Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
ރާއްޖެއަބްދުﷲ ޝާހިދު

ޕީއެންސީ ސަރުކާރުން އައްޑޫއަށް ބޮޑުތަނުން އިހުމާލުވެ މިދިޔަ ދެ އަހަރު ގެންދިޔައީ ދޮގު ހަދަމުން: އަބްދުﷲ ޝާހިދު

އައްޑޫއަކީ އިސްލާހީ މަސައްކަތުގެ މަރުކަޒުކަން ފާހަގަކުރައްވައި، ކުރިއަށް އޮތް އިންތިޚާބުތަކުން ސަރުކާރު ބަލިކުރާނެ ކަމުގެ ޔަގީންކަން އޭނާ ދެއްވި. މި ދަތުރުގައި އެމްޑީޕީގެ ޓީމުން ދަނީ އައްޑޫގެ އެކި އަވަށްތަކުގެ ކެނޑިޑޭޓުންނާ ބައްދަލުކޮށް، ދޮރުން ދޮރަށް ހިނގައި ކެމްޕޭން ވަރުގަދަކުރަމުން.

އަލީ ޝާހީން
އަލީ ޝާހީން | 25 ފެބުރުއަރީ 2026 | ބުދަ 15:57
އެމްޑީޕީގެ ރައީސް އަބްދުﷲ ޝާހިދު ރާއްޖެ ޓީވީ އަށް ދެއްވި އިންޓަވިއު

އެމްޑީޕީގެ ރައީސް އަބްދުﷲ ޝާހިދު ރާއްޖެ ޓީވީ އަށް ދެއްވި އިންޓަވިއު | ރާއްޖެ އެމްވީ

ޕީއެންސީ ސަރުކާރުގައި މިދިޔަ ދެ އަހަރު ދުވަހުގެ ތެރޭގައި އައްޑޫރައްޔިތުންނަށް އޮތީ ބޮޑުތަނުން އިހުމާލުވެފައި ކަމަށާއި އައްޑޫ ރައްޔިތުންގެ ގާތު 2 އަހަރު ވޭތުކުރީ ދޮގު ހަދަމުންކަމަށް އެމްޑީޕީގެ ރައީސް އަބްދޫﷲ ޝާހިދު ވިދާޅުވެއްޖެ އެވެ. 

ލޯކަލް ކައުންސިލްގެ އިންތިހާބާއި އަންހެނުންގެ ތަރައްގީއަށް މަސައްކަތްކުރާ ކޮމިޓީގެ އިންތިހާބުގެ ކެމްޕޭނަށް އެމްޑީޕީގެ ރައީސް އަބްދުﷲ ޝާހިދުގެ އިތުރުން އެމްޑީޕީގެ ބައެއް އާންމު މެންބަރުންނާއި، ރައްޔިތުންގެ މަޖިލީހުގެ ބައެއް މެންބަރުން ވެސް ބައިވެރިވެ ވަޑައިގަންނަވާ މިދަތުރުގެ ތެރެއިން ރާއްޖެ އެމްވީ އަށް ދެއްވި ހާއްސަ ބަސްދީގަތުމެއްގައި ޝާހިދު ވިދާޅުވީ، އައްޑޫ ރައްޔިތުން މިހާރު ބުނަމުންދަނީ ފުދިއްޖެ ކަމަށާއި ދޮގު އަޑުއަހަން ބޭނުން ނެތް ކަމަށެވެ. 

Advertisement - newsAdvertisement

ޝާހިދު ވިދާޅުވީ ކައުންސިލް އިންތިހާބާއި އަންހެނުންގެ ތަރައްގީ އަށް މަސައްކަތްކުރާ ކޮމެޓީގެ އިންތިހާބު ބޮޑުތަނުން އައްޑޫއިން ނަގާނެ ކަމަށާއި މިފަހަރު އޮންނަ ފެންނަ ނުފެންނަ ވޯޓުން ވެސް މިސަރުކާރު ބަލިކުރާނެ ކަމަށް ޝާހިދު ވިދާޅުވި އެވެ. 

އައްޑޫ ސިޓީގެ ރައްޔިތުންނަށް ލިބިފައިވާ ބާރުވެރިކަން އެއީ ކައުންސިލްތަކަށް ދީފައިވާ ބާރުވެރިކަން މާލޭގަ ހުންނަ މިނިސްޓްރީއަކަށް ދޫކޮށްލަން އައްޑޫ ސިޓި ރައްޔިތުން ދެކޮޅު. އެ ފުރުސަތު ދޭކަށް ބޭނުމެއް ނެތް. އައްޑޫ ސިޓީގެ ރައްޔިތުން ބޭނުންވަނީ އައްޑޫ ސިޓީގެ ކަންތައްތައް އައްޑޫ ސިޓީގެ ރައްޔިތުން ނިންމަން. 
އެމްޑީޕީގެ ރައީސް އަބްދުﷲ ޝާހިދު

 މީގެ އިތުރުން ޝާހިދު ވިދާޅުވީ، މާލޭގައި ހުންނަ މިނިސްޓރީއަކުން ހިންގާ ކުޑަ ސިޓީ އަކަށް އައްޑޫ ސިޓީ ހަދަން ރައްޔިތުން ބޭނުން ނުވާ ކަމަށާއި މި ފަހުރުވެރި އައްޑޫ ސިޓީއަކީ ރާއްޖޭގައި އިސްލާހީ ހުރިހާކަމެއް ފެށިގެން އައިބިން ކަމަށެވެ. 

ޝާހިދު ވިދާޅުވީ އެހެންވެ މި ބިމުން އަނެއްކާވެސް އިސްލާހީ މަސައްކަތް ކުރިއަށްވުރެ ގަދަކޮށް ބޮޑުކޮށް ފަށާފައިވާ ކަމަށެވެ. ޝާހިދު ފާހަގަކުރެއްވި ގޮތުގައި އިސްލާހީ މަސައްކަތުގައި އައްޑޫ ސިޓީގެ ރައްޔިތުންގެ ބައިވެރިވުން އަބަދުވެސް އޮވެ އެވެ. 

އެމްޑީޕީގެ ކެމްޕެއިން ޓީމުން އައްޑޫސިޓީ އަށާއި ފުވައްމުލަކު ސިޓިއަށް ކުރާ މިދަތުރުގައި ބުދަ ދުވަހު ވަނީ އައްޑޫ ސިޓީގެ ފޭދޫ އާއި މަރަދޫ ފޭދޫ އަދި މަރަދޫގެ ކެނޑިޑޭޓުންނާއި ބައްދަލުކުރައްވާ ދޮރުންދޮރަށް ހަރާކަތް ހިންގާފަ އެވެ. 

ޕީއެންސީއައްޑޫއެމްޑީޕީއަބްދުﷲ ޝާހިދުލޯކަލް ކައުންސިލް އިންތިޚާބު 2026ފުވައްމުލަކު

އިތުރަށް ކިޔާލަން

25 ފެބުރުއަރީ 2026

ރައީސް މުއިއްޒު މަސައްކަތް މިހާރު ކުރައްވަނީ ކޮންމެ ރަށެއްގެ އިހުތިސާސް ފޭރިގަތުމަށް، ރައްޔިތުން ދެކޮޅަށް ނުކުންނަން ޖެހޭ: ވަހީދު

25 ފެބުރުއަރީ 2026
ރައީސް މުއިއްޒު މަސައްކަތް މިހާރު ކުރައްވަނީ ކޮންމެ ރަށެއްގެ އިހުތިސާސް ފޭރިގަތުމަށް، ރައްޔިތުން ދެކޮޅަށް ނުކުންނަން ޖެހޭ: ވަހީދު
25 ފެބުރުއަރީ 2026

އެމްޑީޕީގެ ކެމްޕެއިން ޓީމަށް އައްޑޫ ސިޓީން ހޫނު މަރުހަބާއެއް ކިޔައިފި

25 ފެބުރުއަރީ 2026
އެމްޑީޕީގެ ކެމްޕެއިން ޓީމަށް އައްޑޫ ސިޓީން ހޫނު މަރުހަބާއެއް ކިޔައިފި
24 ފެބުރުއަރީ 2026

ގިނަ އަދަދަކުން ރައްޔިތުން ނުކުމެ ރިފަރަންޑަމް ވޯޓުން މި ސަރުކާރަށް ނޫނެކޭ ބުނާނެ: މޭޔަރު އާޒިމް

24 ފެބުރުއަރީ 2026
ގިނަ އަދަދަކުން ރައްޔިތުން ނުކުމެ ރިފަރަންޑަމް ވޯޓުން މި ސަރުކާރަށް ނޫނެކޭ ބުނާނެ: މޭޔަރު އާޒިމް
24 ފެބުރުއަރީ 2026

އެމްޑީޕީގެ ރައީސް އަބްދުﷲ ޝާހިދު ލޯކަލް ކައުންސިލް އިންތިހާބުގެ ކެމްޕޭނަށް އައްޑޫ ސިޓީއަށް ފުރާވަޑައިގެންފި

24 ފެބުރުއަރީ 2026
އެމްޑީޕީގެ ރައީސް އަބްދުﷲ ޝާހިދު ލޯކަލް ކައުންސިލް އިންތިހާބުގެ ކެމްޕޭނަށް އައްޑޫ ސިޓީއަށް ފުރާވަޑައިގެންފި
24 ފެބުރުއަރީ 2026

އެމްޑީޕީ ޕިކަޕް ޖަލްސާ: "ރިޔާސީ އިންތިޚާބަށް ނުފޫޒު ފޯރުވާތީ އީސީ އަށް ހުށަހެޅި މައްސަލަ ނުބަލާނެ ކަމަށް އަންގައިފި"

24 ފެބުރުއަރީ 2026
އެމްޑީޕީ ޕިކަޕް ޖަލްސާ: "ރިޔާސީ އިންތިޚާބަށް ނުފޫޒު ފޯރުވާތީ އީސީ އަށް ހުށަހެޅި މައްސަލަ ނުބަލާނެ ކަމަށް އަންގައިފި"
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު