Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - newsAdvertisement
ރާއްޖެ
ޕަރީ ފިލްމް

"ޕަރީ - ޗެޕްޓަރ 2" ގެ ރަސްމީ ޕޯސްޓަރު ކުޅުދުއްފުށި ސިޓީގައި ކުލަގަދަކޮށް ރިލީޒްކޮށްފި

އަލީ ސީޒަންގެ "ޕަރީ - ޗެޕްޓަރ 2" ގެ ރަސްމީ ޕޯސްޓަރު ކުޅުދުއްފުށި ސިޓީގައި މިއަދު ލޯންޗްކޮށްފިއެވެ. ކުޅުދުއްފުށީގެ ރައްޔިތުން ފިލްމީ ދާއިރާއަށް ދޭ ތަރުހީބު ފާހަގަކުރުމުގެ ގޮތުން ބޭއްވި މި ހަރަކާތް ޝަރަފްވެރިކޮށްދެއްވީ އެ ސިޓީގެ ޑެޕިއުޓީ މޭޔަރު އަޙުމަދު އަބްދުالله އެވެ. ބެލުންތެރިންގެ ބޮޑު މަޤްބޫލުކަމެއް ހޯދި މި ސިލްސިލާގެ ފުރަތަމަ ބަޔަށްފަހު، ދެވަނަ ބައިގެ ޕޯސްޓަރު އާންމުކުރުމާއެކު ގިނަ ބަޔަކު މިހާރު އިންތިޒާރު ކުރަމުންދަނީ މި ފިލްމު ސިނަމާތަކަށް އަންނާނެ ދުވަހަކަށެވެ.

ޢާއިޝަތު އައިނީ
ޢާއިޝަތު އައިނީ, ރާއްޖެ އެމްވީ | 26 ފެބުރުއަރީ 2026 | ބުރާސްފަތި 14:53
ޕަރީ ޗެޕްޓަރ 2 ގެ ޕޯސްޓަރު ކުޅުދުއްފުށި ސިޓީގައި ރިލީޒްކުރުމަށް ބޭއްވި ރަސްމިއްޔާތުގެ ތެރެއިން.

ޕަރީ ޗެޕްޓަރ 2 ގެ ޕޯސްޓަރު ކުޅުދުއްފުށި ސިޓީގައި ރިލީޒްކުރުމަށް ބޭއްވި ރަސްމިއްޔާތުގެ ތެރެއިން. | ރާއްޖެ އެމްވީ

ދިވެހި ފިލްމީ ދާއިރާގައި ބޮޑު މަޤްބޫލުކަމެއް ހޯދާފައިވާ މަޝްހޫރު ފަންނާނު އަލީ ސީޒަންގެ "ސީޒަން އަލީ ޕްރޮޑަކްޝަން" އިން އުފައްދާ ފިލްމު "ޕަރީ - ޗެޕްޓަރ 2" ގެ ރަސްމީ ޕޯސްޓަރު މިއަދު ކުޅުދުއްފުށި ސިޓީގައި ރިލީޒްކޮށްފިއެވެ.

މިއަދު ހަވީރު 16:30 ގައި ކުޅުދުއްފުށި ސިޓީގެ ރަށްމަތިފަންނު ސަރަހައްދުގެ ބްރީޒް ބަރ ކުރިމަތީގައި ބޭއްވި މި ޚާއްޞަ ހަރަކާތް ޝަރަފްވެރިކޮށްދެއްވީ އެ ސިޓީގެ ޑެޕިއުޓީ މޭޔަރު އަޙުމަދު އަބްދުالله (ރޯޒޭ) އެވެ. މި ރަސްމިއްޔާތުގައި ފިލްމުގެ ޑައިރެކްޓަރު އަދި ބަތަލު އަލީ ސީޒަން އާއި އައިޝަތު ރިޝްމީ ވެސް ވަނީ ބައިވެރިވެފައެވެ.

Advertisement - newsAdvertisement
ޕަރީ ޗެޕްޓަރ 2 ގެ ޕޯސްޓަރު ކުޅުދުއްފުށި ސިޓީގައި ރިލީޒްކޮށްފި
ޕަރީ ޗެޕްޓަރ 2 ގެ ޕޯސްޓަރު ކުޅުދުއްފުށި ސިޓީގައި ރިލީޒްކޮށްފި

މި ފިލްމުގެ ޕޯސްޓަރު ލޯންޗްކުރުމުގެ ރަސްމިއްޔާތު ކުޅުދުއްފުށި ސިޓީގައި ބޭއްވުމާ ގުޅޭގޮތުން "ރާއްޖެ އެމްވީ" އަށް މަޢުލޫމާތު ދެމުން އަލީ ސީޒަން ބުނީ، މާލެ ފިޔަވައި ރާއްޖޭގައި ފިލްމު ބެލުމަށް އެންމެ ބޮޑު ތަރުހީބެއް އޮންނަ އެއް ރަށަކީ ކުޅުދުއްފުށި ސިޓީ ކަމަށެވެ. އެހެންކަމުން، އެ ސިޓީގެ ރައްޔިތުން ފިލްމީ ދާއިރާއަށް ބަހައްޓާ ގާތްކަމާއި ދޭ ސަމާލުކަން ފާހަގަކޮށް، އެކަމުގެ އުފަލުގައި މި ޚާއްޞަ ފުރުޞަތު އެ ސިޓީއަށް ދިނުމަށް ނިންމީ ކަމަށް ސީޒަން ބުންޏެވެ.

އަލީ ސީޒަން
އަލީ ސީޒަން

މި ސިލްސިލާގެ ފުރަތަމަ ފިލްމު "ޕަރީ - ޗެޕްޓަރ 1" އަކީ ބެލުންތެރިންގެ މެދުގައި ވަރަށް ބޮޑު މަޤްބޫލުކަމެއް ހޯދި ފިލްމެކެވެ. އަހުމަދު އަހުސަން އާއި އަލީ ސީޒަން ޕްރޮޑިއުސްކުރި އެ ފިލްމުގެ 99 އިންސައްތަ މަންޒަރުތައް ޝޫޓްކޮށްފައިވަނީ އަވަށްޓެރި ސްރީލަންކާގައެވެ.

"ޕަރީ" ގެ ފުރަތަމަ ބައިގައި ދިވެހި ސިނަމާގެ ފުންނާބު އުސް ތަރިން ކަމަށްވާ އަލީ ސީޒަން، ރިޝްމީ ރަމީޒް، ޝީލާ ނަޖީބް، ޖުމައްޔިލް ނިމާލް، އަދި މުހައްމަދު ނައުޝާދު އަލީ ފަދަ ދިވެހި ސިނަމާގެ ތަރިން ހިމެނެއެވެ.

މީގެ އިތުރުން ލަންކާގެ ބައެއް މަޝްހޫރު ފިލްމީ ތަރިންވެސް އެ ފިލްމުން ފެނިގެން ގޮސްފައިވާއިރު، ކޮންމެ އެކްޓަރަކުވެސް ވަނީ ފާހަގަކޮށްލެވޭ ފަދަ ތަފާތު މޮޅު ހުނަރެއް ދައްކުވައިދީފައެވެ.

"ޕަރީ" ގެ ފުރަތަމަ ބަޔަށް ލިބުނު ބޮޑު ތަރުހީބާއެކު، މިއަދު މި ލޯންޗްކުރެވުނު ދެވަނަ ބައިގެ ޕޯސްޓަރާއެކު ފިލްމީ ދާއިރާގައި އަނެއްކާވެސް ބޮޑު ހަލަބޮލިކަމެއް ވަނީ އުފެދިފައެވެ. ގިނަ ބަޔަކު މިހާރު އިންތިޒާރު ކުރަމުންދަނީ މި ފިލްމު ސިނަމާތަކަށް އަންނާނެ ދުވަހަކަށެވެ. އަދި މިއަދުގެ މި ހަރަކާތަކީ ކުޅުދުއްފުށި ސިޓީގެ ރައްޔިތުންނަށް ލިބިގެންދިޔަ ވަރަށް ޚާއްޞަ ހަދިޔާއެއްގެ ގޮތުގައި ފާހަގަކޮށްލެވެއެވެ.

އަލީ ސީޒަންޕަރީ: ޗެޕްޓަރ 1ކުޅުދުއްފުށިސީޒަން އަލީ ޕްރޮޑަކްޝަންޕަރީ ޗެޕްޓަރ 2

ކޮމެންޓް

އިތުރަށް ކިޔާލަން

ކުޅުދުއްފުށި ސިޓީގައި އައިނު ފިހާރަ ހުޅުވި އިރު، އެ ސިޓީގެ ހޮސްޕިޓަލުން އަސާސީ ޚިދުމަތްތައް ނުލިބި، ރައްޔިތުން ހިތްދަތިކަމެއްގައި

ކުޅުދުއްފުށި ސިޓީގައި އައިނު ފިހާރަ ހުޅުވި އިރު، އެ ސިޓީގެ ހޮސްޕިޓަލުން އަސާސީ ޚިދުމަތްތައް ނުލިބި، ރައްޔިތުން ހިތްދަތިކަމެއްގައި

18 ފެބުރުއަރީ 2026
ކައުންސިލް އިންތިޚާބުގައި ވާދަކުރާ އިދިކޮޅު ކެންޑިޑޭޓުންގެ ނަން އަނބުރާ ނެގުމަށް ޕީއެންސީ އިން 1.5 މިލިއަން ރުފިޔާ އިން ފެށިގެން 3 ލައްކަ ޑޮލަރާ ހަމައަށް ހުށަހަޅައިފި

ކައުންސިލް އިންތިޚާބުގައި ވާދަކުރާ އިދިކޮޅު ކެންޑިޑޭޓުންގެ ނަން އަނބުރާ ނެގުމަށް ޕީއެންސީ އިން 1.5 މިލިއަން ރުފިޔާ އިން ފެށިގެން 3 ލައްކަ ޑޮލަރާ ހަމައަށް ހުށަހަޅައިފި

13 ފެބުރުއަރީ 2026
މާލޭގައި އިންނަ ކޮޓަރިއަކުން އަމުރު މައުރޫފު ހިންގާ މީހެއްގެ އަމުރަށް ކުޅުދުއްފުށީގެ ކަންކަން ބައްޓަންކުރަން ފުރުސަތު ނުދެވޭނެ: މޭޔަރު އާތިފް

މާލޭގައި އިންނަ ކޮޓަރިއަކުން އަމުރު މައުރޫފު ހިންގާ މީހެއްގެ އަމުރަށް ކުޅުދުއްފުށީގެ ކަންކަން ބައްޓަންކުރަން ފުރުސަތު ނުދެވޭނެ: މޭޔަރު އާތިފް

13 ފެބުރުއަރީ 2026
ޤާނޫނު ހުއްޓުވި ޕްލޭސްކޫލް އަލުން އައުޓްސޯސް ކުރަން ވޯޓު ދެވުނު އިރުވެސް ސަރުކާރު ކައުންސިލަރަކަށް ނޭނގުނު

ޤާނޫނު ހުއްޓުވި ޕްލޭސްކޫލް އަލުން އައުޓްސޯސް ކުރަން ވޯޓު ދެވުނު އިރުވެސް ސަރުކާރު ކައުންސިލަރަކަށް ނޭނގުނު

08 ފެބުރުއަރީ 2026
ކައުންސިލްތަކުގެ ބާރު ކަނޑުވާލުމަށްފަހު، ފަލާހު އެދުނީ ކައުންސިލްތަކުން އެހީތެރިކަން ދިނުމަށް

ކައުންސިލްތަކުގެ ބާރު ކަނޑުވާލުމަށްފަހު، ފަލާހު އެދުނީ ކައުންސިލްތަކުން އެހީތެރިކަން ދިނުމަށް

07 ފެބުރުއަރީ 2026

އަހަރުތަކުން މިއަދު

22 މެއި
ހުކުރު ދުވަހު ހެނދުނު ޔަމަނުން އިސްރާއީލަށް މިސައިލު ހަމަލާ އެއް ދީފި
20251 އަހަރު ކުރިން
ދުނިޔެ

ހުކުރު ދުވަހު ހެނދުނު ޔަމަނުން އިސްރާއީލަށް މިސައިލު ހަމަލާ އެއް ދީފި

ދާއިމީ އެކަނިވެރިކަމުން ސިކުނޑިއަށް ބޮޑު ގެއްލުމެއް... ދެވޭ ލަފާއަކީ އެންމެ ރަނގަޅު ހައްލުބާ؟
20242 އަހަރު ކުރިން
ތަފާތު ޚަބަރު

ދާއިމީ އެކަނިވެރިކަމުން ސިކުނޑިއަށް ބޮޑު ގެއްލުމެއް... ދެވޭ ލަފާއަކީ އެންމެ ރަނގަޅު ހައްލުބާ؟

ނިލަންދޫ ދާއިރާގެ މެންބަރު މުހުސިން އެމްޑީޕީއަށް ސޮއިކުރައްވައިފި
20233 އަހަރު ކުރިން
ރާއްޖެ

ނިލަންދޫ ދާއިރާގެ މެންބަރު މުހުސިން އެމްޑީޕީއަށް ސޮއިކުރައްވައިފި

މާވިން: މީހަކު ހޭނައްތާލާނެ ގޮތް ފޯނުން ސާރޗް ކުރީ ބަޔަަކު ބިރުދަައްކާތީ
20224 އަހަރު ކުރިން
ރިޕޯޓު

މާވިން: މީހަކު ހޭނައްތާލާނެ ގޮތް ފޯނުން ސާރޗް ކުރީ ބަޔަަކު ބިރުދަައްކާތީ

ބްލެކް ފަންގަސް ފެތުރެމުން ދަނިކޮށް ވައިޓް ފަންގަސް ވެސް ފެނިއްޖެ
20215 އަހަރު ކުރިން
ދުނިޔެ

ބްލެކް ފަންގަސް ފެތުރެމުން ދަނިކޮށް ވައިޓް ފަންގަސް ވެސް ފެނިއްޖެ

ބިދޭސީން ގަވާއިދާ ހިލާފަށް މަސައްކަތް ކުރަނީ އެ މީހުން ގެންނަ މީހާގެ އިހުމާލުން: ތޮލާލް
20197 އަހަރު ކުރިން
ރާއްޖެ

ބިދޭސީން ގަވާއިދާ ހިލާފަށް މަސައްކަތް ކުރަނީ އެ މީހުން ގެންނަ މީހާގެ އިހުމާލުން: ތޮލާލް

ކުރުނބާގެ އަގު ބޮޑުވިއިރު ކޮޕީ ފަތް ލިބުމަށް ދަތިވެއްޖެ!
20188 އަހަރު ކުރިން
ވިޔަފާރި-އިގްތިސާދު

ކުރުނބާގެ އަގު ބޮޑުވިއިރު ކޮޕީ ފަތް ލިބުމަށް ދަތިވެއްޖެ!

ރާއްޖެކުޅިވަރުދުނިޔެވިޔަފާރި - އިގްތިސާދުރިޕޯޓުފޮޓޯވާހަކަސިއްހަތުތަފާތު ޚަބަރުލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު