Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
ރާއްޖެރައްޔިތުންގެ މަޖިލިސް

އެކްސިޑެންޓާ ގުޅިގެން އުޅަނދުތަކާ، ދުއްވާ މީހުންނަށް ލިބޭ ގެއްލުމަށް ބަދަލު ލިބުމަށް ހުރަސްއެޅޭތީ އިސްލާހެއް

އެއްގަމު އުޅަނދުތަކަށް ކޮމްޕްރެހެންސިވް އިންޝުއަރެންސް ލާޒިމްކުރުމަށް އެއްގަމު ދަތުރުފަތުރުގެ ގާނޫނަށް އިސްލާހު ހުށަހަޅައި، މަޖިލީހުގައި މި ބިލުގެ ފުރަތަމަ ކިޔުން އިއްވައިފި. މި އިސްލާހުގެ މަގްސަދަކީ އެކްސިޑެންޓެއްގެ ސަބަބުން އުޅަނދަށާއި ދުއްވާ މީހާއަށް ލިބޭ ގެއްލުމުގެ ބަދަލު ލިބޭނެ ނިޒާމެއް ގާއިމްކުރުން ކަމަށްވާއިރު، ގާނޫނަށް އަމަލުކުރަން ފަށާތާ ތިން މަސް ތެރޭގައި އެމްއެމްއޭއިން މިކަމާ ގުޅޭ ގަވާއިދު ހަދަންޖެހޭ. މި އިންޝުއަރެންސްގެ ދަށުން ތިންވަނަ ފަރާތަކަށް ލިބޭ ގެއްލުމުގެ އިތުރުން، ވައްކަމާއި ގުދުރަތީ ކާރިސާތަކުން ލިބޭ ގެއްލުންތަކަށް ވެސް ބަދަލު ލިބިދޭނެ.

ޝާމާ ޝުއައިބް
ޝާމާ ޝުއައިބް | 17 ފެބުރުއަރީ 2026 | އަންގާރަ 10:06
ހައިވޭގައި ހިނގި އެކްސިޑެންޓު، އެ ސަރަހައްދުގައި ހަރަކާތްތެރިވި ފުލުހުން

ހައިވޭގައި ހިނގި އެކްސިޑެންޓު، އެ ސަރަހައްދުގައި ހަރަކާތްތެރިވި ފުލުހުން | ސީއެސްއެމް ޓައިމްސް

ތަރޑްޕާޓީ އިންޝުއަރެންސް ލާޒިމް ކޮށްފައިވީ ނަމަވެސް ކޮމްޕްރެހެންސިވް މޮޓޯ އިންޝުއަރެންސް ނިޒާމެއް ނެތުމުގެ ސަބަބުން އުޅަނދަށް ނުވަތަ އުޅަނދު ދުއްވާ މީހާ އަށް ލިބޭ ގެއްލުމަށް ބަދަލު ލިބުމަށް ހުރަސްއެޅޭތީ، އެކަމަށް ހައްލު ހޯދުމަށް އެއްގަމު ދަތުރުފަތުރުގެ ގާނޫނަށް އިދިކޮޅު އެމްޑީޕީ ގެ ފަރާތުން އިސްލާހެއް ހުށަހަޅައިފި އެވެ. 

އަންގާރަ ދުވަހުގެ ރައްޔިތުންގެ މަޖިލީހުގެ ޖަލްސާގައި މި ބިލުގެ ފުރަތަމަ ކިޔުުން ވަނީ އިއްވާފަ އެވެ.  އެމްޑީޕީގެ ފަރާތުން މި ބިލު ހުށަހަޅުއްވާފައި ވަނީ ގަލޮޅު އުތުރު ދާއިރާގެ މެންބަރު މުހައްމަދު އިބްރާހިމް (ކުޑޫ) އެވެ. 

ބިލު ހުށަހެޅުމުގެ ބޭނުމެއް ކަމަށް ބުނެފައިވަނީ އެއްގަމު ދަތުރުފަތުރުގައި ބޭނުން ކުރާ އުޅަނދުތަކަށް މިހާރު ރާއްޖޭގައި ތަރޑްޕާޓީ އިންޝުއަރެންސް ލާޒިމް ކޮށްފައިވީ ނަމަވެސް ކޮމްޕްރެހެންސިވް މޮޓޯ އިންޝުއަރެންސް ނިޒާމެއް ނެތުމުގެ ސަބަބުން އުޅަނދަށް ނުވަތަ އުޅަނދު ދުއްވާ މީހާ އަށް ލިބޭ ގެއްލުމަށް ބަދަލު ލިބުމަށް ހުރަސްއެޅޭތީ، އެކަމަށް ހައްލު ހޯދުމެވެ.

އެހެންކަމުން މި ބިލު ހުށަހަޅަނީ އެކްސިޑެންޓެއްގެ ސަބަބުން އުޅަނދަށް ނުވަތަ އުޅަނދު ދުއްވާ މީހާ އަށް ލިބޭ ގެއްލުމަށް ބަދަލުލިބޭނެ އުސޫލެއް ގާއިމް ކުރުމަށްޓަކައި ކޮމްޕްރެހެންސިވް މޮޓޯ އިންޝުއަރެންސް ތައާރަފު ކުރުމަށް ކަމަށް ވެސް ބިލުގައި ވެ އެވެ. 

މެންބަރު ކުޑޫ ހުށަހެޅުއްވި އިސްލާހުގައި ވަނީ ކޮމްޕްރެހެންސިވް މޮޓޯ އިންޝުއަރެންސް އާ ބެހޭ ގަވައިދެއް ހެދުމަށެވެ. އަދި އެ ގާނޫނަށް އަމަލުކުރަން ފަށާތާ 3 މަސް ދުވަހުގެ ތެރޭގައި މަރުކަޒީ ބޭންކް އެމްއެމްއޭ އިން މި ގަވާއިދު އާންމުކުރަން ވާނެ ކަމަށް ބަޔާންކޮށްފައި ވެ އެވެ.

އިސްލާހުގައި ވަނީ އެއްގަމު އުޅަނދު ދުއްވަން ވާނީ އެ އުޅަނދެއް އެކްސިޑެންޓެއް ވެގެން ގެއްލުން ލިބޭ މީހަކަށް ނުވަތަ ތަނަކަށް ނުވަތަ އެއްޗަކަށް ލިބޭ ގެއްލުމަަށާއި އެކްސިޑެންޓުވީ އުޅަނދަށް ނުވަތަ އުޅަނދު ދުއްވި މީހާއަށް ލިބޭ ގެއްލުމުގެ ބަދަލު ލިބިދިނުމުގެ ގޮތުން ކުރާ، ކޮމްޕްރެހެންސިވް މޮޓޯ އިންޝުއަރެންސް ކުރުމަށް ފަހު ކަމަށެވެ.

ކޮމްޕްރެހެންސިވް މޮޓޯ އިންޝުއަރެންސް ކަމަށް ގާނޫނުގެ ބޭނުމަށް ބުނެފައިވަނީ ފާހަގަ ކޮށްފައިވާ ކަންތައްތަކެއް ހިމަނައިގެން ދޫކުރާ އިންޝުއަރެންސް ޕޮލިސީ ތަކަކަށެވެ. 

އޭގެ ތެރޭގައި އެކްސިޑެންޓެއްގެ ސަބަބުން ތިންވަނަ ފަރާތެއް މަރުވުމުން ނުވަތަ ޖިސްމާނީ ހާނިއްކައެއް ވުމުން ނުވަތަ މުދަލަށް ލިބޭ ގެއްލުމަށް ޒިންމާވުމާއި، އަމިއްލަ އުޅަނދަކަށް ލިބޭ ސީދާ ގެއްލުމާއި އުޅަނދު ފުރޮޅައިލުމުން ނުވަތަ އެކްސިޑެންޓެއްގެ އަސަރު ކުރުމުން ލިބޭ ގެއްލުމަށް ޒިންމާވުން ހިމެނެ އެވެ. 

އަދި، އަލިފާން ނުވަތަ ވަގަށް ނެގުން ނުވަތަ ގެއްލުން ދިނުން ނުވަތަ ގެއްލުން ދިނުމުގެ ގަސްތުގައި ކުރާ ކަންކަމުގެ ސަބަބުން ލިބޭ ގެއްލުމަށް ޒިންމާވުމާއި،  ފެންބޮޑުވުމާއި ތޫފާނާއި އުދައެރުމާއި މޫސުމީ ކާރިސާތައް ފަދަ ގުދުރަތީ ގޮތުން ލިބޭ ގެއްލުމަށް ޒިންމާވުމުގެ އިތުރުން ގާނޫނުގެ ދަށުން ހަދާ ގަވައިދުގެ ބަޔާންކުރާ ހުރިހާ ކަމެއް ހިމެނެ އެވެ. 

ކޮމްޕްރެހެންސިވް މޮޓޯ އިންޝުއަރެންސްއެމްޑީޕީމުހައްމަދު އިބްރާހިމްތަރޑްޕާޓީ އިންޝުއަރެންސްއެއްގަމު ދަތުރުފަތުރުގެ ޤާނޫނުރައްޔިތުންގެ މަޖިލިސް

އިތުރަށް ކިޔާލަން

17 ފެބުރުއަރީ 2026

މުއިއްޒުގެ ސަރުކާރުން ކުރިއަށް ގެންދަން އުޅޭ 2.4 ބިލިއަން ރުފިޔާގެ ފައިސާ ޗާޕުކުރުމުގެ މުއާމަލާތާ ގުޅޭ ގޮތުން މަޖިލީހުގެ ޚިޔާލު ހޯދަން ގަރާރެއް

17 ފެބުރުއަރީ 2026
މުއިއްޒުގެ ސަރުކާރުން ކުރިއަށް ގެންދަން އުޅޭ 2.4 ބިލިއަން ރުފިޔާގެ ފައިސާ ޗާޕުކުރުމުގެ މުއާމަލާތާ ގުޅޭ ގޮތުން މަޖިލީހުގެ ޚިޔާލު ހޯދަން ގަރާރެއް
17 ފެބުރުއަރީ 2026

މިއަދު ޕީއެންސީ އާއި ކުރަންވީ ސުވާލަކީ ބަޖެޓް އެހާ ބޮޑު އިރު ކުރާ މަސައްކަތެއް ނުފެންނަނީ ކީއްވެގެންތޯ: ފުވައްމުލައް ސީޓީގެ މޭޔަރ

17 ފެބުރުއަރީ 2026
މިއަދު ޕީއެންސީ އާއި ކުރަންވީ ސުވާލަކީ ބަޖެޓް އެހާ ބޮޑު އިރު ކުރާ މަސައްކަތެއް ނުފެންނަނީ ކީއްވެގެންތޯ: ފުވައްމުލައް ސީޓީގެ މޭޔަރ
16 ފެބުރުއަރީ 2026

ބާރުތައް އެއްކޮށްގެން ރައީސް އޮފީހުގައި އިންނަވައިގެން ރައީސް ޑރ. މުހައްމަދު މުއިއްޒު ވެރިކަން ކުރައްވާ ގޮތަށް ވެރިކަން ކުރެއްވުމަކީ ވަރަށް ފަސޭހަކަމެއް: ރައީސް ސޯލިހު

16 ފެބުރުއަރީ 2026
ބާރުތައް އެއްކޮށްގެން ރައީސް އޮފީހުގައި އިންނަވައިގެން ރައީސް ޑރ. މުހައްމަދު މުއިއްޒު ވެރިކަން ކުރައްވާ ގޮތަށް ވެރިކަން ކުރެއްވުމަކީ ވަރަށް ފަސޭހަކަމެއް: ރައީސް ސޯލިހު
16 ފެބުރުއަރީ 2026

ހެޔޮ ނިޔަތެއްގައި ޤާނޫނުއަސާސީ އިސްލާހު ކުރާ ނަމަ ކުރަންވީ ކަމަކީ ޖުޑީޝަލް ސަރވިސް ކޮމިޝަން މިނިވަން ވާ ގޮތަށް ޤާނޫނުއަސާސީ އިސްލާހުކުރުން: ފައިސަލް

16 ފެބުރުއަރީ 2026
ހެޔޮ ނިޔަތެއްގައި ޤާނޫނުއަސާސީ އިސްލާހު ކުރާ ނަމަ ކުރަންވީ ކަމަކީ ޖުޑީޝަލް ސަރވިސް ކޮމިޝަން މިނިވަން ވާ ގޮތަށް ޤާނޫނުއަސާސީ އިސްލާހުކުރުން: ފައިސަލް
16 ފެބުރުއަރީ 2026

ދެ އިންތިހާބު އެއްކޮށްލުމުގެ ބިލު ތަސްދީގުކުރެއްވުމުގެ ކުރިން ރައްޔިތުންގެ ހިޔާލު ހޯދުމުގެ އާންމު ވޯޓެއް ކައުންސިލް އިންތިހާބާއެކު ނަގަނީ

16 ފެބުރުއަރީ 2026
ދެ އިންތިހާބު އެއްކޮށްލުމުގެ ބިލު ތަސްދީގުކުރެއްވުމުގެ ކުރިން ރައްޔިތުންގެ ހިޔާލު ހޯދުމުގެ އާންމު ވޯޓެއް ކައުންސިލް އިންތިހާބާއެކު ނަގަނީ
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު