Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
ތަފާތު ޚަބަރު
މަދީނާގެ ބައިކް މަގުތައް

މަދީނާގައި 70 ކިލޯމީޓަރުގެ ބައިކް މަގު ގާއިމުކޮށްފި

މަގުތައް ފަރުމާކޮށްފައިވަނީ ހުރިހާ އުމުރެއްގެ، އަދި ނުކުޅެދޭ މީހުންނަށްވެސް ބޭނުންކުރެވޭ ގޮތަށް

ފާޠިމަތު ޒުހައިރާ
ފާޠިމަތު ޒުހައިރާ, ރާއްޖެ އެމްވީ | 27 ޑިސެމްބަރު 2023 | ބުދަ 18:56
ސައޫދީ އަރަބިއްޔާގެ މަދީނާގައި ގާއިމުކޮށްފައިވާ ބައިކް މަގު

ސައޫދީ އަރަބިއްޔާގެ މަދީނާގައި ގާއިމުކޮށްފައިވާ ބައިކް މަގު

ސައޫދީ އަރަބިއްޔާގެ މަދީނާގައި 70 ކިލޯމީޓަރުގެ ބައިކް މަގު ގާއިމް ކޮށްފިއެވެ. މައި މަގުތަކާއި ރެސިޑެންޝަލް ސަރަހައްދުތަކުގައި މުނިސިޕަލިޓީން ބައިކް މަގު ގާއިމް ކުރުމުގެ މައިގަޑު މަގުސަދަކީ ސިއްހަތު ރަގަޅު ދިރިއުޅުމަކަށް މަގުފަހިކުރުމާއި ފިޓްނަސްއާމެދު ހޭލުންތެރިކަން އިތުރުކުރުމެވެ.

ޕްރޮފެޝަނަލް ދުއްވުންތެރިންނަށްވެސް ބޭނުންކުރެވޭ ފެންވަރަށް ހަދާފައިވާ ބައިކް މަގުތައްވަނީ ޕަބްލިކް ޓްރާންސްޕޯޓް ސިސްޓަމާވެސް ގުޅިގެން ދާގޮތަށެވެ. މިގޮތުން އެހެން ސިޓީތަކުން އަންނަ ފަރާތްތަކަށްވެސް، ކަސްރަތުކުރުމާއެކު، ޚަރަދު ކުޑަކޮށް، ދާންވީ ތަނަކަށް ދެވޭނެ ގޮތް ވަނީ ހަމަޖެހިފައެވެ.

އަލަށް ގާއިމުކުރި ބައިކް މަގުތަކުގައި ބޭނުންކުރުމަށް އަމިއްލަ ފަރާތަކުން ވަނީ ބައިކް ކުއްޔަށް ދޫކުރާ ތަންތަން ގާއިމުކޮށްފައެވެ. މިގޮތުން 165 ސްޓޭޝަން ގާއިމުކޮށް، ރަށުގެ މީހުންނަށާ މެހެމާނުންނަށްވެސް ފަސޭހައިން ބައިކް ލިބޭނެ ގޮތް ވަނީ ހަދާފައެވެ.

ރައްކާތެރިކަމަށް ޚާއްސަ ސަމާލުކަމެއްދީގެން ހަދާފައިވާ މަގުތައް ފަރުމާކޮށްފައިވަނީ ހުރިހާ އުމުރެއްގެ، އަދި ނުކުޅެދޭ މީހުންނަށްވެސް ބޭނުންކުރެވޭ ގޮތަށެވެ. މަދީނާގެ މުނިސިޕަލްޓީގެ އަމާޒަކީ 2025 ވަނަ އަހަރުގެ ނިޔަލަށް ބައިކް މަގުގެ ނެޓްވަރކް 220 ކިލޯމީޓަރާ ހަމަޔަށް ދިގުކުރުމެވެ.

މި މަޝްރޫއުގެ ސަބަބުން ރައްޔިތުންގެ ސިއްހަތު ރަގަޅުވުމާއެކު އުފާވެރި ހަނދާންތަކެއް ދޫކުރުމަށް އެހީވާނެކަމަށް ބެލެވެއެވެ. މީގެ އިތުރުން މަސްޖިދުއް ނަބަވީ ހިމެނޭގޮތުން، މަދީނާގައި ވާ މުހިންމު ތަންތަނަށްވެސް ބައިސްކަލުގައި ދެވޭގޮތަށް އޮތުމުން، ތަންތަން ބަލަން ދިއުމަށްވެސް އިތުރު ހިތްވަރަކަށް ވާނެކަމަށް ބުނެފައިވެއެވެ.

ބައިކް މަގުތައް ހެދުމުގެ ސަބަބުން ވެށި ހިމާޔަތް ކުރުމަށްވެސް އެހީތެރިވެދޭނެއެވެ. އަދި މަދީނާއަކީ ފެހިކަންގަދަ، ރީތި ތަނަކަށް ހެދުމަށްވެސް އެހީތެރިވެދޭނެ ކަމަށް އޮފިޝަލުން ބުނެއެވެ.   

ސައޫދީ އަރަބިއްޔާސައުދީގެޒެޓްމަދީނާ

ކޮމެންޓް

އިތުރަށް ކިޔާލަން

މަޝްހޫރު ރެޕާ ކާޑީ ބީ، ސައުދީ އަރަބިއްޔާ ގައި ޝޯ ދެނީ

މަޝްހޫރު ރެޕާ ކާޑީ ބީ، ސައުދީ އަރަބިއްޔާ ގައި ޝޯ ދެނީ

26 އޮކްޓޯބަރު 2025
ސައުދީ އަރަބިއްޔާގެ ފުރަތަމަ ލަގްޒަރީ އައިލެންޑް ރިސޯޓު ހުޅުވައިފި

ސައުދީ އަރަބިއްޔާގެ ފުރަތަމަ ލަގްޒަރީ އައިލެންޑް ރިސޯޓު ހުޅުވައިފި

27 އޮކްޓޯބަރު 2024
އެތައް ބިލިއަން ޑޮލަރުގެ ހަތިޔާރު ސައުދީއަށާއި ޔޫއޭއީ އަށް ވިއްކުމަށް އެމެރިކާ އިން ނިންމައިފި

އެތައް ބިލިއަން ޑޮލަރުގެ ހަތިޔާރު ސައުދީއަށާއި ޔޫއޭއީ އަށް ވިއްކުމަށް އެމެރިކާ އިން ނިންމައިފި

12 އޮކްޓޯބަރު 2024
އެމެރިކާއިން އަބަދުވެސް ސައުދީ އަރަބިއްޔާ ދިފާއުކުރާނެ: ފެންޓަގަންގެ ޗީފް

އެމެރިކާއިން އަބަދުވެސް ސައުދީ އަރަބިއްޔާ ދިފާއުކުރާނެ: ފެންޓަގަންގެ ޗީފް

09 އޮކްޓޯބަރު 2024
އެމެރިކާ އާއި ސައުދީ އިން ތާރީޚީ އެއްބަސްވުންތަކަކާ ދިމާލަށް

އެމެރިކާ އާއި ސައުދީ އިން ތާރީޚީ އެއްބަސްވުންތަކަކާ ދިމާލަށް

26 އޯގަސްޓު 2024

އަހަރުތަކުން މިއަދު

10 މެއި
ޒަރޫރީ ބޭނުމެއްގައި މެނުވީ ރާއްޖެއަށް ދަތުރު ނުކުރަން ސިންގަޕޫރު ސަރުކާރުން އަންގައިފި
20251 އަހަރު ކުރިން
ރާއްޖެ

ޒަރޫރީ ބޭނުމެއްގައި މެނުވީ ރާއްޖެއަށް ދަތުރު ނުކުރަން ސިންގަޕޫރު ސަރުކާރުން އަންގައިފި

ފެކްޓް ޗެކް: ސިވިލިއަނުން ކަމަށް ބުނެ ގެނައި މީހުންނަކީ އިންޑިއާގެ އަސްކަރިއްޔާގެ ބައެއް، ކުންފުންޏަކީ އަސްކަރިއްޔާގެ ދަށުގައި އޮންނަ ތަނެއް
20242 އަހަރު ކުރިން
ރިޕޯޓު

ފެކްޓް ޗެކް: ސިވިލިއަނުން ކަމަށް ބުނެ ގެނައި މީހުންނަކީ އިންޑިއާގެ އަސްކަރިއްޔާގެ ބައެއް، ކުންފުންޏަކީ އަސްކަރިއްޔާގެ ދަށުގައި އޮންނަ ތަނެއް

ހުދު ކަފުނުން ދަރިފުޅު ކަފުންކުރީ، ކައިވެނީގެ ހުދު ހެދުމުގައި އެ ދަރިފުޅު ދެކިލުމުގެ އުއްމީދުގައި ހުރި ބައްޕަގެ އަތުން!
20233 އަހަރު ކުރިން
ރިޕޯޓު

ހުދު ކަފުނުން ދަރިފުޅު ކަފުންކުރީ، ކައިވެނީގެ ހުދު ހެދުމުގައި އެ ދަރިފުޅު ދެކިލުމުގެ އުއްމީދުގައި ހުރި ބައްޕަގެ އަތުން!

ރައީސް ޔާމީނަށް މިނިސްޓަރު ޔުމްނާގެ ވަރުގަދަ ރައްދެއް
20224 އަހަރު ކުރިން
ރާއްޖެ

ރައީސް ޔާމީނަށް މިނިސްޓަރު ޔުމްނާގެ ވަރުގަދަ ރައްދެއް

ޖަލަށް ވަނީ 15 އަހަރުގެ ކުޑަކުއްޖެއް، ނުކުތީ 83 އަހަރުގެ މުސްކުޅިއެއް
20215 އަހަރު ކުރިން
ރިޕޯޓު

ޖަލަށް ވަނީ 15 އަހަރުގެ ކުޑަކުއްޖެއް، ނުކުތީ 83 އަހަރުގެ މުސްކުޅިއެއް

\'\'އިބޫ އޯކޭ\'\' ތަސްވީރު ފްރޭމްކުރުމަށް ފަހު، މުލިއާގެ ސިޓިން ރޫމްގައި
20197 އަހަރު ކުރިން
ތަފާތު ޚަބަރު

\'\'އިބޫ އޯކޭ\'\' ތަސްވީރު ފްރޭމްކުރުމަށް ފަހު، މުލިއާގެ ސިޓިން ރޫމްގައި

ޖަޒީރާ މެނިފެސްޓޯއާއެކު، ނޫ އިޤްތިސާދުގެ ސިޔާސަތު ރައީސް ނަޝީދު ހާމަކުރައްވައިފި
20188 އަހަރު ކުރިން
ރާއްޖެ

ޖަޒީރާ މެނިފެސްޓޯއާއެކު، ނޫ އިޤްތިސާދުގެ ސިޔާސަތު ރައީސް ނަޝީދު ހާމަކުރައްވައިފި

ރާއްޖެކުޅިވަރުދުނިޔެވިޔަފާރި - އިގްތިސާދުރިޕޯޓުފޮޓޯވާހަކަސިއްހަތުތަފާތު ޚަބަރުލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު