Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • ލައިފް ސްޓައިލް
Advertisement - newsAdvertisement
ރާއްޖެ
ޗާގޯސް ކަނޑުގެ މައްސަލަ

ކަނޑުގެ މައްސަލަ ބަލަން އޮފީހެއް އުފައްދާ ޒިންމާވާންޖެހޭ ފަރާތްތަކަށް ގާނޫނީ ގޮތުން ފިޔަވަޅުއަޅާނެ ކަމަށް ރައީސް ވިދާޅުވެއްޖެ

ރާއްޖޭގެ ކަނޑުގެ ސަރަހައްދުތަކާ ބެހޭ ކަންކަން ބެލެހެއްޓުމަށް ޚާއްސަ އޮފީހެއް އުފައްދަވައި، ޗާގޯސް މައްސަލައިގައި ދައުލަތަށް ގެއްލުންވާ ގޮތަށް އަމަލުކުރި ފަރާތްތަކުގެ މައްސަލަ ބަލަން "ކޮމިޝަން އޮފް އިންކުއަރީ" އެއް އުފައްދަވާނެ ކަމަށް ރައީސުލްޖުމްހޫރިއްޔާ އިއުލާންކުރައްވައިފި. ރިޔާސީ ބަޔާން އިއްވަވަމުން ރައީސް ވިދާޅުވީ، ކަނޑުގެ ސަރަހައްދު ކަނޑައެޅުމުގައި ކުރީ ސަރުކާރުން ނިންމި ނިންމުންތަކާ ގުޅިގެން ގާނޫނީ ފިޔަވަޅު އަޅުއްވާނެ ކަމަށް. ނަމަވެސް، ކުރީގެ ބަންޑާރަނައިބު ބޭރުގެ ފަރާތްތަކަށް ލިޔެކިޔުންތަކެއް ދިން ކަމަށް ބުނާ ވާހަކަ މި ސަރުކާރުގެ ބަންޑާރަނައިބު ވަނީ ދޮގުކުރައްވާފައި.

ޙުސައިން މަޚްތޫމް
ޙުސައިން މަޚްތޫމް, ރާއްޖެ އެމްވީ | 5 ފެބުރުއަރީ 2026 | ބުރާސްފަތި 05:37
ރައީސް ޑރ. މުހައްމަދު މުއިއްޒު ރައްޔިތުންގެ މަޖިލީހުގައި ރިޔާސީ ބަޔާން އިއްވަނީ

ރައީސް ޑރ. މުހައްމަދު މުއިއްޒު ރައްޔިތުންގެ މަޖިލީހުގައި ރިޔާސީ ބަޔާން އިއްވަނީ | ރައްޔިތުންގެ މަޖިލިސް

ޗާގޯސް އަދި ރާއްޖެ ކަނޑުން ފުށު އަރާ މައްސަލައިގައި އިޓްލޮސް އިން ނިންމާފައި އޮތް ނިންމުމަކާއި ގުޅިގެން، ކަނޑުގެ މައްސަލަ ބަލަން އޮފީހެއް އުފައްދާ ޒިންމާވާންޖެހޭ ފަރާތްތަކަށް ގާނޫނީ ގޮތުން ފިޔަވަޅުއަޅާނެ ކަމަށް ރައީސް ޑރ. މުހައްމަދު މުއިއްޒު ވިދާޅުވެއްޖެ އެވެ. 

މިއަހަރަށް ރައްޔިތުންގެ މަޖިލީހަށް ރިޔާސީ ބަޔާން އިއްވަމުން ރައީސް މުއިއްޒު ވިދާޅުވީ ދިވެހިރާއްޖޭގެ ކަނޑުގެ ސަރަހައްދުތަކާއި ބެހޭ ގާނޫނުގައި ބަޔާންކޮށްފައިވާ ދިވެހިރާއްޖޭގެ އާކިޕެލެޖިކް ބޭސް ޕޮއިންޓްތަކަށް ހަވާލާދީ ދިވެހިރާއްޖޭގެ ހާއްސަ އިގްތިސާދީ ސަރަހައްދަކީ ދޫކޮށްލި ކަނޑުގެ ސަރަހައްދު ހިމެނޭ ގޮތަށް، ގާނޫނުގައި މިހާރުވެސް ކަނޑައަޅާފައިވާ ސަރަހައްދު ކަމަށް ނިންމާ އިއުލާން ކުރައްވާ ކަމަށެވެ. 

Advertisement - newsAdvertisement

ރައީސް ވިދާޅުވީ ގާނޫނު އަސާސީއަށް ގެނެވެނު 6 ވަނަ އިސްލާހަށް ރިއާޔަތްކޮށް ދިވެހިރާއްޖޭގެ ކަނޑުތަކުގެ ގާނޫނަށް އިސްލާހު ގެނައުމަށް މަޖިލީހަށް ފޮނުވާނެ ކަމަށެވެ. މީގެ އިތުރުން ދިވެހިރާއްޖޭގެ ސަރަހައްދުތައް ކަނޑައެޅުމާ ބެހޭ ކަނޑައެޅުމަށް، ސަރަހައްދުތަކުގެ ކޯޑިނޭޓްތަކާއި ބޭސް ލައިންތައް ކަނޑައެޅުމަށް ދިވެހިރާއްޖޭގެ ސަރަހައްދުތަކާ ބެހޭ އެންމެހާ ކަންކަމާއި، މައްސަލަތައް ބެލުމަށް ދެމެހެއްޓެނެވި ގޮތެއްގައި މަސައްކަތް ކުރާނެ އޮފީހެއް ގާއިމް ކުރުމަށް މާހިރުންގެ ފަރާތުން ލަފާ ދެއްވާފައިވާ ކަމަށެވެ. 

އެހެންކަމުން މިކަމުގައި ސަރުކާރުގެ ވަކި އިދާރާއެއް ގާއިމްކުރުން މުހިންމު ކަމަށް ފެންނާތީ ދިވެހިރާއްޖޭގެ ސަރަހައްދުތަކާ ބެހޭ އޮފީސް އަޅުގަނޑު އިރާދަކުރެއްވިއްޔާ ގާއިމް ކުރާނަން. ހަމަ އެހެންމެ މި މައްސަލައާއި ގުޅޭގޮތުން ނިމިދިޔަ ސަރުކާރުން ނިންމާފައިވާ ބައެއް ނިންމުންތަކުގެ ސަބަބުން ދިވެހި ދައުލަތަށް އިއާދަ ނުކުރެވޭފަދަ ބޮޑެތި ގެއްލުންތަކެއް ލިބިފައިވާ ކަމަށް، މައްސަލައިގައި އައްޔަން ކުރެވުނު ބައިނަލްއަގުވާމީ މާހިރުންގެ ލަފާ ލިބިފައިވާތީ އެ ނިންމެވުންތައް ނިންމި ފަރާތްތަކާއި ސުވާލުކޮށް، އެ ނިންމުންތައް ނިންމި ސަބަބުތައް ދެނެގަތުމަށާއި، އެކަންކަމާއި ގުޅޭގޮތުން ގާނޫނީ ގޮތުން ފިޔަވަޅުއަޅަންޖެހޭނަމަ އެކަން ކުރުމަށާއި، އެފަދަ ކަންކަން ތަކުރާރު ނުވާނެ ގޮތަށް ކަންކަން އެކަށައެޅުމަށް ގާނޫނު އަސާސީގެ 115 ވަނަ މާއްދާގެ (ގ) ގެ ދަށުން ކޮމިޝަން އޮފް އިންކުއަރީއެއް އުފައްދަން އަޅުގަނޑު ނިންމިކަން ވެސް އަޅުގަނޑު އިއުލާނު ކުރަން. 
ރައީސް ޑރ. މުހައްމަދު މުއިއްޒު

ކަނޑުގެ މައްސަލައިގައި ތަހުގީގުކޮށް ދައުވާ އުފުލާނެ މޭރުމަކުން ރައީސް ރިޔާސީ ބަޔާނުގައި ވިދާޅުވި އިރު، ޗާގޯސްގެ މައްސަލާގައި ދިވެހި ދައުލަތަށް ގެއްލުންވާނެ ފަދަ ލިޔެކިޔުންތަކެއް އޭރުގެ ބަންޑާރަނައިބު އިބްރާހިމް ރިފްއަތު ބޭރުގެ ބަޔަކަށް ދިން ކަމަށް ބުނާ ވާހަކަ ރައީސް މުއިއްޒުގެ ބަންޑާރަނައިބު އަހުމަދު އުޝާމް އޮތީ ދޮގު ކުރައްވާފަ އެވެ. 

މަޖިލީހުގެ ޖަލްސާއެއްގައި 15 އޮކްޓޯބަރު 2025 ގައި ބަންޑާރަނައިބު އުޝާމް ވިދާޅުވީ މި މައްސަލައާ ގުޅޭ އެއްވެސް ލިޔެކިއުމެއް ބޭރުގެ ފަރާތްތަކަށް ދީފައިވާ ކަމަށް ގަބޫލު ނުކުރެވޭ ކަމަށާއި، އެއީ މި ސަރުކާރުން ވަރަށް ތަފްސީލުކޮށް ބަލަމުން ގެންގޮސްފައިވާ މައްސަލަ އެއް ކަމުގައެވެ.

އަޅުގަނޑަކަށް ގަބޫލެއް ނުކުރެވޭ އެއްވެސް ލިޔެކިއުމެއް ބޭރުގެ ފަރާތްތަކަށް ދީފައި ހުރި ކަމަކަށް އެނގޭތޯ. އަޅުގަނޑުމެން މި މައްސަލަ ހަމަ އަޅުގަނޑު މިމަގާމާ ހަވާލުވި ހިސާބުން މިމައްސަލަ ވަރަށް ބޮޑަށް ދިރާސާ ކުރުމަށްފަހު މިކަމަށް އަޅުގަނޑުމެންގެ ސަރުކާރުގައި ހަމަ އަޅަންޖެހޭ ފިޔަވަޅުތައް އެޅުމަށްޓަކައި މިމައްސަލަ ކުރިއަށް ގެންދިއުމަށްޓަކައި މިހާރު ވެސް މަސައްކަތްތަކެއް ކުރެވެމުން އެބަދޭ. އަޅުގަނޑަށް ގަބޫލެއް ނުކުރެވޭ މިދިޔަ ސަރުކާރުގެ ބަންޑާރަ ނައިބު ބަޔަކަށް ލިޔެކިއުންތަކެއް ދީފައި ހުރި ކަމަކަށް.
  ބަންޑާރަނައިބު އަހުމަދު އުޝާމް  

ޗާގޯސްގެ މައްސަލާގައި މިސަރުކާރުގެ ރައްޔިތުން މަޖިލީހުގެ މެންބަރުންނާއި، ސިޔާސީ ބޭފުޅުން ގެންދަވަނީ ހަގީގަތާ ހިލާފު ދޮގު ވާހަކަތައް ފަތުރަމުން ކަން ބަންޑާރަ ނައިބު އުޝާމުގެ ޖަވާބުން ސާފުކޮށް އެނގިގެން ދިޔަކަން ފާހަގަ ކުރެވެއެވެ. އަދި ކުރީ ސަރުކާރުގެ ވެރިން ކަނޑުވިއްކާލާ ފައިސާ ނެގި ކަމަށް ވެސް ބުނަމުން ގެންދިޔައެވެ.

ރާއްޖޭގެ ކަނޑުގެ ބައެއް ވިއްކާލާފައިވާ ކަމަށް ތުހުމަތު ކުރަމުންދާއިރު، މި ސަރުކާރުގެ ފުރަތަމަ 100 ދުވަހުގެ ތެރޭގައި އިޓްލޮސްގެ ނިންމުން އިސްތިއުނާފުކުރާނެ ކަމަށް ރައީސް މުއިއްޒު ވައުދުވެވަޑައިގެންނެވިއެވެ. ނަމަވެސް މިއަދާ ހަމައަށް އަދިވެސް އެކަން ވެފައެއް ނެތެވެ.

އިނގިރޭސިވިލާތުން ޗާގޯސް މޮރިޝަސް އަށް ދީފައިވަނީ 22 މެއި 2025 ގައެވެ.

ޗާގޯސްގެ ސިޔާދަތީ ބާރު މޮރިޝަސް އަށް ލިބޭ ކަމަށް ބައިނަލްއަގުވާމީ ކޯޓުން ނިންމި ނިންމުމާއެކު، ޗާގޯސް އާއި ރާއްޖެއާ ދެމެދު އޮތް ކަނޑުގެ އިން ވަކިކުރުމަށް އިޓްލޮސް އަށް މޮރިޝަސް އިން ހުށަހެޅި މައްސަލާގައި އެ ކޯޓުން ވެސް ވަނީ އެ އިންޓަނޭޝަނަލް ކޯޓު އޮފް ޖަސްޓިސް ނިންމުން ވެސް ދަމަހައްޓާފައެވެ.

ޗާގޯސް-ރާއްޖެރައީސް ޑރ. މުހައްމަދު މުއިއްޒުއިޓްލޮސްމޮރިޝަސްރިޔާސީ ބަޔާން 2026

ކޮމެންޓް

އިތުރަށް ކިޔާލަން

ރައީސް ސޯލިހް ފޮނުއްވި ސިޓީ އަނބުރާ ގެންނަވާނެ ކަމަށް ރައީސް މުޢިއްޒު ވިދާޅުވިއިރު، ސިޓީ ހާމަ ކުރަންވީ ވައުދު ވެސް ނުފުދޭ

ރައީސް ސޯލިހް ފޮނުއްވި ސިޓީ އަނބުރާ ގެންނަވާނެ ކަމަށް ރައީސް މުޢިއްޒު ވިދާޅުވިއިރު، ސިޓީ ހާމަ ކުރަންވީ ވައުދު ވެސް ނުފުދޭ

05 ފެބުރުއަރީ 2026
ކުރީ ސަރުކާރުން ދިއްދޫގައި ޤާއިމު ކުރި އިސްލާމިކް ސެންޓަރަކީ، މި ސަރުކާރުގެ މަޝްރޫއެއްގެ ގޮތުގައި ރައީސް ފާހަގަ ކުރައްވައިފި

ކުރީ ސަރުކާރުން ދިއްދޫގައި ޤާއިމު ކުރި އިސްލާމިކް ސެންޓަރަކީ، މި ސަރުކާރުގެ މަޝްރޫއެއްގެ ގޮތުގައި ރައީސް ފާހަގަ ކުރައްވައިފި

05 ފެބުރުއަރީ 2026
ރިޔާސީ ބަޔާން 2026: އެމްޑީޕީގެ މެމްބަރުން އިހުތިޖާޖު ކުރަން ފަށައިފި

ރިޔާސީ ބަޔާން 2026: އެމްޑީޕީގެ މެމްބަރުން އިހުތިޖާޖު ކުރަން ފަށައިފި

05 ފެބުރުއަރީ 2026
2025 ވަނަ އަހަރު ރިޔާސީ ބަޔާނުގައި ވިދާޅުވި ކަންކަމުގެ 90 އިންސައްތަ މަސައްކަތް އޮތީ ނުކުރެވި: ޣަފޫރު

2025 ވަނަ އަހަރު ރިޔާސީ ބަޔާނުގައި ވިދާޅުވި ކަންކަމުގެ 90 އިންސައްތަ މަސައްކަތް އޮތީ ނުކުރެވި: ޣަފޫރު

04 ފެބުރުއަރީ 2026
ކްލައިމެޓް ޗޭންޖަކީ ފޭކެއް ކަަމަށް ވިދާޅުވި ރައީސް މުއިއްޒު ޖަރުމަނުގެ ހަމްބޯލްޓް ޔުނިވަރސިޓީ ގައި ކްލައިމެޓް ޗޭންޖާ ބެހޭ ތަގުރީރެއް ދެއްވަނީ

ކްލައިމެޓް ޗޭންޖަކީ ފޭކެއް ކަަމަށް ވިދާޅުވި ރައީސް މުއިއްޒު ޖަރުމަނުގެ ހަމްބޯލްޓް ޔުނިވަރސިޓީ ގައި ކްލައިމެޓް ޗޭންޖާ ބެހޭ ތަގުރީރެއް ދެއްވަނީ

04 ފެބުރުއަރީ 2026

އަހަރުތަކުން މިއަދު

5 ފެބުރުއަރީ
ރިޔާސީ ބަޔާން އިއްވި މަޖިލިސް ޖަލްސާގެ ޕްރޮޑިއުސަރަކީ އަބްދުއްރަހީމް ޑައިރެކްޓަރަކީ ނާޒިމް
20251 އަހަރު ކުރިން
ރިޕޯޓު

ރިޔާސީ ބަޔާން އިއްވި މަޖިލިސް ޖަލްސާގެ ޕްރޮޑިއުސަރަކީ އަބްދުއްރަހީމް ޑައިރެކްޓަރަކީ ނާޒިމް

ޕޫލަށް ފުންމާލުމުގެ ކުރިން ކަޓައިފި، ސެންޓަރޭގެ ހިތާއި ރޫހު ފަތާ ފެންގަނޑުގައި
20242 އަހަރު ކުރިން
މީހުން

ޕޫލަށް ފުންމާލުމުގެ ކުރިން ކަޓައިފި، ސެންޓަރޭގެ ހިތާއި ރޫހު ފަތާ ފެންގަނޑުގައި

ޑިޖިޓަލް ލައިސެންސްގެ ޚިދުމަތް ތައާރަފްކޮށްފި، ދެން ލައިސެންސް ކާޑު ޕްރިންޓެއް ނުކުރާނެ
20233 އަހަރު ކުރިން
ރާއްޖެ

ޑިޖިޓަލް ލައިސެންސްގެ ޚިދުމަތް ތައާރަފްކޮށްފި، ދެން ލައިސެންސް ކާޑު ޕްރިންޓެއް ނުކުރާނެ

ދެހިވެލަ ބީޗް ސަރަހައްދުން ފެނުނީ އަފްހާމްގެ ހަށިގަނޑު: އާއިލާ
20224 އަހަރު ކުރިން
ރާއްޖެ

ދެހިވެލަ ބީޗް ސަރަހައްދުން ފެނުނީ އަފްހާމްގެ ހަށިގަނޑު: އާއިލާ

ވެކްސިން ޖަހަން ފެށުމާއެކު ވައިރަސް ފިލަން ފަށައިފިއެވެ
20215 އަހަރު ކުރިން
ރިޕޯޓު

ވެކްސިން ޖަހަން ފެށުމާއެކު ވައިރަސް ފިލަން ފަށައިފިއެވެ

މާދަމާ ސަރުކާރު ބަންދުވިޔަސް ޓިކެޓް އޮފީސް ހުޅުވާނެ: މޯލްޑިވިއަން
20197 އަހަރު ކުރިން
ވިޔަފާރި-އިގްތިސާދު

މާދަމާ ސަރުކާރު ބަންދުވިޔަސް ޓިކެޓް އޮފީސް ހުޅުވާނެ: މޯލްޑިވިއަން

އިންޑިއާ ދަނީ ރާއްޖޭގެ ހާލަތު ބަލަމުން، އިންޑިއާގެ އަސްކަރިއްޔާ ތައްޔާރީ ހާލަތުގައި!
20188 އަހަރު ކުރިން
ރާއްޖެ

އިންޑިއާ ދަނީ ރާއްޖޭގެ ހާލަތު ބަލަމުން، އިންޑިއާގެ އަސްކަރިއްޔާ ތައްޔާރީ ހާލަތުގައި!

ރާއްޖެކުޅިވަރުދުނިޔެވިޔަފާރި - އިގްތިސާދުރިޕޯޓުފޮޓޯވާހަކަސިއްހަތުތަފާތު ޚަބަރުލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު