Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - worldAdvertisement
ދުނިޔެޕާކިސްތާން- އަފްޣާނިސްތާން

ޕާކިސްތާނުގެ ހަނގުރާމަމަތީ ބޯޓުތަކުން އަފްޣާނިސްތާނުގެ ވެރިރަށް ކާބުލް އަށް ބޮން އަޅާ ހަނގުރާމަ އިއުލާނު ކޮށްފި

27 ފެބުރުއަރީ 2026 | ހުކުރު 02:16

ޕާކިސްތާނުގެ އަސްކަރީ މަތިންދާބޯޓުތަކުން އަފްޣާނިސްތާނުގެ ވެރިރަށް ކާބުލްއަށާއި ކަންދަހާރުގައި ހުންނަ އަސްކަރީ މަރުކަޒަކަށް ވަރުގަދަ ވައިގެ ހަމަލާތަކެއް ދީފި. ހުކުރު ދުވަހުގެ ފަތިހު ދިން މި ހަމަލާތަކަށް ރައްދުދިނުމުގެ ގޮތުން އަފްޣާނިސްތާނުގެ ސިފައިން ވަނީ އެންޓި-އެއާކްރާފްޓް ބަޑި ބޭނުންކޮށްގެން ޕާކިސްތާނުގެ ބޯޓުތަކަށް ހަމަލާދީފައި.

ރާއްޖެ އެމްވީ | 27 ފެބުރުއަރީ 2026 | ހުކުރު 02:16
2025 ވަނަ އަހަރުގެ އޮކްޓޫބަރު މަހު ޕާކިސްތާނާއި އަފްޣާނިސްތާނުގެ ސިފައިންގެ މެދުގައި ބަދަލުކުރެވުނު ހަމަލާތަކަށްފަހު، ކަންދަހާރު ޕްރޮވިންސްގެ ސްޕިން ބޯލްޑަކް ސަރަހައްދުގައި ހުންނަ އަފްޣާނިސްތާނާއި ޕާކިސްތާނު ގުޅޭ ބޯޑަރު ކައިރީގައި އަފްޣާން ތާލިބާން ހަނގުރާމަވެރިން ފޯރިމަރަމުންދަނީ (ފައިލް).

2025 ވަނަ އަހަރުގެ އޮކްޓޫބަރު މަހު ޕާކިސްތާނާއި އަފްޣާނިސްތާނުގެ ސިފައިންގެ މެދުގައި ބަދަލުކުރެވުނު ހަމަލާތަކަށްފަހު، ކަންދަހާރު ޕްރޮވިންސްގެ ސްޕިން ބޯލްޑަކް ސަރަހައްދުގައި ހުންނަ އަފްޣާނިސްތާނާއި ޕާކިސްތާނު ގުޅޭ ބޯޑަރު ކައިރީގައި އަފްޣާން ތާލިބާން ހަނގުރާމަވެރިން ފޯރިމަރަމުންދަނީ (ފައިލް). | ރޮއިޓާސް

ޕާކިސްތާނުގެ އަސްކަރީ މަތިންދާބޯޓުތަކުން އަފްޣާނިސްތާނުގެ ވެރިރަށް ކާބުލްއަށް ބޮން އަޅައިފިއެވެ. ދެ ގައުމު ގުޅޭ ބޯޑަރު ސަރަހައްދުގައި ހުރި ޕާކިސްތާނުގެ އަސްކަރީ މަރުކަޒުތަކަށް އަފްޣާނިސްތާނުގެ ސިފައިން ދިން ހަމަލާތަކާ ގުޅިގެން ދެ ގައުމުގެ ދެމެދުގައި ކުރިމަތިލުންތައް ވަރުގަދަވެފައިވާއިރު، އިސްލާމްއާބާދުން މިހާރު ވަނީ އަފްޣާނިސްތާނާ ދެކޮޅަށް "ފާޅުކަން ބޮޑު ހަނގުރާމައެއް" އިއުލާންކޮށްފައެވެ.

ކާބުލްގައި ހުރި އަލްޖަޒީރާގެ ރިޕޯޓަރު ނާސިރު ޝަދީދު ހުކުރު ދުވަހުގެ ފަތިހު ރިޕޯޓުކޮށްފައިވާ ގޮތުގައި، އެ ގައުމުގެ ގަޑިން މެންދަމު 1:50 ހާއިރު ޕާކިސްތާނުން ވަނީ ކާބުލްއަށް ބޮން އަޅާފައެވެ. އަދި އޭގެ ކުޑަވަގުތުކޮޅެއް ފަހުން ދެވަނަ ވައިގެ ހަމަލާއެއްވެސް ވަނީ ދީފައެވެ.

އަލް ޖަޒީރާ އިން ރިޕޯޓުކޮށްފައިވާ ގޮތުގައި، ޕާކިސްތާނުގެ ފުރަތަމަ ވައިގެ ހަމަލާއާއެކު އަފްޣާނިސްތާނުގެ އެންޓި-އެއާކްރާފްޓް ބަޑިތަކުން ހަމަލާދޭން ފަށާފައިވެއެވެ. އަދި ދެވަނަ ހަމަލާއަށް ފަހުވެސް އަފްޣާނިސްތާނުން ދިޔައީ މެދުނުކެނޑި ބަޑިޖަހަމުންނެވެ.

އަފްޣާނިސްތާނުގެ ސަރުކާރުގެ މަސްދަރަކުން އަލްޖަޒީރާއަށް ކަށަވަރުކޮށްދީފައިވާ ގޮތުގައި، ޕާކިސްތާނުގެ ވައިގެ ހަމަލާތައް ކާބުލްގެ އިތުރުން އެ ގައުމުގެ ދެކުނުގައި އޮންނަ ކަންދަހާރު ޕްރޮވިންސްގައި ހުންނަ އަސްކަރީ މަރުކަޒަކަށްވެސް ވަނީ އަމާޒުވެފައެވެ.

ޕާކިސްތާން-އަފްޣާނިސްތާން

އިތުރަށް ކިޔާލަން

29 ޖޫން 2026

ޕާކިސްތާނުން އަފްޣާނިސްތާނަށް ބޮން އަޅައިފި، 36 މީހަކު މަރުވެއްޖެ

29 ޖޫން 2026
ޕާކިސްތާނުން އަފްޣާނިސްތާނަށް ބޮން އަޅައިފި، 36 މީހަކު މަރުވެއްޖެ
20 ޖޫން 2026

ޕާކިސްތާނުގައި މަގުމަތީގައި ދިން ދެ ބޮމުގެ ހަމަލާއެއްގައި މަދުވެގެން ހަތް މީހުން މަރުވެއްޖެ

20 ޖޫން 2026
ޕާކިސްތާނުގައި މަގުމަތީގައި ދިން ދެ ބޮމުގެ ހަމަލާއެއްގައި މަދުވެގެން ހަތް މީހުން މަރުވެއްޖެ
19 ޖޫން 2026

އަފްޣާނިސްތާނުން ޕާކިސްތާނަށް ހަމަލާތަކެއް ދީފި

19 ޖޫން 2026
އަފްޣާނިސްތާނުން ޕާކިސްތާނަށް ހަމަލާތަކެއް ދީފި
14 ޖޫން 2026

ޕާކިސްތާން އިން ދިން ޙަމަލާއެއްގައި އަފްޣާނިސްތާނުގެ ބަޔަކު މަރުވެއްޖެ

14 ޖޫން 2026
ޕާކިސްތާން އިން ދިން ޙަމަލާއެއްގައި އަފްޣާނިސްތާނުގެ ބަޔަކު މަރުވެއްޖެ
10 ޖޫން 2026

ޕާކިސްތާނުން އަފްޣާން ބޯޑަރަށް ވަރުގަދަ ވައިގެ ހަމަލާތަކެއް ދީފި

10 ޖޫން 2026
ޕާކިސްތާނުން އަފްޣާން ބޯޑަރަށް ވަރުގަދަ ވައިގެ ހަމަލާތަކެއް ދީފި
28 ފެބުރުއަރީ 2026

ޠާލިބާނުންގެ ހަމަލާ ތަކުން ދިފާއުވުމުގެ ޙައްގު ޕާކިސްތާނަށް އޮންނާނެ: އެމެރިކާ

28 ފެބުރުއަރީ 2026
ޠާލިބާނުންގެ ހަމަލާ ތަކުން ދިފާއުވުމުގެ ޙައްގު ޕާކިސްތާނަށް އޮންނާނެ: އެމެރިކާ
27 ފެބުރުއަރީ 2026

ޕާކިސްތާނުގެ ހަމަލާތަކަށް ރައްދު ދިނުމަށް ތާލިބާނުން ވަރުގަދަ އަސްކަރީ އޮޕަރޭޝަނެއް ފަށައިފި

27 ފެބުރުއަރީ 2026
ޕާކިސްތާނުގެ ހަމަލާތަކަށް ރައްދު ދިނުމަށް ތާލިބާނުން ވަރުގަދަ އަސްކަރީ އޮޕަރޭޝަނެއް ފަށައިފި
22 ފެބުރުއަރީ 2026

ޕާކިސްތާނުން އަފްޣާނިސްތާނަށް ދިން ވައިގެ ހަމަލާތަކެއްގައި އާންމުންގެ ބަޔަކު މަރުވެއްޖެ

22 ފެބުރުއަރީ 2026
ޕާކިސްތާނުން އަފްޣާނިސްތާނަށް ދިން ވައިގެ ހަމަލާތަކެއްގައި އާންމުންގެ ބަޔަކު މަރުވެއްޖެ
23 ޑިސެމްބަރު 2025

ޕާކިސްތާނުގައި އުޅަނދަކަށް ހަމަލާދީ 4 ފުލުހުން މަރާލައިފި

23 ޑިސެމްބަރު 2025
ޕާކިސްތާނުގައި އުޅަނދަކަށް ހަމަލާދީ 4 ފުލުހުން މަރާލައިފި
06 ޑިސެމްބަރު 2025

ޕާކިސްތާނާއި އަފްޣާނިސްތާނުން އަނެއްކާ ވެސް ހަމަލާތައް ބަދަލު ކޮށްފި

06 ޑިސެމްބަރު 2025
ޕާކިސްތާނާއި އަފްޣާނިސްތާނުން އަނެއްކާ ވެސް ހަމަލާތައް ބަދަލު ކޮށްފި
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލުޓާމްސް އޮފްޔޫސް