Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - worldAdvertisement
ދުނިޔެޕާކިސްތާން

ޕާކިސްތާނުގައި އުޅަނދަކަށް ހަމަލާދީ 4 ފުލުހުން މަރާލައިފި

23 ޑިސެމްބަރު 2025 | އަންގާރަ 08:27

ހަމަލާގެ ޒިންމާ އެއްވެސް ގްރޫޕަކުން މިހާތަނަށް އުފުލާފައެއް ނުވޭ. ނަމަވެސް، މިކަމުގެ ތުހުމަތު އަފްޣާނިސްތާނުގެ ތާލިބާން ސަރުކާރާ ގުޅިފައިވާ ޕާކިސްތާން ތާލިބާން (ޓީޓީޕީ) އަށް ކުރެވޭނެ ކަމަށް ބެލެވޭ.

ރާއްޖެ އެމްވީ | 23 ޑިސެމްބަރު 2025 | އަންގާރަ 08:27
ސެޕްޓެމްބަރު 22، 2024 ގައި ޚައިބަރު ޕަޚްތުންޚުވާ ޕްރޮވިންސްގެ ސްވަޓް ޑިސްޓްރިކްޓްގެ މަލާމް ޖަބާގައި ބޮމެއް ގޮއްވާލި ތަނުގައި ހަލާކުވެފައިވާ ފުލުހުންގެ އުޅަނދެއް ކައިރީގައި، ތަހުގީގު ކުރިއަށް ދަނީ (ފައިލް)

ފާކިސްތާނުގެ ހުޅަނގު އުތުރުގައި އަންގާރަ ދުވަހު، ހަނގުރާމަވެރިން ކަމަށް ތުހުމަތު ކުރެވޭ ބަޔަކު ފުލުހުންގެ އުޅަނދަކަށް ހަމަލާދިނުމުގެ ސަބަބުން ހަތަރު ފުލުހުން މަރުވެފައިވާ ކަމަށް ކަމާބެހޭ ފަރާތްތަކުން ބުނެފިއެވެ.

މި ހާދިސާ ހިނގާފައިވަނީ އަފްޣާނިސްތާނުގެ ބޯޑަރު ސަރަހައްދުގައި ހަމަނުޖެހުންތައް ގިނަވެފައިވާ ދަނޑިވަޅެއްގައެވެ.

މި ހަމަލާ ދީފައިވަނީ ޚައިބަރު ޕަޚްތުންޚުވާ ޕްރޮވިންސްގެ ކަރަކް ޑިސްޓްރިކްޓްގައި ތެލާއި ގޭހުގެ މަޢުދަން ނަގާ ސަރަހައްދެއް ކައިރީގައި ފުލުހުން އާދައިގެ މަތިން ސަރަހައްދު ބެލެހެއްޓުމުގެ މަސައްކަތުގައި އުޅެނިކޮށް ކަމަށް އެ ސަރަހައްދުގެ ފުލުހުންގެ ވެރިޔާ ނޫރު ވަލީ ވިދާޅުވިއެވެ. މި ހާދިސާއާ ގުޅިގެން ގިނަ އަދަދެއްގެ ފުލުހުން އެ ސަރަހައްދު ވަށާލައި، ހަމަލާދިން ފަރާތްތައް ހޯދުމަށް ބޮޑު ސަރޗް އޮޕަރޭޝަނެއް ވަނީ ފަށާފައެވެ.

ޕާކިސްތާނުގެ އެތެރޭގެ ކަންތައްތަކާ ބެހޭ ވަޒީރު މުޙުސިން ނަޤުވީ އާއި ޚައިބަރް ޕަޚްތުންޚުވާގެ ޗީފް މިނިސްޓަރ ސުހައިލް އަފްރީދީ ވަކިވަކީން ބަޔާން ނެރުއްވައި މި ހަމަލާ ކުށްވެރިކުރެއްވިއެވެ. އެބޭފުޅުން ވިދާޅުވީ ހަމަލާދިން ފަރާތްތައް ޤާނޫނުގެ ކުރިމައްޗަށް ގެނެވޭނެ ކަމަށާއި، ޝަހީދުވި ފުލުހުންގެ އާއިލާތަކަށް ތައުޒިޔާ ފޮނުއްވާ ކަމަށެވެ.

މި ހަމަލާގެ ޒިންމާ އެއްވެސް ގްރޫޕަކުން މިހާތަނަށް އުފުލާފައެއް ނުވެއެވެ. ނަމަވެސް، މިކަމުގެ ތުހުމަތު އަފްޣާނިސްތާނުގެ ތާލިބާން ސަރުކާރާ ގުޅިފައިވާ ޕާކިސްތާން ތާލިބާން (ޓީޓީޕީ) އަށް ކުރެވޭނެ ކަމަށް ބެލެވެއެވެ. މީގެ ކުރިން ހިންގާފައިވާ އެތައް ހަމަލާއެއްގެ ފަހަތުގައި ޓީޓީޕީ އޮތް ކަމަށް ސަރުކާރުން ތުހުމަތުކުރެއެވެ.

ޕާކިސްތާނުގައި ހަނގުރާމަވެރި ހަމަލާތައް އިތުރުވަމުންދާތީ އަފްޣާނިސްތާނާގެ އެކު ޕާކިސްތާނުން އޮންނަ ގުޅުމަށް ވެސް ވަނީ ބުރޫއަރާފައެވެ. އިސްލާމާބާދުން ތުހުމަތުކުރަނީ 2021 ވަނަ އަހަރު ތާލިބާނުން އަފްޣާނިސްތާނުގެ ވެރިކަން ހޯދި ފަހުން ޓީޓީޕީން މިނިވަންކަމާއެކު އަފްޣާނިސްތާނުގެ ތެރޭގައި ހަރަކާތްތެރިވަމުންދާ ކަމަށެވެ. ނަމަވެސް މި ތުހުމަތު ކާބުލް އިން ވަނީ ދޮގުކޮށްފައެވެ.

ޕާކިސްތާންޚައިބަރު ޕަޚްތުންޚުވާޕާކިސްތާން ތާލިބާންޕާކިސްތާން-އަފްޣާނިސްތާން

އިތުރަށް ކިޔާލަން

20 ޑިސެމްބަރު 2025

އިމްރާން ޚާނާއި އަނބިކަނބަލުންނަށް އިތުރު 17 އަހަރުގެ ޖަލު ހުކުމެއް އިއްވައިފި

20 ޑިސެމްބަރު 2025
އިމްރާން ޚާނާއި އަނބިކަނބަލުންނަށް އިތުރު 17 އަހަރުގެ ޖަލު ހުކުމެއް އިއްވައިފި
06 ޑިސެމްބަރު 2025

ޕާކިސްތާނާއި އަފްޣާނިސްތާނުން އަނެއްކާ ވެސް ހަމަލާތައް ބަދަލު ކޮށްފި

06 ޑިސެމްބަރު 2025
ޕާކިސްތާނާއި އަފްޣާނިސްތާނުން އަނެއްކާ ވެސް ހަމަލާތައް ބަދަލު ކޮށްފި
03 ޑިސެމްބަރު 2025

އިމްރާން ޚާންގެ ޙާލު ކޮޅު ރަނގަޅު، ނަމަވެސް ޖަލުގައި ހުންނެވީ އެކަނިވެރި ކަމުގެ ތެރޭގައި

03 ޑިސެމްބަރު 2025
އިމްރާން ޚާންގެ ޙާލު ކޮޅު ރަނގަޅު، ނަމަވެސް ޖަލުގައި ހުންނެވީ އެކަނިވެރި ކަމުގެ ތެރޭގައި
02 ޑިސެމްބަރު 2025

ސްރީލަންކާ އަށް އެހީ ފޯރުކޮށްދިނުމަށް އިންޑިއާ އިން ހުރަސް އެޅި ކަމަށް ޕާކިސްތާނުން ބުނެފި

02 ޑިސެމްބަރު 2025
ސްރީލަންކާ އަށް އެހީ ފޯރުކޮށްދިނުމަށް އިންޑިއާ އިން ހުރަސް އެޅި ކަމަށް ޕާކިސްތާނުން ބުނެފި
24 ނޮވެމްބަރު 2025

ބަޑި ހިފައިގެން ތިބި ބަޔަކު ޕާކިސްތާނުގެ އަސްކަރީ މަރުކަޒަށް ހަމަލާދީ، ތިން މީހުން މަރާލައި، މަދުވެގެން ފަސް މީހުން ޒަހަމް ކޮށްލައިފި

24 ނޮވެމްބަރު 2025
ބަޑި ހިފައިގެން ތިބި ބަޔަކު ޕާކިސްތާނުގެ އަސްކަރީ މަރުކަޒަށް ހަމަލާދީ، ތިން މީހުން މަރާލައި، މަދުވެގެން ފަސް މީހުން ޒަހަމް ކޮށްލައިފި
21 ނޮވެމްބަރު 2025

ޕާކިސްތާނު ގައި ތެރަސް ހަދާ ކާރުޚާނާ އެއް ގޮވައި، މަދުވެގެން 16 މީހުން މަރު ވެއްޖެ

21 ނޮވެމްބަރު 2025
ޕާކިސްތާނު ގައި ތެރަސް ހަދާ ކާރުޚާނާ އެއް ގޮވައި، މަދުވެގެން 16 މީހުން މަރު ވެއްޖެ
11 ނޮވެމްބަރު 2025

ޕާކިސްތާނުގެ އިސްލާމްއާބާދު ގައި ކާރު ބޮމެއް ގޮއްވާލައިފި، 12 މީހުން މަރުވެއްޖެ

11 ނޮވެމްބަރު 2025
ޕާކިސްތާނުގެ އިސްލާމްއާބާދު ގައި ކާރު ބޮމެއް ގޮއްވާލައިފި، 12 މީހުން މަރުވެއްޖެ
29 އޮކްޓޯބަރު 2025

ޕާކިސްތާން އާއި އަފްޣާނިސްތާންގެ ސުލްޙައިގެ މަޝްވަރާތައް ފެއިލްވެއްޖެ

29 އޮކްޓޯބަރު 2025
ޕާކިސްތާން އާއި އަފްޣާނިސްތާންގެ ސުލްޙައިގެ މަޝްވަރާތައް ފެއިލްވެއްޖެ
27 އޮކްޓޯބަރު 2025

އަފްޣާނިސްތާން އާއި ޕާކިސްތާންގެ ހަމަނުޖެހުން ވަރަށް އަވަހަށް ޙައްލު ކުރައްވާނެ ކަމަށް ޓްރަމްޕް ވިދާޅުވެއްޖެ

27 އޮކްޓޯބަރު 2025
އަފްޣާނިސްތާން އާއި ޕާކިސްތާންގެ ހަމަނުޖެހުން ވަރަށް އަވަހަށް ޙައްލު ކުރައްވާނެ ކަމަށް ޓްރަމްޕް ވިދާޅުވެއްޖެ
19 އޮކްޓޯބަރު 2025

ޕާކިސްތާނާއި އަފްޣާނިސްތާނާ ދެމެދު ސުލްޙަ ޤާއިމު ކުރުމުގެ މަޝްވަރާތައް ދޯހާގައި ފަށައިފި

19 އޮކްޓޯބަރު 2025
ޕާކިސްތާނާއި އަފްޣާނިސްތާނާ ދެމެދު ސުލްޙަ ޤާއިމު ކުރުމުގެ މަޝްވަރާތައް ދޯހާގައި ފަށައިފި
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލުޓާމްސް އޮފްޔޫސް