Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - worldAdvertisement
ދުނިޔެ
ޕާކިސްތާން-އަފްޣާނިސްތާން

ޕާކިސްތާނުން އަފްޣާނިސްތާނަށް ދިން ވައިގެ ހަމަލާތަކެއްގައި އާންމުންގެ ބަޔަކު މަރުވެއްޖެ

މި ހަމަލާތަކަކީ ޕާކިސްތާނުގައި ދާދިފަހުން ދިން ޓެރަރިސްޓް ހަމަލާތަކުގެ ބަދަލުހިފުމެއް ކަމަށް އެ ގައުމުން ބުނާއިރު، ތާލިބާނުން ވަނީ މިއީ އާންމުންނަށް އަމާޒުކޮށް ދިން، ގައުމުގެ އިސްތިގުލާލަށް އަރައިގަތުމުގެ އަމަލެއް ކަމަށް ބުނެ ރައްދު ދޭނެ ކަމުގެ އިންޒާރު ދީފައި. މި ހާދިސާއާ ގުޅިގެން، ބޯޑަރު ސަރަހައްދުގައި ހަމަޖެހުން ގާއިމުކުރުމަށް ދެ ގައުމުން ކުރިން އެއްބަސްވެފައިވާ މަސައްކަތްތަކަށް ވަނީ ބޮޑެތި ގޮންޖެހުންތަކެއް ކުރިމަތިވެފައި.

ރާއްޖެ އެމްވީ | 22 ފެބުރުއަރީ 2026 | އާދީއްތަ 18:34
އަފްޣާނިސްތާނާއި ޕާކިސްތާނުގެ ބޯޑަރު ސަރަހައްދުގައި ހިނގި ކުރިމަތިލުންތަކަށް ފަހު، ކަންދަހާރު ޕްރޮވިންސްގެ ސްޕިން ބޯލްޑަކް ޑިސްޓްރިކްޓްގައި ހަލާކުވެފައިވާ ކާރެއްގެ ކައިރިން ތާލިބާނުންގެ ސަލާމަތީ ބާރުތަކުގެ މެންބަރުން ހިނގާފައިދަނީ: މި ހާދިސާ ހިނގާފައިވަނީ 2025 އޮކްޓޫބަރު 16 ވަނަ ދުވަހު.

އަފްޣާނިސްތާނާއި ޕާކިސްތާނުގެ ބޯޑަރު ސަރަހައްދުގައި ހިނގި ކުރިމަތިލުންތަކަށް ފަހު، ކަންދަހާރު ޕްރޮވިންސްގެ ސްޕިން ބޯލްޑަކް ޑިސްޓްރިކްޓްގައި ހަލާކުވެފައިވާ ކާރެއްގެ ކައިރިން ތާލިބާނުންގެ ސަލާމަތީ ބާރުތަކުގެ މެންބަރުން ހިނގާފައިދަނީ: މި ހާދިސާ ހިނގާފައިވަނީ 2025 އޮކްޓޫބަރު 16 ވަނަ ދުވަހު. | ގެޓީ އިމޭޖަސް

ޕާކިސްތާނުން އަފްޣާނިސްތާނަށް ދިން ވައިގެ ހަމަލާތަކެއްގައި، އަންހެނުންނާއި ކުޑަކުދިން ހިމެނޭހެން އެތައް ބަޔަކު މަރުވެ، ގިނަ ބަޔަކު ޒަޚަމްވެފައިވާ ކަމަށް ތާލިބާނުން ބުނެފިއެވެ.

ޕާކިސްތާނުގެ އިސްލާމްއާބާދުން ބުނި ގޮތުގައި، މި ހަމަލާތައް އަމާޒުކޮށްފައިވަނީ ޕާކިސްތާނާއި އަފްޣާނިސްތާނު ގުޅޭ ބޯޑަރު ކައިރީގައި ހުރި ހަނގުރާމަވެރިންގެ ހަތް ކޭމްޕަކަށާއި ހަނގުރާމަވެރިން ފިލައިގެން އުޅޭ ތަންތަނަށެވެ. އަދި މި ހަމަލާތައް ދީފައިވަނީ ދާދިފަހުން ޕާކިސްތާނުގައި ދިން ޖާނުން ފިދާވުމުގެ ބޮމުގެ ހަމަލާތަކާ ގުޅިގެން ކަމަށްވެސް އެ ގައުމުން ބުނެއެވެ.

އަފްޣާނިސްތާނުން ވަނީ މި ހަމަލާތައް ކުށްވެރިކޮށްފައެވެ. އަދި މި ހަމަލާތައް އަމާޒުވީ އާންމުން ދިރިއުޅޭ ގިނަ ގެތަކަކަށާއި ދީނީ މަދަރުސާއަކަށް ކަމަށް އެ ގައުމުން ބުނެފައިވެއެވެ.

މިދިޔަ އޮކްޓޯބަރު މަހު ބޯޑަރު ސަރަހައްދުގައި ހިނގި ނުރައްކާތެރި ކުރިމަތިލުންތަކަށްފަހު، ދެ ގައުމުގެ ދެމެދުގައި ހަނގުރާމަ ހުއްޓާލުމުގެ އެއްބަސްވުމަކަށް އައިސްފައިވީ ނަމަވެސް، އޭގެ ފަހުންވެސް ދޭތެރެ ދޭތެރެއިން ކުރިމަތިލުންތައް ވަނީ ހިނގާފައެވެ.

ތާލިބާނުންގެ ޑިފެންސް މިނިސްޓްރީން ބުނި ގޮތުގައި، ޕާކިސްތާނުގެ މި ހަމަލާތައް އަމާޒުވީ ނަންގަރްހާރް އަދި ޕަކްތިކާ ޕްރޮވިންސްގެ އާންމުން ދިރިއުޅޭ ސަރަހައްދުތަކަށެވެ.

ނަންގަރްހާރްގެ އޮފިޝަލުން ބީބީސީއަށް މައުލޫމާތު ދެއްވި ގޮތުގައި، ޝަހާބުއްދީން ކިޔާ މީހެއްގެ ގެއަށް ދިން ހަމަލާއެއްގައި، އޭނާގެ އާއިލާގެ 20 މެންބަރުން ވަނީ މަރުވެފައެވެ. މީގެ ތެރޭގައި އަންހެނުންނާއި ކުޑަކުދިން ހިމެނެއެވެ.

ޕާކިސްތާނުގެ މިނިސްޓްރީ އޮފް އިންފޮމޭޝަން އެންޑް ބްރޯޑްކާސްޓިންގް އިން ބުނީ، އެ ގައުމުން ހަމަލާ ދީފައިވަނީ ލިބިފައިވާ މައުލޫމާތަށް ބިނާކޮށް، ޓެރަރިސްޓުންގެ ހަތް ކޭމްޕަކަށާއި އެމީހުން ފިލައިގެން އުޅޭ ތަންތަނަށް ކަމަށެވެ.

އެކްސްގައި އާންމުކުރި ބަޔާނެއްގައި އެ މިނިސްޓްރީން ބުނީ، މި ހަމަލާތަކުގައި އަމާޒުކުރި މީހުންގެ ތެރޭގައި ޕާކިސްތާނުގައި މަނާކޮށްފައިވާ ތަހްރީކޭ ތާލިބާން ޕާކިސްތާން (ޓީޓީޕީ) ގެ މެންބަރުން ހިމެނޭ ކަމަށެވެ. ޕާކިސްތާނު ސަރުކާރުން މި ޖަމާއަތަށް ނިސްބަތްކުރަނީ "ފިތުނަ އަލް ޚަވާރިޖް" ގެ ނަމުންނެވެ. މީގެ އިތުރުން އެމީހުންނާ ގުޅުން އޮންނަ ގްރޫޕްތަކާއި އިސްލާމިކް ސްޓޭޓް-ޚުރާސާން ޕްރޮވިންސްގެ މެންބަރުންނަށްވެސް ހަމަލާ އަމާޒުވި ކަމަށް ބުނެފައިވެއެވެ.

މި ހަމަލާތަކަކީ، އަފްޣާނިސްތާނުގެ ކާބުލް ސަރުކާރުގެ ހިމާޔަތުގައި ތިބި ޓެރަރިސްޓް ގްރޫޕްތަކުން ދާދިފަހުން ޕާކިސްތާނުގައި ދިން ޖާނުން ފިދާވުމުގެ ބޮމުގެ ހަމަލާތަކަށް ދިން "ބަދަލުހިފުމުގެ ހަމަލާތަކެއް" ކަމަށް އެ މިނިސްޓްރީން ސިފަކޮށްފައިވެއެވެ.

ދާދިފަހުން ޕާކިސްތާނަށް ދިން ހަމަލާތަކުގެ ތެރޭގައި، މި މަހުގެ ކުރީކޮޅު ވެރިރަށް އިސްލާމްއާބާދުގައި ހުންނަ ޝިއައީ މިސްކިތަކަށް ދިން ހަމަލާއާއި، މި ހަފުތާގައި ރަމަޟާން މަސް ފެށުނު ފަހުން ހުޅަނގު އުތުރުގެ ޚައިބަރް ޕަޚްތުންޚުވާ ޕްރޮވިންސްގައި ދިން ހަމަލާތައް ހިމެނެއެވެ.

ހަނގުރާމަވެރިންނާ ދެކޮޅަށް ފިޔަވަޅު އެޅުމަށް އަފްޣާން ތާލިބާނުން ނުކުޅެދިފައިވާ ކަމަށް ޕާކިސްތާނުން ވަނީ ތުހުމަތުކޮށްފައެވެ. އަދި މި ހަމަލާތަކަކީ އަފްޣާނިސްތާނުގައި ތިބި އެމީހުންގެ ލީޑަޝިޕްގެ އިރުޝާދުގެ ދަށުން ދިން ހަމަލާތަކެއް ކަމުގެ "ސާފު ހެކި" އެބަހުރި ކަމަށްވެސް ޕާކިސްތާނުން ބުނެއެވެ.

ތާލިބާނުންގެ ޑިފެންސް މިނިސްޓްރީން ފަހުން އެކްސްގައި ކުރި ޕޯސްޓެއްގައި ބުނީ، މި ހަމަލާތަކަކީ "އަފްޣާނިސްތާނުގެ އިސްތިގުލާލަށް އަރައިގަތުން" ކަމަށް ބުނެ އެކަން ހަރުކަށި އިބާރާތުން ކުށްވެރިކުރާ ކަމަށެވެ. އަދި މިއީ ބައިނަލްއަގުވާމީ ގާނޫނުތަކާ ކަނޑައެޅިގެން ޚިލާފު އަމަލެއް ކަމަށްވެސް ބުނެފައިވެއެވެ.

އެ މިނިސްޓްރީން ވަނީ "މުނާސަބު ވަގުތެއްގައި އެކަށީގެންވާ ރައްދެއް ދޭނެ" ކަމުގެ އިންޒާރު ދީފައެވެ. އަދި އާންމުންގެ ތަންތަނަށާއި ދީނީ މަރުކަޒުތަކަށް ހަމަލާދިނުމުން ދޭހަވަނީ، ޕާކިސްތާނު ސިފައިންގެ އިންޓެލިޖެންސް އަދި ސަލާމަތީ ކަންކަން ފެއިލްވެފައިވާ މިންވަރު ކަމަށްވެސް ބުނެފައިވެއެވެ.

މި ހަމަލާތައް މި ދިނީ، މިދިޔަ އޮކްޓޯބަރު މަހު ބޯޑަރުގައި ހިނގި ކުރިމަތިލުންތަކުގައި ކާބުލްއިން ހައްޔަރުކުރި ޕާކިސްތާނުގެ ތިން ސިފައިން، ސައުދީ އަރަބިއްޔާ މެދުވެރިވެގެން މި ހަފުތާގެ ކުރީކޮޅު މިނިވަންކޮށްފައި ވަނިކޮށެވެ.

އޮކްޓޯބަރު މަހުގެ އެ ކުރިމަތިލުންތަކަކީ 2021 ވަނަ އަހަރު ތާލިބާނުން އަލުން ވެރިކަމަށް އައި ފަހުން ހިނގި އެންމެ ނުރައްކާތެރި ހަމަލާތަކެވެ. އެ ކުރިމަތިލުންތައް ނިމުމަކަށް އައީ އެ މަހު އެކުލަވާލި ވަގުތީ ހަނގުރާމަ ހުއްޓާލުމުގެ އެއްބަސްވުމަކާ އެކުގައެވެ.

ޕާކިސްތާނާއި އަފްޣާނިސްތާނުން ހިއްސާކުރަނީ 1,600 މޭލު (2,574 ކިލޯމީޓަރު) ގެ ފަރުބަދަަމަތީ ބޯޑަރެކެވެ.

މަސްދަރު: ބީބީސީ

ޕާކިސްތާން-އަފްޣާނިސްތާންތާލިބާންތަހްރީކޭ ތާލިބާން ޕާކިސްތާން

ކޮމެންޓް

އިތުރަށް ކިޔާލަން

ޕާކިސްތާނުގައި އުޅަނދަކަށް ހަމަލާދީ 4 ފުލުހުން މަރާލައިފި

ޕާކިސްތާނުގައި އުޅަނދަކަށް ހަމަލާދީ 4 ފުލުހުން މަރާލައިފި

23 ޑިސެމްބަރު 2025
ޕާކިސްތާނާއި އަފްޣާނިސްތާނުން އަނެއްކާ ވެސް ހަމަލާތައް ބަދަލު ކޮށްފި

ޕާކިސްތާނާއި އަފްޣާނިސްތާނުން އަނެއްކާ ވެސް ހަމަލާތައް ބަދަލު ކޮށްފި

06 ޑިސެމްބަރު 2025
އަފްޣާނިސްތާނަށް ބޮން އަޅައިފި، ތާލިބާން ސަރުކާރުން ބުނަނީ ހަމަލާ ދިނީ ޕާކިސްތާނުން ކަމަށް

އަފްޣާނިސްތާނަށް ބޮން އަޅައިފި، ތާލިބާން ސަރުކާރުން ބުނަނީ ހަމަލާ ދިނީ ޕާކިސްތާނުން ކަމަށް

25 ނޮވެމްބަރު 2025
ބަޑި ހިފައިގެން ތިބި ބަޔަކު ޕާކިސްތާނުގެ އަސްކަރީ މަރުކަޒަށް ހަމަލާދީ، ތިން މީހުން މަރާލައި، މަދުވެގެން ފަސް މީހުން ޒަހަމް ކޮށްލައިފި

ބަޑި ހިފައިގެން ތިބި ބަޔަކު ޕާކިސްތާނުގެ އަސްކަރީ މަރުކަޒަށް ހަމަލާދީ، ތިން މީހުން މަރާލައި، މަދުވެގެން ފަސް މީހުން ޒަހަމް ކޮށްލައިފި

24 ނޮވެމްބަރު 2025
އަފްޣާނިސްތާނާއި ޕާކިސްތާނާ ދެމެދު ކުރިއަށް ގެންދިޔަ ސުލްހައިގެ ވާހަކަތައް އަނެއްކާ ވެސް ފެއިލް ވެއްޖެ

އަފްޣާނިސްތާނާއި ޕާކިސްތާނާ ދެމެދު ކުރިއަށް ގެންދިޔަ ސުލްހައިގެ ވާހަކަތައް އަނެއްކާ ވެސް ފެއިލް ވެއްޖެ

08 ނޮވެމްބަރު 2025

އަހަރުތަކުން މިއަދު

22 މެއި
ހުކުރު ދުވަހު ހެނދުނު ޔަމަނުން އިސްރާއީލަށް މިސައިލު ހަމަލާ އެއް ދީފި
20251 އަހަރު ކުރިން
ދުނިޔެ

ހުކުރު ދުވަހު ހެނދުނު ޔަމަނުން އިސްރާއީލަށް މިސައިލު ހަމަލާ އެއް ދީފި

ދާއިމީ އެކަނިވެރިކަމުން ސިކުނޑިއަށް ބޮޑު ގެއްލުމެއް... ދެވޭ ލަފާއަކީ އެންމެ ރަނގަޅު ހައްލުބާ؟
20242 އަހަރު ކުރިން
ތަފާތު ޚަބަރު

ދާއިމީ އެކަނިވެރިކަމުން ސިކުނޑިއަށް ބޮޑު ގެއްލުމެއް... ދެވޭ ލަފާއަކީ އެންމެ ރަނގަޅު ހައްލުބާ؟

ނިލަންދޫ ދާއިރާގެ މެންބަރު މުހުސިން އެމްޑީޕީއަށް ސޮއިކުރައްވައިފި
20233 އަހަރު ކުރިން
ރާއްޖެ

ނިލަންދޫ ދާއިރާގެ މެންބަރު މުހުސިން އެމްޑީޕީއަށް ސޮއިކުރައްވައިފި

މާވިން: މީހަކު ހޭނައްތާލާނެ ގޮތް ފޯނުން ސާރޗް ކުރީ ބަޔަަކު ބިރުދަައްކާތީ
20224 އަހަރު ކުރިން
ރިޕޯޓު

މާވިން: މީހަކު ހޭނައްތާލާނެ ގޮތް ފޯނުން ސާރޗް ކުރީ ބަޔަަކު ބިރުދަައްކާތީ

ބްލެކް ފަންގަސް ފެތުރެމުން ދަނިކޮށް ވައިޓް ފަންގަސް ވެސް ފެނިއްޖެ
20215 އަހަރު ކުރިން
ދުނިޔެ

ބްލެކް ފަންގަސް ފެތުރެމުން ދަނިކޮށް ވައިޓް ފަންގަސް ވެސް ފެނިއްޖެ

ބިދޭސީން ގަވާއިދާ ހިލާފަށް މަސައްކަތް ކުރަނީ އެ މީހުން ގެންނަ މީހާގެ އިހުމާލުން: ތޮލާލް
20197 އަހަރު ކުރިން
ރާއްޖެ

ބިދޭސީން ގަވާއިދާ ހިލާފަށް މަސައްކަތް ކުރަނީ އެ މީހުން ގެންނަ މީހާގެ އިހުމާލުން: ތޮލާލް

ކުރުނބާގެ އަގު ބޮޑުވިއިރު ކޮޕީ ފަތް ލިބުމަށް ދަތިވެއްޖެ!
20188 އަހަރު ކުރިން
ވިޔަފާރި-އިގްތިސާދު

ކުރުނބާގެ އަގު ބޮޑުވިއިރު ކޮޕީ ފަތް ލިބުމަށް ދަތިވެއްޖެ!

ރާއްޖެކުޅިވަރުދުނިޔެވިޔަފާރި - އިގްތިސާދުރިޕޯޓުފޮޓޯވާހަކަސިއްހަތުތަފާތު ޚަބަރުލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު