Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - worldAdvertisement
ދުނިޔެސައޫދީ އަރަބިއްޔާ

ހައްޖުވެރިން ހެނދުނު 10:00ން ހަވީރު 4:00ށް ކޭމްޕުން ބޭރަށް ނުނިކުންނަށް އިލްތިމާސް ކޮށްފި

މި ފިޔަވަޅު އެޅީ ޢަރަފާތު ދުވަހުގެ ފިނިހޫނުމިން ވަރަށް މައްޗަށް ހިނގައިދާނެ ކަމަށް ލަފާކޮށް، ހޫނުގެ ސަބަބުން ސިއްހީ މައްސަލަތައް ކޮންޓްރޯލު ކުރުމަށް ކަމަށް ސައުދީ ސަރުކާރުން ބުނޭ

ރާއްޖެ އެމްވީ | 4 ޖޫން 2025 | ބުދަ 10:45
ސައުދީ އަރަބިއްޔާގެ މައްކާގެ މަގުތަކުގައި ހައްޖުވެރިންގެ ބަޔަކު ހިނގާފައި ދަނީ - 2 ޖޫން 2025

ސައުދީ އަރަބިއްޔާގެ މައްކާގެ މަގުތަކުގައި ހައްޖުވެރިންގެ ބަޔަކު ހިނގާފައި ދަނީ - 2 ޖޫން 2025

ހޫނުގެ ސަބަބުން ހެނދުނު 10:00 އިން ހަވީރު 4:00 އަށް ހައްޖުވެރިން އެމީހުންގެ ކޭމްޕްތަކުން ބޭރަށް ނުނިކުންނަށް ސައުދީ ސަރުކާރުން އިލްތިމާސް ކޮށްފިއެވެ.

މި ފިޔަވަޅު އެޅީ ޢަރަފާތު ދުވަހުގެ ފިނިހޫނުމިން ވަރަށް މައްޗަށް ހިނގައިދާނެ ކަމަށް ލަފާކޮށް، ހޫނުގެ ސަބަބުން ސިއްހީ މައްސަލަތައް ކޮންޓްރޯލު ކުރުމަށް ކަމަށް ސައުދީ އަރަބިއްޔާގެ ޙައްޖާއި ޢުމްރާ އާ ބެހޭ މިނިސްޓަރ ތައުފީޤް އަލް ރަބީޢާ ވިދާޅުވިއެވެ.

މައްކާގެ ފިނިހޫނު މިން ދުވާލުގެ ގަޑީގައި 40 ޑިގުރީ ސެލްސިއަސް އަށް އަރާކަމަށް ރެކޯޑް ކުރެވިފައިވެއެވެ.

ހުސްވި އަހަރުގެ ހައްޖުގެ ތެރޭގައި ގަދަ ހޫނުގެ ސަބަބުން އެތައް ބަޔަކު ނިޔާވެފައިވާއިރު، ހުސްވި އަހަރު 51.8 ޑިގުރީ ސެލްސިއަސް އަށް ފިނިހޫނު މިން އަރައިގެން ދިޔަކަން ފާހަގަ ކުރެވެއެވެ.

ހޫނު ގަދަ ގަޑިތަކުގައި ބޭރުގައި ނޫޅުމަށް ސައުދީ ހައްޖާ ބެހޭ މިނިސްޓަރު ވިދާޅުވީ އާދީއްތަ ދުވަހު ޖިއްދާގައި ނިމުނު 49 ވަނަ ޙައްޖު ސިމްޕޯޒިއަމްގެ ހަވާސާ ގައި އެކި ޤައުމުތަކުގެ ޙައްޖު މިޝަންތަކުގެ އިސްވެރިންނާއެކު ބޭއްވުނު ބައްދަލުވުމެއްގައި ކަމަށް ސައުދީ މީޑިއާ އިން ރިޕޯޓު ކޮށްފައިވެއެވެ.

މުޤައްދަސް ތަންތަނުގައި ހައްޖުވެރިންގެ ހަރަކާތްތަކާ ގުޅޭގޮތުން ގަވާއިދުތަކަށް ކަނޑައެޅިގެން ޢަމަލު ކުރުމަށް ޙައްޖުގެ ކަންތައްތަކާ ބެހޭ އޮފީސްތަކަށް އަލް ރަބީޢާ ވަނީ އަންގަވާފައެވެ. އަދި ހައްޖުވެރިންގެ ސަލާމަތާއި ރައްކާތެރިކަމާ އެކު އެންމެ ފުރިހަމަ ގޮތުގައި އަޅުކަން އަދާކުރުމުގެ މުހިންމުކަން އޭނާ ފާހަގަ ކުރެއްވިއެވެ. ޢަރަފާތުން މުޒްދަލިފާ އަށް ދަތުރު ކުރުމުގައި ހިނގާފައި ދިއުމުގެ ބަދަލުގައި ކަނޑައެޅިފައިވާ ދަތުރުފަތުރުގެ ވަސީލަތްތައް ބޭނުންކުރުމުގެ މުހިންމުކަން މިނިސްޓަރު ފާހަގަ ކުރެއްވިއެވެ.

މަސްޖިދުލް ޙަރާމަށާއި، މުޤައްދަސް އެހެން ތަންތަނަށް ވަނުމަށާއި، އާންމު ދަތުރުފަތުރުގެ ވަސީލަތްތައް ބޭނުން ކުރުމަށް ނުސުކް ކާޑު ބޭނުން ކުރުން ލާޒިމު ކޮށްފައިވާ ކަމަށާއި، އެ ކާޑުގެ މުހިންމު ދައުރު އަލް ރަބީޢާ ފާހަގަ ކުރެއްވިއެވެ. އަޅުކަން އަދާކުރުމާއި ގަވާއިދާ ޚިލާފުވުން ހުއްޓުވުމަށް މިހާރު އެ ކާޑަކީ މުހިންމު ވަސީލަތެއް ކަމަށް އޭނާ ވިދާޅުވިއެވެ.

ހައްޖުވެރިންގެ ރައްކާތެރިކަމާއި ފުރިހަމަ ޙައްޖުގެ ތަޖުރިބާއެއް ކަށަވަރު ކުރުމަށްޓަކައި، ޙައްޖު ހުއްދަ ޗެކްކުރުން ވަރަށް ބޮޑަށް އިތުރު ކުރެވޭނެ ކަމަށް މިނިސްޓަރު ވިދާޅުވިއެވެ.

ޙާޖީންސައޫދީ އަރަބިއްޔާމައްކާބަނޑުހައި ހޫނުކަންތައުފީޤް އަލް ރަބީޢާހައްޖު 1446

އިތުރަށް ކިޔާލަން

08 ޑިސެމްބަރު 2025

އިސްލާޙު ބޭނުން ވަނީ އިސްރާއީލްގެ ސަރުކާރަށް، ފަލަސްޠީނަކަށް ނޫން: ސައުދީގެ އިސް ޑިޕްލޮމަޓް މަނާލް

08 ޑިސެމްބަރު 2025
އިސްލާޙު ބޭނުން ވަނީ އިސްރާއީލްގެ ސަރުކާރަށް، ފަލަސްޠީނަކަށް ނޫން: ސައުދީގެ އިސް ޑިޕްލޮމަޓް މަނާލް
20 ނޮވެމްބަރު 2025

ސައުދީ ވަލީއަހުދުގެ އެދިވަޑައިގަތުމަށް ސޫދާނުގެ ހަނގުރާމަ ހުއްޓުވުމަށް ޓްރަމްޕް މަސައްކަތް ފަށައިފި

20 ނޮވެމްބަރު 2025
ސައުދީ ވަލީއަހުދުގެ އެދިވަޑައިގަތުމަށް ސޫދާނުގެ ހަނގުރާމަ ހުއްޓުވުމަށް ޓްރަމްޕް މަސައްކަތް ފަށައިފި
18 ނޮވެމްބަރު 2025

ހަ ސަތޭކަ ބިލިއަން ޑޮލަރުގެ ޑީލުގެ މަޝްވަރާތަކަށް ސައުދީ ވަލީއަހުދު އެމެރިކާ އަށް ވަޑައިގަތުމުން ޓްރަމްޕް ހޫނު މަރުހަބާ އެއް ދަންނަވައިފި

18 ނޮވެމްބަރު 2025
ހަ ސަތޭކަ ބިލިއަން ޑޮލަރުގެ ޑީލުގެ މަޝްވަރާތަކަށް ސައުދީ ވަލީއަހުދު އެމެރިކާ އަށް ވަޑައިގަތުމުން ޓްރަމްޕް ހޫނު މަރުހަބާ އެއް ދަންނަވައިފި
18 ނޮވެމްބަރު 2025

ސައުދީ އަރަބިއްޔާ އަށް އެފް-35 މަރުކާގެ މަތިންދާބޯޓު ވިއްކަން ޓްރަމްޕް އެއްބަސްވެއްޖެ

18 ނޮވެމްބަރު 2025
ސައުދީ އަރަބިއްޔާ އަށް އެފް-35 މަރުކާގެ މަތިންދާބޯޓު ވިއްކަން ޓްރަމްޕް އެއްބަސްވެއްޖެ
17 ނޮވެމްބަރު 2025

ޓްރަމްޕް އާއިލާ އިން ރާއްޖޭގައި ލަގްޒަރީ ރިސޯޓެއް ތަރައްގީ ކުރަނީ

17 ނޮވެމްބަރު 2025
ޓްރަމްޕް އާއިލާ އިން ރާއްޖޭގައި ލަގްޒަރީ ރިސޯޓެއް ތަރައްގީ ކުރަނީ
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު