Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - newsAdvertisement
ރާއްޖެ
ރައީސް އިބްރާހިމް މުހައްމަދު ސޯލިހް

ދެ އިންތިހާބު އެއްކޮލުން: ރައީސް ސޯލިހުގެ ހިޔާލަކީ މަޖިލިސް އިންތިހާބުގެ ދައުރުގެ މެދުތެރެއިން ބޭއްވުން ނުވަތަ މިޑްޓަރމް އިންތިހާބެއް ވަކިން ބޭއްވުން

ރިޔާސީ އިންތިޚާބާއި މަޖިލިސް އިންތިޚާބު އެއްކޮށްލާއިރު، ދައުރުގެ މެދުތެރެއިން ވެރިކަން ކުރާ ފަރާތް ޖަވާބުދާރީ ކުރެވޭނެ ނިޒާމެއް އޮންނަންޖެހޭ ކަމަށް ކުރީގެ ރައީސް އިބްރާހިމް މުހައްމަދު ސޯލިހު ވިދާޅުވެއްޖެ. މި ބަދަލު ގެނައުމުގައި ކަމާގުޅޭ ދާއިރާތަކާއި ސިޔާސީ ޕާޓީތަކުގެ މަޝްވަރާ ހޯދަންޖެހޭނެ ކަމަށާއި، އެކަށީގެންވާ ބަހުސެއް ނެތި އަވަސްއަރުވާލައިގެން މިފަދަ ނިންމުންތައް ނިންމުމަކީ ހީލަތްތެރި ރޭވުމެއް އޮވެދާނެ ކަމެއް ކަމަށް ރައީސް ސޯލިހު ވިދާޅުވި. އެހެންކަމުން، މިކަމާ ގުޅޭގޮތުން ނަގާ ފެންނަނުފެންނަ ވޯޓާ މެދު ރައްޔިތުން ފުންކޮށް ވިސްނުމަށް ރައީސް ސޯލިހު އިލްތިމާސްކުރެއްވި.

މަޚްތޫމް
މަޚްތޫމް, ރާއްޖެ އެމްވީ | 15 ފެބުރުއަރީ 2026 | އާދީއްތަ 15:00
ޅ. ކުރެންދޫ ހަރުގެ ހުޅުވުމުގެ ރަސްމިއްޔާތުގައި ރައީސް ސޯލިހު ވާހަކަ ދައްކަވަނީ.

ޅ. ކުރެންދޫ ހަރުގެ ހުޅުވުމުގެ ރަސްމިއްޔާތުގައި ރައީސް ސޯލިހު ވާހަކަ ދައްކަވަނީ. | މުންޝިދް

ރިޔާސީ އިންތިހާބާއި މަޖިލިސް އިންތިހާބު އެއްކޮށް ބާއްވާނަމަ ދައުރުގެ މެދުތެރެއިން އިންތިހާބެއް ބާއްވާ ރައީސުލްޖުމްހޫރިއްޔާ އަކަށް ހުންނަވާ ބޭފުޅަކު ޖަވާބުދާރީ ކުރެވޭނެ ގޮތެއް ހަދަންޖެހޭ ކަމަށް ގަބޫލުކުރައްވާ ކަމަށް ކުރީގެ ރައީސް އިބްރާހިމް މުހައްމަދު ސޯލިހު ވިދާޅުވެއްޖެ އެވެ. 

ޅ. ކުރެންދޫ ހަރުގެ ހުޅުވުމުގެ ރަސްމިއްޔާތުގައި ވާހަކަ ދައްކަވަމުން ރައީސް ސޯލިހު ވިދާޅުވީ މިހާރު އޮންނަ ގޮތުން ރިޔާސީ އިންތިހާބާއި ރައްޔިތުންގެ މަޖިލީހުގެ އިންތިހާބު އޮންނަނީ ވަކިވަކިން ކަމަށެވެ. ނަމަވެސް މިހާރު މި އަންނަ ގޮތް ވެސް ކަމަކު ނުދާ ކަމަށާއި، ރައީސުލްޖުމްހޫރިއްޔާގެ އިންތިޚާބުކޮށްފައި، 3 މަސްދުވަހަށް ފަހުގައި ރައްޔިތުންގެ މަޖިލީހުގެ އިންތިޚާބު އަންނަ ކަމަށެވެ. އަދި މިކަމުގެ ސަބަބުން ވެރިޔަކަށް އަންނަ މީހާ ބިރުދައްކައިގެން ނަމަވެސް، ރައްޔިތުންނަން ނުފޫޒު ފޯރުވަން މަސައްކަތް ކުރާ ކަމަށެވެ. 

މިހާތަނަށް ރައްޔިތުންގެ މަޖިލީހުގެ އިންތިޚާބުތައް ފެނިފައި ހުރިއިރު، ރައީސް ޔާމީން އިންތިޚާބަށް ވަޑައިގަތުމަށްފަހުގައި ބޭއްވި ރައްޔިތުންގެ މަޖިލީހުގެ އިންތިޚާބުގައި ބޮޑުކޮށް ރައްޔިތުންގެ މަޖިލީހުން ނެގި. ދެން އެއީ އަޅުގަނޑުގެ ވެރިކަމުގެ ދުވަސްވަރު. 2018 ގައި އަޅުގަނޑު އިންތިޚާބުވުމަށްފަހު 2019 ގައި އަޅުގަނޑުމެން ނެގިން ޔާމީނަށްވުރެ ގިނައިން ރައްޔިތުންގެ މަޖިލީހުގެ މެޖޯރިޓީ. ދެން މިއައީ ރައީސް މުޢިއްޒު. ރައީސް މުޢިސް ނަގައިފި އެއަށްވުރެ ގިނައިން. އޭގެ ނަތީޖާއަކަށް މި ވަނީ ކީއްތޯ؟ ކިހިނެއްތޯ މި ވަނީ؟ އެހެންވީމާ، އެއީ ވެސް ރަނގަޅު ގޮތެއް ނޫން. އަޅުގަނޑުމެން އެބަޖެހޭ މީގައި ރަނގަޅު ވިސްނުމެއް ގެންގުޅެގެން މީގައި، ކޮބައިތޯ މީގައި ޙައްލެއް ހޯދޭނެ ގޮތަކީ ތިބި ބަޔަކަށް؟
ރައީސް އިބްރާހިމް މުހައްމަދު ސޯލިހު

ރައީސް ސޯލިހު ވިދާޅުވީ އެމަނިކުފާނު ދެކޭގޮތުގައި 5 އަހަރަށް އިންތިޚާބުކުރާ ރައީސުލްޖުމްހޫރިއްޔާ އެ ކުރާ މަސައްކަތްތައް މޮނިޓަރކޮށް، އެއާ ދޭތެރޭގައި ރައްޔިތުން ދެކޭގޮތް ކޮންމެވެސް ހިސާބެއްގައި ބަލަންޖެހޭ ކަމަށެވެ. އެއް ގޮތަކީ ރައްޔިތުންގެ މަޖިލިސް މިޑް ޓާމުގައި، ދެ އަހަރު ބައި ކޮށްފައި ރައްޔިތުންނާ ހިސާބަށް އައުން ކަމަށާއި، އެއިރަށް ކޮށްފައި ހުރި ކަންތައްކާއި ނުކޮށް ހުރި ކަންތައްތައް ރައްޔިތުންނަށް އެނގޭނެ ކަމަށެވެ.

އެހެންނޫނިއްޔާ މިހާރު އެ ބުނާ ގޮތަށް ރައީސުލްޖުމްހޫރިއްޔާއާ އެކީގައި އިންތިޚާބާއެކީ އެ ވޯޓު ނެގުމަށްފަހު ހެދިދާނެ ގޮތެއް އެބައޮތް. ދެ އަހަރު ބަޔަށް ރައްޔިތުންގެ މަޖިލިސް ކުރުކުރުން. ކޮށްފައި ރައީސުލްޖުމްހޫރިއްޔާގެ އިންތިޚާބާއެކީގައި ނަގާނީ. އެއަށްފަހު ދެ އަހަރު ބައި ކޮށްފައި އަނެއްކާ ވޯޓަކަށް ދާނީ. ހަމަގައިމު ވެސް ރައީސުލްޖުމްހޫރިއްޔާ 5 އަހަރު ދުވަހު އެ މަސައްކަތް ކުރާއިރުގައި ވަކި ހިސާބަކުން އެ ޖަވާބުދާރީ ކުރެވޭނެ ގޮތެއް އެބަ ހަދަންޖެހޭ. ޤާނޫނުއަސާސީގައި މިހާރު އޮންނަ ގޮތުން ރައްޔިތުންގެ މަޖިލީހަކަށް ނޫން އެ ޖަވާބުދާރީ ކުރުވަނީ. ކޮންމެވެސް ބަދަލުތަކެއް އެބަ ގެންނަންޖެހޭ. އެކަމަކު މިހާރު އެ ގެންނަނީ އެންމެ ރަނގަޅު ގޮތުގައި ނޫން އެ ކަންތައް. އެހެންވީމާ، ކުރިއަށް މި އޮތް ލޯކަލް ކައުންސިލް އިންތިޚާބާ އެކީގައި މި އަންނަ ފެންނަނުފެންނަ ވޯޓާ ދޭތެރޭގައި އަޅުގަނޑުމެން ވަރަށް ފުންކޮށް ވިސްނަންވާނެ. އަޅުގަނޑަކަށް ނުފެނޭ ރައީސް މުޢިއްޒަކަށް އެއަށް އަޅުގަނޑުމެން ތާއީދުކުރާކަށެއް. މި ވަގުތަކު. އެއީކީ އެއްވެސް ރަނގަޅު ހެޔޮ ނިޔަތެއްގައި ގެންނަން ވޯޓެއް ނޫން. އެހެންނަމަ، ރައްޔިތުންނާ މަޝްވަރާ ކުރާނެ. އަދި ހުރި އެން.ޖީ.އޯ ތަކާ މަޝްވަރާކުރާނެ. މީގެ ލޯޔަރުންނާ މަޝްވަރާކުރަންޖެހޭނެ. ލީގަލް ބޭފުޅުންނާ އަޅުގަނޑު މި ދެންނަނީ ކުރަންޖެހޭނެ. ޖުޑިޝަރީގެ ބޭފުޅުންނާ މަޝްވަރާ ކުރަންޖެހޭނެ. ސިޔާސީ ޕާޓީތަކާ އެކީގައި ރަނގަޅު މަޝްވަރާތަކެއް ކުރަންޖެހޭނެ. ނުކޮށް ގެންނަ އެއްޗަކަށް އަޅުގަނޑުމެން ނޭނގި ތިބެ، އެއަށް އާނއެކޭ ބުނާކަށް ހެޔޮނުވާނެ. 
ރައީސް އިބްރާހިމް މުހައްމަދު ސޯލިހު

ރައީސް ސޯލިހު ވިދާޅުވީ ކައުންސިލް އިންތިޚާބާ އެކީގައި އަދި ވަރަށް ބޮޑު އެހެން ސުވާލެއް އެބަ އޮތް ކަމަށެވެ. ފެންނަ ނުފެންނަ ވޯޓެއްގެ ގޮތުގައި ދެ އިންތިޚާބު އެއްކޮށްލުމަށްޓަކައި މި ސަރުކާރުން ކުރިމަތިކުރާ ކަންތަކުގައި ވަރަށް ފުންކޮށް ވިސްނަން ޖެހޭ ކަމަށެވެ. ރައީސް ސޯލިހު ވިދާޅުވީ ރައްޔިތުންނާ ހިސާބަށް އެވަރު ކަމެއް، ރައްޔިތުންގެ މަޖިލީހުން 5 މިނެޓުން ފާސްކޮށްގެން އެ ގެންނަނީ ކީއްވެގެންތޯ ސުވާލު އުފައްދަވާފަ އެވެ.

ރައީސް ސޯލިހު ވިދާޅުވީ ރައްޔިތުންގެ ވޯޓަކާ ހިސާބަށް ފެންނަން ނުފެންނަ ވޯޓަކަށް ގެންނަންވާނީ ވަރަށް ގިނަ ބަހުސްތަކެއް، ވަރަށް ގިނަ ވާހަކަތަކެއް ދެކެވި، ރައްޔިތުންނަށް އެ ކުރަން އުޅެނީ ކީއްކަން ސާފުކޮށް ކިޔައިދީފައި ކަމަށެވެ. އަދި މިހާރު އޮތް ފެންނަން ނުފެންނަ ވޯޓުގެ ފަހަތުގައި ކޮންމެވެސް ހީލަތްތެރި ރޭވުމެއް އޮންނާނެ ކަމަށާއި، އެހެންނަމަވެސް، މިގޮތަކަށް 5 މިނެޓުން ރައްޔިތުންގެ މަޖިލީހުން ފާސްކޮށްގެން ރައްޔިތުންނާ ހިސާބަށް ގެންނާކަށްނުޖެހޭނެ ކަމަށް ވިދާޅުވި އެވެ. 

އިބްރާހިމް މުހައްމަދު ސާލިހުރައްޔިތުންގެ މަޖިލިސްރިޔާސީ އިންތިޚާބުމަޖިލިސް އިންތިޚާބުރައީސުލްޖުމްހޫރިއްޔާ، ޑރ. މުޙައްމަދު މުޢިއްޒުޅ. ކުރެންދޫ

ކޮމެންޓް

Like & Win

Giveaway
Powered by: Radient Heat Waters
Kent Grand Plus

Kent Grand Plus

Tap

އިތުރަށް ކިޔާލަން

އިންތިޚާބެއް ބޯމަތިވާކަން އެބަ އިހުސާސްވޭ! މި ހުރިހާ ދުވަހު ވަރިހަމަ ވި ކަންކަން މިހާރު ހެޔޮފުޅުކަމުން ކޮށްދެއްވަނީ ޔޯލަ!

އިންތިޚާބެއް ބޯމަތިވާކަން އެބަ އިހުސާސްވޭ! މި ހުރިހާ ދުވަހު ވަރިހަމަ ވި ކަންކަން މިހާރު ހެޔޮފުޅުކަމުން ކޮށްދެއްވަނީ ޔޯލަ!

14 ފެބުރުއަރީ 2026
މިސަރުކާރުން ވަކި މުއްދަތަކަށް ވެރިކަން ކުރެވޭނެ ގޮތަށް އޮތް އޮތުން ވެސް އުވާލާނެ: ފައިސަލް

މިސަރުކާރުން ވަކި މުއްދަތަކަށް ވެރިކަން ކުރެވޭނެ ގޮތަށް އޮތް އޮތުން ވެސް އުވާލާނެ: ފައިސަލް

14 ފެބުރުއަރީ 2026
ރައީސް މުއިއްޒު މަސައްކަތް ކުރައްވަނީ ރިޝްވަތާއި ފަސާދަ ފަތުރައިގެން ވެރިކަމުގައި ހުރެވޭނެ ގޮތަކަށް މުޅި ނިޒާމު ބައްޓަން ކުރުމަށް، ހާލަތު ބަދަލު ކުރަނީ ރައްޔިތުން: މެންބަރު މައުރޫފް

ރައީސް މުއިއްޒު މަސައްކަތް ކުރައްވަނީ ރިޝްވަތާއި ފަސާދަ ފަތުރައިގެން ވެރިކަމުގައި ހުރެވޭނެ ގޮތަކަށް މުޅި ނިޒާމު ބައްޓަން ކުރުމަށް، ހާލަތު ބަދަލު ކުރަނީ ރައްޔިތުން: މެންބަރު މައުރޫފް

14 ފެބުރުއަރީ 2026
ރާއްޖޭގައި ޖަރުމަނު ކުންފުނިތަކަށް ހުރި ފުރުސަތުތަކާއި ބެހޭގޮތުން މައުލޫމާތު އެރުވުމަށްފަހު ރައީސް މުއިއްޒު މާލެ ވަޑައިގެންފި

ރާއްޖޭގައި ޖަރުމަނު ކުންފުނިތަކަށް ހުރި ފުރުސަތުތަކާއި ބެހޭގޮތުން މައުލޫމާތު އެރުވުމަށްފަހު ރައީސް މުއިއްޒު މާލެ ވަޑައިގެންފި

13 ފެބުރުއަރީ 2026
ކޮންމެ ނަމެއްގަ ފެންނަ ނުފެންނަ ވޯޓެއް ނެގިޔަސް، އޭގެ އަޑީގަ ވަނީ މަކަރާ ހީލަތާ އޮޅުވާލުމާ ދޮގު: އަބްދުﷲ ޝާހިދު

ކޮންމެ ނަމެއްގަ ފެންނަ ނުފެންނަ ވޯޓެއް ނެގިޔަސް، އޭގެ އަޑީގަ ވަނީ މަކަރާ ހީލަތާ އޮޅުވާލުމާ ދޮގު: އަބްދުﷲ ޝާހިދު

13 ފެބުރުއަރީ 2026

އަހަރުތަކުން މިއަދު

8 މާރިޗު
ޕިއްޒާ ޕޮޕާސް
20251 އަހަރު ކުރިން
ލައިފް ސްޓައިލް

ޕިއްޒާ ޕޮޕާސް

ގޮނޑިއެއް ކާމިޔާބު ކުރުމަށް ދުވަހަކުވެސް ނުކުރާހާ މަސައްކަތް، ކޮމަންޑޫ ގޮނޑި ރާޑޯއަށް ކާމިޔާބު ކޮށްދިނުމަށް ކުރެވުނު: ސާލިހު
20242 އަހަރު ކުރިން
ރާއްޖެ

ގޮނޑިއެއް ކާމިޔާބު ކުރުމަށް ދުވަހަކުވެސް ނުކުރާހާ މަސައްކަތް، ކޮމަންޑޫ ގޮނޑި ރާޑޯއަށް ކާމިޔާބު ކޮށްދިނުމަށް ކުރެވުނު: ސާލިހު

ނުރައްކާތެރި އައު ބައްޔެއް ހަލުވިކަމާއެކު ފެތުރެމުންދާތީ ސަމާލުވާން އެދިއްޖެ
20233 އަހަރު ކުރިން
ރާއްޖެ

ނުރައްކާތެރި އައު ބައްޔެއް ހަލުވިކަމާއެކު ފެތުރެމުންދާތީ ސަމާލުވާން އެދިއްޖެ

ފެން ފޯއް ރުކަށް އެރުމަށް އުފެއްދީ ސްކޫޓަރެއް
20224 އަހަރު ކުރިން
ތަފާތު ޚަބަރު

ފެން ފޯއް ރުކަށް އެރުމަށް އުފެއްދީ ސްކޫޓަރެއް

އޮހިއޯގައި އޮޅުމަކުން ކޮވިޑު ވެކްސިންގެ 2 ޑޯޒް ޖެހި މީހަކު އެނދުމަތި ކުރަން ޖެހިއްޖެ
20215 އަހަރު ކުރިން
ދުނިޔެ

އޮހިއޯގައި އޮޅުމަކުން ކޮވިޑު ވެކްސިންގެ 2 ޑޯޒް ޖެހި މީހަކު އެނދުމަތި ކުރަން ޖެހިއްޖެ

މިއީ ފަޅުގެއެއް ނޫން، ފުޅަދޫ ކައުންސިލްގެ އިދާރާ
20197 އަހަރު ކުރިން
ރިޕޯޓު

މިއީ ފަޅުގެއެއް ނޫން، ފުޅަދޫ ކައުންސިލްގެ އިދާރާ

އޮޔާ: ހަޔާތުގެ ވާހަކަ އާއިއެކު ރެޕް ރަސްގެފާނު، ޕެސްޓުގެ އެނބުރި އައުން
20188 އަހަރު ކުރިން
ތަފާތު ޚަބަރު

އޮޔާ: ހަޔާތުގެ ވާހަކަ އާއިއެކު ރެޕް ރަސްގެފާނު، ޕެސްޓުގެ އެނބުރި އައުން

ރާއްޖެކުޅިވަރުދުނިޔެވިޔަފާރި - އިގްތިސާދުރިޕޯޓުފޮޓޯވާހަކަސިއްހަތުތަފާތު ޚަބަރުލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު