Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - newsAdvertisement
ރާއްޖެ
ލޯކަލް ކައުންސިލް އިންތިހާބު

އެއްވެސް ބޭރު ގައުމެއްގައި ވޯޓު ފޮށްޓެއް ނުބަހައްޓަން ނިންމައި، ރީ-ރަޖިސްޓްރީ ވާން ފުރުސަތު ދީފި

އަލުން ރަޖިސްޓްރީވުމަށް ދީފައިވާ މުއްދަތަކީ ފެބްރުވަރީ 26 ވާ ބުރާސްފަތި ދުވަހުގެ މެންދުރު ފަހު 1:30 ގެ ނިޔަލަށް. މި އިންތިހާބުތަކުގައި މީގެ ކުރިން އިންތިހާބުތަކުގައި ވޯޓު ފޮށި އާއްމުކޮށް ބަހައްޓާ ބައެއް ތަންތަންތަނުގައި، ވޯޓު ފޮށި ނުބަހައްޓާ ކަން ފާހަގަކުރެވޭ. އޭގެ ތެރޭގައި ގިނަ އަދަދެއްގެ ދިވެހިން މަސައްކަތްކުރާ ބައެއް ރިސޯޓު ތަކާއި، ދިވެހީން ގިނަ އަދަދަކަށް ދިރިއުޅޭ މެލޭޝިއާ އާއި، ސްރީލަންކާ ހިމެނޭ.

ފަޒީލް އަބްދުލް
ފަޒީލް އަބްދުލް, ރާއްޖެ އެމްވީ | 25 ފެބުރުއަރީ 2026 | ބުދަ 20:51
ލޯކަލް ކައުންސިލް އަދި ޑަބްލިއުޑީސީ އިންތިހާބު 2021، ދަރުމަވަންތަ ސްކޫލް

ލޯކަލް ކައުންސިލް އަދި ޑަބްލިއުޑީސީ އިންތިހާބު 2021، ދަރުމަވަންތަ ސްކޫލް | ރާއްޖެއެމްވީ

ވޯޓުގެ ސިއްރުކަން ގެއްލޭ މީހުންނާއި ސިނާއީ ރަށްތަކާއި ރާއްޖެއިން ބޭރުގައި ވޯޓުލާން ރަޖިސްޓްރީ ކުރި މީހުންނަށް އަލުން ރަޖިސްޓްރީ ވުމުގެ ފުރުސަތު، އިލެކްޝަންސް ކޮމިޝަނުން ހުޅުވާލައިފި އެވެ.

އިލެކްޝަންސް ކޮމިޝަނުން އަންގާރަ ދުވަހު ވަކިވަކިން ކުރި ދެ އިއުލާނުގައި ވަނީ ވޯޓުފޮށި ނުބަހައްޓަން ނިންމި ތަންތަން އާއްމުކޮށްފަ އެވެ. އެގޮތުން އަށާވީސް ރިސޯޓެއް، ހުޅުލެ، ތިލަފުށި އަދި ގދ. ކާޑެއްދޫ، މެލޭޝިޔާ އަދި ސްރީލަންކާ ގައި ވޯޓުފޮށި ނުބަހައްޓަން އީސީ އިން ވަނީ ނިންމައިފަ އެވެ.

އީސީ އިން ބުނީ މި ނިންމުން ނިންމީ އެ ތަންތަނުގައި ވޯޓުލާން އެކަށީގެންވާ އަދަދަކަށް މީހުން ރަޖިސްޓްރީވި ވެފައި ނުވާތީ ކަމަށެވެ.

ނަމަވެސް އެ ތަންތަނަށް ރަޖިސްޓްރީވެފައި ތިބި މީހުންނަށް އަލުން ރަޖިސްޓްރީވާން އީސީ އިން މިހާރު ވަނީ ހުޅުވާލާފަ އެވެ. އަލުން ރަޖިސްޓްރީވުމަށް ދީފައިވާ މުއްދަތަކީ ފެބްރުވަރީ 26 ވާ ބުރާސްފަތި ދުވަހުގެ މެންދުރު ފަހު 1:30 ގެ ނިޔަލަށެވެ. 

އޭގެ އިތުރުން ވޯޓުގެ ސިއްރުކަން ގެއްލޭ މީހުންގެ މައުލޫމާތު އާއްމުކޮށް، ރީ-ރަޖިސްޓްރީވާން އެ މީހުންނަށް ވެސް ވަނީ ފުރުސަތު ދީފަ އެވެ. އެ މީހުންނަށް ވެސް އަލުން ރަޖިސްޓްރީވާން ބުރާސްފަތި ދުވަހުގެ މެންދުރުފަހު 1:30 އާ ހަމައަށް ފުރުސަތު ދީފައިވާ ކަމަށް އީސީ އިން ބުންޏެވެ.

މި އިންތިހާބުތަކަކީ އަންނަ އޭޕްރީލް މަހުގެ ހަތަރުވަނަ ދުވަހު ބާއްވާ މުހިންމު އިންތިހާބުތަކެ ކެވެ. ލޯކަލް ކައުންސިލް އިންތިހާބާއި އަންހެނުންގެ ތަރައްގީއަށް މަސައްކަތްކުރާ ކޮމިޓީގެ އިންތިހާބާ އެކު، ރިޔާސީ އިންތިހާބާއި މަޖިލިސް އިންތިހާބު އެއްކޮށްލުމާ ގުޅޭ ހިޔާލު ހޯދުމުގެ ވޯޓު ވެސް އެ ދުވަހު ބާއްވާނެ އެވެ.

މި އިންތިހާބަށް ރީ-ރަޖިސްޓްރީ ކުރުމުގެ މުއްދަތު މިދިޔަ އާދިއްތަ ދުވަހު ހަމަވިއިރު ފޯމު ހުށަހެޅީ 25،454 (ފަންސަވީސް ހާސް ހަތަރުސަތޭކަ ފަންސާސް ހަތަރު) މީހުންނެވެ.  މި އިންތިހާބުތަކުގައި މީގެ ކުރިން އިންތިހާބުތަކުގައި ވޯޓު ފޮށި އާއްމުކޮށް ބަހައްޓާ ބައެއް ތަންތަންތަނުގައި، ވޯޓު ފޮށި ނުބަހައްޓާ ކަން ފާހަގަކުރެވެ އެވެ. އޭގެ ތެރޭގައި ގިނަ އަދަދެއްގެ ދިވެހިން މަސައްކަތްކުރާ ބައެއް ރިސޯޓު ތަކާއި، ދިވެހީން ގިނަ އަދަދަކަށް ދިރިއުޅޭ މެލޭޝިއާ އަދި ސްރީލަންކާ ހިމެނެ އެވެ. 

އިލެކްޝަންސް ކޮމިޝަންލޯކަލް ކައުންސިލް އިންތިޚާބު 2026

ކޮމެންޓް

Like & Win

Giveaway
Powered by: Radient Heat Waters
Kent Grand Plus

Kent Grand Plus

Tap

އިތުރަށް ކިޔާލަން

ޕީއެންސީ ސަރުކާރުން އައްޑޫއަށް ބޮޑުތަނުން އިހުމާލުވެ މިދިޔަ ދެ އަހަރު ގެންދިޔައީ ދޮގު ހަދަމުން: އަބްދުﷲ ޝާހިދު

ޕީއެންސީ ސަރުކާރުން އައްޑޫއަށް ބޮޑުތަނުން އިހުމާލުވެ މިދިޔަ ދެ އަހަރު ގެންދިޔައީ ދޮގު ހަދަމުން: އަބްދުﷲ ޝާހިދު

25 ފެބުރުއަރީ 2026
އެމްޑީޕީގެ ރައީސް އަބްދުﷲ ޝާހިދު ލޯކަލް ކައުންސިލް އިންތިހާބުގެ ކެމްޕޭނަށް އައްޑޫ ސިޓީއަށް ފުރާވަޑައިގެންފި

އެމްޑީޕީގެ ރައީސް އަބްދުﷲ ޝާހިދު ލޯކަލް ކައުންސިލް އިންތިހާބުގެ ކެމްޕޭނަށް އައްޑޫ ސިޓީއަށް ފުރާވަޑައިގެންފި

24 ފެބުރުއަރީ 2026
އެމްޑީޕީ ޕިކަޕް ޖަލްސާ: "ރިޔާސީ އިންތިޚާބަށް ނުފޫޒު ފޯރުވާތީ އީސީ އަށް ހުށަހެޅި މައްސަލަ ނުބަލާނެ ކަމަށް އަންގައިފި"

އެމްޑީޕީ ޕިކަޕް ޖަލްސާ: "ރިޔާސީ އިންތިޚާބަށް ނުފޫޒު ފޯރުވާތީ އީސީ އަށް ހުށަހެޅި މައްސަލަ ނުބަލާނެ ކަމަށް އަންގައިފި"

24 ފެބުރުއަރީ 2026
ރާއްޖޭން ބޭރުގެ އެއްވެސް ޤައުމެއްގައި ކައުންސިލް އިންތިޚާބުގެ ވޯޓު ފޮށި ނުހުންނާނެ

ރާއްޖޭން ބޭރުގެ އެއްވެސް ޤައުމެއްގައި ކައުންސިލް އިންތިޚާބުގެ ވޯޓު ފޮށި ނުހުންނާނެ

24 ފެބުރުއަރީ 2026
އެމްޑީޕީ ދެމި އޮންނާނީ ޑިމޮކްރަސީ އާއި ރައްޔިތުންގެ ޙައްގުތައް ކަށަވަރު ކުރުމުގެ މަސައްކަތުގައި: ސައްލެ

އެމްޑީޕީ ދެމި އޮންނާނީ ޑިމޮކްރަސީ އާއި ރައްޔިތުންގެ ޙައްގުތައް ކަށަވަރު ކުރުމުގެ މަސައްކަތުގައި: ސައްލެ

24 ފެބުރުއަރީ 2026

އަހަރުތަކުން މިއަދު

18 މާރިޗު
ރަމަޟާން މަހުގެ ދުވަސްތައް ފާއިތުވެ ދަނީއެވެ. ޙާޞިލް ކުރެވުނީ ކިހައިވަރެއް ހެއްޔެވެ؟
20251 އަހަރު ކުރިން
އިސްލާމް

ރަމަޟާން މަހުގެ ދުވަސްތައް ފާއިތުވެ ދަނީއެވެ. ޙާޞިލް ކުރެވުނީ ކިހައިވަރެއް ހެއްޔެވެ؟

13 އަހަރުގެ ކުއްޖާ ރަހީނުކޮށް މަރާލި މައްސަލައިގައި ދައުވާ އުފުލި ކުޑަކުއްޖާގެ މައްޗަށް ކުށް ސާބިތުވެއްޖެ
20242 އަހަރު ކުރިން
ރާއްޖެ

13 އަހަރުގެ ކުއްޖާ ރަހީނުކޮށް މަރާލި މައްސަލައިގައި ދައުވާ އުފުލި ކުޑަކުއްޖާގެ މައްޗަށް ކުށް ސާބިތުވެއްޖެ

ސައްދާމު ޙުސައިންގެ ފަޚްރަކަށްވި "އަލް-މަންސޫރު": މިއަދު އެއީ މަސްވެރިންގެ ފިނި މައިޒާން
20233 އަހަރު ކުރިން
ތަފާތު ޚަބަރު

ސައްދާމު ޙުސައިންގެ ފަޚްރަކަށްވި "އަލް-މަންސޫރު": މިއަދު އެއީ މަސްވެރިންގެ ފިނި މައިޒާން

މަކަރާއި ހީލަތުން ފައިސާ ހޯދަން އިތުރުގޮތެއް، މިފަހަރު މަންމަނު މީހެއް!
20224 އަހަރު ކުރިން
ރިޕޯޓު

މަކަރާއި ހީލަތުން ފައިސާ ހޯދަން އިތުރުގޮތެއް، މިފަހަރު މަންމަނު މީހެއް!

ފުލުހުންގެ ޑީއެންއޭ ލެބޯޓަރީގެ ހެޑް އިއްތި، ބެއްލެވި ފުރަތަމަ ކޭސްއަކީ ޝީރީންގެ މަރުގެ މައްސަލަ!
20215 އަހަރު ކުރިން
ރިޕޯޓު

ފުލުހުންގެ ޑީއެންއޭ ލެބޯޓަރީގެ ހެޑް އިއްތި، ބެއްލެވި ފުރަތަމަ ކޭސްއަކީ ޝީރީންގެ މަރުގެ މައްސަލަ!

ނިއުޒިލެންޑް މުސްލިމުންނާ އެކު ތިބިކަން ހާމަ ކުރުމުން، ސިފައިންނަށް ތައުރީފު!
20197 އަހަރު ކުރިން
ރާއްޖެ

ނިއުޒިލެންޑް މުސްލިމުންނާ އެކު ތިބިކަން ހާމަ ކުރުމުން، ސިފައިންނަށް ތައުރީފު!

އާމިރު އާއި ވިސާމް ހައްޔަރުކުރުން: މި ރިޕޯޓް ކިޔާލަންޖެހޭ!
20188 އަހަރު ކުރިން
ރިޕޯޓު

އާމިރު އާއި ވިސާމް ހައްޔަރުކުރުން: މި ރިޕޯޓް ކިޔާލަންޖެހޭ!

ރާއްޖެކުޅިވަރުދުނިޔެވިޔަފާރި - އިގްތިސާދުރިޕޯޓުފޮޓޯވާހަކަސިއްހަތުތަފާތު ޚަބަރުލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު