Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - newsAdvertisement
ރާއްޖެ
ލޯކަލް ކައުންސިލް އިންތިހާބު

ރާއްޖޭން ބޭރުގެ އެއްވެސް ޤައުމެއްގައި ކައުންސިލް އިންތިޚާބުގެ ވޯޓު ފޮށި ނުހުންނާނެ

ވޯޓުލާން އެކަށީގެންވާ އަދަދަކަށް މީހުން ރަޖިސްޓްރީ ނުވުމުގެ ސަބަބުން ރާއްޖޭން ބޭރުގެ އެއްވެސް ޤައުމެއްގަ އާއި ބައެއް ރިސޯޓުތަކުގެ އިތުރުން ސިނާޢީ ސަރަޙައްދުތަކުގައި ވޯޓުފޮށި ނުބަހައްޓާނެ. މި އިންތިޚާބުގައި ޖުމްލަ 1,356 މެންބަރުން އިންތިޚާބުކުރާއިރު، 294,937 މީހުންނަށް ވޯޓުލުމުގެ ޙައްޤު ލިބިގެންވޭ.

މަޚްތޫމް
މަޚްތޫމް, ރާއްޖެ އެމްވީ | 24 ފެބުރުއަރީ 2026 | އަންގާރަ 11:29
ރަށްވެހިވެފައިވާ ތަން ނޫން އެހެން ތަނެއްގައި ވޯޓުލުމަށް 26،454 މީހުން ވަނީ ރީރެޖިސްޓާ ވެފައި.

ރަށްވެހިވެފައިވާ ތަން ނޫން އެހެން ތަނެއްގައި ވޯޓުލުމަށް 26،454 މީހުން ވަނީ ރީރެޖިސްޓާ ވެފައި. | އިލެކްޝަންސް ކޮމިޝަން

ލޯކަލް ކައުންސިލްތަކުގެ އިންތިޚާބާއި އަންހެނުންގެ ތަރައްޤީއަށް މަސައްކަތްކުރާ ކޮމިޓީގެ އިންތިޚާބު އަދި ރައްޔިތުންގެ ޚިޔާލު ހޯދުމުގެ ޢާންމު ވޯޓު 2026 ގައި ވޯޓުލާން ރަޖިސްޓަރީވެފައިވާ ތަން ނޫން އެހެން ތަނަކަށް ވޯޓުލުމަށްޓަކައި ރަޖިސްޓަރީވުމުގެ ފުރުޞަތު ހަމަވި އިރު ރީ-ރަޖިސްޓްރީ ވެފައިވަނީ 26,454 މީހަކު ކަމަށް އިލެކްޝަންސް ކޮމިޝަނުން ބުނެފި އެވެ. 

ލޯކަލް ކައުންސިލް އަދި އަންހެނުންގެ ތަރައްގީއަށް މަސައްކަތް ކުރާ ކޮމިޓީއާއި ހިޔާލު ހޯދުމުގެ އާންމު ވޯޓު ނެގުން އޮންނާނީ އެޕްރީލް މަހުގެ 4 ވަނަ ދުވަހު އެވެ. ރީ-ރަޖިސްޓްރީ ވާން ހުޅުވާލީ މި މަހުގެ 10 ވަނަ ދުވަހު އެވެ. އަދި 15 ވަނަ ދުވަހު މުއްދަތު ހަމަވި ނަމަވެސް، ފެންނަ ނުފެންނަ ވޯޓާއި ގުޅިގެން 21 ފެބްރުއަރީ އަށް ރީ-ރަޖިސްޓްރީވުމުގެ ފުރުސަތު އިތުރު ކުރި އެވެ. 

Advertisement - newsAdvertisement

މި މުއްދަތުގެ ތެރޭގައި 26,454 މީހަކު ރީ ރަޖިސްޓްރީވެފައިވެ އެވެ. މީގެ ތެރޭގައި ޖަލުތަކުގައި ވޯޓުލާން 1،326 މީހުން،  ސިނާއީ ސަރަހައްދުގައި ވޯޓުލުމަށް 11 މީހުން، މެލޭޝިޔާގައި ވޯޓުލާން 499 މީހުން އަދި ސްރީލަންކާގައި ވޯޓުލާން 189 މީހުން ރީރަޖިސްޓަރީވެފައިވެ އެވެ. އަދި ރަށްރަށާއި މާލޭގައި ވޯޓުލާން 24،429 މީހުން ރީރަޖިސްޓަރީ ވި އެވެ.

އިލެކްޝަންސް ކޮމިޝަނުން ބުނީ އިންތިޚާބުގައި 29 ރިސޯޓެއްގައި ވޯޓުފޮށި ނުބަހައްޓާނެކަމަށެވެ. ވޯޓު ފޮށި ބެހެއްޓޭ ވަރަށް ރީ-ރަޖިސްޓްރީވީ 21 ރިސޯޓުންނެވެ. ސިނާޢީ މަސައްކަތްކުރާ ތަންތަނުގެ ތެރެއިން ހުޅުލެއާއި ތިލަފުއްޓާއި ގދ.ކާޑެއްދޫ ގައި އެކަށީގެންވާ ވަރަށް ރީ-ރަޖިސްޓްރީ ވެފައި ނުވާތީ ވޯޓު ފޮށި ނުބަހައްޓާނެ އެވެ. މީގެ އިތުރުން ބޭރުގެ އެއްވެސް ގައުމަކުން ވޯޓުފޮށީގެ އަދަދު ހަމަވާ ވަރަށް ރީރަޖިސްޓްރީވެފައި ނުވާތީ އެއްވެސް ޤައުމެއްގައި ވޯޓު ފޮށި ނުބަހައްޓާނެ ކަމަށް އިލެކްޝަންސް ކޮމިޝަނުން ބުނެ އެވެ. 

އިންތިޚާބު ކުރިއަށްދާނީ 2026 އެޕްރީލް 4 ވާ ހޮނިހިރު ދުވަހުގެ ހެނދުނު 8 އިން ހަވީރު 4 އަށެވެ. މިފަހަރުގެ އިންތިޚާބުގައި ކައުންސިލްތަކުގެ ޖުމްލަ 225 ދާއިރާއަކަށް މެންބަރުން އިންތިޚާބު ކުރަންޖެހެ އެވެ. އަދި ލޯކަލް ކައުންސިލްތަކަށް 678 މެންބަރުން އިންތިޚާބުކުރަންޖެހޭއިރު، އަންހެނުންގެ ތަރައްޤީއަށް މަސައްކަތްކުރާ ކޮމިޓީތަކަށްވެސް 678 އިންތިޚާބުކުރަންޖެހެ އެވެ. އެހެންކަމުން މިފަހަރުގެ އިންތިޚާބުގައި ޖުމްލަ 1,356 މެންބަރުން އިންތިޚާބުކުރެވިގެންދާނެ އެވެ. އަދި މިއަހަރު ބާއްވާ އިންތިޚާބުގައި 144,527 އަންހެނުންނާއި، 150,410 ފިރިހެނުން ހިމެނޭހެން ޖުމްލަ 294,937 މީހުންނަށް ވޯޓުލުމުގެ ޙައްޤު ލިބިފައިވެެ އެވެ.

އިލެކްޝަންސް ކޮމިޝަންލޯކަލް ކައުންސިލް އިންތިޚާބު 2026

ކޮމެންޓް

އިތުރަށް ކިޔާލަން

އެމްޑީޕީ ދެމި އޮންނާނީ ޑިމޮކްރަސީ އާއި ރައްޔިތުންގެ ޙައްގުތައް ކަށަވަރު ކުރުމުގެ މަސައްކަތުގައި: ސައްލެ

އެމްޑީޕީ ދެމި އޮންނާނީ ޑިމޮކްރަސީ އާއި ރައްޔިތުންގެ ޙައްގުތައް ކަށަވަރު ކުރުމުގެ މަސައްކަތުގައި: ސައްލެ

24 ފެބުރުއަރީ 2026
އިންތިޚާބުތައް އެއްކޮށްލުމުގައި އޮތީ އެންމެ ބޭނުމެއް، އެއީ ރައްޔިތުންގެ ވޯޓުލުމުގެ ހައްގު ނިގުޅައިގަތުން: ނިޔާޒް

އިންތިޚާބުތައް އެއްކޮށްލުމުގައި އޮތީ އެންމެ ބޭނުމެއް، އެއީ ރައްޔިތުންގެ ވޯޓުލުމުގެ ހައްގު ނިގުޅައިގަތުން: ނިޔާޒް

24 ފެބުރުއަރީ 2026
ރައީސުލްޖުމްހޫރިއްޔާ، އިލެކްޝަންސް ކޮމިޝަނުގެ މެންބަރުކަމުގެ މަޤާމަށް ބޭފުޅަކު، ޢައްޔަންކުރައްވައިފި

ރައީސުލްޖުމްހޫރިއްޔާ، އިލެކްޝަންސް ކޮމިޝަނުގެ މެންބަރުކަމުގެ މަޤާމަށް ބޭފުޅަކު، ޢައްޔަންކުރައްވައިފި

23 ފެބުރުއަރީ 2026
ސިވިލް ސަރވިސް މުވައްޒަފުންގެ މުސާރަ ވީ ކުޑަ، ބާވީސް ހާސް ލިބުނު މީހާ އަށް ލިބެނީ ސާދަހާސް ރުފިޔާ: އާޒިމް

ސިވިލް ސަރވިސް މުވައްޒަފުންގެ މުސާރަ ވީ ކުޑަ، ބާވީސް ހާސް ލިބުނު މީހާ އަށް ލިބެނީ ސާދަހާސް ރުފިޔާ: އާޒިމް

23 ފެބުރުއަރީ 2026
މިސަރުކާރުން ބޭނުންވާ ގޮތަށް އިންތިޚާބުތައް ކާމިޔާބު ކުރުމަށް މުޅި މާލިއްޔަތު އެކުއެކީގައި އަރިކޮށްލާނެ: މެންބަރު މީކާއީލް

މިސަރުކާރުން ބޭނުންވާ ގޮތަށް އިންތިޚާބުތައް ކާމިޔާބު ކުރުމަށް މުޅި މާލިއްޔަތު އެކުއެކީގައި އަރިކޮށްލާނެ: މެންބަރު މީކާއީލް

22 ފެބުރުއަރީ 2026

އަހަރުތަކުން މިއަދު

17 މެއި
ވިލާ ޓްރެވެލްސްގެ ޙިދުމަތްތައް އިތުރަށް ފުޅާކޮށް، ޗާންދަނީ މަގުގައި އައު އޮފީސް ހުޅުވައިފި
20251 އަހަރު ކުރިން
ވިޔަފާރި-އިގްތިސާދު

ވިލާ ޓްރެވެލްސްގެ ޙިދުމަތްތައް އިތުރަށް ފުޅާކޮށް، ޗާންދަނީ މަގުގައި އައު އޮފީސް ހުޅުވައިފި

އެންމެ ނާކާމިޔާބު ކެންޑިޑޭޓު، ފިސާރި ކާމިޔާބު!
20242 އަހަރު ކުރިން
ތަފާތު ޚަބަރު

އެންމެ ނާކާމިޔާބު ކެންޑިޑޭޓު، ފިސާރި ކާމިޔާބު!

މުސްކުޅި ބައްޕަގެ ހާލަތު ފެނިފައި އަސަރު ކުރީ ދުރު ހިލޭ މީހަކަށް!
20233 އަހަރު ކުރިން
ރިޕޯޓު

މުސްކުޅި ބައްޕަގެ ހާލަތު ފެނިފައި އަސަރު ކުރީ ދުރު ހިލޭ މީހަކަށް!

ޔޫރަޕްގެ ބަޔެއް ގައުމުތަކުގައި މަންކީ ޕޮކްސް ފެތުރެންފަށައިފި
20224 އަހަރު ކުރިން
ދުނިޔެ

ޔޫރަޕްގެ ބަޔެއް ގައުމުތަކުގައި މަންކީ ޕޮކްސް ފެތުރެންފަށައިފި

ފަތާފައި ސްޕެއިނަށް އެރި ގިނަ އަދަދެއްގެ ބަޔަކު އަނބުރާ ފޮނުވާލައިފި
20215 އަހަރު ކުރިން
ދުނިޔެ

ފަތާފައި ސްޕެއިނަށް އެރި ގިނަ އަދަދެއްގެ ބަޔަކު އަނބުރާ ފޮނުވާލައިފި

މަޖިލިސް ރައީސް ކަމަށް ގެނައުމަށް ރައީސް ޞާލިހް \"ލޮބީ\" ކުރައްވަނީ އަފީފް އަށް!
20197 އަހަރު ކުރިން
ރާއްޖެ

މަޖިލިސް ރައީސް ކަމަށް ގެނައުމަށް ރައީސް ޞާލިހް \"ލޮބީ\" ކުރައްވަނީ އަފީފް އަށް!

ލަފުޒު ވަކިކޮށް ލިޔުމުގެ ގަވާއިދު
20188 އަހަރު ކުރިން
ދިވެހި ބަސް

ލަފުޒު ވަކިކޮށް ލިޔުމުގެ ގަވާއިދު

ރާއްޖެކުޅިވަރުދުނިޔެވިޔަފާރި - އިގްތިސާދުރިޕޯޓުފޮޓޯވާހަކަސިއްހަތުތަފާތު ޚަބަރުލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު