Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - newsAdvertisement
ރާއްޖެކައުންސިލް އިންތިހާބު

ބޭރު ގައުމުތަކުގައި ވޯޓު ފޮށި ނުބަހައްޓަން ނިންމީ، އެތަންތަނުން ޕީއެންސީ އަށް ލިބޭނެ ވޯޓު މަދުވާނެތީ: އެމްޑީޕީ

26 ފެބުރުއަރީ 2026 | ބުރާސްފަތި 14:41

ކުރިއަށް އޮތް ލޯކަލް ކައުންސިލް އިންތިޚާބުގައި ރާއްޖެއިން ބޭރުގައި ވޯޓު ފޮށި ނުބަހައްޓަން އިލެކްޝަންސް ކޮމިޝަނުން ނިންމީ ސަރުކާރުގެ ނުފޫޒުން ކަމަށް އެމްޑީޕީން ތުހުމަތުކޮށްފި. ބޭރު ގައުމުތަކުގައި ފޮށި ބެހެއްޓުމަށް ކަނޑައަޅާފައިވާ އަދަދު ނުވަތަ ތްރެޝްހޯލްޑް އާދަޔާ ޚިލާފަށް މަތިކޮށްފައިވަނީ ގިނަ ބައެއްގެ ވޯޓުލުމުގެ ހައްގު ގެއްލުވާލުމަށް ކަމަށް އެ ޕާޓީން ބުނޭ. އެހެންކަމުން، ރާއްޖެއިން ބޭރުގައި ދިރިއުޅޭ ދިވެހިންނަށް ވޯޓުލުމުގެ ފުރުސަތު ފަހިކޮށްދިނުމަށްޓަކައި އެ އަދަދު ދަށްކުރުމަށް އެމްޑީޕީން ވަނީ ގޮވާލާފަ.

ފަޒީލް އަބްދުލް
ފަޒީލް އަބްދުލް | 26 ފެބުރުއަރީ 2026 | ބުރާސްފަތި 14:41
ކައުންސިލު އިންތިޚާބުގެ އެމްޑީޕީ ގެ ތަރުޖަމާނު އަދި ދިއްދޫ ދާއިރާގެ ކުރީގެ މެންބަރު ޢަބްދުالله ވަޙީދު

ކައުންސިލު އިންތިޚާބުގެ އެމްޑީޕީ ގެ ތަރުޖަމާނު އަދި ދިއްދޫ ދާއިރާގެ ކުރީގެ މެންބަރު ޢަބްދުالله ވަޙީދު | ރާއްޖެ އެމްވީ

ހީލަތްތެރި ރޭވުމެއްގެ ދަށުން ކުރިއަށް އޮތް ލޯކަލް ކައުންސިލް އިންތިޚާބުގެ ވޯޓު ފޮށިތައް ރާއްޖެއިން ބޭރުގެ އެއްވެސް ގައުމެއްގައި ނުބަހައްޓަން ނިންމާފައިވަނީ، އެ ތަންތަނުގައި ދިރިއުޅޭ ދިވެހިންގެ މެދުގައި ސަރުކާރު ހިންގާ ޕީއެންސީއަށް ތާއީދެއް ނެތުމުން ކަމަށް އިދިކޮޅު މައި ޕާޓީ، އެމްޑީޕީން ތުހުމަތުކޮށްފި އެވެ. 

އިލެކްޝަންސް ކޮމިޝަނުން މިދިޔަ އަންގާރަ ދުވަހު ނިންމާފައިވަނީ، ކައުންސިލް އިންތިޚާބާއި، ރިޔާސީ އިންތިޚާބު އަދި މަޖިލިސް އިންތިޚާބު އެއްކޮށްލުމާ ގުޅޭގޮތުން ރައްޔިތުންގެ ލަފާ ހޯދުމަށް ނަގާ ފެންނަ ނުފެންނަ ވޯޓަށް، ރާއްޖެއިން ބޭރުގައި ދިރިއުޅޭ ދިވެހިންނަށް އެ ގައުމުތަކުގައި ތިބެގެން ވޯޓުލެވޭނެ އިންތިޒާމެއް ހަމަނުޖެއްސުމަށެވެ. އެގޮތުން ބޭރުގެ އެއްވެސް ގައުމެއްގައި މިފަހަރު ވޯޓު ފޮށި ނުބަހައްޓާނެ ކަމަށް އެ ކޮމިޝަނުން ވަނީ އިއުލާންކޮށްފަ އެވެ.

Advertisement - newsAdvertisement

މިކަމާ ގުޅިގެން އެމްޑީޕީ އިން ބުރާސްފަތި ދުވަހު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި، ކައުންސިލް އިންތިޚާބަށް އެ ޕާޓީން ކަނޑައަޅާފައިވާ ތަރުޖަމާނު އަދި ދިއްދޫ ދާއިރާގެ ކުރީގެ މެންބަރު ޢަބްދުالله ވަޙީދު ވިދާޅުވީ، ސަރުކާރުގެ ނުފޫޒަށް އިލެކްޝަންސް ކޮމިޝަނުން ތަބާވެފައިވާ ކަމަށެވެ. އަދި މުޅި އިންތިޚާބުގެ މަރުހަލާ ކުރިއަށް ގެންދަނީ ގިނަ ބަޔަކަށް ވޯޓުލުމުގެ ފުރުސަތު ގެއްލޭނެ ފަދަ ގޮތަކަށް ކަމަށް އޭނާ ތުހުމަތު ކުރެއްވި އެވެ.

ވަޙީދު އިތުރަށް ފާހަގަކުރެއްވި ގޮތުގައި، ބޭރު ގައުމުތަކުގައި ފޮށި ނުބަހައްޓަން ނިންމި މައިގަނޑު ސަބަބަކީ ރާއްޖެއިން ބޭރުގައި މަތީ ތައުލީމު ހާސިލްކުރަމުންދާ ދަރިވަރުންގެ ވޯޓު ޕީއެންސީ އަށް ނުލިބޭނެކަން ސަރުކާރަށް ޔަގީންވާތީ އެވެ.

މިއަދުވެސް ރާއްޖޭން ބޭރުގައި މަތީ ތައުލީމު ހާސިލްކުރަމުންދާ ދަރިވަރުންނަށް ސަރުކާރުން ދޭން ޖެހޭ އެލަވަންސެއް ނުދެވޭ، އެހެންވީމާ އެ ފަރާތްތަކުގެ ވޯޓު ސަރުކާރަށް ނުލިބޭނެކަން ޔަގީންވާތީވެ އިލެކްޝަން ކޮމިޝަން ބޭނުންކޮށް، އެ ތަންތަނުގައި ވޯޓުފޮށި ބެހެއްޓުން އެއީ ނެތް ކަމެއްގެ ގޮތުގައި ހެދީ
ކައުންސިލު އިންތިޚާބުގެ އެމްޑީޕީ ގެ ތަރުޖަމާނު ޢަބްދުالله ވަޙީދު

އޭގެ އިތުރަށް، ޚާއްސަކޮށް ދިވެހިން އެންމެ ގިނައިން ދިރިއުޅޭ ސްރީލަންކާ އާއި މެލޭޝިއާގައި ވޯޓު ފޮށި ބެހެއްޓުމަށް އިލެކްޝަންސް ކޮމިޝަނުން ކަނޑައަޅާފައިވާ އަދަދު ނުވަތަ ތްރެޝްހޯލްޑް އާދަޔާ ޚިލާފަށް މަތިކަމަށް ވެސް  އޭނާ ވިދާޅުވި އެވެ.

އިލެކްޝަންސް ކޮމިޝަނުން ބޭރު ގައުމުތަކުގައި ފޮށި ބެހެއްޓުމަށް 2،000 މީހުން ރަޖިސްޓްރީވާން ޖެހޭނެ ކަމަށް ކަނޑައަޅާފައިވާއިރު، ރާއްޖޭގެ ރަށްރަށުގައި 400 މީހުން ހަމަނުވާ އާބާދީތަކުގައި ވެސް ވޯޓު ފޮށި ބަހައްޓާކަން ވަޙީދު ފާހަގަކުރެއްވި އެވެ. އެހެންކަމުން، ގިނަ ރައްޔިތުންނަށް ވޯޓުލުމުގެ ހައްގު ކަށަވަރު ކޮށްދިނުމަށްޓަކައި ބޭރު ގައުމުތަކުގައި ފޮށި ބެހެއްޓޭ ތްރެޝްހޯލްޑް ދަށްކުރުމަށް އޭނާ ވަނީ ގޮވާލައްވާފަ އެވެ.

އިލެކްޝަނަށް ދަންނަވަން އޮތީ، އަޅުގަނޑުމެން އެދެނީ ގިނަ ރައްޔިތުންނަށް މި އިންތިހާބުގައި ވޯޓުލެވޭނެ ގޮތަށް އިލެކްޝަނުގެ އިންތިޒާމުތައް ހަމަޖެއްސުން. އަދި ރާއްޖެއިން ބޭރުގައި އާއި ސިނާއީ ރަށްރަށުގައި ވޯޓު ފޮށި ބެހެއްޓުމަށްޓަކައި މިހާރު ތިބޭފުޅުން ކަނޑައަޅާފައި ހުރި ތްރެޝްހޯލްޑްތައް ދަށްކޮށް އެ ސަރަހައްދުތަކުގައި ވޯޓުލެވޭނެ ގޮތެއް އެބަ ހަދަންޖެހޭ،
ކައުންސިލު އިންތިޚާބުގެ އެމްޑީޕީ ގެ ތަރުޖަމާނު ޢަބްދުالله ވަޙީދު

މި އިންތިޚާބަށް ރީ-ރަޖިސްޓްރީ ކުރުމުގެ މުއްދަތު މިދިޔަ އާދިއްތަ ދުވަހު ހަމަވިއިރު، ޖުމލަ 25،454 ފޯމު ވަނީ ހުށަހަޅާފަ އެވެ. ނަމަވެސް، މީގެ ކުރީގެ އިންތިޚާބުތަކުގައި އާންމުކޮށް ވޯޓު ފޮށި ބަހައްޓަމުން އައި ބައެއް މުހިންމު ތަންތަނުގައި މިފަހަރު ފޮށި ނުބަހައްޓަން ވަނީ ނިންމާފަ އެވެ. އޭގެ ތެރޭގައި ގިނަ އަދަދެއްގެ ދިވެހި މުވައްޒަފުން މަސައްކަތްކުރާ ބައެއް ރިސޯޓުތަކުގެ އިތުރުން، މެލޭޝިއާ އަދި ސްރީލަންކާ ފަދަ ދިވެހީން ގިނަ އަދަދަކަށް ދިރިއުޅޭ ގައުމުތައް ހިމެނެ އެވެ.

ލޯކަލް ކައުންސިލް އިންތިޚާބު 2026އިލެކްޝަންސް ކޮމިޝަންޕީއެންސީއެމްޑީޕީއަބްދުﷲ ވަހީދުސްރީލަންކާ-މެލޭޝިއާ

އެންމެ ހިނގާ

1

ރާއްޖެއިން ބޭރަށް ދަތުރުކުރި ދިވެއްސެއްގެ އަތުގައި އޮތް އާއިލާ މެންބަރެއްގެ ބީއެމްއެލް ކާޑު ހިފެހެއްޓި މައްސަލައެއް!

2

ކުށްވެރިއެއް ނޫންކަމަށް ކަނޑައެޅީ ޖަލު ހުކުމް ތަންފީޒުކޮށް ނިމުނު ދުވަހު، ހުކުމް ކުރުމާއެކު ވަގުތުން ފެށީ ރޯން

3

ރާއްޖެޓީވީ ހިމެނޭ ގޮތަށް އިތުރު ދެ ޗަނަލަކަށް ފިޔަވަޅު އެޅުމުގެ މަސައްކަތް މީޑިއާ ކޮމިޝަނުން ފަށައިފި

4

ރިސޯޓެއް ހަދަން ނެގި ލޯނާ ގުޅިގެން ފައްޔާޒަށް ތުހުމަތުކޮށް ދެކެވުނު ވާހަކަ ތަކަށް ފައްޔާޒުގެ ރައްދެއް!

5

އީރާނަށް ހަމަލާދިނުމުގެ ތައްޔާރީތަކާއެކު އެމެރިކާގެ އަސްކަރީ މުދާއުފުލާ 10 ބޯޓެއް އިސްރާއީލަށް ޖައްސައިފި

އިތުރަށް ކިޔާލަން

20 އޮކްޓޯބަރު 2026

މަސްތުވާތަކެތީގެ މައްސަލަ ހައްލުކުރުމަށް މިސަރުކާރުން ގެންގުޅޭ ވިސްނުން އެއްކޮށް ބަދަލުކުރަން ޖެހޭ: ޝަމާއު

20 އޮކްޓޯބަރު 2026
މަސްތުވާތަކެތީގެ މައްސަލަ ހައްލުކުރުމަށް މިސަރުކާރުން ގެންގުޅޭ ވިސްނުން އެއްކޮށް ބަދަލުކުރަން ޖެހޭ: ޝަމާއު
20 އޮކްޓޯބަރު 2026

ނެޝަނަލް ޑްރަޖް ކޮންޓްރޯލް ކައުންސިލް މަސައްކަތް ނުކުރާތީ އެމްޑީޕީން ކަންބޮޑުވުން ފާޅުކޮށްފި

20 އޮކްޓޯބަރު 2026
ނެޝަނަލް ޑްރަޖް ކޮންޓްރޯލް ކައުންސިލް މަސައްކަތް ނުކުރާތީ އެމްޑީޕީން ކަންބޮޑުވުން ފާޅުކޮށްފި
19 އޮކްޓޯބަރު 2026

20 ވަނަ ރައްޔިތުންގެ މަޖިލީހަކީ ކުލީ މެންބަރުންގެ މަޖިލީހެއް، މިއީ ބޮޓުންގެ މަޖިލީސް: މީކާއިލް

19 އޮކްޓޯބަރު 2026
20 ވަނަ ރައްޔިތުންގެ މަޖިލީހަކީ ކުލީ މެންބަރުންގެ މަޖިލީހެއް، މިއީ ބޮޓުންގެ މަޖިލީސް: މީކާއިލް
18 އޮކްޓޯބަރު 2026

މަސްކިރާ އަގު ދަށްވުމުގެ ސަބަބުން މަސްވެރިންނަށް ލިބޭ ނަފާ ދަނީ ދަށްވަމުން: މޭޔަރު އާޒިމް

18 އޮކްޓޯބަރު 2026
މަސްކިރާ އަގު ދަށްވުމުގެ ސަބަބުން މަސްވެރިންނަށް ލިބޭ ނަފާ ދަނީ ދަށްވަމުން: މޭޔަރު އާޒިމް
18 އޮކްޓޯބަރު 2026

އެމްޑީޕީގެ ރިޔާސީ ޕްރައިމަރީއަށް ތާއީދު ހޯއްދެވުމަށް ފައްޔާޒް އައްޑޫގައި: ދޮރުން ދޮރަށް ހަރަކާތާއި ވޯކްޝޮޕްތައް ކުރިއަށް

18 އޮކްޓޯބަރު 2026
އެމްޑީޕީގެ ރިޔާސީ ޕްރައިމަރީއަށް ތާއީދު ހޯއްދެވުމަށް ފައްޔާޒް އައްޑޫގައި: ދޮރުން ދޮރަށް ހަރަކާތާއި ވޯކްޝޮޕްތައް ކުރިއަށް
17 އޮކްޓޯބަރު 2026

ޕްރައިމަރީއާ ގުޅޭގޮތުން ފައިސަލް އާއި ރައީސް ސޯލިހުގެ 3 ގަޑިއިރުގެ ބައްދަލުވުމެއް!

17 އޮކްޓޯބަރު 2026
ޕްރައިމަރީއާ ގުޅޭގޮތުން ފައިސަލް އާއި ރައީސް ސޯލިހުގެ 3 ގަޑިއިރުގެ ބައްދަލުވުމެއް!
15 އޮކްޓޯބަރު 2026

މަގުބޫލުކަން ގެއްލިފައިވާ ރައީސް މުއިއްޒުގެ ނާގާބިލު ސަރުކާރުން ދިވެހި ރައްޔިތުން ވައްޓާލަމުންދަނީ އަނދަވަޅަކަށް: ރައީސް ނަޝީދު

15 އޮކްޓޯބަރު 2026
މަގުބޫލުކަން ގެއްލިފައިވާ ރައީސް މުއިއްޒުގެ ނާގާބިލު ސަރުކާރުން ދިވެހި ރައްޔިތުން ވައްޓާލަމުންދަނީ އަނދަވަޅަކަށް: ރައީސް ނަޝީދު
15 އޮކްޓޯބަރު 2026

އިގްތިސާދީ އަނދަވަޅުން އަރައިގަންނަން ސަރުކާރުން އަތްބޭނީ ރިސޯޓު މުވައްޒަފުންގެ ޖީބަށް: އައިކް

15 އޮކްޓޯބަރު 2026
އިގްތިސާދީ އަނދަވަޅުން އަރައިގަންނަން ސަރުކާރުން އަތްބޭނީ ރިސޯޓު މުވައްޒަފުންގެ ޖީބަށް: އައިކް
15 އޮކްޓޯބަރު 2026

ގޯތިތަކާއި ފްލެޓުތައް ނުހަދައިފިނަމަ ތިލަމާލެ ބްރިޖު އޮންނާނީ ލޮރީ ދުއްވަން ނުވަތަ ގާޑިޔާ ދަމަން: ފައިސަލް

15 އޮކްޓޯބަރު 2026
ގޯތިތަކާއި ފްލެޓުތައް ނުހަދައިފިނަމަ ތިލަމާލެ ބްރިޖު އޮންނާނީ ލޮރީ ދުއްވަން ނުވަތަ ގާޑިޔާ ދަމަން: ފައިސަލް
15 އޮކްޓޯބަރު 2026

ރަސްމާލޭގައި ދިރިއުޅޭ ޔަހޫދީންނާ ދެކޮޅަށް ދިވެހި "ޖިހާދީން": ދެންވާނީ ކިހިނެއް؟

15 އޮކްޓޯބަރު 2026
ރަސްމާލޭގައި ދިރިއުޅޭ ޔަހޫދީންނާ ދެކޮޅަށް ދިވެހި "ޖިހާދީން": ދެންވާނީ ކިހިނެއް؟
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލުޓާމްސް އޮފްޔޫސް