Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - newsAdvertisement
ރާއްޖެޗާގޯސް މައްސަލަ

މޮރިޝަސްއިން ރާއްޖެއާ ސިޔާސީ ގުޅުން ކަނޑާލުމަކީ ތާކުންތާކު ނުޖެހޭ "އިމެޗުއަރ" ނިންމުމެއް: ރައީސް

2 މާރިޗު 2026 | ހޯމަ 06:34

ރައީސް ވިދާޅުވީ، އެ ނިންމުމަކީ ތާކުންތާކު ނުޖެހޭ އަދި "އިމެޗުއަރ" ނިންމުމެއް ކަމަށް. އަދި ވިދާޅުވީ، ރާއްޖެއަކީ ޗާގޯސްގެ ޙައްޤުވެރި ފަރާތް ކަމަށާއި، އެ ހަގީގަތް ބަދަލެއްވެސް ނުވާނެކަމަށް.

ލައިޝާ އަހްމަދު
ލައިޝާ އަހްމަދު | 2 މާރިޗު 2026 | ހޯމަ 06:34
ރައީސް ޑރ މުޙައްމަދު މުއިއްޒު

ރައީސް ޑރ މުޙައްމަދު މުއިއްޒު | ރާއްޖެ އެމްވީ

މޮރިޝަސްއިން ރާއްޖެއާ ސިޔާސީ ގުޅުން ކަނޑާލުމަކީ ތާކުންތާކު ނުޖެހޭ އަދި "އިމެޗުއަރ" ނިންމުމެއް ކަމަށް ރައީސް ޑރ މުޙައްމަދު މުއިއްޒު ވިދާޅުވެއްޖެ އެވެ.

ރައީސް މުއިއްޒު އެފަދައިން ވިދާޅުވީ 8 މަސް ދުވަހަށްފަހު ނޫސްވެރިންނާ ބައްދަލުކުރައްވައި ނޫސްވެރިންގެ ސުވާލުތަކަށް ޖަވާބު ދެއްވަމުންނެވެ. އެގޮތުން ރައީސް މުއިއްޒު ވިދާޅުވީ، ރާއްޖޭގެ ކަނޑުގެ ސަރަޙައްދު ހޯދުމަށް ކުރަމުންދާ މަސައްކަތްތައް މިހާރުވެސް ކުރިއަށްދާ ކަމަށާއި، އެކަމަށްޓަކައި ހުށަހަޅަންޖެހޭ މައްސަލަތައްވެސް ހުށަހަޅުއްވާނެ ކަމަށެވެ.

Advertisement - newsAdvertisement

މީގެ އިތުރުން، ރާއްޖެ އާއި އެކު އޮތް ހާރިޖީ ގުޅުން ކަނޑާލަން މޮރިޝަސް އިން ނިންމާފައިވާ ނިންމުމަށް އަލިއަޅުވާލައްވައި ރައީސް ވިދާޅުވީ، އެ ނިންމުމަކީ ތާކުންތާކު ނުޖެހޭ އަދި "އިމެޗުއަރ" ނިންމުމެއް ކަމަށެވެ. އަދި ވިދާޅުވީ، ރާއްޖެއަކީ ޗާގޯސްގެ ޙައްޤުވެރި ފަރާތް ކަމަށެވެ. އެ ހަގީގަތް ބަދަލެއްވެސް ނުވާނެ ކަމަށް ރައީސް ވިދާޅުވި އެވެ.

ރައީސް އިތުރަށް ވިދާޅުވީ، އެކަމުގައި ރާއްޖޭގެ ނިންމުން ބަދަލެއްވެސް ނުވާނެ ކަމަށެވެ.

 މޮރިޝަސްއިން  ރާއްޖެއާ ސިޔާސީ ގުޅުން ކަނޑާލުމަކީ ވަރަށް ތާކުންތާކު ނުޖެހޭ، ވަރަށް އިމެޗުއަރ، ވަރަށް ނައީވް ނިންމުމެއް، އެ ނިންމުން އެހެން ނިންމުމަކުން ހަގީގަތް ބަދަލެއް ނުވޭ، ރާއްޖެއާ ސިޔާސީ ގުޅުން ކަނޑާލިޔަސް މޮރިޝަސްއަށް ޙައްޤު ނޫން ތަނެއް މޮރިޝަސްއަކަށް ޙައްޤެއް ނުވާނެ.
ރައީސް ޑރ މުޙައްމަދު މުއިއްޒު

ރާއްޖެ އާއި އެކު އޮތް ހާރިޖީ ގުޅުން ކަނޑާލަން މޮރިޝަސް އިން ނިންމާފައި ވަނީ ހުކުރު ދުވަހު ބޭއްވި ވަޒީރުންގެ މަޖިލީހުގެ ޖަލްސާގަ އެވެ. އެ ގައުމުން ވަނީ އެކަން ރަސްމީކޮށް ހާމަވެސް ކޮށްފަ އެވެ. 

އެ ގައުމުގެ ބޮޑުވަޒީރުގެ އޮފީހުން ހާމަކުރި ގޮތުގައި، ޗާގޯސް އާކިޕެލަގޯގެ މައްޗަށް މޮރިޝަސްގެ ސިޔާދަތީ ބާރު އޮތްކަން ދިވެހި ސަރުކާރުން ގަބޫލުނުކުރުމާއި، އިނގިރޭސިވިލާތާއި މޮރިޝަސްއާ ދެމެދު ވެފައިވާ އެއްބަސްވުމަށް ރާއްޖެއިން އިއުތިރާޒުކުރާތީ، އެ ކަންކަމަށް ރިއާޔަތްކޮށް ދިވެހިރާއްޖެ އާއެކު ބާއްވަމުން އައި ގުޅުން ކަނޑާލުމަށް ވަނީ ނިންމާފަ އެވެ.

 މިއަހަރުގެ ރިޔާސީ ބަޔާން އިއްވަވަމުން ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ވަނީ، ޗާގޮސް މައްސަލައިގައި ކުރީގެ ރައީސް އިބްރާހިމް މުޙައްމަދު ސޯލިހު މޮރިޝަސް އަށް ފޮނުއްވި ސިޓީފުޅު އަނބުރާ ގެންނެވުމަށް ނިންމަވާފައިވާކަން ހާމަކުރައްވާފަ އެވެ. މީގެއިތުރުން، ރާއްޖޭގެ ދެކުނު ކަނޑުގެ އިން ވަކިކުރުމާ ގުޅޭގޮތުން ބައިނަލްއަޤްވާމީ ކަނޑުތަކާ ބެހޭ ޓްރައިބިއުނަލް (އިޓްލޮސް) އިން ނިންމާފައިވާ ނިންމުން ބަލައިނުގަންނަވާނެ ކަމަށާއި، އެ ސަރަޙައްދު ހިމާޔަތްކޮށް ބެލެހެއްޓުމަށްޓަކައި ކޯސްޓްގާޑުގެ އުޅަނދުފަހަރު އެ ސަރަހައްދަށް ފޮނުއްވާނެ ކަމަށްވެސް ރައީސް ވިދާޅުވި އެވެ.

މޮރިޝަސް-ރާއްޖެމުއިއްޒުގެ ވައުދުޗާގޯސް-ރާއްޖެ

އެންމެ ހިނގާ

1

ޑޮލަރުގެ އަގު ދަށަކަށް ނުދާނެ، އެއީ ސަރުކާރަށް ވެސް ކުރެވޭނެ ކަމެއް ނޫން: އުއްޗު

2

އީރާނުގެ ހަމަލާތަކުން ލިބޭ ގެއްލުންތައް އާންމުވާތީ އެމެރިކާގެ އަސްކަރިއްޔާއިން ކަންބޮޑުވެއްޖެ، މަންޒަރުތައް ރެކޯޑް ނުކުރަން އިންޒާރުދީ، ފޯނުތައް އަތުލަނީ

3

ސައުދީ އަރަބިއްޔާ ތޫފާނެއްގެ މެދުގައި، ތިން ދިމާލަކުން ދެކޮޅުވެރިން ވަށާލައިފި

4

ފޭކް ބުކިންގ ހަދައިގެން ކެންސަލްކުރުމަށްފަހު، ރިފަންޑު ހޯދުމަށް ހިންގާ ސްކޭމްތައް އިތުރުވަނީ!

5

މިނިވަންދުވަހުގެ ކުޅަދާނަ ސްޕީޗާއެކު "ނމކޢވ" ގެ ލަގަބު

އިތުރަށް ކިޔާލަން

23 ފެބުރުއަރީ 2026

ރިފޯމް ޔޫކޭގެ ލީޑަރު ފަރާޖު ރާއްޖެ ވަޑައިގެންނެވިކަން ނޭނގޭ ކަމަށް އިނގިރޭސި ސަރުކާރުން ބުނެފި

23 ފެބުރުއަރީ 2026
ރިފޯމް ޔޫކޭގެ ލީޑަރު ފަރާޖު ރާއްޖެ ވަޑައިގެންނެވިކަން ނޭނގޭ ކަމަށް އިނގިރޭސި ސަރުކާރުން ބުނެފި
19 ފެބުރުއަރީ 2026

ޗާގޯސްގެ މިލްކުވެރިކަން މޮރިޝަސްއާ ހަވާލުކުރުމަށް އިނގިރޭސި ސަރުކާރުން ނިންމި ނިންމުމާ ދެކޮޅަށް، އެ ޖަޒީރާތަކުގެ އަސްލު ވަޒަންވެރިންގެ ބަޔަކު އެތަނަށް ގޮސް ވަޒަންވެރިވުމަށް މަސައްކަތް ފަށައިފި

18 ފެބުރުއަރީ 2026

ޗާގޯސް މޮރިޝަސް އާ ހަވާލުކުރަން އެމެރިކާ އިން ރަސްމީކޮށް ތާއީދު ކޮށް، އަންނަ ހަފްތާގައި އެމެރިކާ އާ މޮރިޝަސް ބައްދަލު ކުރަނީ

18 ފެބުރުއަރީ 2026
ޗާގޯސް މޮރިޝަސް އާ ހަވާލުކުރަން އެމެރިކާ އިން ރަސްމީކޮށް ތާއީދު ކޮށް، އަންނަ ހަފްތާގައި އެމެރިކާ އާ މޮރިޝަސް ބައްދަލު ކުރަނީ
06 ފެބުރުއަރީ 2026

މުއިއްޒުގެ މައްޗަށް ރިޔާސީ ކޮމިޝަނެއް ހަދައިގެން ތަހުގީގު ކުރާ ހިސާބަށް ގައުމުގެ ހާލަތު އަދި ދާނެ: ލޯޔަރު ނިޝާން

06 ފެބުރުއަރީ 2026
މުއިއްޒުގެ މައްޗަށް ރިޔާސީ ކޮމިޝަނެއް ހަދައިގެން ތަހުގީގު ކުރާ ހިސާބަށް ގައުމުގެ ހާލަތު އަދި ދާނެ: ލޯޔަރު ނިޝާން
06 ފެބުރުއަރީ 2026

ރައީސް މުއިއްޒުގެ ވާހަކަފުޅާއި ބައިނަލްއަޤްވާމީ މަސްރަހާ ދެމެދު ބޮޑު "ފުށުއެރުން"

06 ފެބުރުއަރީ 2026
ރައީސް މުއިއްޒުގެ ވާހަކަފުޅާއި ބައިނަލްއަޤްވާމީ މަސްރަހާ ދެމެދު ބޮޑު "ފުށުއެރުން"
06 ފެބުރުއަރީ 2026

ޗާގޯސް މޮރިޝަސް އަށް ހަވާލު ކުރުމަށް އިނގިރޭސިން ނިންމި ނިންމުމަށް މުއިއްޒު ގޮން ޖެއްސެވިތަނުން ޓްރަމްޕް އިނގިރޭސިވިލާތައް ތާއީދު ކުރައްވައިފި

06 ފެބުރުއަރީ 2026
ޗާގޯސް މޮރިޝަސް އަށް ހަވާލު ކުރުމަށް އިނގިރޭސިން ނިންމި ނިންމުމަށް މުއިއްޒު ގޮން ޖެއްސެވިތަނުން ޓްރަމްޕް އިނގިރޭސިވިލާތައް ތާއީދު ކުރައްވައިފި
05 ފެބުރުއަރީ 2026

މޮރިޝަސްގެ ކަނޑުގެ ގޮތުގައި ބައިނަލް އަގްވަމީ ކަނޑުތަކާ ބެހޭ ގާނޫނުގެ ދަށުން ކަނޑައެޅި ސަރަހައްދަށް ދިވެހި އަސްކަރިއްޔާ އިން ވަދެ ބަލަހައްޓަން ފަށައިފި

05 ފެބުރުއަރީ 2026
މޮރިޝަސްގެ ކަނޑުގެ ގޮތުގައި ބައިނަލް އަގްވަމީ ކަނޑުތަކާ ބެހޭ ގާނޫނުގެ ދަށުން ކަނޑައެޅި ސަރަހައްދަށް ދިވެހި އަސްކަރިއްޔާ އިން ވަދެ ބަލަހައްޓަން ފަށައިފި
05 ފެބުރުއަރީ 2026

ކަނޑުގެ މައްސަލަ ބަލަން އޮފީހެއް އުފައްދާ ޒިންމާވާންޖެހޭ ފަރާތްތަކަށް ގާނޫނީ ގޮތުން ފިޔަވަޅުއަޅާނެ ކަމަށް ރައީސް ވިދާޅުވެއްޖެ

05 ފެބުރުއަރީ 2026
ކަނޑުގެ މައްސަލަ ބަލަން އޮފީހެއް އުފައްދާ ޒިންމާވާންޖެހޭ ފަރާތްތަކަށް ގާނޫނީ ގޮތުން ފިޔަވަޅުއަޅާނެ ކަމަށް ރައީސް ވިދާޅުވެއްޖެ
29 ޖެނުއަރީ 2026

މުއިއްޒުގެ ވައުދާ ޚިލާފުވެ، ފްލެޓް އެއްބަސްވުންތައް ބާތިލު ކޮށް ލިޔުން ފޮނުވަން ފަށައިފި

29 ޖެނުއަރީ 2026
މުއިއްޒުގެ ވައުދާ ޚިލާފުވެ، ފްލެޓް އެއްބަސްވުންތައް ބާތިލު ކޮށް ލިޔުން ފޮނުވަން ފަށައިފި
27 ޖެނުއަރީ 2026

ދިރާސީ އައު އަހަރު ފެށެންވާއިރަށް ގެދޮރުވެރިޔާ ސްކީމުގެ ހުރިހާ ޓަވަރުތަކަކަށް ވަދެވޭނެ ކަމަށް ވިދާޅުވެ ރައީސް މުއިއްޒު ދެއްވި ޔަގީންކަން ތޮޅިޔަށް

27 ޖެނުއަރީ 2026
ދިރާސީ އައު އަހަރު ފެށެންވާއިރަށް ގެދޮރުވެރިޔާ ސްކީމުގެ ހުރިހާ ޓަވަރުތަކަކަށް ވަދެވޭނެ ކަމަށް ވިދާޅުވެ ރައީސް މުއިއްޒު ދެއްވި ޔަގީންކަން ތޮޅިޔަށް
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލުޓާމްސް އޮފްޔޫސް