Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - newsAdvertisement
ރާއްޖެލޯކަލް ކައުންސިލް އިންތިޚާބު

މިސަރުކާރުން ވަކި މުއްދަތަކަށް ވެރިކަން ކުރެވޭނެ ގޮތަށް އޮތް އޮތުން ވެސް އުވާލާނެ: ފައިސަލް

14 ފެބުރުއަރީ 2026 | ހޮނިހިރު 10:43

ހަރަދު ކުޑަކުރުމުގެ ނަމުގައި ގެންނަ މި ބަދަލުތަކުގެ ސަބަބުން ދާއިމަށް ވެރިކަމުގައި ހުރެވޭ ގޮތަށް ނިޒާމު ބަދަލުވެ، ސިޔާސީ ވާދަވެރިކަން ގެއްލިގެންދާނެ ކަމަށް. މީގެ އިތުރުން، ސަރުކާރުން ވަޒީފާތައް ބަހަމުންދާ ގޮތަށް ފާޑުވިދާޅުވެ، ގައުމުގެ މުސްތަގުބަލަށްޓަކައި ކުރިއަށް އޮތް ކައުންސިލް އިންތިޚާބުގައި އިދިކޮޅު އެމްޑީޕީއަށް ވޯޓު ދިނުމަށް ފައިސަލް ވަނީ ގޮވާލައްވާފައި.

އަމްނާ އިމާދު
އަމްނާ އިމާދު | 14 ފެބުރުއަރީ 2026 | ހޮނިހިރު 10:43
ހުކުރު ދުވަހުގެ ރޭ އެމްޑީޕީން ކުޑަހުވަދޫގައި ބޭއްވި ޖަލްސާގައި މިދިޔަ ސަރުކާރުގެ ނައިބު ރައީސް ފައިސަލް ނަސީމް ވާހަކަ ދައްކަވަނީ

ހުކުރު ދުވަހުގެ ރޭ އެމްޑީޕީން ކުޑަހުވަދޫގައި ބޭއްވި ޖަލްސާގައި މިދިޔަ ސަރުކާރުގެ ނައިބު ރައީސް ފައިސަލް ނަސީމް ވާހަކަ ދައްކަވަނީ | ރާއްޖެއެމްވީ

ދެ އިންތިޚާބު އެއްކޮށްލުމަށް ކުރާ މަސައްކަތުގެ ތެރެއިން ވަކި މުއްދަތަކަށް ވެރިކަން ކުރެވޭނެ ގޮތަށް އޮތް އޮތުން ވެސް އުވާލާނެ ކަމަށް މިދިޔަ ސަރުކާރުގެ ނައިބު ރައީސް ފައިސަލް ނަސީމް ވިދާޅުވެއްޖެ އެވެ.

ރާއްޖޭގެ ގާނޫނުއަސާސީގައިވާ ގޮތުން ރައީސަކަށް ގިނަވެގެން ވެރިކަން ކުރެވޭނީ ދެ ދައުރެވެ. ރައީސް ޑރ.މުހައްމަދު މުއިއްޒުގެ މި ސަރުކާރުން 10 ފެބްރުއަރީ 2026 ގައި ރައްޔިތުންގެ މަޖިލީހުގެ އިންތިޚާބާއި ރިޔާސީ އިންތިޚާބު އެއްކޮށްލުމަށް ސަރުކާރުން މަޖިލީހަށް ހުށަހަޅާފައިވާ ބިލު މަޖިލީހުން ވަނީ ފާސް ކޮށްފަ އެވެ. ސަރުކާރުން މިހާރު މަސައްކަތް ކުރަމުންދަނީ އެޕްރީލް މަހަށް ތާވަލް ކޮށްފައިވާ ކައުންސިލް އިންތިޚާބާއި އެކުއެކީގައި ދެ އިންތިޚާބު އެއްކޮށްލުމާއި މެދު ފެންނަ ނުފެންނަ ވޯޓު ނެގުމަށް މަގުފަހި ކުރުމަށެވެ.  އިލެކްޝަންސް ކޮމިޝަނުން ވަނީ އެޕްރީލް މަހުގެ އިންތިޚާބާއި އެކު ރެފަރެންޑަމްގެ ވޯޓު ނެގޭނީ ފެބްރުއަރީ 18 ގެ ކުރިން ގާނޫނު އިސްލާހުކޮށްގެން ކަމަށް ވެސް ބުނެފަ އެވެ.

Advertisement - newsAdvertisement

މި މަސައްކަތްތަކަށް އިޝާރާތް ކުރައްވައި، ހުކުރު ދުވަހުގެ ރޭ އެމްޑީޕީން ކުޑަހުވަދޫގައި ބޭއްވި ޖަލްސާގައި ފައިސަލް ވިދާޅުވީ ގައުމުގައި މިހާރު ކަންކަން ހިނގަމުންދާ ގޮތަށް ބަލާއިރު، މިސަރުކާރުން ދެ އިންތިޚާބު އެއްކޮށްލުމަށް ކުރާ މަސައްކަތުގެ ތެރެއިން ވަކި މުއްދަތަކަށް ވެރިކަން ކުރެވޭނެ ގޮތަށް އޮތް އޮތުން ވެސް އުވާލާނެ ކަމަށެވެ. 

ދެ ވޯޓެއް އެއްކޮށްލާ ވާހަކަ ހަރަދު ކުޑަ ކުރުމަށްޓަކައި ދެވޯޓެއް އެއްކޮށްލާ ވާހަކަ އެދެކެވެނީ. ގާނޫނު ބަދަލުކޮށް މިހާރު އެވޯޓު ވެސް މިވޯޓާއެކު ތައްޔާރީތައް ވެސް ކުރިއަށް އެދަނީ. އަޅުގަނޑު ދަންނަވާނީ އަދި އެހާ ވަރުންދާ ކަމަށްވަންޏާ ގަބޫލު ކުރައްވާ އެގޮތަށް އެ ބަދަލު ގެންނަ ކަމަށްވަންޏާ މިހާރު ގާނޫނު އަސާސީގައި ކަނޑައެޅިފައި އޮތް ޓާމް ލިމިޓްވެސް އުވާލާނެ. ވަކި މުއްދަތަކަށް ވެރިކަން ކުރެވޭނެ ގޮތަށް އޮތް އޮތުން ވެސް އުވާލާނެ. ދާއިމަށް ވެރިކަމުގައި ހުރެވޭ ގޮތަށް ބަދަލު ކޮށްލާނެ. ގަބޫލު ކުރައްވާ ވާދަވެރިކަން. ވިޔަފާރިއެއްގައި ވެސް ވާދަވެރިކަން އޮންނަން ޖެހޭ. ސިޔާސީ ގޮތުން ވެސް އިންތިޚާބުތަކުގައި ވާދަވެރިކޮށް ބައިވެރިވުމުގެ ފުރުސަތު އޮންނަންވާނެ. ރައްޔިތުންނަށް މޮޅު ގޮތަކީ އެއީ. އެންމެ މީހަކު ތާއަބަށް ވެރިކަމުގައި ހުންނަ ކަމަށްވަންޏާ ދެންވާނެ ގޮތުގެ ވާހަކަ އަޅުގަނޑުމެން ދިވެހީން ކޮންމެހެން ދައްކާނެ ކަމެއް ނެތް.
މިދިޔަ ސަރުކާރުގެ ނައިބު ރައީސް ފައިސަލް ނަސީމް 

މީގެއިތުރުން، ޚަރަދު ކުޑަކުރުމުގެ ނަމުގައި މި ސަރުކާރުން ކުރަމުންދާ ކަންކަމަށް އިޝާރާތް ކުރައްވައި، ފައިސަލް ވަނީ ފާޑުވިދާޅުވެފަ އެވެ.

ފައިސަލް ވިދާޅުވީ ވަޒީފާތައް ބަހަމުންދަނީ އެއްވެސް ވަރަކަށް ބެލުމެއް ނެތި ކަމަށާއި، މިއަދު މުވައްޒަފުން ކުރާނެ މަސައްކަތެއް ނެތި ޖީލެއް ކަށްނެތްވަމުންދާ ކަމަށެވެ. ދިވެހީންނަކީ އަބަދުވެސް މަސައްކަތް ކޮށްގެން އާމްދަނީ ހޯދާ ބައެއް ކަމަށާއި، މިރީތި އުސޫލު މިހާރު  މުޖުތަމައުއިން ގެއްލެމުންދާ ކަމަށް އޭނާ ވިދާޅުވި އެވެ. 

ފައިސަލް ވިދާޅުވީ ވަޒީފާއެއްގައި ހުރުމުން ވަކި ކަންތައްތަކެއް ކުރުމަށް މަޖުބޫރުވެ އެކަކު އަނެކަކާ ސަލާމް ކުރުމަށް ބިރު ގަންނަ ދަރަޖައަށް ގައުމުގެ ކަންކަން ދިއުމުން އެކަން ބަދަލު ކުރުމަށް ރައްޔިތުން ނުކުންނަން ޖެހޭ ކަމަށެވެ.

އެގޮތުން ގައުމުގެ މުސްތަގުބަލަށްޓަކައި ކުރިއަށް އޮތް ލޯކަލް ކައުންސިލް އިންތިޚާބުގައި އެމްޑީޕީގެ ކެންޑިޑޭޓުންނަށް ވޯޓު ދޭން ޖެހޭ ކަމަށް ފައިސަލް ވިދާޅުވި އެވެ. އަދި ވިދާޅުވީ ވަގުތީ ފައިދާއަށް ގޮތް ނިންމާ ހިސާބުން އިޔާދަ ނުކުރެވޭ ފަދަ ބޮޑު ގެއްލުމެއް ގައުމަށް ލިބޭނެ ކަމަށެވެ.

ފައިސަލް ނަސީމްރައްޔިތުންގެ މަޖިލިސްއެމްޑީޕީޑރ. މުއިއްޒުގެ ސަރުކާރުލޯކަލް ކައުންސިލް އިންތިޚާބު 2026

އެންމެ ހިނގާ

1

ޑޮލަރުގެ އަގު ދަށަކަށް ނުދާނެ، އެއީ ސަރުކާރަށް ވެސް ކުރެވޭނެ ކަމެއް ނޫން: އުއްޗު

2

އީރާނުގެ ހަމަލާތަކުން ލިބޭ ގެއްލުންތައް އާންމުވާތީ އެމެރިކާގެ އަސްކަރިއްޔާއިން ކަންބޮޑުވެއްޖެ، މަންޒަރުތައް ރެކޯޑް ނުކުރަން އިންޒާރުދީ، ފޯނުތައް އަތުލަނީ

3

ސައުދީ އަރަބިއްޔާ ތޫފާނެއްގެ މެދުގައި، ތިން ދިމާލަކުން ދެކޮޅުވެރިން ވަށާލައިފި

4

ފޭކް ބުކިންގ ހަދައިގެން ކެންސަލްކުރުމަށްފަހު، ރިފަންޑު ހޯދުމަށް ހިންގާ ސްކޭމްތައް އިތުރުވަނީ!

5

މިނިވަންދުވަހުގެ ކުޅަދާނަ ސްޕީޗާއެކު "ނމކޢވ" ގެ ލަގަބު

އިތުރަށް ކިޔާލަން

14 ފެބުރުއަރީ 2026

ވެލިދޫ އާއި ހޮޅުދޫ އިން އެމްޑީޕީގެ ކެމްޕެއިން ޓިމަށް ހޫނު މަރުހަބާއެއް!

14 ފެބުރުއަރީ 2026
ވެލިދޫ އާއި ހޮޅުދޫ އިން އެމްޑީޕީގެ ކެމްޕެއިން ޓިމަށް ހޫނު މަރުހަބާއެއް!
14 ފެބުރުއަރީ 2026

އިންތިޚާބެއް ބޯމަތިވާކަން އެބަ އިހުސާސްވޭ! މި ހުރިހާ ދުވަހު ވަރިހަމަ ވި ކަންކަން މިހާރު ހެޔޮފުޅުކަމުން ކޮށްދެއްވަނީ ޔޯލަ!

14 ފެބުރުއަރީ 2026
އިންތިޚާބެއް ބޯމަތިވާކަން އެބަ އިހުސާސްވޭ! މި ހުރިހާ ދުވަހު ވަރިހަމަ ވި ކަންކަން މިހާރު ހެޔޮފުޅުކަމުން ކޮށްދެއްވަނީ ޔޯލަ!
14 ފެބުރުއަރީ 2026

ކުރިއަށް އޮތް ލޯކަލް ކައުންސިލް އިންތިހާބަކީ އަޅުވެތިކަމަށް ނޫނެކޭ ބުނަން ލިބޭ ފުރުސަތެއް: އަހުމަދު އަބްދުﷲ

14 ފެބުރުއަރީ 2026
ކުރިއަށް އޮތް ލޯކަލް ކައުންސިލް އިންތިހާބަކީ އަޅުވެތިކަމަށް ނޫނެކޭ ބުނަން ލިބޭ ފުރުސަތެއް: އަހުމަދު އަބްދުﷲ
13 ފެބުރުއަރީ 2026

މުވައްޒަފުންނަށް ބިރު ދައްކައި ވޯޓު ކަށަވަރު ކުރުމަށް އެހެން ރަށްރަށަށް އެމީހުން ރީ ރަޖިސްޓަރީ ކުރުވުން ސަރުކާރުން ހުއްޓާލަން ޖެހޭ: ފައްޔާޒު

13 ފެބުރުއަރީ 2026
މުވައްޒަފުންނަށް ބިރު ދައްކައި ވޯޓު ކަށަވަރު ކުރުމަށް އެހެން ރަށްރަށަށް އެމީހުން ރީ ރަޖިސްޓަރީ ކުރުވުން ސަރުކާރުން ހުއްޓާލަން ޖެހޭ: ފައްޔާޒު
13 ފެބުރުއަރީ 2026

ލޯކަލް ކައުންސިލް އިންތިހާބު ކެމްޕޭނަށް އެމްޑީޕީގެ ލީޑަރޝިޕް އަތޮޅު ތެރެއަށް

13 ފެބުރުއަރީ 2026
ލޯކަލް ކައުންސިލް އިންތިހާބު ކެމްޕޭނަށް އެމްޑީޕީގެ ލީޑަރޝިޕް އަތޮޅު ތެރެއަށް
13 ފެބުރުއަރީ 2026

ކައުންސިލް އިންތިޚާބުގައި ވާދަކުރާ އިދިކޮޅު ކެންޑިޑޭޓުންގެ ނަން އަނބުރާ ނެގުމަށް ޕީއެންސީ އިން 1.5 މިލިއަން ރުފިޔާ އިން ފެށިގެން 3 ލައްކަ ޑޮލަރާ ހަމައަށް ހުށަހަޅައިފި

13 ފެބުރުއަރީ 2026
ކައުންސިލް އިންތިޚާބުގައި ވާދަކުރާ އިދިކޮޅު ކެންޑިޑޭޓުންގެ ނަން އަނބުރާ ނެގުމަށް ޕީއެންސީ އިން 1.5 މިލިއަން ރުފިޔާ އިން ފެށިގެން 3 ލައްކަ ޑޮލަރާ ހަމައަށް ހުށަހަޅައިފި
13 ފެބުރުއަރީ 2026

ލާމަރުކަޒީ މި ނިޒާމް އެމްޑީޕީ ނޫން ބަޔަކަށް ދީލާލުމަކީ ރައްޔިތުން އަޅާނެ އެންމެ ފަހު، އެންމެ ނުބައި، އެންމެ ނުރައްކާތެރި ފިޔަވަޅު: އައްޑޫ މޭޔަރ ނިޒާރު

13 ފެބުރުއަރީ 2026
ލާމަރުކަޒީ މި ނިޒާމް އެމްޑީޕީ ނޫން ބަޔަކަށް ދީލާލުމަކީ ރައްޔިތުން އަޅާނެ އެންމެ ފަހު، އެންމެ ނުބައި، އެންމެ ނުރައްކާތެރި ފިޔަވަޅު: އައްޑޫ މޭޔަރ ނިޒާރު
13 ފެބުރުއަރީ 2026

ރިފަރެންޑަމް އަކީ މަކަރުވެރިކަމާއި އެކު ރައްޔިތުންގެ ބާރު ނެގުމަށް ކުރާ މަސައްކަތެއް، މިއީ ޕީއެންސީގެ ލޮލަށް ހެރޭނެ ތީރެއް: އަމީން

13 ފެބުރުއަރީ 2026
ރިފަރެންޑަމް އަކީ މަކަރުވެރިކަމާއި އެކު ރައްޔިތުންގެ ބާރު ނެގުމަށް ކުރާ މަސައްކަތެއް، މިއީ ޕީއެންސީގެ ލޮލަށް ހެރޭނެ ތީރެއް: އަމީން
13 ފެބުރުއަރީ 2026

މާލޭގައި އިންނަ ކޮޓަރިއަކުން އަމުރު މައުރޫފު ހިންގާ މީހެއްގެ އަމުރަށް ކުޅުދުއްފުށީގެ ކަންކަން ބައްޓަންކުރަން ފުރުސަތު ނުދެވޭނެ: މޭޔަރު އާތިފް

13 ފެބުރުއަރީ 2026
މާލޭގައި އިންނަ ކޮޓަރިއަކުން އަމުރު މައުރޫފު ހިންގާ މީހެއްގެ އަމުރަށް ކުޅުދުއްފުށީގެ ކަންކަން ބައްޓަންކުރަން ފުރުސަތު ނުދެވޭނެ: މޭޔަރު އާތިފް
13 ފެބުރުއަރީ 2026

ސަރުކާރަށް މެޖޯރިޓީ ދީފިއްޔާ ކައުންސިތައް އުވާލާނެ: ޣަފޫރު

13 ފެބުރުއަރީ 2026
ސަރުކާރަށް މެޖޯރިޓީ ދީފިއްޔާ ކައުންސިތައް އުވާލާނެ: ޣަފޫރު
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލުޓާމްސް އޮފްޔޫސް