Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - newsAdvertisement
ރާއްޖެ
ގެދޮރުވެރިޔާ ސްކީމް

ދިރާސީ އައު އަހަރު ފެށެންވާއިރަށް ގެދޮރުވެރިޔާ ސްކީމުގެ ހުރިހާ ޓަވަރުތަކަކަށް ވަދެވޭނެ ކަމަށް ވިދާޅުވެ ރައީސް މުއިއްޒު ދެއްވި ޔަގީންކަން ތޮޅިޔަށް

ހުސްވި އަހަރުގެ ނޮވެމްބަރު 25 ވަނަ ދުވަހު މައްޗަންގޮޅީ ރައްޔިތުންނާ ބައްދަލުކޮށް ރައީސް ޑރ.މުއިއްޒު ވިދާޅުވީ ހުސްވި އަހަރުގެ ޑިސެމްބަރު މަސް ނިމޭއިރު ގެދޮރުވެރިޔާ ސްކީމްގެ ގިނަ ފްލެޓްތައް ނިންމައި ހައްޤުވެރިންނަށް ހަވާލު ކުރެވޭނެ ކަމަށާއި ދިރާސީ އައު އަހަރު ފެށެން ވާއިރަށް ހުރިހާ ޓަވަރުތަކަކަށް މީހުން ވަދެވޭނެ ކަމަށް.

ރާއްޖެ އެމްވީ | 27 ޖެނުއަރީ 2026 | އަންގާރަ 11:54
ގެދޮރުވެރިޔާ ސްކީމްގެ ދަށުން ބިނާ ކޮށްފައިވާ ޓަވަރުތަކެއް.

ގެދޮރުވެރިޔާ ސްކީމްގެ ދަށުން ބިނާ ކޮށްފައިވާ ޓަވަރުތަކެއް. | ރާއްޖެ އެމްވީ

ދިރާސީ އައު އަހަރު ފެށެންވާއިރަށް ގެދޮރުވެރިޔާ ސްކީމުގެ ހުރިހާ ޓަވަރުތަކަކަށް ވަދެވޭނެ ކަމަށް ވިދާޅުވެ ރައީސް މުއިއްޒު ދެއްވި ޔަގީންކަން ތޮޅިޔަށް ހިނގައްޖެ އެވެ.

ހުސްވި އަހަރުގެ ނޮވެމްބަރު މަހުގެ 25 ވަނަ ދުވަހުގެ ރޭ މައްޗަށްގޮޅީ ރައްޔިތުންނާ ބައްދަލުކޮށް ވާހަކަދައްކަވަމުން ރައީސް ޑރ.މުއިއްޒު ވިދާޅުވީ، ޓަވަރުތަކަށް މީހުން ވަނުމަށް ކުރަންޖެހޭ ކަންތައްތައް ފަހި ދިރިއުޅުން ކޯޕަރޭޝަން (އެފްޑީސީ) އިން ކުރަމުންގެންދާ ކަމަށާއި، މިގޮތުން ފަންގިފިލާތަކަށް ކަރަންޓާއި ފެން ގުޅުމުގެ މަސައްކަތްތައް ކުރިއަށްދާކަމަށެވެ.

Advertisement - newsAdvertisement

މަސައްކަތްތައް ކުރިއަށްދާގޮތުން ހުސްވި ޑިސެމްބަރު މަސް ނިމޭއިރު ގިނަ ފްލެޓްތަކެއް ނިމި އެތަންތަނުގެ ވެރިންނަށް ހަވާލު ކުރެވޭނޭ ކަމުގެ ޔަގީންކަން އެފްޑީސީން ދެއްވާފައިވާކަން ރައީސް މުއިއްޒު ފާހަގަކުރެއްވި އެވެ. އަދި އެހާތަނަށް ނުނިމޭ ތަންތަން ވެސް އައު އަހަރަށް ސްކޫލް ހުޅުވެން ވާއިރަށް ހުރިހާ ޓަވަރަކަށް މީހުންނަށް ވަދެވޭނެ ކަމުގެ ޔަގީންކަން އެފްޑިސީން ދީފައިވާކަމަށް މުއިއްޒު އޮތީ ވިދާޅުވެފަ އެވެ.

އެފް.ޑީ.ސީ.އިން މިހާރު އެ ތަންތަނުގައި ގުޅަންޖެހޭ ކަރަންޓާއި، އެ ހުރިހާ މަސައްކަތެއް އެ ނިންމަނީ. މި ޑިސެންބަރު ނިމޭއިރަށް، ގިނަ ފްލެޓްތައް، ނޫނީވިއްޔާ ޓަވަރުތައް ލިބިފައި ހުރި ފަރާތްތަކަށް ނިންމާފައި، ހަވާލުކުރެވޭނެ ކަމަށް، އެފް.ޑީ.ސީ.އިން މިރޭވެސް އަޅުގަނޑަށް ޔަޤީންކަން ދެއްވާފައި އެބައޮތް. ދެން، ނުނިމޭ ތަންތަންވެސް، ސްކޫލް ހުޅުވެންވާއިރަށް، ދިރާސީ އާ އަހަރު ހުޅުވެންވާއިރަށް، ހުރިހާ ޓަވަރަކަށް މީހުންނަށް ވަދެވޭނެކަމުގެ ޔަޤީންކަން ދެއްވާފައި ވަނީ.
ރައީސް މުއިއްޒު މައްޗަންގޮޅި ރައްޔިތުންނާ ބައްދަލުކުރައްވާ ދެއްކެވި ވާހަކަފުޅުގެ ތެރެއިން - 25 ނޮވެމްބަރު 2025

ޑިސެމްބަރު ނިމި ޖެނުއަރީ މަހުގެ 27 ވަނަ ދުވަހު ދިރާސީ އައު އަހަރަށް ކިޔަވަން ފެށުނު އިރު ރައީސް މުއިއްޒު އެ ވިދާޅުވި ގޮތަައް ފްލެޓް ތައް ހަވާލު ކޮށް ނިމިފަ އެއް ނުވެ އެވެ.

ރައީސް ސޯލިހުގެ ސަރުކާރުން ހުޅުމާލޭގެ ދެވަނަ ފިޔަވަހީގައި ތަރައްޤީ ކޮށްފައިވާ 4،000 ހައުސިންގ ޔުނިޓު ލިބޭ ފަރާތްތަކަށް ޔުނިޓު ހަވާލު ކުރުމުގެ މަސައްކަތް އެފްޑީސީ އިން ފެށީ ސެޕްޓަރު 28، 2025 ގަ އެވެ.

އެންމެ ފުރަތަމަ ތަޅުދަނޑި ހަވާލުކޮށްފައި ވަނީ 'އަމާން އުދަރެސް' ޓަވަރު 14 އިން ޔުނިޓު ލިބުނު ފަރާތްތަކަށެވެ.

ގެދޮރުވެރިޔާ ސްކީމްގެ ދަށުން އިމާރާތް ކުރާ ފުރަތަމަ 4 ޓަވަރަށް 2024 ވަނަ އަހަރުގެ ފެބްރުއަރީގެ ނިޔަލަށް މީހުން ވެއްދޭވަރު ވާނެ ކަމަށް 20 ޑިސެމްބަރު 2023 ގައި ރާއްޖޭގެ މީޑީއާ އަކަށް އެފްޑީސީ ގެ މެނޭޖިންގ ޑިރެކްޓަރ ޙަމްދާން ޝަކީލް ދެއްވި އިންޓަރވިއުއެއްގައި ވިދާޅުވެފައިވެ އެވެ.

އޭގެ ފަހުން 4000 ފްލެޓް 2024 ވަނަ އަހަރުގެ އޮކްޓޯބަރުގައި ޙަވާލުކޮށް ނިންމަން މަސައްކަތް ކުރައްވާ ކަމަށް އޭރުގެ ހައުސިންގ މިނިސްޓަރ ޑރ. ޢަލީ ޙައިދަރު 12 އޮގަސްޓް 2024 ގައި ރައްޔިތުންގެ މަޖިލީހުގައި މެމްބަރަކު ކުރެއްވި ސުވާލަކަށް ޖަވާބު ދެއްވަމުން ވިދާޅުވެފައިވެ އެވެ.

ހުސްވި އަހަރުގެ ޑިސެމްބަރު މަހު އެފްޑީސީ އިން  4،000 ފްލެޓް ލިބުނު މީހުންނަށް އެތަންތަން ހަވާލުކޮށް ނިމޭނެކަމަށް ބުނެ އާ ތާރީހުތަކެއް އެ އިއުލާނުކުރި އެވެ. އެ ގޮތުން އެއްކޮށް ފްލެޓުތައް ދީ ނިމޭނީ މި ހިނގަމުންދާ ޖެނުއަރީ މަހުގެ ފަހު ހަފްތާގައި ކަމަށް އޭރު ބުނެފައިވެ އެވެ.

32 ޓަވަރުގެ މައްޗަށް އެކުލެވޭ ދެ ކޮޓަރި އާއި ތިން ކޮޓަރީގެ ފްލެޓުތައް ހިމެނޭ ގެދޮރުވެރިޔާ ސްކީމަށް ކުރީ ސަރުކާރުން ކުއްޔާއި ފީ ދެއްކުމަށް ކަނޑައަޅާފައި އޮތް އުސޫލަށް ރައީސް މުއިއްޒު ސަރުކާރުން ބަދަލު ގެނައުމާއެކު ދެ ކޮޓަރީގެ ފްލެޓަކަށް މެއިންޓެނަންސް ފީއާ އެކު 8،000ރ. މަހަކު ދައްކަން ޖެހޭއިރު ތިން ކޮޓަރީގެ ފްލެޓަކަށް މެއިންޓެނަންސް ފީއާ އެކު ދައްކަން ޖެހެނީ 11،500ރ. އެވެ.

ގެދޮރުވެރިޔާފަހި ދިރިއުޅުން ކޯޕަރޭޝަންމުއިއްޒުގެ ވައުދު

ކޮމެންޓް

Like & Win

Giveaway
Powered by: Radient Heat Waters
Kent Grand Plus

Kent Grand Plus

Tap

އިތުރަށް ކިޔާލަން

އަމާން ދޯދި 1 ގައި ހިނގި އަލިފާނުގެ ހާދިސާ: 6 ވަނަ ޔުނިޓުގެ މާސްޓާ ބެޑްރޫމް ފިޔަވައި އެހެން ކޮޓަރިތަކާއި ޔުޓިލިޓީ އޭރިއާގައި ފެނާއި ޑްރެއިނޭޖް ބޭނުން ނުކުރުމަށް އެދެފި

އަމާން ދޯދި 1 ގައި ހިނގި އަލިފާނުގެ ހާދިސާ: 6 ވަނަ ޔުނިޓުގެ މާސްޓާ ބެޑްރޫމް ފިޔަވައި އެހެން ކޮޓަރިތަކާއި ޔުޓިލިޓީ އޭރިއާގައި ފެނާއި ޑްރެއިނޭޖް ބޭނުން ނުކުރުމަށް އެދެފި

24 ޖެނުއަރީ 2026
އަމާން ދޯދި 1 ވަނަ ޓަވަރުގައި އަލިފާނުގެ ހާދިސާ އެއް ހިނގައިފި

އަމާން ދޯދި 1 ވަނަ ޓަވަރުގައި އަލިފާނުގެ ހާދިސާ އެއް ހިނގައިފި

23 ޖެނުއަރީ 2026
ގެދޮރުވެރިޔާ ސްކީމުގެ ލިސްޓު މި ސަރުކާރުގެ ނިޒާމުން ޑިލީޓް ވެއްޖެ: މެންބަރު ދީދީ

ގެދޮރުވެރިޔާ ސްކީމުގެ ލިސްޓު މި ސަރުކާރުގެ ނިޒާމުން ޑިލީޓް ވެއްޖެ: މެންބަރު ދީދީ

20 ޖެނުއަރީ 2026
ވުޖޫދު ގައި ނެތް ބޯހިޔާވަހި ކަމެއް ދޭން މުއިއްޒު ސަރުކާރުން އިއުލާނު ކުރި އިރު، އެމްޑީޕީ ގެ ބޯހިޔާވަހިކަމަށް އޭރު ކިޔަމުންދިޔަ ފާޑު ހަނދާން ވެސް ނެތިއްޖެ!

ވުޖޫދު ގައި ނެތް ބޯހިޔާވަހި ކަމެއް ދޭން މުއިއްޒު ސަރުކާރުން އިއުލާނު ކުރި އިރު، އެމްޑީޕީ ގެ ބޯހިޔާވަހިކަމަށް އޭރު ކިޔަމުންދިޔަ ފާޑު ހަނދާން ވެސް ނެތިއްޖެ!

18 ޖެނުއަރީ 2026
ފްލެޓުތަކާ ގުޅޭ ޝަކުވާ އެފްޑީސީ އަށް ހުށަހެޅި ނަމަވެސް އެދެވޭ ޖަވާބެއް ނުދޭ: ޔޫނިއަން

ފްލެޓުތަކާ ގުޅޭ ޝަކުވާ އެފްޑީސީ އަށް ހުށަހެޅި ނަމަވެސް އެދެވޭ ޖަވާބެއް ނުދޭ: ޔޫނިއަން

08 ޖެނުއަރީ 2026

އަހަރުތަކުން މިއަދު

18 ފެބުރުއަރީ
ސަރުކާރުން ދޫކުރާ މަސްދަޅުތަކަށް 64 މިލިއަނަށް ވުރެ ގިނަ ރުފިޔާ، އަދިއެއްކޮށް ޕޭމަންޓު ދައްކާފައިނުވޭ
20251 އަހަރު ކުރިން
ވިޔަފާރި-އިގްތިސާދު

ސަރުކާރުން ދޫކުރާ މަސްދަޅުތަކަށް 64 މިލިއަނަށް ވުރެ ގިނަ ރުފިޔާ، އަދިއެއްކޮށް ޕޭމަންޓު ދައްކާފައިނުވޭ

ވައުދުވީ ޑޮލަރުން މަސްވެރިންނަށް ފައިސާދޭން، ކުޑަމިނުން ރުފިޔާއިން ވެސް ފައިސާނުދޭތާ 3 މަސް ވަނީ
20242 އަހަރު ކުރިން
ރާއްޖެ

ވައުދުވީ ޑޮލަރުން މަސްވެރިންނަށް ފައިސާދޭން، ކުޑަމިނުން ރުފިޔާއިން ވެސް ފައިސާނުދޭތާ 3 މަސް ވަނީ

12 ދުވަސް ވީ ތަނެއް ނޭނގި: އާސިރަށް ވީ ގޮތާއި އޭގެ ހަގީގަތް!
20233 އަހަރު ކުރިން
ރިޕޯޓު

12 ދުވަސް ވީ ތަނެއް ނޭނގި: އާސިރަށް ވީ ގޮތާއި އޭގެ ހަގީގަތް!

ހިޔާވަހި ހައުސިން މަޝްރޫއު: ރީތި ގަސް އެޕާޓްމެންޓަށް ނަން ބަދަލުކޮށް، ދެއަހަރުގެ ތެރޭގައި މަސައްކަތް ނިންމަނީ
20224 އަހަރު ކުރިން
ރާއްޖެ

ހިޔާވަހި ހައުސިން މަޝްރޫއު: ރީތި ގަސް އެޕާޓްމެންޓަށް ނަން ބަދަލުކޮށް، ދެއަހަރުގެ ތެރޭގައި މަސައްކަތް ނިންމަނީ

ދުނިޔޭގައި ހުންނާނެކަމުގެ އުންމީދު ކަނޑާލި، ހަމައެކަނި އުންމީދަކަށްވީ \"އާއިލާ\"
20215 އަހަރު ކުރިން
ރިޕޯޓު

ދުނިޔޭގައި ހުންނާނެކަމުގެ އުންމީދު ކަނޑާލި، ހަމައެކަނި އުންމީދަކަށްވީ \"އާއިލާ\"

‏ޙައްދު ޤާއިމް ކުރެވޭނީ ކޮން ޙާލަތެއްގަ؟‏
20197 އަހަރު ކުރިން
އިސްލާމް

‏ޙައްދު ޤާއިމް ކުރެވޭނީ ކޮން ޙާލަތެއްގަ؟‏

އުއްތަމަ ފަނޑިޔާރުގެ ބައްޕާފުޅުގެ ބަސް: ދަރިފުޅު ކުރީ ކުރަންޖެހޭ ކަމެއް!
20188 އަހަރު ކުރިން
ރިޕޯޓު

އުއްތަމަ ފަނޑިޔާރުގެ ބައްޕާފުޅުގެ ބަސް: ދަރިފުޅު ކުރީ ކުރަންޖެހޭ ކަމެއް!

ރާއްޖެކުޅިވަރުދުނިޔެވިޔަފާރި - އިގްތިސާދުރިޕޯޓުފޮޓޯވާހަކަސިއްހަތުތަފާތު ޚަބަރުލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު