Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - newsAdvertisement
ރާއްޖެ
ލޯކަލް ކައުންސިލް އިންތިޚާބު

އައްޑޫ ސިޓީގައި އަޅަން ވިދާޅުވި ބުރިޖު އެއީ "ކަނޑު އަޑިން ހެދިގެން އަރާ ފުރޭތައެއްތޯ؟": އަބްދުﷲ ޝާހިދު

އައްޑޫ ސިޓީގެ ތަރައްޤީއަށް މި ސަރުކާރުން އިހުމާލުވެފައިވާ ކަމަށް ވިދާޅުވެ، އެމްޑީޕީގެ ރައީސް އަބްދުﷲ ޝާހިދު ސަރުކާރަށް ވަރަށް ބޮޑަށް ފާޑުވިދާޅުވެއްޖެ. އައްޑޫގައި ބޭއްވި ކެމްޕޭން ހަރަކާތެއްގައި ވާހަކަދައްކަވަމުން ޝާހިދު ވިދާޅުވީ، ބުރިޖާއި ހަންކެޑެ ފަދަ މަޝްރޫޢުތަކުގެ އަމަލީ މަސައްކަތް ނުފެންނަ ކަމަށާއި، ސަރުކާރުން މަސައްކަތް ކުރަނީ ރައްޔިތުންނަށް އޮޅުވާލުމަށް ކަމަށް. މީގެ އިތުރުން، ޚަރަދު ކުޑަކުރުމުގެ ނަމުގައި އިންތިޚާބުތައް އެއްކޮށްލަން އުޅެނީ ސިޔާސީ މަކަރުވެރި ރޭވުމެއްގެ ދަށުން ކަމަށް ތުހުމަތުކުރައްވައި، ސަރުކާރުގެ ހުދުމުހުތާރު ސިޔާސަތުތަކަށް "ނޫނެކޭ" ބުނުމަށް އޭނާ ގޮވާލެއްވި.

އަލީ ޝާހީން
އަލީ ޝާހީން, ރާއްޖެ އެމްވީ | 26 ފެބުރުއަރީ 2026 | ބުރާސްފަތި 13:05
އެމްޑީޕީގެ ރައީސް އަބްދުﷲ ޝާހިދު، އައްޑޫ ސިޓީ އތމ ކޮމިޓީގެ ރައީސާކަމަށް ވާދަކުރައްވާ ފާތިމަތު ހިޖުރާ އާއި ހިތަދޫ ރަސްގެދަރަ ދާއިރާއިން ސިޓީ ކައުންސިލަށް ވާދަކުރައްވާ ހުސެން ޒަރީރު އާއިއެކު ކެމްޕެއިން ކުރައްވަނީ.

އެމްޑީޕީގެ ރައީސް އަބްދުﷲ ޝާހިދު، އައްޑޫ ސިޓީ އތމ ކޮމިޓީގެ ރައީސާކަމަށް ވާދަކުރައްވާ ފާތިމަތު ހިޖުރާ އާއި ހިތަދޫ ރަސްގެދަރަ ދާއިރާއިން ސިޓީ ކައުންސިލަށް ވާދަކުރައްވާ ހުސެން ޒަރީރު އާއިއެކު ކެމްޕެއިން ކުރައްވަނީ. | ރާއްޖެ އެމްވީ

ރައީސް ޑރ މުހައްމަދު މުޢިއްޒު އައްޑޫ ސިޓީގައި އަޅާނެ ކަމަށް ވައުދުވި ބުރިޖު އެއީ ކަނޑު އަޑިން ހެދިގެން އަރާ ފުރޭތައެއްތޯ އެމްޑީޕީގެ ރައީސް އަބްދުﷲ ޝާހިދު ސުވާލު އުފައްދަވައިފި  އެވެ. 

ލޯކަލް ކައުންސިލް އިންތިޚާބުގައި އައްޑޫ ސިޓީ އތމ ކޮމިޓީގެ ރައީސާކަމަށް އެމްޑީޕީގެ ފަރާތުން ވާދަކުރައްވާ ފާތިމަތު ހިޖުރާގެ ކެމްޕޭން އޮފީހާއި، ހިތަދޫ ރަސްގެދަރަ ދާއިރާއިން ސިޓީ ކައުންސިލަށް ވާދަކުރައްވާ ހުސެން ޒަރީރު އަދި އެދާއިރާއިން އތމ ކޮމިިޓީއަށް ވާދަކުރައްވާ އަނޫޝާ މުފީދުގެ ކެމްޕޭން އޮފީސް ހުޅުވުމުގެ ރަސްމިއްޔާތުގައި ވާހަކަދައްކަވަމުން ޝާހިދު ވިދާޅުވީ، ބޮޑުތަނުން އައްޑޫ ސިޓީއަށް ވަނީ އިހުމާލުވެފައި ކަމަށާއި ކޮންމެ ކެމްޕޭނެއްގައި މިސަރުކާރުން އައްޑޫ ސިޓީ ބުރިޖުގެ ވާހަކަ ދައްކާއިރު އެ ބުރިޖު ފެނުން މައްޗަށް ނާރާ ކަމަށެވެ.

އައްޑޫސިޓީ އަށް އިހުމާލުވެފައިވާކަން ފާހަގަކުރައްވާ ޝާހިދު ވިދާޅުވީ މި ފަޚުރުވެރި އައްޑޫ ސިޓީއަކީ އިޞްލާހީ މަސައްކަތުގެ އެންމެ މައި ކިއްލާ ކަމަށެވެ. އަދި މިސަރުކާރަށް ދެ އަހަރާއި ބައިވެގެން ދާއިރު އައްޑޫ ސިޓީ އަށް ކޮށްދެވުނު އެއްވެސް ކަމެއް ނެތްކަމަށް ޝާހިދު ވިދާޅުވި އެވެ. 

މި ސިޓީގެ ތަރައްޤީ ފެނޭތޯ؟ ނުފެނޭ! މި ސިޓީގެ ފަށާފައި ހުރި މަސައްކަތްތައް ކުރިއަށްދާތަން ފެނޭތޯ؟ މި ސިޓީގައި ހަވާ އަރުވާފައި ހަންކެޑެ ޕްރޮޖެކްޓު އެރުވި ހަވާތައް ތިރިވުމަށްފަހު އިތުރުކަމެއް ހިނގަމުންދާތަން ފެނޭތޯ؟ ނުފެނޭ! ނުފެނޭ! ބޮޑުތަނުން އައްޑޫ ސިޓީ މިވަނީ އިހުމާލުކޮށްލާފަ. ކޮބައިތޯ މި ސިޓީގައި އަޅަން ވިދާޅުވި ބުރިޖު ކަނޑު އަޑިން ހެދިގެން އަރާ ފުރޭތައެއްތޯ އެއީ؟ ގައިމުވެސް އިންސާނަކު އޭގެ މަސައްކަތެއް ކުރާތަނެއް އަދިއެއް ނުފެނޭ، ކަނޑުރަސްގެފާނާ ވާހަކަ ދައްކަވައިގެން އަޑިން އެ ކުރައްވާ މަސައްކަތެއް ކުރައްވާ ނުކުރައްވައިގެން އަޅުގަނޑަކަށް ނޭނގެ. ހަމަ ގައިމުވެސް އިންސާނުން އެ މަސައްކަތެއް އަދިއެއް ނުކުރޭ
އެމްޑީޕީގެ ރައީސް އަބްދުﷲ ޝާހިދު

ޝާހިދު ވަނީ މިސަރުކާރުން ރައްޔިތުންނަށް އޮޅުވާލުން ހުއްޓާލުމަށް ގޮވާލައިފަ އެވެ. އަދި ވިދާޅުވީ މުއިއްޒު އައްސަވާ އެއްވެސް އެއްޗެއްގައި އައްޑޫސިޓީން ޖައްސަވާނީ ބޮޑުކޮށް ނުފެނޭ ކަމަށް ޝާހިދު ވިދާޅުވި އެވެ. ޝާހިދު ވިދާޅުވީ މުޢިއްޒު ރައްޔިތުން ގާތު އައްސަވާ ސުވާލަކީ "ކަލޭމެން ކައިރިއަށް ތިމަންނަމެން ގޮސް ކަންކަމުގައި ފެންނަ ނުފެންނަ އަހާލަން ލިބޭ ފުރުސަތު ދޫކޮށްލަން އެއްބަސްވަމު ހެއްޔޭ؟" 

އޭގެ އިތުރުން ޝާހިދު ވިދާޅުވީ، ހަރަދު ކުޑަކުރުމުގެ ނަމުގައި ދެ އިންތިހާބު އެއްކޮށްލަން އެއުޅުއްވަނީ މަކަރުވެރިކަމުން ކަމަށާއި ހަރަދު ކުޑަކުރުމުގެ ވާހަކަ ދައްކަވާއިރު މިނިސްޓްރީ އޮފް ފޮރިން އެފެއާޒް އިން އާންމުކުރި އަދަދުތަކަށް ބަލާއިރު ކޮންމެ މީލާދީ މަހަކު އެ މިނިސްޓްރީގެ ބޭރުގައި ހުރި އެމްބަސީތަކުގެ މުވައްޒިފުންނަށް ފަންސާސް ހަތަރު މިލިއަން ރުފިޔާ ހަރަދު ކުރާ ކަމަށެވެ. 

ޝާހިދުވަނީ ހުދުމުހުތާރުވެ އަނިޔާވެރިވާން ފުރުސަތު ނުދީ "މުޢިއްޒު ވޯޓު" ގައި ބޮޑުކޮށް ނޫނެކޭ ޖެއްސެވުމަށް ގޮވާލައިފަ އެވެ.  

ޑރ. މުހައްމަދު މުއިއްޒުއައްްޑޫ ސިޓީއަބްދުﷲ ޝާހިދުއެމްޑީޕީލޯކަލް ކައުންސިލް އިންތިޚާބު 2026

ކޮމެންޓް

Like & Win

Giveaway
Powered by: Radient Heat Waters
Kent Grand Plus

Kent Grand Plus

Tap

އިތުރަށް ކިޔާލަން

ރައީސް މުއިއްޒުގެ ސަރުކާރުން އިންތިޚާބުގައި މަސައްކަތްކޮށްގެން ކާމިޔާބުކުރުމުގެ ވިސްނުމެއް ނެތް، އޮތީ އިންތިޚާބު ވަގަށް ނެގުމުގެ ވިސްނުން: ވަހީދު

ރައީސް މުއިއްޒުގެ ސަރުކާރުން އިންތިޚާބުގައި މަސައްކަތްކޮށްގެން ކާމިޔާބުކުރުމުގެ ވިސްނުމެއް ނެތް، އޮތީ އިންތިޚާބު ވަގަށް ނެގުމުގެ ވިސްނުން: ވަހީދު

26 ފެބުރުއަރީ 2026
ރައްޔިތުންގެ ބައިވެރިވުން ކުޑަކުރާ އެއްވެސް ކަމަށް ތާއީދެއް ނުކުރަން، ރެފަރެންޑަމް އަށް ނޫނެކޭ ބުނަން ތައްޔާރު: ނަޝީދު

ރައްޔިތުންގެ ބައިވެރިވުން ކުޑަކުރާ އެއްވެސް ކަމަށް ތާއީދެއް ނުކުރަން، ރެފަރެންޑަމް އަށް ނޫނެކޭ ބުނަން ތައްޔާރު: ނަޝީދު

26 ފެބުރުއަރީ 2026
މި ދެ އަހަރު ދުވަހު ލާމަރުމަޒީ ޚިދުމަތްތައް ފުޅާކުރުމަށް އިތުރު ބާރާއި، ރައްޔިތުންގެ އިތުބާރު ހޯދައިދިނުމަށް ބޮޑެތި މަސައްކަތްތަކެއް ވަނީ ކުރެވިފަ: ރައީސް މުއިއްޒު

މި ދެ އަހަރު ދުވަހު ލާމަރުމަޒީ ޚިދުމަތްތައް ފުޅާކުރުމަށް އިތުރު ބާރާއި، ރައްޔިތުންގެ އިތުބާރު ހޯދައިދިނުމަށް ބޮޑެތި މަސައްކަތްތަކެއް ވަނީ ކުރެވިފަ: ރައީސް މުއިއްޒު

26 ފެބުރުއަރީ 2026
ސަރުކާރުން ރައްޔިތުން ހައްދައިގެން ސަޅިބައިސާ ކަނޑައިގެން ދޮގުހަދައިގެން އުޅޭކަން ރައްޔިތުން މިހާރު ގަބޫލުކުރޭ: އާޒިމް

ސަރުކާރުން ރައްޔިތުން ހައްދައިގެން ސަޅިބައިސާ ކަނޑައިގެން ދޮގުހަދައިގެން އުޅޭކަން ރައްޔިތުން މިހާރު ގަބޫލުކުރޭ: އާޒިމް

25 ފެބުރުއަރީ 2026
އެއްވެސް ބޭރު ގައުމެއްގައި ވޯޓު ފޮށްޓެއް ނުބަހައްޓަން ނިންމައި، ރީ-ރަޖިސްޓްރީ ވާން ފުރުސަތު ދީފި

އެއްވެސް ބޭރު ގައުމެއްގައި ވޯޓު ފޮށްޓެއް ނުބަހައްޓަން ނިންމައި، ރީ-ރަޖިސްޓްރީ ވާން ފުރުސަތު ދީފި

25 ފެބުރުއަރީ 2026

އަހަރުތަކުން މިއަދު

18 މާރިޗު
ރަމަޟާން މަހުގެ ދުވަސްތައް ފާއިތުވެ ދަނީއެވެ. ޙާޞިލް ކުރެވުނީ ކިހައިވަރެއް ހެއްޔެވެ؟
20251 އަހަރު ކުރިން
އިސްލާމް

ރަމަޟާން މަހުގެ ދުވަސްތައް ފާއިތުވެ ދަނީއެވެ. ޙާޞިލް ކުރެވުނީ ކިހައިވަރެއް ހެއްޔެވެ؟

13 އަހަރުގެ ކުއްޖާ ރަހީނުކޮށް މަރާލި މައްސަލައިގައި ދައުވާ އުފުލި ކުޑަކުއްޖާގެ މައްޗަށް ކުށް ސާބިތުވެއްޖެ
20242 އަހަރު ކުރިން
ރާއްޖެ

13 އަހަރުގެ ކުއްޖާ ރަހީނުކޮށް މަރާލި މައްސަލައިގައި ދައުވާ އުފުލި ކުޑަކުއްޖާގެ މައްޗަށް ކުށް ސާބިތުވެއްޖެ

ސައްދާމު ޙުސައިންގެ ފަޚްރަކަށްވި "އަލް-މަންސޫރު": މިއަދު އެއީ މަސްވެރިންގެ ފިނި މައިޒާން
20233 އަހަރު ކުރިން
ތަފާތު ޚަބަރު

ސައްދާމު ޙުސައިންގެ ފަޚްރަކަށްވި "އަލް-މަންސޫރު": މިއަދު އެއީ މަސްވެރިންގެ ފިނި މައިޒާން

މަކަރާއި ހީލަތުން ފައިސާ ހޯދަން އިތުރުގޮތެއް، މިފަހަރު މަންމަނު މީހެއް!
20224 އަހަރު ކުރިން
ރިޕޯޓު

މަކަރާއި ހީލަތުން ފައިސާ ހޯދަން އިތުރުގޮތެއް، މިފަހަރު މަންމަނު މީހެއް!

ފުލުހުންގެ ޑީއެންއޭ ލެބޯޓަރީގެ ހެޑް އިއްތި، ބެއްލެވި ފުރަތަމަ ކޭސްއަކީ ޝީރީންގެ މަރުގެ މައްސަލަ!
20215 އަހަރު ކުރިން
ރިޕޯޓު

ފުލުހުންގެ ޑީއެންއޭ ލެބޯޓަރީގެ ހެޑް އިއްތި، ބެއްލެވި ފުރަތަމަ ކޭސްއަކީ ޝީރީންގެ މަރުގެ މައްސަލަ!

ނިއުޒިލެންޑް މުސްލިމުންނާ އެކު ތިބިކަން ހާމަ ކުރުމުން، ސިފައިންނަށް ތައުރީފު!
20197 އަހަރު ކުރިން
ރާއްޖެ

ނިއުޒިލެންޑް މުސްލިމުންނާ އެކު ތިބިކަން ހާމަ ކުރުމުން، ސިފައިންނަށް ތައުރީފު!

އާމިރު އާއި ވިސާމް ހައްޔަރުކުރުން: މި ރިޕޯޓް ކިޔާލަންޖެހޭ!
20188 އަހަރު ކުރިން
ރިޕޯޓު

އާމިރު އާއި ވިސާމް ހައްޔަރުކުރުން: މި ރިޕޯޓް ކިޔާލަންޖެހޭ!

ރާއްޖެކުޅިވަރުދުނިޔެވިޔަފާރި - އިގްތިސާދުރިޕޯޓުފޮޓޯވާހަކަސިއްހަތުތަފާތު ޚަބަރުލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު