Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - newsAdvertisement
ރާއްޖެ
ޤާނޫނުއަސާސީ އިސްލާހުކުރުން

ހެޔޮ ނިޔަތެއްގައި ޤާނޫނުއަސާސީ އިސްލާހު ކުރާ ނަމަ ކުރަންވީ ކަމަކީ ޖުޑީޝަލް ސަރވިސް ކޮމިޝަން މިނިވަން ވާ ގޮތަށް ޤާނޫނުއަސާސީ އިސްލާހުކުރުން: ފައިސަލް

ފުވައްމުލަކުގައި ބޭއްވި ޖަލްސާއެއްގައި ވާހަކަދައްކަވަމުން ފައިސަލް ވިދާޅުވީ، ގައުމާއި ރައްޔިތުންގެ ހައްގުގައި ވަކާލާތުކުރުމުގެ ޖާގަ މެންބަރުންނަށް ގެއްލިފައިވާ ކަމަށާއި، މިހާރު ފެންނަނީ ޖުޑީޝަރީގެ މިނިވަންކަން ވެސް ގެއްލެމުންދާ މަންޒަރު ކަމަށް. އެހެންކަމުން، ގާނޫނުއަސާސީގެ ބާރު ދަމަހައްޓައި ލާމަރުކަޒީ ނިޒާމު ނަގަހައްޓަން ކުރިއަށް އޮތް އިންތިޚާބުގައި އެމްޑީޕީއަށް ވޯޓު ދިނުމަށް އޭނާ ވަނީ ގޮވާލައްވާފަ.

ނަޒާހަތު އިބްރާހިމް
ނަޒާހަތު އިބްރާހިމް, ރާއްޖެ އެމްވީ | 16 ފެބުރުއަރީ 2026 | ހޯމަ 21:11
މިދިޔަ ސަރުކާރުގެ ނައިބު ރައީސް ފައިސަލް ނަސީމް

މިދިޔަ ސަރުކާރުގެ ނައިބު ރައީސް ފައިސަލް ނަސީމް | ރާއްޖެއެމްވީ

ހެޔޮ ނިޔަތެއްގައި ޤާނޫނުއަސާސީ އިސްލާހު ކުރާ ނަމަ ކުރަންވީ ކަމަކީ ޖުޑީޝަލް ސަރވިސް ކޮމިޝަން މިނިވަން ވާ ގޮތަށް ޤާނޫނުއަސާސީ އިސްލާހުކުރުން ކަމަށް ކުރީގެ ނައިބު ރައީސް ފައިސަލް ނަސީމް ވިދާޅުވެއްޖެ އެވެ.

ފައިސަލް އެފަދައިން ވިދާޅުވީ އެމްޑީޕީ އިން ފުވައްމުލަކުގައި ބޭއްވި "ހޭވައްލާ ތައްޔާރު" ޖަލްސާގައި ވާހަކަދައްކަވަމުންނެވެ.

Advertisement - newsAdvertisement

މި ސަރުކާރު ވެރިކަމަށް އައި ފަހުން ކުރާހާ ވެސް ކަމަކީ އެކި ނަންނަމުގައި ޤާނޫނުއަސާސީ ބަދަލުކުރުން ކަމަށް ފައިސަލް ވިދާޅުވި އެވެ. އަދި ޤަނޫނުއަސާސީ އިސްލާހު ކުރާ ނަމަ ރައްޔިތުންގެ އިތުބާރި ލިބޭނެ ބަދަލުތައް ގެނައުމަށް ފައިސަލް ގޮވާލެއްވި އެވެ.

އެންމެ ފުރަތަމަ ކަމަކަށް މި ސަރުކާރުން ކުރި ކަމަކީ ރައްޔިތުންގެ މަޖިލީހުގައި ތިބި ރައްޔިތުންގެ ޚާދިމުންގެ ބާރު ގެއްލުވާލާ ގޮތަށް މަގުފަހިކޮށްދޭ އިސްލާހެއް ޤާނޫނުއަސާސީ އަށް ގެނައުން ކަމަށް ފައިސަލް ވިދާޅުވި އެވެ. އެ މެމްބަރުންނަށް ސަރުކާރަށް ފާރަވެރިވެ ސަރުކާރު ޖަވާބުދާރީ ކުރުވަން ތިބި މީހުން ކަަމަށް ވީ ނަމަވެސް ގައުމާއި ރައްޔިތުންގެ ހައްގުގައި ވަކާލަތު ކުރުމުގެ ޖާގަ އެއްކޮށް ގެއްލިފައިވާ ކަމަށް ފައިސަލް ވިދާޅުވި އެވެ.

ޖުޑީޝަރީގެ މިނިވަންކަން ވެސް ގެއްލޭ ގޮތަށް މިހާރު ކަންކަން އޮތް ކަމަށް ފާހަގަކުރައްވާ ފައިސަލް ވަނީ ރައީސްގެ ބާރު ވެރިކަން ކުޑަ ވާ ގޮތަށް ޖޭއެސްސީ އެކުލަވާލައިފި ނަމަ އެ ތަނަށް ވެސް އާއްމުންގެ އިތުބާރު ލިބޭނެ ކަމަށެވެ. މިހާރު ސަރުކާރުން އަމަލުކުރަމުންދާ ގޮތުން ރައްޔިތުންގެ އިތުބާރު ސަރުކާރަށް ނެތް ކަމަށް ފައިސަލް ވިދާޅުވި އެވެ.

"ޤާނޫނުއަސާސީ އަށް ބަދަލުގެނައުން، ކޮން ބޭނުމެއްގައި ތޯ އެކަން ކުރީ މިކަމާއި ވިސްނަވާ ރައްޔިތުން. ޤާނޫނުއަސާސީ އެއް ލިބުނީ ކިހިނެތްކަން ވަރަށް ސާފު. އެއީ ބުރަ މަސައްކަތެއް. އެތައް ބަޔަކު ޖަލަށް ދާން ޖެހުނު. ވެރިކަން ހިންގުމުގެ ކުރިއަށް އަންނާނީ ޤާނޫނު ހިންގުމުގެ ބާރު. ދެން އޮތީ އަދުލު އިންސާފުގެ ބާރު." ފައިސަލް ވިދާޅުވި އެވެ.

ފައިސަލް ވިދާޅުވީ ޤާނޫނުއަސާސީގެ 230 ވަނަ މާއްދާ އިން ބާރު ލިބިގެން، ލާމަރުކަޒީ ނިޒާމް ރާއްޖެ އަށް ގެނައުމުގެ ފައިދާ ރާއްޖޭގެ ރަށްތަކަށް ފާއިތުވެ ދިޔަ އަހަރުތަކުގައި ލިބެމުން ގޮސްފައިވާ ކަމަށް ފައިސަލް ވިދާޅުވި އެވެ. ރައްޔިތުން ބޭނުންވާ ކަންކަން ކުރެވި ރައްޔިތުންނަށް ކުރިއެރުން ލިބޭނެ ޖާގަ ވަރަށް ބޮޑަށް ލިބިގެން ދިޔަ ކަމަށް ފައިސަލް ވިދާޅުވި އެވެ. ޤާނޫނުއަސާސީގެ ބާރު ދަމަހައްޓާ، ލާމަރުކަޒީ ނިޒާމް ނަގަހައްޓަން ކުރިއަށް އޮތް ކައުންސިލް އިންތިޚާބުގައި އެމްޑީޕީ އަށް ވޯޓު ދިނުމަށް އޭނާ ވަނީ ގޮވާލައްވާފަ އެވެ.

ފައިސަލް ނަސީމްޖޭއެސްސީއެމްޑީޕީފުވައްމުލަކުލާމަރުކަޒުކުރުންލޯކަލް ކައުންސިލް އިންތިޚާބު 2026

ކޮމެންޓް

އިތުރަށް ކިޔާލަން

ދެ އިންތިހާބު އެއްކޮށްލުމުގެ ބިލު ތަސްދީގުކުރެއްވުމުގެ ކުރިން ރައްޔިތުންގެ ހިޔާލު ހޯދުމުގެ އާންމު ވޯޓެއް ކައުންސިލް އިންތިހާބާއެކު ނަގަނީ

ދެ އިންތިހާބު އެއްކޮށްލުމުގެ ބިލު ތަސްދީގުކުރެއްވުމުގެ ކުރިން ރައްޔިތުންގެ ހިޔާލު ހޯދުމުގެ އާންމު ވޯޓެއް ކައުންސިލް އިންތިހާބާއެކު ނަގަނީ

16 ފެބުރުއަރީ 2026
އެމްޑީޕީގެ، ހެންވޭރު ހުޅަނގުގެ ދޮރުން ދޮރަށް ހަރަކާތް ކާމިޔާބުކަމާއި އެކު ކުރިއަށް ގެންގޮސްފި

އެމްޑީޕީގެ، ހެންވޭރު ހުޅަނގުގެ ދޮރުން ދޮރަށް ހަރަކާތް ކާމިޔާބުކަމާއި އެކު ކުރިއަށް ގެންގޮސްފި

16 ފެބުރުއަރީ 2026
މި 5 އަހަރު ނިމޭއިރު ދައުލަތުގެ ދަރަނި 200 ބިލިއަނަށް އަރާނެ: ރައީސް ސޯލިހު

މި 5 އަހަރު ނިމޭއިރު ދައުލަތުގެ ދަރަނި 200 ބިލިއަނަށް އަރާނެ: ރައީސް ސޯލިހު

16 ފެބުރުއަރީ 2026
ނ.ކެނދިކުޅުދޫ މަގު ހެދުމުގެ މަސައްކަތް ދެ ފަހަރަށް ފަށައިގެން ވެސް ހަމަހިލާ ކުރިއަކަށް ނުދިޔަ

ނ.ކެނދިކުޅުދޫ މަގު ހެދުމުގެ މަސައްކަތް ދެ ފަހަރަށް ފަށައިގެން ވެސް ހަމަހިލާ ކުރިއަކަށް ނުދިޔަ

15 ފެބުރުއަރީ 2026
ފަހު ވަގުތު ޕީއެންސީގެ ކެންޑިޑޭޓް މޫސާ އަލީ ޖަލީލް ބަހުސް ގައި ބައިވެރި ނުވާކަން އަންގައިފި

ފަހު ވަގުތު ޕީއެންސީގެ ކެންޑިޑޭޓް މޫސާ އަލީ ޖަލީލް ބަހުސް ގައި ބައިވެރި ނުވާކަން އަންގައިފި

15 ފެބުރުއަރީ 2026

އަހަރުތަކުން މިއަދު

8 މެއި
ޗައިނާގެ ބޯޓެއް ބޭނުން ކޮށްގެން، ޕާކިސްތާނުން އިންޑިއާގެ ދެ ބޯޓު ވައްޓާލައިފި
20251 އަހަރު ކުރިން
ދުނިޔެ

ޗައިނާގެ ބޯޓެއް ބޭނުން ކޮށްގެން، ޕާކިސްތާނުން އިންޑިއާގެ ދެ ބޯޓު ވައްޓާލައިފި

ކުޑަކުދިންގެ ދުވަހު ޕިއްޒާއެއް ކުރަހައިގެން ހިލޭ ޕިއްޒާއެއް ހޯދުމުގެ ފުރުސަތު ޕިއްޒާ ބޯނާ އިން
20242 އަހަރު ކުރިން
ވިޔަފާރި-އިގްތިސާދު

ކުޑަކުދިންގެ ދުވަހު ޕިއްޒާއެއް ކުރަހައިގެން ހިލޭ ޕިއްޒާއެއް ހޯދުމުގެ ފުރުސަތު ޕިއްޒާ ބޯނާ އިން

ސްކޫލް ނިންމުމަށްފަހު ރަށަށް، އެނބުރި އައީ ޤައުމީ ޓީމްގެ ފުރުޞަތަށް!
20233 އަހަރު ކުރިން
މީހުން

ސްކޫލް ނިންމުމަށްފަހު ރަށަށް، އެނބުރި އައީ ޤައުމީ ޓީމްގެ ފުރުޞަތަށް!

މަސްތުވާތަކެތީގެ މައްސަލަތަކެއްގައި ގއ. އަތޮޅުގެ ދެ ރަށަކުން ދެ މީހުން ހައްޔަރުކޮށްފި
20224 އަހަރު ކުރިން
ރާއްޖެ

މަސްތުވާތަކެތީގެ މައްސަލަތަކެއްގައި ގއ. އަތޮޅުގެ ދެ ރަށަކުން ދެ މީހުން ހައްޔަރުކޮށްފި

އެންމެ ގާތް އެކުވެރިޔާއާ ބައްދަލު ކުރެއްވުމަށްފަހު، ރައީސްގެ ޚާއްސަ މެސެޖެއް!
20215 އަހަރު ކުރިން
ރާއްޖެ

އެންމެ ގާތް އެކުވެރިޔާއާ ބައްދަލު ކުރެއްވުމަށްފަހު، ރައީސްގެ ޚާއްސަ މެސެޖެއް!

ސީރިއާގައި ތިބި ދިވެހިން ގެނައުމުގެ މަސައްކަތް އެބަކުރެވޭ!
20197 އަހަރު ކުރިން
ރާއްޖެ

ސީރިއާގައި ތިބި ދިވެހިން ގެނައުމުގެ މަސައްކަތް އެބަކުރެވޭ!

އަނިޔާވެރިކަން އަބަދަށް ނުބޭއްވޭނެކަން ދައްކާލާނަން: ނާދިރާ
20188 އަހަރު ކުރިން
ރާއްޖެ

އަނިޔާވެރިކަން އަބަދަށް ނުބޭއްވޭނެކަން ދައްކާލާނަން: ނާދިރާ

ރާއްޖެކުޅިވަރުދުނިޔެވިޔަފާރި - އިގްތިސާދުރިޕޯޓުފޮޓޯވާހަކަސިއްހަތުތަފާތު ޚަބަރުލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު