Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - worldAdvertisement
ދުނިޔެއިރާން-އެމެރިކާ

އިރާނުން ހޯމޫޒް ކަނޑުއޮޅީގެ ބައެއް ސަރަހައްދުތައް ބަންދުކުރަނީ

17 ފެބުރުއަރީ 2026 | އަންގާރަ 13:29

އެމެރިކާ އާ އީރާނާ ދެމެދު މަސްރަހު ގޯސްވެފައިވާ ދަނޑިވަޅެއްގައި ކުރިއަށްގެންދާ މި ތަމްރީނުތަކަކީ ކުރިމަތިވެދާނެ ނުރައްކާތަކަށް ތައްޔާރުވުމަށް ބާއްވާ ހަރަކާތްތަކެއް ކަމަށް އިރާނުން ބުނޭ. ދުނިޔޭގެ ތެލުގެ ވިޔަފާރީގެ ބޮޑު ބައެއް ހިއްސާކުރާ ހޯމޫޒް ކަނޑުއޮޅި އެއްކޮށް ބަންދުކުރުމުގެ އިހުތިޔާރު އޮތީ ގައުމުގެ އިސް ވެރިންގެ އަތްޕުޅުގައި ކަމަށް އެ ގައުމުގެ އަސްކަރިއްޔާއިން ހާމަކުރޭ.

ރާއްޖެ އެމްވީ | 17 ފެބުރުއަރީ 2026 | އަންގާރަ 13:29
މި އިލަސްޓްރޭޝަނުން ފެންނަނީ، ތެޔޮ ހޮޅިއެއްގެ ފަހަތުން ހޯމޫޒް ކަނޑުއޮޅި އާއި އީރާން ހިމެނޭ ސަރަހައްދުގެ ޗާޓެއް.

މި އިލަސްޓްރޭޝަނުން ފެންނަނީ، ތެޔޮ ހޮޅިއެއްގެ ފަހަތުން ހޯމޫޒް ކަނޑުއޮޅި އާއި އީރާން ހިމެނޭ ސަރަހައްދުގެ ޗާޓެއް. | ރޮއިޓާސް

އިރާނުގެ އިސްލާމިކް ރިވޮލިއުޝަނަރީ ގާޑް ކޯޕްސް (އައި.އާރް.ޖީ.ސީ) އިން ކުރިއަށްގެންދާ އަސްކަރީ ތަމްރީނުތަކާ ގުޅިގެން، "ސަލާމަތީ" ފިޔަވަޅެއްގެ ގޮތުން ހޯމޫޒް ކަނޑުއޮޅީގެ ބައެއް ސަރަހައްދުތައް ބަންދުކުރާނެ ކަމަށް އެ ގައުމުގެ ދައުލަތުގެ މީޑިއާ އިން އަންގާރަ ދުވަހު ރިޕޯޓްކޮށްފި އެވެ.

ހޯމަ ދުވަހު ފެށި މި ތަމްރީނުތައް ކުރިއަށްދާ ސަރަހައްދުގެ ކައިރީގައި ހުރެ ދައުލަތުގެ ޓީވީގެ ނޫސްވެރިއަކު މައުލޫމާތު ދިން ގޮތުގައި، ހޯމޫޒް ކަނޑުއޮޅީގެ ބައެއް ސަރަހައްދުތައް ބަންދުކުރަން ނިންމީ ކަނޑުދަތުރުފަތުރުގެ ރައްކާތެރިކަމުގެ އުސޫލުތަކަށް އިހުތިރާމް ކުރުމުގެ ގޮތުންނެވެ.

އޭނާ އިތުރަށް ބުނި ގޮތުގައި މި ސަރަހައްދުތައް ބަންދުކޮށްފައި އޮންނާނީ "މަދު ގަޑިއިރުތަކަކަށެވެ."

ހޯމޫޒް ކަނޑުއޮޅިއަށް ކުރިމަތިވެދާނެ "ސަލާމަތީ އަދި އަސްކަރީ ނުރައްކާތަކަށް" ތައްޔާރުވުމުގެ ގޮތުން އައިއާރްޖީސީ އިން ސިލްސިލާ އަސްކަރީ ތަމްރީނުތަކެއް ފަށާފައިވަނީ މިދިޔަ ހޯމަ ދުވަހުއެވެ.

ނަމަވެސް، މި އަސްކަރީ ތަމްރީނުތައް ކުރިއަށްދާނީ ކިހާ މުއްދަތަކަށް ކަމެއް ހާމަކޮށްފައެއް ނުވެ އެވެ.

އިރާނުން މި ތަމްރީނުތައް ފަށާފައި މިވަނީ، އެ ގައުމުގެ ނިއުކްލިއާ ޕްރޮގްރާމާ ގުޅޭ އެއްބަސްވުމަކަށް އައުމަށް ބާރު އެޅުމުގެ ގޮތުން އެމެރިކާ އިން ގަލްފް ސަރަހައްދަށް ކަނޑުގެ ބޮޑު ލަޝްކަރެއް ފޮނުވާފައިވާ ދަނޑިވަޅެއްގަ އެވެ.

އެމެރިކާ އާ ދެމެދު މަސްރަހު ގޯސްވާ ދަނޑިވަޅުތަކުގައި، ހޯމޫޒް ކަނޑުއޮޅި ބަންދުކުރާނެ ކަމުގެ އިންޒާރު އިރާނުގެ ސިޔާސީ ފަރާތްތަކުން ތަކުރާރުކޮށް ދެމުންދިޔަ ނަމަވެސް، މިހާތަނަށް އެ ކަނޑުއޮޅި އެއްކޮށް ބަންދުކޮށްފައެއް ނުވެ އެވެ.

އިންޓަނޭޝަނަލް އެނާޖީ އެޖެންސީގެ ތަފާސްހިސާބުތަކުން ދައްކާ ގޮތުގައި، ކަނޑުމަގުން އުފުލާ ތެލުގެ ހަތަރުބައިކުޅަ އެއްބައި އަދި ދުނިޔޭގައި ބޭނުންކުރާ ލިކުއިފައިޑް ނެޗުރަލް ގޭސް (އެލް.އެން.ޖީ) ގެ ފަސްބައިކުޅަ އެއްބައި އުފުލަނީ މި ކަނޑުއޮޅި ހުރަސްކޮށެވެ.

އައިއާރްޖީސީގެ ކަނޑުގެ ސިފައިންގެ ކޮމާންޑަރު އަލީރިޒާ ތަންގްސީރީ ވިދާޅުވީ، ހޯމޫޒް ކަނޑުއޮޅި އެއްކޮށް ބަންދުކުރުމުގެ ނިންމުން ބިނާވެފައިވަނީ އެ ގައުމުގެ އިސް ވެރިން ނިންމަވާ ގޮތެއްގެ މައްޗަށް ކަމަށެވެ.

މަސްދަރު: ރޮއިޓާސް

އީރާންއީރާނުގެ އިސްލާމިކް ރެވޮލިއުޝަން ގާޑްސް ކޯޕްސްހޯމޫޒް ކަނޑުއޮޅިއީރާން-އެމެރިކާ

އެންމެ ހިނގާ

1

ޑޮލަރުގެ އަގު ދަށަކަށް ނުދާނެ، އެއީ ސަރުކާރަށް ވެސް ކުރެވޭނެ ކަމެއް ނޫން: އުއްޗު

2

އީރާނުގެ ހަމަލާތަކުން ލިބޭ ގެއްލުންތައް އާންމުވާތީ އެމެރިކާގެ އަސްކަރިއްޔާއިން ކަންބޮޑުވެއްޖެ، މަންޒަރުތައް ރެކޯޑް ނުކުރަން އިންޒާރުދީ، ފޯނުތައް އަތުލަނީ

3

ސައުދީ އަރަބިއްޔާ ތޫފާނެއްގެ މެދުގައި، ތިން ދިމާލަކުން ދެކޮޅުވެރިން ވަށާލައިފި

4

ފޭކް ބުކިންގ ހަދައިގެން ކެންސަލްކުރުމަށްފަހު، ރިފަންޑު ހޯދުމަށް ހިންގާ ސްކޭމްތައް އިތުރުވަނީ!

5

މިނިވަންދުވަހުގެ ކުޅަދާނަ ސްޕީޗާއެކު "ނމކޢވ" ގެ ލަގަބު

އިތުރަށް ކިޔާލަން

17 ފެބުރުއަރީ 2026

އެމެރިކާގެ މަނަވަރު "އަބްރަހަމް ލިންކަން" އީރާނާ ކައިރިއަށް ޖެހެމުންދާއިރު އީރާނުން އަސްކަރީ ބާރު ދައްކާލުމުގެ ތަމްރީންތައް ކުރިއަށް ގެންދަނީ

17 ފެބުރުއަރީ 2026
އެމެރިކާގެ މަނަވަރު "އަބްރަހަމް ލިންކަން" އީރާނާ ކައިރިއަށް ޖެހެމުންދާއިރު އީރާނުން އަސްކަރީ ބާރު ދައްކާލުމުގެ ތަމްރީންތައް ކުރިއަށް ގެންދަނީ
16 ފެބުރުއަރީ 2026

އީރާނުން ހޯމޫޒް ކަނޑުއޮޅީގައި އަސްކަރީ ތަމްރީނުތަކެއް ބާއްވައިފި

16 ފެބުރުއަރީ 2026
އީރާނުން ހޯމޫޒް ކަނޑުއޮޅީގައި އަސްކަރީ ތަމްރީނުތަކެއް ބާއްވައިފި
16 ފެބުރުއަރީ 2026

ޖެނީވާގައި އީރާނާ އެކު އޮންނަ މަޝްވަރާ ތަކުގައި ޓްރަމްޕްގެ ފަރާތުން ބައިވެރިވާނީ ވިޓްކޮފް އާއި ކުޝްނާ

16 ފެބުރުއަރީ 2026
ޖެނީވާގައި އީރާނާ އެކު އޮންނަ މަޝްވަރާ ތަކުގައި ޓްރަމްޕްގެ ފަރާތުން ބައިވެރިވާނީ ވިޓްކޮފް އާއި ކުޝްނާ
15 ފެބުރުއަރީ 2026

ދަތިކުރުމުގެ ފިޔަވަޅުތައް އުވާލާނަމަ ނިއުކްލިއާ އެއްބަސްވުމަކަށް އަންނަން އީރާން ތައްޔާރު

15 ފެބުރުއަރީ 2026
ދަތިކުރުމުގެ ފިޔަވަޅުތައް އުވާލާނަމަ ނިއުކްލިއާ އެއްބަސްވުމަކަށް އަންނަން އީރާން ތައްޔާރު
14 ފެބުރުއަރީ 2026

47 އަހަރު ވަންދެން ދެއްކީ ވާހަކަ، އީރާންގެ ވެރިކަން ބަދަލުވުމަކީ އެންމެ ރަނގަޅު ގޮތް: ޓްރަމްޕް

14 ފެބުރުއަރީ 2026
47 އަހަރު ވަންދެން ދެއްކީ ވާހަކަ، އީރާންގެ ވެރިކަން ބަދަލުވުމަކީ އެންމެ ރަނގަޅު ގޮތް: ޓްރަމްޕް
13 ފެބުރުއަރީ 2026

ޑީލަކަށް ނާދެވިއްޖެ ނަމަ އީރާނަށް "ވަރަށް ހިތްދަތި" ނަތީޖާ އަކާ ކުރިމަތިލާން ޖެހިދާނެ ކަމަށް ވިދާޅުވެ ޓްރަމްޕް އިންޒާރުދެއްވައިފި

13 ފެބުރުއަރީ 2026
ޑީލަކަށް ނާދެވިއްޖެ ނަމަ އީރާނަށް "ވަރަށް ހިތްދަތި" ނަތީޖާ އަކާ ކުރިމަތިލާން ޖެހިދާނެ ކަމަށް ވިދާޅުވެ ޓްރަމްޕް އިންޒާރުދެއްވައިފި
13 ފެބުރުއަރީ 2026

އަނެއްކާ ވެސް އިތުރު ހަނގުރާމަމަތީ މަނަވަރެއް އެމެރިކާ އިން މެދުއިރުމައްޗަށް ފޮނުވަން ތައްޔާރުވަނީ

13 ފެބުރުއަރީ 2026
އަނެއްކާ ވެސް އިތުރު ހަނގުރާމަމަތީ މަނަވަރެއް އެމެރިކާ އިން މެދުއިރުމައްޗަށް ފޮނުވަން ތައްޔާރުވަނީ
12 ފެބުރުއަރީ 2026

ހަމާސް: އީރާނަށް ދޭ ކޮންމެ ހަމަލާ އަކީ އިސްލާމީ އުންމަތަށް ދޭ ހަމަލާ އެއް

12 ފެބުރުއަރީ 2026
ހަމާސް: އީރާނަށް ދޭ ކޮންމެ ހަމަލާ އަކީ އިސްލާމީ އުންމަތަށް ދޭ ހަމަލާ އެއް
11 ފެބުރުއަރީ 2026

ނިއުކްލިއާ ޕްރޮގްރާމާ ގުޅޭގޮތުން ކުރިމަތިކުރާ "އިންސާފެއް ނެތް ބޮޑެތި ޑިމާންޑްތަކަށް" އީރާނުން ދޫނުދޭނެ ކަމަށް އެ ގައުމުގެ ރައީސް ވިދާޅުވެއްޖެ

11 ފެބުރުއަރީ 2026
ނިއުކްލިއާ ޕްރޮގްރާމާ ގުޅޭގޮތުން ކުރިމަތިކުރާ "އިންސާފެއް ނެތް ބޮޑެތި ޑިމާންޑްތަކަށް" އީރާނުން ދޫނުދޭނެ ކަމަށް އެ ގައުމުގެ ރައީސް ވިދާޅުވެއްޖެ
11 ފެބުރުއަރީ 2026

ޓްރަމްޕް: މެދުއިރުމައްޗަށް ދެވަނަ އެއަރކްރާފްޓް ކެރިއަރެއް ފޮނުވުން މިދަނީ ވިސްނަމުން

11 ފެބުރުއަރީ 2026
ޓްރަމްޕް: މެދުއިރުމައްޗަށް ދެވަނަ އެއަރކްރާފްޓް ކެރިއަރެއް ފޮނުވުން މިދަނީ ވިސްނަމުން
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލުޓާމްސް އޮފްޔޫސް