދަ

ބައްޕާފުޅު ފަސްދާނުލާފައިވާ ސަހަރާގައި މަރިޔަމް ސަޢީދު ފަސްދާނުލައިފި
20188 އަހަރު ކުރިން
ރާއްޖެ

ބައްޕާފުޅު ފަސްދާނުލާފައިވާ ސަހަރާގައި މަރިޔަމް ސަޢީދު ފަސްދާނުލައިފި

ރާއްޖެކުޅިވަރުދުނިޔެވިޔަފާރި - އިގްތިސާދުރިޕޯޓުފޮޓޯވާހަކަސިއްހަތުތަފާތު ޚަބަރުލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު