Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - sportsAdvertisement
ކުޅިވަރު
އިނގިރޭސި ޕްރިމިއަރ ލީގު

ފުލަމް ބަލިކޮށް، ސިޓީ އިން ތިން ޕޮއިންޓަށް ފަރަގު ކުޑަ ކޮށްފި

މޮޅާއެކު ލީގު ތާވަލްގެ ދެ ވަނަ މަގާމުގައި ސިޓީ އޮތީ ކުޅެފައިވާ 26 މެޗުން 53 ޕޮއިންޓާ އެކު. ސިޓީ އަށް ވުރެ އެއް މެޗު މަދުން ކުޅެގެން އެއް ވަނައިގައި އާސެނަލް އަށް ލިބެނީ 56 ޕޮއިންޓު. ނަމަވެސް، މެޗުގެ އަދަދު ހަމަކޮށް ހަ ޕޮއިންޓަށް ލީޑު ފުޅާ ކުރުމުގެ ފުރުސަތު އާސެނަލް އަށް އޮންނާނެ.

ޝައިހާން ޒަރީރް
ޝައިހާން ޒަރީރް, ރާއްޖެ އެމްވީ | 12 ފެބުރުއަރީ 2026 | ބުރާސްފަތި 04:23
މެޗުގައި ލަނޑު ޖެހުމަށް ފަހު ސިޓީގެ ހާލަންޑް އުފާ ފާޅު ކުރަނީ

މެޗުގައި ލަނޑު ޖެހުމަށް ފަހު ސިޓީގެ ހާލަންޑް އުފާ ފާޅު ކުރަނީ | ރޮއިޓާސް

އިނގިރޭސި ޕްރިމިއަރ ލީގުގައި ފުލަމްއާ ދެކޮޅަށް ކުޅުނު މެޗުން މޮޅުވެ، މެންޗެސްޓަރ ސިޓީ އިން އެއް ވަނައިގައި އޮތް އާސެނަލްއާ ދެމެދު އޮތް ފަރަގު ތިން ޕޮއިންޓަށް ކުޑަ ކޮށްފި އެވެ. 

ސިޓީގެ އަމިއްލަ ދަނޑު، އިއްތިހާދު ސްޓޭޑިއަމްގައި ބުދަ ދުވަހުގެ ރޭ ދަންވަރު ކުޅުނު މެޗު އެ ޓީމުން ކާމިޔާބު ކުރީ 3-0 އިންނެވެ. މެޗުގައި ސިޓީ އިން އެ ޓީމުގެ ތިން ލަނޑު ވެސް ޖެހީ މެޗުގެ ފުރަތަމަ ހާފުގަ އެވެ.

މެޗުގެ ފުރަތަމަ ހާފުގެ 24 ވަނަ މިނެޓުގައި ސިޓީ އަށް ލީޑު ނަގައިދިނީ އެންޓޮއިން ސެމެންޔޯ އެވެ. އޭގެ ހަ މިނެޓު ފަހުން ނިކޯ އޯ ރެއިލީ ވަނީ ސިޓީގެ ދެ ވަނަ ލަނޑު ޖަހައި ލީޑު ފުޅާ ކޮށްފަ އެވެ. އެއީ ސެމެންޔޯ ތަނަވަސްކޮށްދިން ފުރުސަތެއްގައި އޭނާ ޖެހި ލަނޑެކެވެ. މެޗުގައި ސިޓީގެ ތިން ވަނަ ލަނޑު، ފުރަތަމަ ހާފުގެ 39 ވަނަ މިނެޓުގައި ޖެހީ ނޯވޭގޭ ފޯވާޑް އާލިން ހާލަންޑް އެވެ. އެ ލަނޑު ޖަހަން ހާލަންޑް އަށް ފުރުސަތު ތަނަވަސްކޮށްދިނީ ފިލް ފޮޑެން އެވެ. 

މޮޅާއެކު ސިޓީ އޮތީ ލީގު ތާވަލްގެ ދެ ވަނަ މަގާމުގަ އެވެ. އެއީ މިހާތަނަށް ލީގުގައި ކުޅެފައިވާ 26 މެޗުން 53 ޕޮއިންޓާ އެކު އެވެ. ސިޓީ އަށް ވުރެ އެއް މެޗު މަދުން ކުޅެގެން އެއް ވަނައިގައި އާސެނަލް އަށް ލިބެނީ 56 ޕޮއިންޓެވެ. ނަމަވެސް، މެޗުގެ އަދަދު ހަމަކޮށް ހަ ޕޮއިންޓަށް ލީޑު ފުޅާ ކުރުމުގެ ފުރުސަތު އާސެނަލް އަށް އޮންނާނެ އެވެ. 

ލީގުގައި ބުރާސްފަތި ދުވަހުގެ ރޭ ދަންވަރު އާސެނަލް ނިކުންނާނީ ބްރެންޓްފޯޑްއާ ދެކޮޅަށެވެ.

އިނގިރޭސި ޕްރިމިއަރ ލީގުމެންޗެސްޓަރ ސިޓީފުލަމް

ކޮމެންޓް

އިތުރަށް ކިޔާލަން

ވެސްޓް ހޭމް ކައިރިން ޔުނައިޓެޑު ސަލާމަތްވީ ފަހު ވަގުތު

ވެސްޓް ހޭމް ކައިރިން ޔުނައިޓެޑު ސަލާމަތްވީ ފަހު ވަގުތު

11 ފެބުރުއަރީ 2026
ފަހަތުން އަރައި ލީޑްސް އިން ޗެލްސީ ހުއްޓުވައިފި

ފަހަތުން އަރައި ލީޑްސް އިން ޗެލްސީ ހުއްޓުވައިފި

11 ފެބުރުއަރީ 2026
ފަހަތުން އަރައި ލިވަޕޫލް ބަލިކޮށް، ސިޓީ އިން ފަރަގު ކުޑަ ކޮށްފި

ފަހަތުން އަރައި ލިވަޕޫލް ބަލިކޮށް، ސިޓީ އިން ފަރަގު ކުޑަ ކޮށްފި

09 ފެބުރުއަރީ 2026
ޕާމާގެ ހެޓްރިކާ އެކު ވުލްވްސް ބަލިކޮށް، ޗެލްސީ ފަސް ވަނައިގައި

ޕާމާގެ ހެޓްރިކާ އެކު ވުލްވްސް ބަލިކޮށް، ޗެލްސީ ފަސް ވަނައިގައި

08 ފެބުރުއަރީ 2026
ސަންޑަލެންޑް ބަލިކޮށް، އާސެނަލް އަށް ނުވަ ޕޮއިންޓުގެ ލީޑެއް

ސަންޑަލެންޑް ބަލިކޮށް، އާސެނަލް އަށް ނުވަ ޕޮއިންޓުގެ ލީޑެއް

08 ފެބުރުއަރީ 2026

އަހަރުތަކުން މިއަދު

29 މާރިޗު
އީދު ބޮކި: ދިއްލުނު ބޮކިން ނުފެންނަ ބޮކި
20251 އަހަރު ކުރިން
ރިޕޯޓު

އީދު ބޮކި: ދިއްލުނު ބޮކިން ނުފެންނަ ބޮކި

ބާކީކޮށް ފޮނުވާލީ ބަކަރި ދަނޑަށް، ހުރައަށް ކުޅެން ދިޔައީ ކެނޯއެއްގައި ފަލި ޖަހާފައި، މިހާރު ގަދަ ވިޔަފާރިވެރިއެއް
20242 އަހަރު ކުރިން
މީހުން

ބާކީކޮށް ފޮނުވާލީ ބަކަރި ދަނޑަށް، ހުރައަށް ކުޅެން ދިޔައީ ކެނޯއެއްގައި ފަލި ޖަހާފައި، މިހާރު ގަދަ ވިޔަފާރިވެރިއެއް

އެންމެ މަދުން މީހުން ދިރިއުޅެނީ ރަކީދޫގައި، އެންމެ 63 ދިވެހީން!
20233 އަހަރު ކުރިން
ރާއްޖެ

އެންމެ މަދުން މީހުން ދިރިއުޅެނީ ރަކީދޫގައި، އެންމެ 63 ދިވެހީން!

މެކްރޮން ޕުޓިންއަށް: ގޭހަށް ރަޝިޔާގެ ކަރަންސީން އަގު އަދާކުރުމަކީ ކުރެވޭނެ ކަމެއްނޫން
20224 އަހަރު ކުރިން
ދުނިޔެ

މެކްރޮން ޕުޓިންއަށް: ގޭހަށް ރަޝިޔާގެ ކަރަންސީން އަގު އަދާކުރުމަކީ ކުރެވޭނެ ކަމެއްނޫން

ވިއެނާ ކޮންވެންޝަނުގައި ބައިވެރިވުމުން ރާއްޖޭގެ ލައިސަންސް ބޭނުންކޮށްގެން މެންބަރު ގައުމުތަކުގައި ދުއްވޭނެ :ނަހުލާ
20215 އަހަރު ކުރިން
ރާއްޖެ

ވިއެނާ ކޮންވެންޝަނުގައި ބައިވެރިވުމުން ރާއްޖޭގެ ލައިސަންސް ބޭނުންކޮށްގެން މެންބަރު ގައުމުތަކުގައި ދުއްވޭނެ :ނަހުލާ

ތިމަރަފުށި ކެމްޕެއިން ފޯރީގައި އަންވަރުގެ ލޮލުން ކަރުނަ، މުސްތަފާ މައާފަށް!
20197 އަހަރު ކުރިން
ރިޕޯޓު

ތިމަރަފުށި ކެމްޕެއިން ފޯރީގައި އަންވަރުގެ ލޮލުން ކަރުނަ، މުސްތަފާ މައާފަށް!

ފަހު ފިޔަވަޅުމަތީގައި ވެސް މަހުލޫފު ދެއްކި ހިތްވަރު ދެކިބަލަ!
20188 އަހަރު ކުރިން
ރިޕޯޓު

ފަހު ފިޔަވަޅުމަތީގައި ވެސް މަހުލޫފު ދެއްކި ހިތްވަރު ދެކިބަލަ!

ރާއްޖެކުޅިވަރުދުނިޔެވިޔަފާރި - އިގްތިސާދުރިޕޯޓުފޮޓޯވާހަކަސިއްހަތުތަފާތު ޚަބަރުލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު