Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - newsAdvertisement
ރާއްޖެ
ޗާގޯސް

ރިފޯމް ޔޫކޭގެ ލީޑަރު ފަރާޖު ރާއްޖެ ވަޑައިގެންނެވިކަން ނޭނގޭ ކަމަށް އިނގިރޭސި ސަރުކާރުން ބުނެފި

ފަރާޖް ރާއްޖޭގައި ހުރެ އާންމުކުރި ވީޑިއޯއެއްގައި، އޭނާ ބޯޓަށް އަރައި ޗާގޯސްއަށް ދިޔަ ނުދިނުމަށް އިނގިރޭސި ސަރުކާރުން ދިވެހި ސަރުކާރަށް ނުފޫޒު ފޯރުވާފައިވާ ކަމަށް ބުނި ނަމަވެސް، އޭނާ ރާއްޖޭގައި ހުރިކަން ކުރިން އެނގިފައިނުވާ ކަމަށް އިނގިރޭސި މަސްދަރުތަކުން ބުނޭ. މި ދަތުރަކީ ޗާގޯސްގެ މިލްކުވެރިކަން މޮރިޝަސްއާ ހަވާލުކުރުމަށް ނިންމާފައިވާ ނިންމުމާ ދެކޮޅަށް ފަރާޖް ކުރިއަށްގެންދާ ހަރަކާތެއްގެ ބައެއް.

ރާއްޖެ އެމްވީ | 23 ފެބުރުއަރީ 2026 | ހޯމަ 13:25
ޗާގޯސް ޖަޒީރާތަކަށް އޭނާ ކުރަމުންދާ ދަތުރަށް ހުރަސްއެޅުމަށްޓަކައި، ދިވެހިރާއްޖޭގެ 'ސާޗް ޕާޓީ' ތަކަކުން އޭނާ ހޯދުމުގެ މަސައްކަތް ކުރަމުންދާ ކަމަށް ބުނެ، ނައިޖެލް ފަރާޖް އެކްސްގައި ވީޑިއޯއެއް އާންމުކުރެއްވި.

ޗާގޯސް ޖަޒީރާތަކަށް އޭނާ ކުރަމުންދާ ދަތުރަށް ހުރަސްއެޅުމަށްޓަކައި، ދިވެހިރާއްޖޭގެ 'ސާޗް ޕާޓީ' ތަކަކުން އޭނާ ހޯދުމުގެ މަސައްކަތް ކުރަމުންދާ ކަމަށް ބުނެ، ނައިޖެލް ފަރާޖް އެކްސްގައި ވީޑިއޯއެއް އާންމުކުރެއްވި. | ގެޓީ އިމޭޖަސް

ބްރިޓިޝް އިންޑިއަން އޯޝަން ޓެރިޓަރީ ނުވަތަ ޗާގޯސް ޖަޒީރާއަށް އިންސާނީ އެހީގެ މިޝަނެއްގައި ދިއުމަށް އިނގިރޭސި ސަރުކާރުން ހުރަސްއަޅާފައިވާ ކަމަށް ބުނެ، ރިފޯމް ޔޫކޭގެ ލީޑަރު ނައިޖެލް ފަރާޖް ދެއްކެވި ވާހަކަތަކާ ގުޅިގެން، އޭނާއަކީ "މެގާ  ސްޓަންޓްތައް" ޖައްސަވާ ބޭފުޅެއްގެ ގޮތުގައި ތުހުމަތުކޮށްފިއެވެ.

ރިފޯމް ޔޫކޭގެ ލީޑަރު ވިދާޅުވީ، ޗާގޯސްގެ ކޮންޓްރޯލް މޮރިޝަސްއާ ހަވާލުކުރުމަށް އިނގިރޭސިވިލާތުން ގެންގުޅޭ ސިޔާސަތާ ދެކޮޅަށް އިހުތިޖާޖުކޮށް، އެ އަތޮޅުގެ ރަށެއްގައި ވަޒަންވެރިވުމަށް މަސައްކަތްކުރާ ހަތަރު ޗާގޯސް ރައްޔިތަކަށް އެހީތެރިކަން ފޯރުކޮށްދޭ ވަފުދާ ގުޅުމަށް އޭނާ ދިވެހިރާއްޖެ އަށް ވަޑައިގެންނެވި ކަމަށެވެ.

ހޮނިހިރު ދުވަހު އެކްސްގައި އާންމުކުރި ވީޑިއޯއެއްގައި ފަރާޖް ބުނެފައިވަނީ، އޭނާ ކުރަން އުޅުނު ދަތުރަށް އިނގިރޭސި ސަރުކާރުން ހުރަސްއަޅާފައިވާ ކަމަށެވެ.

ފަރާޖް ވިދާޅުވީ، އޭނާ ބޯޓެެއްގައި ޗާގޯސް ޖަޒީރާއަށް ދިޔަ ނުދިނުމަށްޓަކައި، ދިވެހިރާއްޖޭގެ ރައީސުލްޖުމްހޫރިއްޔާއަށާއި ދިވެހި ސަރުކާރަށް އިނގިރޭސި ސަރުކާރުން ނުފޫޒު ފޯރުވަމުންދާ ކަމަށެވެ.

ފަރާޖް އިތުރަށް ވިދާޅުވީ، އޭނާ އަކީ އިނގިރޭސިވިލާތުގެ ޑޯވާ ކަނޑުއޮޅި ހުރަސްކުރާ އައިސިސްގެ ހަނގުރާމަވެރިއެއް ނަމަ، އިނގިރޭސި ސަރުކާރުން އެކަމާ އަޅައެއް ނުލާނެ ކަމަށާއި އޭގެ ބަދަލުގައި އޭނާ ބަހައްޓާނީ ހޮޓަލެއްގައި، ދުވާލަކު ތިން އިރު ކާންދީފައި ކަމަށެވެ.

ނަމަވެސް، ފަރާޖް ޗާގޯސްއަށް ދަތުރުކުރަން އުޅޭކަމުގެ އެއްވެސް މައުލޫމާތެއް ކުރިން ލިބިފައި ނުވާ ކަމަށާއި، ހޮނިހިރު ދުވަހު އޭނާ އެ ވާހަކަތައް ދެއްކުމުގެ ކުރިން އޭނާ ރާއްޖޭގައި ހުރިކަން ވެސް އިނގިރޭސި ސަރުކާރަށް އެނގިފައި ނުވާކަން ވަނީ ހާމަވެފައެވެ.

ފަރާޖް ރާއްޖެއަށް ވަޑައިގަތީ ޕްރައިވެޓް ޖެޓެއްގައި ކަމަށް ރިޕޯޓްތައް ބުނާއިރު، ރާއްޖޭގައި އެއް ދުވަހަށް ވުރެ ކުޑަ ވަގުތުކޮޅެއް ހޭދަކުރުމަށްފަހު، ގްރޭޓަރ މެންޗެސްޓާގެ ގޯޓަން އެންޑް ޑެންޓަންގައި ބާއްވާ ބައި-އިލެކްޝަނަށް އޭނާ ވަނީ އެނބުރި އިނގިރޭސިވިލާތަށް ވަޑައިގެންފައެވެ.

ފަރާޖްގެ މި ދަތުރު މި ދިމާވީ، ޗާގޯސް ޖަޒީރާގެ މައްސަލައިގައި އިނގިރޭސިވިލާތުން ވެފައިވާ އެއްބަސްވުމާ މެދު ޑޮނަލްޑް ޓްރަމްޕް ސުވާލު އުފައްދާފައިވާ ދަނޑިވަޅެއްގައެވެ. އެމެރިކާގެ ރައީސް ވަނީ، އިނގިރޭސިވިލާތާއި އެމެރިކާގެ އަސްކަރީ މަރުކަޒެއް އޮންނަ ޗާގޯސްގެ އެންމެ ބޮޑު ރަށް ކަމަށްވާ ޑިއޭގޯ ގާސިއާ "ދޫކޮށްނުލުމަށް" ކިއަރ ސްޓާމަރަށް ގޮވާލައްވާފައެވެ.

ސަރުކާރުގެ މަސްދަރުތަކުން ގަބޫލުކުރާ ގޮތުގައި، އީރާނަށް ދޭން އުޅޭ ހަމަލާއެއްގައި އިނގިރޭސިވިލާތުގެ އަސްކަރީ މަރުކަޒުތައް ބޭނުންކުރުމުގެ ހުއްދަ ނުދިނުމުން، އެމެރިކާގެ ރައީސް ވަނީ މި އެއްބަސްވުމާ މެދު ހިތްހަމަނުޖެހުން ފާޅުކޮށްފައި ކަމަށް ދަ ގާޑިއަން އިން މިދިޔަ ހަފުތާގައި ރިޕޯޓްކޮށްފައިވެއެވެ.

1960 އާއި 1970 ގެ އަހަރުތަކުގައި އަސްކަރީ މަރުކަޒު ހެދުމަށްޓަކައި ޗާގޯސްގެ 2،000 އެއްހާ ރައްޔިތުން ވަނީ މަޖުބޫރުން އެ ރަށްތަކުން ބޭރުކޮށްފައެވެ. އެމީހުން ދިރިއުޅެމުންދަނީ މޮރިޝަސް އާއި އިނގިރޭސިވިލާތުގައެވެ. އޭގެ ތެރެއިން ގިނަ ބަޔަކު ބޭނުންވަނީ އެނބުރި އަމިއްލަ ވަޒަނަށް ދިއުމަށެވެ.

ފަރާޖް ވިދާޅުވީ އޭނާ ދާން އުޅުނީ ޗާގޯސް ގައި ވަޒަންވެރިވުމަށް ދިޔަ އެތަނުގެ އަސްލު ދަރިކޮޅަށް ނިސްބަތްވާ ތިން އެކްޓިވިސްޓުން ހޯމަ ދުވަހު ދިޔަ ރަށަށެވެ.

އިނގިރޭސިވިލާތުގެ ކުރީގެ ޑިފެންސް ސެކްރެޓަރީ ބެން ވޮލަސް، ފަރާޖްގެ މި އަމަލަކީ "އަގުހެޔޮ ސްޓަންޓެއް" ކަމަށް ސިފަކުރައްވައި، އޭނާއަކީ "މެގާ ސްޓަންޓްތައް" ޖައްސަވާ ބޭފުޅެއްގެ ގޮތުގައި ތުހުމަތުކުރެއްވިއެވެ. އަދި ބްރިޓިޝް އިންޑިއަން އޯޝަން ޓެރިޓަރީއަށް ވަނުމަށް އޮންނަ ހަރުކަށި ގަވާއިދުތަކަށް އޭނާ އިހުތިރާމް ކުރަންޖެހޭނެ ކަމަށް ވިދާޅުވިއެވެ.

އިނގިރޭސި ފޮރިން އޮފީހުގެ ވެބްސައިޓުގައި ބަޔާންކޮށްފައިވާ ގޮތުގައި، ބްރިޓިޝް އިންޑިއަން އޯޝަން ޓެރިޓަރީއަކީ ފަތުރުވެރިން ދާ މަންޒިލެއް ނޫނެވެ. އެ ސަރަހައްދަށް ދަތުރުކުރާ ކޮމާޝަލް ފްލައިޓްތަކެއް ނޯންނަ އިރު، އެތަނަށް ވަނުމަކީ މަނާކަމެކެވެ. އަދި އެތަނަށް ދަތުރުކުރެވޭނީ ކުރިން ހުއްދަ ހޯދައިގެންނެވެ.

ދިވެހި ސަރުކާރުގެ މަސްދަރަކުން އޭނާއަށް ފޯނުން ގުޅައި، ޗާގޯސް ޖަޒީރާތަކަށް އޭނާ ދަތުރުކުރުމަށް އިނގިރޭސި ކަމާބެހޭ ފަރާތްތަކުން ބޭނުން ނުވާކަމުގެ އިންޒާރު ދީފައިވާކަމަށް ނައިޖެލް ފަރާޖް ހޮނިހިރު ދުވަހު ޑެއިލީ ޓެލެގްރާފް ނޫހަށް ވިދާޅުވެފައިވެ އެވެ.

އެކްސްގައި އާންމުކުރި ދެ މިނެޓާއި ބައިގެ ވީޑިއޯ ކްލިޕެއްގައި ފަރާޖް ވިދާޅުވީ، އޭނާއަކީ އިނގިރޭސި ޕާލަމަންޓް މެންބަރެއްގެ އިތުރުން، ހިޔާލު ހޯދުމުގެ ވޯޓުތަކުގެ ކުރީގައި އޮތް ސިޔާސީ ޕާޓީއެއްގެ ލީޑަރު ކަމަށެވެ. އަދި އިނގިރޭސި ސަރުކާރާއި ރާއްޖޭގައި ހުންނަވާ ހައި ކޮމިޝަނަރު އޭނާއަށް ހުރަސްއެޅުމަށް ކުރެވެން ހުރި ހުރިހާ މަސައްކަތެއް ކުރަމުންދާ ކަމަށާއި، އޭނާ ހޯދުމަށް ގްރޫޕްތައް ނެރެފައިވާ ކަމަށާއި، އެމީހުން ބޭނުންވަނީ އޭނާ އެތަނުން ފުރައިގެން ދިޔަ ނުދިނުމަށް ކަމަށްވެސް ފަރާޖް ވިދާޅުވިއެވެ.

އިނގިރޭސި ފޮރިން، ކޮމަންވެލްތް އެންޑް ޑިވެލޮޕްމަންޓް އޮފީހުގެ ތަރުޖަމާނަކު ވިދާޅުވީ، މިވަގުތު އެންމެ ބޮޑު އިސްކަމެއް ދެނީ އިންސާނުން ދިރިއުޅެން އެކަށީގެންނުވާ ރަށެއްގައި ތިބި ބަޔަކު ރައްކާތެރިކަމާއެކު އެތަނުން ފުރުވާލުމަށް ކަމަށެވެ. އަދި އެއީ ސިއްހީ ކުއްލި ނުރައްކަލެއް ނުވަތަ މޫސުމީ ގޯސް ހާލަތެއް މެދުވެރިވެއްޖެނަމަ ފުރާނައަށް ނުރައްކާވެދާނެ ފަދަ ތަނެއްކަންވެސް ތަރުޖަމާނު ފާހަގަކުރެއްވިއެވެ.

މަސްދަރު: ދަ ގާޑިއަން

ނައިޖެލް ފަރާޖްޗާގޯސްރިފޯމް ޔޫކޭއިނގިރޭސިވިލާތު-މޮރިޝަސްޗާގޯސް-ރާއްޖެ

ކޮމެންޓް

Like & Win

Giveaway
Powered by: Radient Heat Waters
Kent Grand Plus

Kent Grand Plus

Tap

އިތުރަށް ކިޔާލަން

ރިފޯމް ޔޫކޭގެ ލީޑަރު ފަރާޖްގެ ޗާގޯސް ދަތުރަށް ދިވެހި ސަރުކާރު މެދުވެރިކޮށް، އިނގިރޭސި ސަރުކާރުން ހުރަސް އެޅި ކަމުގެ ތުހުމަތު ކޮށްފި

ރިފޯމް ޔޫކޭގެ ލީޑަރު ފަރާޖްގެ ޗާގޯސް ދަތުރަށް ދިވެހި ސަރުކާރު މެދުވެރިކޮށް، އިނގިރޭސި ސަރުކާރުން ހުރަސް އެޅި ކަމުގެ ތުހުމަތު ކޮށްފި

22 ފެބުރުއަރީ 2026
އީރާނަށް ހަމަލާ ދިނުމަށް ޗާގޯސް ބޭނުން ކުރުމުގެ ހުއްދަ ނުދޭނެ ކަމަށް އިނގިރޭސިން ބުނެފައިވަނިކޮށް އިނގިރޭސި ޚާރިޖީ ވަޒީރު އެމެރިކާގެ ސެކްރެޓަރީ އޮފް ސްޓޭޓާ ބައްދަލުކުރައްވަނީ

އީރާނަށް ހަމަލާ ދިނުމަށް ޗާގޯސް ބޭނުން ކުރުމުގެ ހުއްދަ ނުދޭނެ ކަމަށް އިނގިރޭސިން ބުނެފައިވަނިކޮށް އިނގިރޭސި ޚާރިޖީ ވަޒީރު އެމެރިކާގެ ސެކްރެޓަރީ އޮފް ސްޓޭޓާ ބައްދަލުކުރައްވަނީ

20 ފެބުރުއަރީ 2026
އީރާނަށް އަސްކަރީ ހަމަލާ ދޭން ޗާގޯސް ބޭނުން ނުކުރެވޭނެ ކަމަށް އިނގިރޭސިވިލާތުން ބުނެފި

އީރާނަށް އަސްކަރީ ހަމަލާ ދޭން ޗާގޯސް ބޭނުން ނުކުރެވޭނެ ކަމަށް އިނގިރޭސިވިލާތުން ބުނެފި

20 ފެބުރުއަރީ 2026
ޗާގޯސް އަށް ވަޒަންވެރިވާން ދިޔަ މީހުން ބޭރުކުރުން ކޯޓު އަމުރަކުން ހުއްޓުވައިފި

ޗާގޯސް އަށް ވަޒަންވެރިވާން ދިޔަ މީހުން ބޭރުކުރުން ކޯޓު އަމުރަކުން ހުއްޓުވައިފި

20 ފެބުރުއަރީ 2026
މިސައިލާއި ބޮޑު ބަޑި ހަރުކޮށްފައިވާ ދަރުމަވަންތަ ފޯޅަވަހި ކައިރީގައި ހަރަކާތްތެރިވާ ހަބަރު އިނގިރޭސީ ނޫސްތަކަށް

މިސައިލާއި ބޮޑު ބަޑި ހަރުކޮށްފައިވާ ދަރުމަވަންތަ ފޯޅަވަހި ކައިރީގައި ހަރަކާތްތެރިވާ ހަބަރު އިނގިރޭސީ ނޫސްތަކަށް

20 ފެބުރުއަރީ 2026

އަހަރުތަކުން މިއަދު

16 މާރިޗު
ގްރިލްޑް ޕައިނެޕަލް
20251 އަހަރު ކުރިން
ލައިފް ސްޓައިލް

ގްރިލްޑް ޕައިނެޕަލް

ހަ މަހުގެ ތުއްތު ކުއްޖާ ގޮވައިގެން އައިޖީއެމްއެޗްގައި 8 ގަޑިއިރު، ޑޮކްޓަރަކާއި ދިމަލެއް ނުވި
20242 އަހަރު ކުރިން
ރިޕޯޓު

ހަ މަހުގެ ތުއްތު ކުއްޖާ ގޮވައިގެން އައިޖީއެމްއެޗްގައި 8 ގަޑިއިރު، ޑޮކްޓަރަކާއި ދިމަލެއް ނުވި

ރާއްޖޭގެ އެކި ސަރަހައްދުތަކުގައި އޮނުގަސް އިންދާ އާލާކުރަނީ
20233 އަހަރު ކުރިން
ރާއްޖެ

ރާއްޖޭގެ އެކި ސަރަހައްދުތަކުގައި އޮނުގަސް އިންދާ އާލާކުރަނީ

12 ކިލޯގެ މަސްތުވާތަކެތީގެ މައްސަލަ: ހައްޔަރުކުރި 3 މީހުން ތެރެއިން 2 މީހުން ވަރަށް ނުރައްކާތެރި
20224 އަހަރު ކުރިން
ރާއްޖެ

12 ކިލޯގެ މަސްތުވާތަކެތީގެ މައްސަލަ: ހައްޔަރުކުރި 3 މީހުން ތެރެއިން 2 މީހުން ވަރަށް ނުރައްކާތެރި

އެނަމާ ބޯޓުގެ ކާރިސާ: ކޯސްޓްގާޑުގެ ޑައިވަރުން ގޮވައިގެން އައި ފްލައިޓް ކާނޑެއްދޫއަށް ޖެއްސުނީ ސައްދާމުގެ ހިތްވަރުން!
20215 އަހަރު ކުރިން
ރިޕޯޓު

އެނަމާ ބޯޓުގެ ކާރިސާ: ކޯސްޓްގާޑުގެ ޑައިވަރުން ގޮވައިގެން އައި ފްލައިޓް ކާނޑެއްދޫއަށް ޖެއްސުނީ ސައްދާމުގެ ހިތްވަރުން!

ޕާޓީގެ އެދުމުގެ މަތިން، މަހިބަދޫ އެމްޑީޕީ ކެންޑިޑޭޓް ނަން އަނބުރާ ނަންގަވައިފި
20197 އަހަރު ކުރިން
ރާއްޖެ

ޕާޓީގެ އެދުމުގެ މަތިން، މަހިބަދޫ އެމްޑީޕީ ކެންޑިޑޭޓް ނަން އަނބުރާ ނަންގަވައިފި

ސަރުކާރަށް ކޮޅު ބެދުމުގެ ފެހި ސިގްނަލް
20188 އަހަރު ކުރިން
ރިޕޯޓު

ސަރުކާރަށް ކޮޅު ބެދުމުގެ ފެހި ސިގްނަލް

ރާއްޖެކުޅިވަރުދުނިޔެވިޔަފާރި - އިގްތިސާދުރިޕޯޓުފޮޓޯވާހަކަސިއްހަތުތަފާތު ޚަބަރުލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު