Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
ރާއްޖެ
ލޯކަލް ކައުންސިލް އިންތިޚާބު

ކައުންސިލް އިންތިޚާބުގައި ތިނަދޫގެ މޭޔަރ ސައުދު އަށް ތާއީދު ކުރާތީ ވަޒީފާ އަދާ ކުރާތަން ބަދަލު ކުރި ނާބިތު ކުޅުދުއްފުށްޓަށް ފޮނުވާލީ 6 މަސް ދުވަހަށް

ސަރުކާރު ހިންގާ ޕީއެންސީގެ ކެންޑިޑޭޓުންނަށް ވޯޓު ނުދޭނެ ކަމަށް ބުނުމުން ނުވަތަ އެމްޑީޕީގެ ކެނޑިޑޭޓަށް ތާއީދުކުރުމުން ވަޒީފާ އިން ވަކިކުރުމާއި މަޤާމް ދަށް ކުރުން އަދި ވަޒީފާ އަދާކުރާ ތަން ބަދަލުކުރުމުގެ މައްސަލަތައް ދަނީ ފެންމަތި ވަމުން.

ނަޒާހަތު އިބްރާހިމް
ނަޒާހަތު އިބްރާހިމް, ރާއްޖެ އެމްވީ | 17 ފެބުރުއަރީ 2026 | އަންގާރަ 10:12
ބަދަލުކޮށްފައިވާ މުވައްޒަފުން ތިނަދޫގެ މޭޔަރ، މޭޔަކެނޑިޑޭޓް ސައުދު އާއި އެކު ނަގާފައިވާ ފޮޓޯ އެއް.

ބަދަލުކޮށްފައިވާ މުވައްޒަފުން ތިނަދޫގެ މޭޔަރ، މޭޔަކެނޑިޑޭޓް ސައުދު އާއި އެކު ނަގާފައިވާ ފޮޓޯ އެއް. | ސޯޝަލް މީޑިއާ

ކުރިއަށް އޮތް ކައުންސިލް އިންތިޚާބުގައި ތިނަދޫގެ މޭޔަރ ސައުދު އަލީ އަށް ތާއީދު ކުރާތީ ސިޔާސީ ބޭނުމަށް ވަޒީފާ އަދާ ކުރާ ތަން ބަދަލު ކުރި އަލީ ނާބިތު މުހައްމަދު ވަޒީފާ އަދާ ކުރާތަން ބަދަލު ކުރީ 6 މަސް ދުވަހަށް ކަން ހާމަވެއްޖެ އެވެ.

މި ނޫހަށް ވަނީ އޭނާގެ ވަޒީފާ ބަދަލުކުރިކަން އަންގާ، ވެމްކޯ އިން ފޮނުވާފައިވާ ޗިޓު ލިބިފަ އެވެ.

Advertisement - newsAdvertisement

ވަގުތީ ގޮތުން ވަޒީފާ ބަދަލުކޮށްފައިވާ އަލީ ނާބިތު ވަޒީފާ އަދާކުރަމުން އައީ ތިނަދޫގައި ހުންނަ ސަދަން އޮޕަރޭޝަންގެ ކޭޝިއަރެއްގެ މަޤާމުގަ އެވެ. އޭނާ ބަދަލުކޮށްފައި ވަނީ ކުޅުދުއްފުށީ ސިޓީގައި ހުންނަ ނޮދަން އޮޕަރޭޝަން އަށެވެ. 

އޭނާގެ ވަޒީފާ ބަދަލު ކުރީ 15 ފެބްރުއަރީ 2026 އިން ފެށިގެން 6 މަސް ދުވަހުގެ މުއްދަތަށް ކަމަށް ވެމްކޯ އިން ވަނީ އޭނާ އަށް އަންގާފަ އެވެ. 

އިދިކޮޅު މޯލްޑިވިއަން ޑިމޮކްރެޓިކް ޕާޓީ، އެމްޑީޕީ ގެ ކެންޑިޑޭޓަށް ތާއީދު ކުރި ވެމްކޯގެ 3 މުވައްޒަފެއްގެ ވަޒީފާ މި ސަރުކާރުން ހަމަ މިގޮތައް ވަނީ ބަދަލުކޮށްފަ އެވެ. ރާއްޖެ އެމްވީ އަށް އިތުބާރު ހުރި މަސްދަރަކުން މައުލޫމާތު ދީފައިވާ ގޮތުގައި މި މުވައްޒަފުން މަސައްކަތް ކުރާ ތަން ބަދަލުކުރުމުގެ ކުރިން ސަރުކާރާއި ދެކޮޅަށް ކެމްޕެއިން ކުރަމުންދާ ކަަމަށް ބުނެ ވަނީ އިންޒާރު ދީފަ އެވެ.

ސަރުކާރު ހިންގާ ޕީއެންސީގެ ކެންޑިޑޭޓުންނަށް ވޯޓު ނުދޭނެ ކަމަށް ބުނުމުން ނުވަތަ އެމްޑީޕީގެ ކެނޑިޑޭޓަށް ތާއީދުކުރުމުން ވަޒީފާ އިން ވަކިކުރުމާއި މަޤާމް ދަށް ކުރުން އަދި ވަޒީފާ އަދާކުރާ ތަން ބަދަލުކުރުމުގެ މައްސަލަތައް ދަނީ ފެންމަތި ވަމުންނެވެ. އާއްމުން ދަނީ މިފަދަ ފިއްތުންތަކަކީ ސިޔާސީ ގޮތުން ނާޖާއިޒް ނުފޫޒު ފޯރުވަން ކުރާ ކަންކަން ކަމަށް ބުނެ އެކަމަށް ފާޑުކިޔަމުންނެވެ. މިވާހަކަތައް މި ގޮތައް އާންމުވެފައި ވިޔަސް އެންޓި ކަރަޕްޝަން ކޮމިޝަން އާއި އިލެކްޝަންސް ކޮމިޝަން ފަދަ ކަމާ ބެހޭ މުއައްސަސާތައް އޮތީ ހިމޭނުންކަން ފާހަގަ ކުރެވެ އެވެ.

ތިނަދޫސައުދު އަލީއަލީ ނާބިތު މުހައްމަދުވެމްކޯއެމްޑީޕީލޯކަލް ކައުންސިލް އިންތިހާބުލޯކަލް ކައުންސިލް އިންތިޚާބު 2026

ކޮމެންޓް

އިތުރަށް ކިޔާލަން

އެކްސިޑެންޓާ ގުޅިގެން އުޅަނދުތަކާ، ދުއްވާ މީހުންނަށް ލިބޭ ގެއްލުމަށް ބަދަލު ލިބުމަށް ހުރަސްއެޅޭތީ އިސްލާހެއް

އެކްސިޑެންޓާ ގުޅިގެން އުޅަނދުތަކާ، ދުއްވާ މީހުންނަށް ލިބޭ ގެއްލުމަށް ބަދަލު ލިބުމަށް ހުރަސްއެޅޭތީ އިސްލާހެއް

17 ފެބުރުއަރީ 2026
ޕީއެންސީގެ ކެންޑިޑޭޓުން ބައިތިއްބައިގެން އެއްބަޔަކަށް މުއިއްޒު އެ ބަހާލީ 16 މިލިއަން ރުފިޔާ: މެމްބަރު އައްބާސް

ޕީއެންސީގެ ކެންޑިޑޭޓުން ބައިތިއްބައިގެން އެއްބަޔަކަށް މުއިއްޒު އެ ބަހާލީ 16 މިލިއަން ރުފިޔާ: މެމްބަރު އައްބާސް

17 ފެބުރުއަރީ 2026
މިއަދު ޕީއެންސީ އާއި ކުރަންވީ ސުވާލަކީ ބަޖެޓް އެހާ ބޮޑު އިރު ކުރާ މަސައްކަތެއް ނުފެންނަނީ ކީއްވެގެންތޯ: ފުވައްމުލައް ސީޓީގެ މޭޔަރ

މިއަދު ޕީއެންސީ އާއި ކުރަންވީ ސުވާލަކީ ބަޖެޓް އެހާ ބޮޑު އިރު ކުރާ މަސައްކަތެއް ނުފެންނަނީ ކީއްވެގެންތޯ: ފުވައްމުލައް ސީޓީގެ މޭޔަރ

17 ފެބުރުއަރީ 2026
އިންތިޚާބު ބޯމަތިވެފައި ވަނިކޮށް، ޕީއެންސީ ކެންޑިޑޭޓުންގެ ހާޒިރުގައި ސިނަމާލެ އަދި މާލެހިޔާ ފްލެޓްތަކުގައި ދިރިއުޅޭ ފަރާތްތަކަށް އެއްލައްކަ ރުފިޔާ ދޭން މުއިއްޒު ނިންމަވައިފި

އިންތިޚާބު ބޯމަތިވެފައި ވަނިކޮށް، ޕީއެންސީ ކެންޑިޑޭޓުންގެ ހާޒިރުގައި ސިނަމާލެ އަދި މާލެހިޔާ ފްލެޓްތަކުގައި ދިރިއުޅޭ ފަރާތްތަކަށް އެއްލައްކަ ރުފިޔާ ދޭން މުއިއްޒު ނިންމަވައިފި

17 ފެބުރުއަރީ 2026
ބާރުތައް އެއްކޮށްގެން ރައީސް އޮފީހުގައި އިންނަވައިގެން ރައީސް ޑރ. މުހައްމަދު މުއިއްޒު ވެރިކަން ކުރައްވާ ގޮތަށް ވެރިކަން ކުރެއްވުމަކީ ވަރަށް ފަސޭހަކަމެއް: ރައީސް ސޯލިހު

ބާރުތައް އެއްކޮށްގެން ރައީސް އޮފީހުގައި އިންނަވައިގެން ރައީސް ޑރ. މުހައްމަދު މުއިއްޒު ވެރިކަން ކުރައްވާ ގޮތަށް ވެރިކަން ކުރެއްވުމަކީ ވަރަށް ފަސޭހަކަމެއް: ރައީސް ސޯލިހު

16 ފެބުރުއަރީ 2026

އަހަރުތަކުން މިއަދު

18 ޖޫން
އިސްރާއީލަށް އީރާނުގެ ވަރުގަދަ ހަމަލާއެއް- އެތައް ބަޔަކު މަރުވެ އިމާރާތްތަކަށް ބޮޑެތި ގެއްލުން ތަކެއް
20251 އަހަރު ކުރިން
ދުނިޔެ

އިސްރާއީލަށް އީރާނުގެ ވަރުގަދަ ހަމަލާއެއް- އެތައް ބަޔަކު މަރުވެ އިމާރާތްތަކަށް ބޮޑެތި ގެއްލުން ތަކެއް

ސުމުއްވުލްއަމީރް އަބްދުލްހަންނާން ހަލީމް ދޮށިމޭނާކިލެގެފާނު އަވަހާރަވެއްޖެ
20242 އަހަރު ކުރިން
ރާއްޖެ

ސުމުއްވުލްއަމީރް އަބްދުލްހަންނާން ހަލީމް ދޮށިމޭނާކިލެގެފާނު އަވަހާރަވެއްޖެ

ސުމަކުން ފަށައިގެން ތުޅާދޫގައި 3 ކޮޓަރީގެ 100 ހައުސިންގ ޔުނިޓް ނިމުމަކަށް!
20233 އަހަރު ކުރިން
ރިޕޯޓު

ސުމަކުން ފަށައިގެން ތުޅާދޫގައި 3 ކޮޓަރީގެ 100 ހައުސިންގ ޔުނިޓް ނިމުމަކަށް!

ކުޑަކުދިންނަށް ޖަހާ ކޮވިޑް ވެކްސިނާ ބެހޭ ގޮތުން އެނގެނީ ކިހާ ވަރަކަށް؟
20224 އަހަރު ކުރިން
ރިޕޯޓު

ކުޑަކުދިންނަށް ޖަހާ ކޮވިޑް ވެކްސިނާ ބެހޭ ގޮތުން އެނގެނީ ކިހާ ވަރަކަށް؟

އަސްރާގެ ނަމުގައި ޕީޖީ އޮފީހަށް ސިޓީ ދިޔައީ އީސަގެ ވަކީލުންގެ ފަރާތުން: ޕީޖީ
20215 އަހަރު ކުރިން
ރާއްޖެ

އަސްރާގެ ނަމުގައި ޕީޖީ އޮފީހަށް ސިޓީ ދިޔައީ އީސަގެ ވަކީލުންގެ ފަރާތުން: ޕީޖީ

އެމްއެޗް 370: އޮކްސިޖަން ނުދީ ފަސިންޖަރުން މަރާލުމަށް ފަހު ޕައިލެޓުު ފްލައިޓް ވައްޓާލީ
20197 އަހަރު ކުރިން
ރާއްޖެ

އެމްއެޗް 370: އޮކްސިޖަން ނުދީ ފަސިންޖަރުން މަރާލުމަށް ފަހު ޕައިލެޓުު ފްލައިޓް ވައްޓާލީ

ބަޖެޓެއް ނުލިބޭ، އިންތިހާބެއް ނޯންނާނެ!
20188 އަހަރު ކުރިން
ރިޕޯޓު

ބަޖެޓެއް ނުލިބޭ، އިންތިހާބެއް ނޯންނާނެ!

ރާއްޖެކުޅިވަރުދުނިޔެވިޔަފާރި - އިގްތިސާދުރިޕޯޓުފޮޓޯވާހަކަސިއްހަތުތަފާތު ޚަބަރުލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު