Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - worldAdvertisement
ދުނިޔެ
އިރާން-ރަޝިޔާ

އިރާނުން ރަޝިޔާއާއެކު 500 މިލިއަން ޔޫރޯގެ އެންމެ ޒަމާނީ މިސައިލް އެއްބަސްވުމެއްގައި ސޮއި ކޮށްފި

ރަޝިޔާގެ ލީކުވެފައިވާ ލިޔެކިޔުންތަކާ ހަވާލާދީ ފައިނޭންޝަލް ޓައިމްސްއިން ރިޕޯޓުކޮށްފައިވާ ގޮތުގައި، އިރާނުން ދަނީ ކުރިއަށް އޮތް ތިން އަހަރު ދުވަހުގެ ތެރޭގައި ރަޝިޔާގެ އެންމެ ޒަމާނީ "ވާބާ" މަރުކާގެ މިސައިލް ސިސްޓަމްތައް ހޯދުމަށް މަސައްކަތް ކުރަމުން. ދެ ގައުމުގެ ދެމެދުގައި އަސްކަރީ ގުޅުން ބަދަހިވަމުންދާއިރު، މި ފަހުން ގަލްފް ސަރަހައްދުގައި ދެ ގައުމު ގުޅިގެން ކަނޑުގެ އަސްކަރީ ތަމްރީނުތަކެއްވެސް ވަނީ ބާއްވާފައި.

ރާއްޖެ އެމްވީ | 22 ފެބުރުއަރީ 2026 | އާދީއްތަ 18:54
އީރާނުގެ ވެރިރަށް ތެހެރާންގައި މަތީ ފަންތީގެ އަސްކަރީ އޮފިޝަލުންގެ ބައިވެރިވުމާއެކު 2023 ވަނަ އަހަރުގެ މެއި މަހުގެ 7 ވަނަ ދުވަހު ބޭއްވި ޕްރޮމޯޝަނަލް ޕްރޮގްރާމެއްގެ ތެރެއިން، އެ ގައުމުގެ މެދު ރާސްތާގެ ބެލިސްޓިކް މިސައިލެއް ކަމަށްވާ "ޚައިބަރު" (ޚުއްރަމްޝަހަރު-4) ޓެސްޓު ކުރުމަށް ފޮނުވާލާ މަންޒަރު.

އީރާނުގެ ވެރިރަށް ތެހެރާންގައި މަތީ ފަންތީގެ އަސްކަރީ އޮފިޝަލުންގެ ބައިވެރިވުމާއެކު 2023 ވަނަ އަހަރުގެ މެއި މަހުގެ 7 ވަނަ ދުވަހު ބޭއްވި ޕްރޮމޯޝަނަލް ޕްރޮގްރާމެއްގެ ތެރެއިން، އެ ގައުމުގެ މެދު ރާސްތާގެ ބެލިސްޓިކް މިސައިލެއް ކަމަށްވާ "ޚައިބަރު" (ޚުއްރަމްޝަހަރު-4) ޓެސްޓު ކުރުމަށް ފޮނުވާލާ މަންޒަރު. | ގެޓީ އިމޭޖަސް

އިރާނުން ރަޝިޔާއާއެކު ސިއްރު އެއްބަސްވުމެއް ގާއިމުކޮށް، 500 މިލިއަން ޔޫރޯ (589 މިލިއަން ޑޮލަރު) ގެ އަގުހުރި އެންމެ ޒަމާނީ ކޮނޑުމަތީގައި ފޮނުވާލެވޭ ހާހަކަށްވުރެ ގިނަ މިސައިލް ހޯދުމަށް ނިންމާފައިވާ ކަމަށް ފައިނޭންޝަލް ޓައިމްސް (އެފްޓީ) އިން އާދިއްތަ ދުވަހު ރިޕޯޓުކޮށްފިއެވެ.

މިދިޔަ ޑިސެމްބަރު މަހު މޮސްކޯގައި ސޮއިކުރި މި އެއްބަސްވުމުގެ ދަށުން، ކުރިއަށް އޮތް ތިން އަހަރު ދުވަހުގެ ތެރޭގައި "ވާބާ" މަރުކާގެ ކޮނޑުމަތީގައި ބާއްވައިގެން ފޮނުވާލެވޭ 500 ލޯންޗް ޔުނިޓާއި، "9M336" މަރުކާގެ 2،500 މިސައިލް ފޯރުކޮށްދިނުމަށް ރަޝިޔާއިން އެއްބަސްވެފައިވާ ކަމަށް އެފްޓީން ބުނެއެވެ. އެ ނޫހުން މި މައުލޫމާތު ހާމަކޮށްފައިވަނީ އެފްޓީއަށް ފެނިފައިވާ ރަޝިޔާގެ ލީކުވެފައިވާ ލިޔެކިޔުންތަކާއި، މި މުއާމަލާތުގެ މައުލޫމާތު އެނގޭ ބައެއް ފަރާތްތަކާ ހަވާލާދީއެވެ.

މި ރިޕޯޓުގެ ސައްހަކަން ކަށަވަރުކުރުމަށް ރޮއިޓާސްއިން ކުރި މަސައްކަތް މިހާތަނަށް ކާމިޔާބުވެފައެއް ނުވެއެވެ.

އެފްޓީން ރިޕޯޓުކޮށްފައިވާ ގޮތުގައި، މި އެއްބަސްވުމުގެ ދަށުން މިސައިލްތައް ފޯރުކޮށްދިނުމަށް ހަމަޖެހިފައިވަނީ 2027 ވަނަ އަހަރުން ފެށިގެން 2029 ވަނަ އަހަރުގެ ނިޔަލަށް، ތިން ބަޔަކަށް ބަހާލައިގެންނެވެ.

މި މުއާމަލާތުގެ މަޝްވަރާތައް ކުރިއަށްގެންގޮސްފައިވަނީ ރަޝިޔާގެ ދައުލަތުގެ ހަތިޔާރު އެކްސްޕޯޓްކުރާ ކުންފުނި ކަމަށްވާ "ރޮސޮބޮރޮންއެކްސްޕޯޓް" އާއި، އިރާނުގެ މިނިސްޓްރީ އޮފް ޑިފެންސް އެންޑް އާމްޑް ފޯސަސް ލޮޖިސްޓިކްސް (އެމް.އޯ.ޑީ.އޭ.އެފް.އެލް) އިން މޮސްކޯއަށް ކަނޑައަޅާފައި ހުންނަ މަންދޫބާ ދެމެދު ކަމަށް އެފްޓީން ބުނެއެވެ.

އެފްޓީއަށް ފެނިފައިވާ ކޮންޓްރެކްޓެއްގައިވާ ގޮތުން، މި ހަތިޔާރުތައް ހޯދުމަށް އިރާނުން ރަސްމީކޮށް އެދިފައިވަނީ މިދިޔަ އަހަރުގެ ޖުލައި މަހުގައެވެ. 

ރަޝިޔާއާއި އިރާނާ ދެމެދު ސްޓްރެޓީޖިކް ޕާޓްނަޝިޕް އެއްބަސްވުމެއް އޮތް ނަމަވެސް، އޭގެ ތެރޭގައި އެއް ގައުމު އަނެއް ގައުމު ދިފާއުކުރުމުގެ މާއްދާއެއް ނުހިމެނެއެވެ. ރަޝިޔާގެ ޑިފެންސް މިނިސްޓްރީން ބުނި ގޮތުގައި، މި ފެބްރުއަރީ މަހުގެ ކުރީކޮޅު ރަޝިޔާގެ ކަނޑުގެ ސިފައިންގެ މަނަވަރެއް ވަނީ ގަލްފް އޮފް އޯމާންގައި އިރާނުގެ ކަނޑުގެ ސިފައިންނާއެކު އަސްކަރީ ތަމްރީނުތަކެއް ކުރިއަށްގެންގޮސްފައެވެ.

މަސްދަރު: ރޮއިޓާސް

އީރާން-ރަޝިޔާއީރާން-އިޒްރޭލް

ކޮމެންޓް

އިތުރަށް ކިޔާލަން

އީރާނަށް ހަމަލާއެއް ދީފިނަމަ، އެމެރިކާގެ އަސްކަރީ މަރުކަޒުތަކާއި ވަސީލަތްތަކަކީ ހަމަލާދެވިދާނެ ތަންތަން ކަމަށް ބުނެ އީރާނުން އިންޒާރު ދީފި

އީރާނަށް ހަމަލާއެއް ދީފިނަމަ، އެމެރިކާގެ އަސްކަރީ މަރުކަޒުތަކާއި ވަސީލަތްތަކަކީ ހަމަލާދެވިދާނެ ތަންތަން ކަމަށް ބުނެ އީރާނުން އިންޒާރު ދީފި

20 ފެބުރުއަރީ 2026
އީރާނުން މުހިންމު އަސްކަރީ ސައިޓުތަކުގެ ދިފާއު ވަރުގަދަކުރަނީ

އީރާނުން މުހިންމު އަސްކަރީ ސައިޓުތަކުގެ ދިފާއު ވަރުގަދަކުރަނީ

18 ފެބުރުއަރީ 2026
އީރާނާއި ރަޝިޔާ ގުޅިގެން ކަނޑުމަތީގެ އަސްކަރީ ތަމްރީނު ފަށަނީ

އީރާނާއި ރަޝިޔާ ގުޅިގެން ކަނޑުމަތީގެ އަސްކަރީ ތަމްރީނު ފަށަނީ

18 ފެބުރުއަރީ 2026
އީރާން އިން މުއްސަނދި ކޮށްފައިވާ ހުރިހާ ޔުރޭނިއަމެއް ބޭރު ކުރަން ޖެހޭނެ: ނަތަންޔާހޫ

އީރާން އިން މުއްސަނދި ކޮށްފައިވާ ހުރިހާ ޔުރޭނިއަމެއް ބޭރު ކުރަން ޖެހޭނެ: ނަތަންޔާހޫ

16 ފެބުރުއަރީ 2026
ދަތިކުރުމުގެ ފިޔަވަޅުތައް އުވާލާނަމަ ނިއުކްލިއާ އެއްބަސްވުމަކަށް އަންނަން އީރާން ތައްޔާރު

ދަތިކުރުމުގެ ފިޔަވަޅުތައް އުވާލާނަމަ ނިއުކްލިއާ އެއްބަސްވުމަކަށް އަންނަން އީރާން ތައްޔާރު

15 ފެބުރުއަރީ 2026

އަހަރުތަކުން މިއަދު

20 އެޕްރީލު
ބޭނުން ދީނަކަށް އުޅުމުގެ މިނިވަންކަން ދިނުމަށް ގޮވާލާ އދ އަށް ހުށަހެޅި ގަރާރަށް ރާއްޖެއިން ޖެހީ ހެޔޮ ފާހަގައެއް
20251 އަހަރު ކުރިން
ރާއްޖެ

ބޭނުން ދީނަކަށް އުޅުމުގެ މިނިވަންކަން ދިނުމަށް ގޮވާލާ އދ އަށް ހުށަހެޅި ގަރާރަށް ރާއްޖެއިން ޖެހީ ހެޔޮ ފާހަގައެއް

ރައްޔިތުން މަޖިލީހުގެ އިންތިޚާބުގެ ވޯޓުލުން ފަށައިފި
20242 އަހަރު ކުރިން
ރާއްޖެ

ރައްޔިތުން މަޖިލީހުގެ އިންތިޚާބުގެ ވޯޓުލުން ފަށައިފި

ރަންތާޖު ޤުރުއާން މުބާރާތުން ވަކިވެގެންދާ ދެ ބައިވެރިން އިއުލާންކޮށްފި
20233 އަހަރު ކުރިން
ރާއްޖެ

ރަންތާޖު ޤުރުއާން މުބާރާތުން ވަކިވެގެންދާ ދެ ބައިވެރިން އިއުލާންކޮށްފި

ޕައިނަޕަލް އަޕް ސައިޑް ޑައުން ކޭކް
20224 އަހަރު ކުރިން
ލައިފް ސްޓައިލް

ޕައިނަޕަލް އަޕް ސައިޑް ޑައުން ކޭކް

އުއްތަމަފަނޑިޔާރު މުއުތަސިމް އަދުނާނުގެ މައިކަނބަލުން އަވަހާރަވެއްޖެ
20215 އަހަރު ކުރިން
ރާއްޖެ

އުއްތަމަފަނޑިޔާރު މުއުތަސިމް އަދުނާނުގެ މައިކަނބަލުން އަވަހާރަވެއްޖެ

ލަންކާގައި ދިން ބޮމުގެ ހަމަލާ: ބޮންގޮއްވި މީހުން އުފުލި ވޭނު ފުލުހުންގެ ބެލުމުގެ ދަށަށް
20197 އަހަރު ކުރިން
ދުނިޔެ

ލަންކާގައި ދިން ބޮމުގެ ހަމަލާ: ބޮންގޮއްވި މީހުން އުފުލި ވޭނު ފުލުހުންގެ ބެލުމުގެ ދަށަށް

ވަޒީރު އަތަށް ފިހިގަނޑު ދިނުމަކުން މާލެ ސާފެއް ނުވާނެ!
20188 އަހަރު ކުރިން
ރިޕޯޓު

ވަޒީރު އަތަށް ފިހިގަނޑު ދިނުމަކުން މާލެ ސާފެއް ނުވާނެ!

ރާއްޖެކުޅިވަރުދުނިޔެވިޔަފާރި - އިގްތިސާދުރިޕޯޓުފޮޓޯވާހަކަސިއްހަތުތަފާތު ޚަބަރުލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު