Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
ރާއްޖެއައްްޑޫ ސިޓީ

އައްޑޫ ސިޓީ އާއި އައްޑޫ ހުޅުދޫ އާއި އައްޑޫ މީދޫގެ އިދާރީ ދާއިރާތަކުގެ އިޚްތިޞާޞަށް ބަދަލު ގެނެސްފި

އައްޑޫ ސިޓީގެ އިދާރީ ދާއިރާތަކަށް ބަދަލު ގެންނެވުމަށް ރައްޔިތުންގެ މެދުގައި ނެގި ވޯޓުގެ ނަތީޖާއާ ގުޅިގެން، ހުޅުދޫ އާއި މީދޫ އަކީ މީހުން ދިރިއުޅޭ ވަކި ދެ ރަށުގެ ގޮތުގައި ރައީސުލްޖުމްހޫރިއްޔާ ވަނީ ކަނޑައަޅުއްވާފައި. ލާމަރުކަޒީ ގާނޫނުގެ ދަށުން ރައީސުލްޖުމްހޫރިއްޔާއަށް ލިބިވަޑައިގަންނަވާ ބާރުގެ ދަށުން މި ބަދަލުތައް ގެޒެޓުކުރިއިރު، މީގެ ތެރޭގައި އެ ރަށްރަށުގެ އިޚްތިޞާޞް ހިމެނޭ ޗާޓުތައް ވެސް ވަނީ ހިމަނާފައި. މި ނިންމެވުމާއެކު އައްޑޫ ސިޓީ ކައުންސިލް އެކުލެވިގެންވާ ގޮތަށް ބޮޑެތި ބަދަލުތަކެއް ވަނީ އައިސްފައި.

ރާއްޖެ އެމްވީ | 27 ފެބުރުއަރީ 2026 | ހުކުރު 02:56
އައްޑޫ ސިޓީއާއި، އައްޑޫ ހުޅުދޫ އަދި އައްޑޫ މީދޫގެ އިދާރީ ދާއިރާތަކުގެ އިޚްތިޞާޞްތަކަށް ބަދަލު ގެންނަވައި، ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ރަސްމީ ޤަރާރު ވަނީ ނެރުއްވާފައި.

އައްޑޫ ސިޓީއާއި، އައްޑޫ ހުޅުދޫ އަދި އައްޑޫ މީދޫގެ އިދާރީ ދާއިރާތަކުގެ އިޚްތިޞާޞްތަކަށް ބަދަލު ގެންނަވައި، ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ރަސްމީ ޤަރާރު ވަނީ ނެރުއްވާފައި. | ސްކްރީން އިމޭޖް

އައްޑޫ ސިޓީ އާއި އައްޑޫ ހުޅުދޫ އާއި އައްޑޫ މީދޫގެ އިދާރީ ދާއިރާތަކުގެ އިޚްތިޞާޞަށް ބަދަލުގެންނަވައި، އެ ބަދަލުތައް ރަސްމީކޮށް ރައީސް އޮފީހުން އިޢުލާންކޮށްފިއެވެ.

ރައީސް އޮފީހުން ނެރުނު ބަޔާނެއްގައި ބުނެފައިވަނީ މި ބަދަލުތައް ގެނެސްފައި ވަނީ، އައްޑޫ ސިޓީ ކައުންސިލް އެކުލެވިފައިވާ ގޮތަށް ބަދަލުގެނައުމަށް ޓަކައި، 2025 އޮކްޓޫބަރު 25 ގައި ބޭއްވި އައްޑޫ ސިޓީގެ ފޭދޫ، ހުޅުދޫ، އަދި މީދޫ ރައްޔިތުންގެ ޚިޔާލު ހޯދުމުގެ ޢާންމު ވޯޓުގެ ނަތީޖާއާ ގުޅިގެން، އައްޑޫ ސިޓީ އަލުން ކަނޑައަޅާ، އައްޑޫގެ އިޚްތިޞާޞްގެ ބައެއްގެ ގޮތުގައި ކުރިން އޮތް ހުޅުދޫ އާއި މީދޫ އަކީ، މީހުން ދިރިއުޅޭ ވަކި ދެ ރަށުގެ ގޮތުގައި ކަނޑައަޅާފައިވާތީއެވެ.

Advertisement - newsAdvertisement

އެގޮތުން، އައްޑޫ ސިޓީ އާއި، ހުޅުދޫ އާއި، މީދޫގެ އިދާރީ ދާއިރާގެ އިޚްތިޞާޞަށް ގެންނެވި ބަދަލުތައް އެކަށައަޅުއްވައި، ރައީސުލްޖުމްހޫރިއްޔާގެ ޤަރާރު ނަންބަރު 2026/3، 2026/4 އަދި 2026/5 ވަނީ ދިވެހި ސަރުކާރުގެ ގެޒެޓުގައި ޝާއިޢުކޮށްފައި ކަމަށް ވެސް ރައީސް އޮފީހުން ބުނެފައިވެ އެވެ. އެ ދާއިރާތަކުގެ އިޚްތިޞާޞް ދައްކުވައިދޭ ޗާޓުތައް، އެ ޤަރާރުތަކުގެ ޖަދުވަލުގައި ވަނީ ހިމަނާފަ އެވެ.

ޤާނޫނު ނަންބަރު 2010/7 (ދިވެހިރާއްޖޭގެ އިދާރީ ދާއިރާތައް ލާމަރުކަޒީ އުޞޫލުން ހިންގުމުގެ ޤާނޫނު) ގެ 1-56 ވަނަ މާއްދާގެ (ހ) އިން، ދިވެހިރާއްޖޭގެ އެންމެހައި އިދާރީ ދާއިރާތަކުގައި ހިމެނޭ ސިޓީ ކައުންސިލްތަކާއި ރަށު ކައުންސިލްތަކުގެ އިޚްތިޞާޞް ކަނޑައެޅުމަކީ، ރައީސުލްޖުމްހޫރިއްޔާގެ މަސްއޫލިއްޔަތެކެވެ.

މަސްދަރު: ރައީސް އޮފީސް

އައްްޑޫ ސިޓީއައްޑޫ ހުޅުދޫއައްޑޫ މީދޫރައީސުލްޖުމްހޫރިއްޔާގެ އޮފީސް ލާމަރުކަޒުކުރުން

އިތުރަށް ކިޔާލަން

26 ފެބުރުއަރީ 2026

އައްޑޫ ސިޓީގައި އަޅަން ވިދާޅުވި ބުރިޖު އެއީ "ކަނޑު އަޑިން ހެދިގެން އަރާ ފުރޭތައެއްތޯ؟": އަބްދުﷲ ޝާހިދު

26 ފެބުރުއަރީ 2026
އައްޑޫ ސިޓީގައި އަޅަން ވިދާޅުވި ބުރިޖު އެއީ "ކަނޑު އަޑިން ހެދިގެން އަރާ ފުރޭތައެއްތޯ؟": އަބްދުﷲ ޝާހިދު
26 ފެބުރުއަރީ 2026

މުއިއްޒުބޭއެވެ. މި ރޯދަމަހު ލޮލަށް ބޮލަށް ގޮވަން ނުހަދާށެވެ!

26 ފެބުރުއަރީ 2026
މުއިއްޒުބޭއެވެ. މި ރޯދަމަހު ލޮލަށް ބޮލަށް ގޮވަން ނުހަދާށެވެ!
26 ފެބުރުއަރީ 2026

މި ދެ އަހަރު ދުވަހު ލާމަރުމަޒީ ޚިދުމަތްތައް ފުޅާކުރުމަށް އިތުރު ބާރާއި، ރައްޔިތުންގެ އިތުބާރު ހޯދައިދިނުމަށް ބޮޑެތި މަސައްކަތްތަކެއް ވަނީ ކުރެވިފަ: ރައީސް މުއިއްޒު

26 ފެބުރުއަރީ 2026
މި ދެ އަހަރު ދުވަހު ލާމަރުމަޒީ ޚިދުމަތްތައް ފުޅާކުރުމަށް އިތުރު ބާރާއި، ރައްޔިތުންގެ އިތުބާރު ހޯދައިދިނުމަށް ބޮޑެތި މަސައްކަތްތަކެއް ވަނީ ކުރެވިފަ: ރައީސް މުއިއްޒު
25 ފެބުރުއަރީ 2026

އައްޑޫގައި ޑެންގީ ހުން ފެތުރެނީ، މިމަހުގެ މިހާތަނަށް 48 މީހުންނަށް ބަލި ޖެހިފައިވޭ

25 ފެބުރުއަރީ 2026
އައްޑޫގައި ޑެންގީ ހުން ފެތުރެނީ، މިމަހުގެ މިހާތަނަށް 48 މީހުންނަށް ބަލި ޖެހިފައިވޭ
25 ފެބުރުއަރީ 2026

އެމްޑީޕީގެ ކެމްޕެއިން ޓީމަށް އައްޑޫ ސިޓީން ހޫނު މަރުހަބާއެއް ކިޔައިފި

25 ފެބުރުއަރީ 2026
އެމްޑީޕީގެ ކެމްޕެއިން ޓީމަށް އައްޑޫ ސިޓީން ހޫނު މަރުހަބާއެއް ކިޔައިފި
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު