Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - newsAdvertisement
ރާއްޖެ
ގެދޮރުވެރިޔާ ސްކީމް

މުއިއްޒުގެ ވައުދާ ޚިލާފުވެ، ފްލެޓް އެއްބަސްވުންތައް ބާތިލު ކޮށް ލިޔުން ފޮނުވަން ފަށައިފި

ރައީސް މުއިއްޒު އެއްވެސް މީހެއްގެ އަތުން ލިބިފައިވާ ފްލެޓް އަތުނުލައްވާނެ ކަމަށް ވައުދުވެފައިވާއިރު، އެފްޑީސީން އެމްޑީޕީ ސަރުކާރުން ދިން ގެދޮރުވެރިޔާ ފްލެޓް ލިބުނު ފަރާތްތަކާ އެކު ހަދާފައިވާ އެއްބަސްވުން ބާތިލު ކޮށް ލިޔުން ފޮނުވަން ފަށައިފި.

ރާއްޖެ އެމްވީ | 29 ޖެނުއަރީ 2026 | ބުރާސްފަތި 10:34
Your browser does not support the video tag.
0:00 / 0:00

ރައީސް މުހައްމަދު މުއިއްޒު.

އެމްޑީޕީ ސަރުކާރުން އެޅި ގެދޮރުވެރިޔާ ފްލެޓްތައް ލިބުނު ބައެއް ފަރާތްތަކާ އެކު ސަރުކާރުން ހަދާފައިވާ ފްލެޓް ލިބުނު ކަމުގެ އެއްބަސްވުން ރައީސް މުއިއްޒު ގެ ރިޔާސީ ވައުދާ ޚިލާފަށް ބާތިލު ކޮށް އެ ފަރާތްތަކަށް ފަހި ދިރިއުޅުން ކޯޕަރޭޝަން (އެފްޑީސީ) އިން ލިޔުން ފޮނުވަން ފަށައިފި އެވެ.

ރައީސް މުއިއްޒު ވެރިކަމަށް ވަޑައިގަންނަވުން ރައްޔިތުންނަށް ވީ ވައުދުގެ ތެރޭގައި އެއްވެސް މީހަކަށް ލިބިފައިވާ ފްލެޓެއް ވިޔަސް ގޯއްޗެއް ވިޔަސް އަތުނުލައްވާނެ ކަމަށް ތަކުރާރުކޮށް ވިދާޅުވެފައިވެ އެވެ. އަދި ވެރިކަމަށް ވަޑައިގަތުމަށް ފަހު، ސަރުކާރުން މީހަކަށް އެ ފަދަ އެއްޗެއް ދީ ގެޒެޓް ކޮށްފައިވާ ނަމަ ބަލާނީ އެ މީހަކަށް އެއެއްޗެއް ލިބުނީ ކަމަށް ވަނީ ވިދާޅުވެފަ އެވެ.

Advertisement - newsAdvertisement

މުއިއްޒު މިހެން ވައުދުވެފައިވަނިކޮށް، އެފްޑީސީން ގެންދަނީ ފްލެޓް ލިބުނު އެތައް ބަޔަކަށް ފްލެޓް އެެއްބަސްވުން ކެންސަލް ކޮށް ސިޓީ ފޮނުވަމުންނެވެ.

ފްލެޓް އެއްބަސްވުން ބާތިލު ކޮށް އެފްޑީސީ އިން ފޮނުވާ ލިޔުން.
ފްލެޓް އެއްބަސްވުން ބާތިލު ކޮށް އެފްޑީސީ އިން ފޮނުވާ ލިޔުން.

އެފްޑީސީ އިން ފޮނުވަމުންދާ ސިޓީ ގައި ބުނެފައިވަނީ، ގެދޮރުވެރިޔާ ސްކީމުގެ ފްލެޓް ދޫކުރުމުގެ އުސޫލުގެ ދަށުން ކުރީގެ މިނިސްޓްރީ އޮފް ނޭޝަނަލް ޕްލޭނިންގ ހައުސިންގ އެންޑް އިންފްރާސްޓްރަކްޗަރ  އިން ދިވެހި ސަރުކާރުގެ ގެޒެޓް ގައި ޝާއިއު ކޮށްފައިވާ ގެދޮރުވެރިޔާ ސްކީމް ގެ ދަށުން ފްލެޓް ލިބޭ ފަރާތްތަކުގެ ދާއިމީ ލިސްޓް ތިޔަ ފަރާތް ހިމެނޭތީ ފްލެޓް ކަނޑައެޅުމަށްޓަކައި "އެފްޑީސީ ގެ ލިޔުމުގައި" ސޮއިކޮށްފައިވީ ނަމަވެސް ތިޔަ ފަރާތަކީ ފްލެޓް ދޫކުރުމުގެ ޝަރުތު ފުރިހަމަވާ ފަރާތެއް ނޫން ކަމަށް ހައުސިންގ މިނިސްޓްރީން އަންގާފައިވާތީ އެ ލިޔުމަށް އަމަލު ކުރެވެން ނެތް ކަމަށާއި އެއީ "ބާތިލު ލިޔުމެއް" ކަމަށް އަންގާ ކަމަށެވެ.

އެފްޑީސީ އިން "ލިޔުމެއް" ކަމަށް ސިޓީ ގައި ބުނެފައިވަނީ އެފްޑީސީ އާއި ފްލެޓް ލިބުނު މީހުންނާ ދެމެދު ހަދާފައިވާ ރަސްމީ "ފަހި ދިރިއުޅުން ކޯޕަރޭޝަން ލިމިޓެޑުން އިމާރާތް ކުރާ ފްލެޓް ކަނޑައަޅާ އެއްބަސްވުން" އަށް ކަން ފާހަގަ ކުރެވެ އެވެ. 

މައުލޫމާތު ލިބިފައިވާ ގޮތުގައި ފްލެޓް ލިބި އެއްބަސްވުން ހަދާފައިވާ 400 އެއްހާ ފަރާތައް ފްލެޓް ކެންސަލް ކޮށް އެފްޑީސީ އިން ލިޔުން ފޮނުވުމަށް ވަނީ ނިންމާފަ އެވެ.

ފަހި ދިރިއުޅުން ކޯޕަރޭޝަންގެދޮރުވެރިޔާ ސްކީމްހައުސިންގް މިނިސްޓްރީމުއިއްޒުގެ ވައުދު

ކޮމެންޓް

އިތުރަށް ކިޔާލަން

"ބިންވެރިޔާ" ސްކީމުގެ ދަށުން ގިރާވަރުފަޅުން ގޯތި ލިބުނު މީހުންގެ ބިމުގެ ސަރަހައްދުތައް ކަނޑައެޅުމަށް އަލުން ގުރު ނަގަނީ

"ބިންވެރިޔާ" ސްކީމުގެ ދަށުން ގިރާވަރުފަޅުން ގޯތި ލިބުނު މީހުންގެ ބިމުގެ ސަރަހައްދުތައް ކަނޑައެޅުމަށް އަލުން ގުރު ނަގަނީ

29 ޖެނުއަރީ 2026
ދިރާސީ އައު އަހަރު ފެށެންވާއިރަށް ގެދޮރުވެރިޔާ ސްކީމުގެ ހުރިހާ ޓަވަރުތަކަކަށް ވަދެވޭނެ ކަމަށް ވިދާޅުވެ ރައީސް މުއިއްޒު ދެއްވި ޔަގީންކަން ތޮޅިޔަށް

ދިރާސީ އައު އަހަރު ފެށެންވާއިރަށް ގެދޮރުވެރިޔާ ސްކީމުގެ ހުރިހާ ޓަވަރުތަކަކަށް ވަދެވޭނެ ކަމަށް ވިދާޅުވެ ރައީސް މުއިއްޒު ދެއްވި ޔަގީންކަން ތޮޅިޔަށް

27 ޖެނުއަރީ 2026
އަމާން ދޯދި 1 ގައި ހިނގި އަލިފާނުގެ ހާދިސާ: 6 ވަނަ ޔުނިޓުގެ މާސްޓާ ބެޑްރޫމް ފިޔަވައި އެހެން ކޮޓަރިތަކާއި ޔުޓިލިޓީ އޭރިއާގައި ފެނާއި ޑްރެއިނޭޖް ބޭނުން ނުކުރުމަށް އެދެފި

އަމާން ދޯދި 1 ގައި ހިނގި އަލިފާނުގެ ހާދިސާ: 6 ވަނަ ޔުނިޓުގެ މާސްޓާ ބެޑްރޫމް ފިޔަވައި އެހެން ކޮޓަރިތަކާއި ޔުޓިލިޓީ އޭރިއާގައި ފެނާއި ޑްރެއިނޭޖް ބޭނުން ނުކުރުމަށް އެދެފި

24 ޖެނުއަރީ 2026
އަމާން ދޯދި 1 ވަނަ ޓަވަރުގައި އަލިފާނުގެ ހާދިސާ އެއް ހިނގައިފި

އަމާން ދޯދި 1 ވަނަ ޓަވަރުގައި އަލިފާނުގެ ހާދިސާ އެއް ހިނގައިފި

23 ޖެނުއަރީ 2026
ގެދޮރުވެރިޔާ ސްކީމުގެ ލިސްޓު މި ސަރުކާރުގެ ނިޒާމުން ޑިލީޓް ވެއްޖެ: މެންބަރު ދީދީ

ގެދޮރުވެރިޔާ ސްކީމުގެ ލިސްޓު މި ސަރުކާރުގެ ނިޒާމުން ޑިލީޓް ވެއްޖެ: މެންބަރު ދީދީ

20 ޖެނުއަރީ 2026

އަހަރުތަކުން މިއަދު

20 އެޕްރީލު
ބޭނުން ދީނަކަށް އުޅުމުގެ މިނިވަންކަން ދިނުމަށް ގޮވާލާ އދ އަށް ހުށަހެޅި ގަރާރަށް ރާއްޖެއިން ޖެހީ ހެޔޮ ފާހަގައެއް
20251 އަހަރު ކުރިން
ރާއްޖެ

ބޭނުން ދީނަކަށް އުޅުމުގެ މިނިވަންކަން ދިނުމަށް ގޮވާލާ އދ އަށް ހުށަހެޅި ގަރާރަށް ރާއްޖެއިން ޖެހީ ހެޔޮ ފާހަގައެއް

ރައްޔިތުން މަޖިލީހުގެ އިންތިޚާބުގެ ވޯޓުލުން ފަށައިފި
20242 އަހަރު ކުރިން
ރާއްޖެ

ރައްޔިތުން މަޖިލީހުގެ އިންތިޚާބުގެ ވޯޓުލުން ފަށައިފި

ރަންތާޖު ޤުރުއާން މުބާރާތުން ވަކިވެގެންދާ ދެ ބައިވެރިން އިއުލާންކޮށްފި
20233 އަހަރު ކުރިން
ރާއްޖެ

ރަންތާޖު ޤުރުއާން މުބާރާތުން ވަކިވެގެންދާ ދެ ބައިވެރިން އިއުލާންކޮށްފި

ޕައިނަޕަލް އަޕް ސައިޑް ޑައުން ކޭކް
20224 އަހަރު ކުރިން
ލައިފް ސްޓައިލް

ޕައިނަޕަލް އަޕް ސައިޑް ޑައުން ކޭކް

އުއްތަމަފަނޑިޔާރު މުއުތަސިމް އަދުނާނުގެ މައިކަނބަލުން އަވަހާރަވެއްޖެ
20215 އަހަރު ކުރިން
ރާއްޖެ

އުއްތަމަފަނޑިޔާރު މުއުތަސިމް އަދުނާނުގެ މައިކަނބަލުން އަވަހާރަވެއްޖެ

ލަންކާގައި ދިން ބޮމުގެ ހަމަލާ: ބޮންގޮއްވި މީހުން އުފުލި ވޭނު ފުލުހުންގެ ބެލުމުގެ ދަށަށް
20197 އަހަރު ކުރިން
ދުނިޔެ

ލަންކާގައި ދިން ބޮމުގެ ހަމަލާ: ބޮންގޮއްވި މީހުން އުފުލި ވޭނު ފުލުހުންގެ ބެލުމުގެ ދަށަށް

ވަޒީރު އަތަށް ފިހިގަނޑު ދިނުމަކުން މާލެ ސާފެއް ނުވާނެ!
20188 އަހަރު ކުރިން
ރިޕޯޓު

ވަޒީރު އަތަށް ފިހިގަނޑު ދިނުމަކުން މާލެ ސާފެއް ނުވާނެ!

ރާއްޖެކުޅިވަރުދުނިޔެވިޔަފާރި - އިގްތިސާދުރިޕޯޓުފޮޓޯވާހަކަސިއްހަތުތަފާތު ޚަބަރުލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު