Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - newsAdvertisement
ރާއްޖެ
ރައީސް އަބްދުﷲ ޔާމީން

ބޭނުންވަނީ ހުރިހާ އެންމެންނާ ގުޅިގެން މިހާރު މިއޮތް ސަރުކާރުން މިކުރާ ވިޔާނުދާ ކަންކަން ހުއްޓުވޭނެ ގޮތެއް ހަދަން: ކުރީގެ ރައީސް ޔާމީން

މިހާރުގެ ސަރުކާރުން ކުރަމުންދާ ކަންކަން ހުއްޓުވުމަށްޓަކައި، ސިޔާސީ ފިކުރު ތަފާތު ބޭފުޅުންނާ އެކު ވެސް މަސައްކަތް ކުރަން ތައްޔާރަށް ހުންނެވި ކަމަށް ކުރީގެ ރައީސް ޢަބްދުﷲ ޔާމީން ވިދާޅުވެއްޖެ. ސަރުކާރު ޖަވާބުދާރީ ކުރުވުމަށްޓަކައި ރައީސް ޔާމީނާ ގުޅިގެން މަސައްކަތް ކުރަން ތައްޔާރު ކަމަށް އިދިކޮޅު އެމްޑީޕީން ވެސް މީގެ ކުރިން ވަނީ ހާމަކޮށްފަ. އެގޮތުން ކުރީގެ ރައީސް އިބްރާހީމް މުހައްމަދު ސޯލިހާއި ރައީސް މުހައްމަދު ނަޝީދު ވެސް ވަނީ ގައުމީ މަސްލަހަތުގައި އެކުގައި މަސައްކަތް ކުރައްވާނެ ކަމުގެ އިޝާރާތެއް ދެއްވާފަ.

ޝާމާ ޝުއައިބް
ޝާމާ ޝުއައިބް, ރާއްޖެ އެމްވީ | 28 ފެބުރުއަރީ 2026 | ހޮނިހިރު 19:04
ކުރީގެ ރައީސް އަބްދުﷲ ޔާމީން

ކުރީގެ ރައީސް އަބްދުﷲ ޔާމީން | ޕީޕަލްސް ނެޝަނަލް ފްރަންޓް (ޕީއެންއެފް)

ބޭނުންވަނީ ހުރިހާ އެންމެންނާ ގުޅިގެން މިހާރު މިއޮތް ސަރުކާރުން މި ކުރަމުންދާ ވިޔާނުދާ ކަންތައްތައް ހުއްޓުވޭނެ ގޮތެއް ހަދަން ކަމަށް ކުރީގެ ރައީސް އަބްދުﷲ ޔާމީން އަބްދުލްގައްޔޫމް ވިދާޅުވެއްޖެ އެވެ. 

މާލެ ސިޓިގެ މޭޔަރު ކަމަށް ވާދަކުރައްވާ އިސްމާއިލް ޒަރިޔަންދުގެ ކެމްޕެއިން ހަރަކާތެއްގައި ވާހަކަދައްކަވަމުން ޔާމީން ވިދާޅުވީ ސިޔާސީ ގޮތުން ފިކުރު ދިމާނުވާ ބޭފުޅުންނާއެކު ވެސް މިއަދު މަސައްކަތް ކުރަން ޖެހިފައިވާ ކަމަށެވެ. 

Advertisement - newsAdvertisement

އިތުރަށް ވިދާޅުވީ މި ވެރިކަމުގައި ފާއިތުވާ ކޮންމެ ދުވަހަކު ރައްޔިތުންނަށް އޭގެ ސަބަބުން އެތައް ތަކުލީފެއް ޖެހޭ ކަމަށެވެ. އަދި ފާއިތުވާ ކޮންމެ ދުވަހަކީ ރައްޔިތުންގެ އޭގެ ސަބަބުން އެތައް ބައިވަރު އުނދަގޫތަކާ ގިލަންވެރިކަމެއް އުފެދޭ ދުވަސްތަކެއް ކަމަށް ވެސް ޔާމީން ވިދާޅުވި އެވެ. 

އަޅުގަނޑު ބޭނުންވޭ ހުރިހާ އެންމެންނާ ގުޅިގެންވެސް އިނގޭތޯ މިހާރު މިއޮތް ސަރުކާރުން މިކުރާ ވިޔާނުދާ ކަންތައްތައް ހުއްޓުވޭނެ ގޮތެއް ހަދަން. އެއީ ފިކުރުގެ ގޮތުން، ޕޮލިޓިކަލް އައިޑޮލޮޖީގެ ގޮތުން އަޅުގަނޑުމެން ދިމާނުވާތީ ނޫނީ އަޅުގަނޑުމެން ގަބޫލުނުކުރާ ކަންތައްތަކެއް ހުރީމައެއް ނޫން. އެކަމަކު ދެ ޝައިތާނުން ވެސް އެއްގަލަށް އަރާނެ ދެއްތޯ އެއަށްވުރެ ބޮޑު ޝައިތޯނަކު ދުއްވާލަން ވެއްޖެއްޔާ،
ކުރީގެ ރައީސް އަބްދުﷲ ޔާމީން އަބްދުލްގައްޔޫމް

ޔާމީން މިހެން ވިދާޅުވެފައި ވާއިރު މީގެ ކުރިން ބޭއްވި ބައްދަލުވުމެއްގައި އިދިކޮޅު އެމްޑީޕީ އިން ވެސް ވަނީ ޔާމީން އާ ގުޅިގެން މަސައްކަތް ކުރެވޭނެ ކަމަށް ބުނެފަ އެވެ. 

މި ސަރުކާރު ޖަވާބުދާރީ ކުރުމުގެ މަސައްކަތް އެކުގައި ކުރުމަށްޓަކައި ކުރީގެ ރައީސް ޔާމީންއާ މަޝްވަރާ ކުރާނެ ކަމަށް ކުރީގެ ދެ ރައީސުން ކަމުގައިވާ، އިބްރާހިމް މުހައްމަދު ސޯލިހު އާއި މުހައްމަދު ނަޝީދު މިދިޔަ ޑިސެމްބަރު މަހު ނޫސްވެރިންނާ ބައްދަލުކުރައްވައި ވިދާޅުވި އެވެ. 

އެގޮތުން އެ ޕާޓީ އިން ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި ވާހަކަދައްކަވަމުން ކުރީގެ ރައީސް މުހައްމަދު ނަޝީދު އަދި ކުރީގެ ރައީސް އިބްރާހިމް މުހައްމަދު ސޯލިހު ވިދާޅުވީ ކުރީގައި ރައީސްކަން ކުރައްވައިފައި ތިއްބެވި ބޭފުޅުންނާ އެކު މި ސަރުކާރު ޖަވާބުދާރީ ކުރުވަން މަސައްކަތް ކުރެވޭނެ ކަމަށެވެ. 

އެހެންކަމުން އެގޮތުގެ މަތިން މަސައްކަތް ކުރައްވާނެ ކަމަށް ދެ ބޭފުޅުން ވިދާޅުވި އެވެ. އަދި އެކަން ކުރެވޭނެ މަގު ހޯއްދަވާނެ ކަމަށް ވެސް ވިދާޅުވި އެވެ. 

ރައީސް އަބްދުﷲ ޔާމީން އަބްދުލް ޤައްޔޫމްއެމްޑީޕީއިބްރާހިމް މުހައްމަދު ސާލިހުރައީސް މުހައްމަދު ނަޝީދު

ކޮމެންޓް

އިތުރަށް ކިޔާލަން

އެމްޑީޕީ ޕިކަޕް ޖަލްސާ: "ސަރުކާރަށް ހޭދަވީ ދުވަހަށް ވުރެ ސަރުކާރުން ހެދި ދޮގު ގިނަ"

އެމްޑީޕީ ޕިކަޕް ޖަލްސާ: "ސަރުކާރަށް ހޭދަވީ ދުވަހަށް ވުރެ ސަރުކާރުން ހެދި ދޮގު ގިނަ"

28 ފެބުރުއަރީ 2026
މައްޗަންގޮޅި މެދު ދާއިރާގެ ދޮރުން ދޮރަށް ހަރަކާތް އެމްޑީޕީ އިން ކާމިޔާބުކަމާއި އެކު ބާއްވައިފި

މައްޗަންގޮޅި މެދު ދާއިރާގެ ދޮރުން ދޮރަށް ހަރަކާތް އެމްޑީޕީ އިން ކާމިޔާބުކަމާއި އެކު ބާއްވައިފި

28 ފެބުރުއަރީ 2026
ރާއްޖޭގެ ސިޔާސީ މައިދާން ކިލަބުކޮށް މުޑުދާރުކޮށްލާފައި އޮތް މިންވަރަކީ އިންތިޚާބަށް ކުރިމަތިލައްވާފައި ތިއްބެވި ކެންޑިޑޭޓުންނަށް ބިރުދެއްކުމާއި އިންޒާރުދިނުން: އަބްދުﷲ ޝާހިދު

ރާއްޖޭގެ ސިޔާސީ މައިދާން ކިލަބުކޮށް މުޑުދާރުކޮށްލާފައި އޮތް މިންވަރަކީ އިންތިޚާބަށް ކުރިމަތިލައްވާފައި ތިއްބެވި ކެންޑިޑޭޓުންނަށް ބިރުދެއްކުމާއި އިންޒާރުދިނުން: އަބްދުﷲ ޝާހިދު

28 ފެބުރުއަރީ 2026
އިންތިހާބުތަކާ ދިމާކޮށް މި ސަރުކާރުން ގެންގުޅޭ ހަމައެކަނި ސިޔާސަތަކީ، އިދިކޮޅު ފަރާތްތަކަށް އިންޒާރުދީ ފުރައްސާކުރުން: ފައްޔާޒް

އިންތިހާބުތަކާ ދިމާކޮށް މި ސަރުކާރުން ގެންގުޅޭ ހަމައެކަނި ސިޔާސަތަކީ، އިދިކޮޅު ފަރާތްތަކަށް އިންޒާރުދީ ފުރައްސާކުރުން: ފައްޔާޒް

28 ފެބުރުއަރީ 2026
"ލޫޓުވައިފި" ބޮޑު މުޒާހަރާ އާއި ގުޅިގެން އެމްޕީ މައުރޫފް އަދި އިތުރު ދެ މީހެއްގެ މައްޗަށް ދައުވާ ކުރަން ފޮނުވައިފި

"ލޫޓުވައިފި" ބޮޑު މުޒާހަރާ އާއި ގުޅިގެން އެމްޕީ މައުރޫފް އަދި އިތުރު ދެ މީހެއްގެ މައްޗަށް ދައުވާ ކުރަން ފޮނުވައިފި

28 ފެބުރުއަރީ 2026

އަހަރުތަކުން މިއަދު

22 މެއި
ހުކުރު ދުވަހު ހެނދުނު ޔަމަނުން އިސްރާއީލަށް މިސައިލު ހަމަލާ އެއް ދީފި
20251 އަހަރު ކުރިން
ދުނިޔެ

ހުކުރު ދުވަހު ހެނދުނު ޔަމަނުން އިސްރާއީލަށް މިސައިލު ހަމަލާ އެއް ދީފި

ދާއިމީ އެކަނިވެރިކަމުން ސިކުނޑިއަށް ބޮޑު ގެއްލުމެއް... ދެވޭ ލަފާއަކީ އެންމެ ރަނގަޅު ހައްލުބާ؟
20242 އަހަރު ކުރިން
ތަފާތު ޚަބަރު

ދާއިމީ އެކަނިވެރިކަމުން ސިކުނޑިއަށް ބޮޑު ގެއްލުމެއް... ދެވޭ ލަފާއަކީ އެންމެ ރަނގަޅު ހައްލުބާ؟

ނިލަންދޫ ދާއިރާގެ މެންބަރު މުހުސިން އެމްޑީޕީއަށް ސޮއިކުރައްވައިފި
20233 އަހަރު ކުރިން
ރާއްޖެ

ނިލަންދޫ ދާއިރާގެ މެންބަރު މުހުސިން އެމްޑީޕީއަށް ސޮއިކުރައްވައިފި

މާވިން: މީހަކު ހޭނައްތާލާނެ ގޮތް ފޯނުން ސާރޗް ކުރީ ބަޔަަކު ބިރުދަައްކާތީ
20224 އަހަރު ކުރިން
ރިޕޯޓު

މާވިން: މީހަކު ހޭނައްތާލާނެ ގޮތް ފޯނުން ސާރޗް ކުރީ ބަޔަަކު ބިރުދަައްކާތީ

ބްލެކް ފަންގަސް ފެތުރެމުން ދަނިކޮށް ވައިޓް ފަންގަސް ވެސް ފެނިއްޖެ
20215 އަހަރު ކުރިން
ދުނިޔެ

ބްލެކް ފަންގަސް ފެތުރެމުން ދަނިކޮށް ވައިޓް ފަންގަސް ވެސް ފެނިއްޖެ

ބިދޭސީން ގަވާއިދާ ހިލާފަށް މަސައްކަތް ކުރަނީ އެ މީހުން ގެންނަ މީހާގެ އިހުމާލުން: ތޮލާލް
20197 އަހަރު ކުރިން
ރާއްޖެ

ބިދޭސީން ގަވާއިދާ ހިލާފަށް މަސައްކަތް ކުރަނީ އެ މީހުން ގެންނަ މީހާގެ އިހުމާލުން: ތޮލާލް

ކުރުނބާގެ އަގު ބޮޑުވިއިރު ކޮޕީ ފަތް ލިބުމަށް ދަތިވެއްޖެ!
20188 އަހަރު ކުރިން
ވިޔަފާރި-އިގްތިސާދު

ކުރުނބާގެ އަގު ބޮޑުވިއިރު ކޮޕީ ފަތް ލިބުމަށް ދަތިވެއްޖެ!

ރާއްޖެކުޅިވަރުދުނިޔެވިޔަފާރި - އިގްތިސާދުރިޕޯޓުފޮޓޯވާހަކަސިއްހަތުތަފާތު ޚަބަރުލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު