Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - worldAdvertisement
ދުނިޔެ
އީރާން-އެމެރިކާ

އެމެރިކާގެ މަނަވަރުތައް ކަނޑުގެ އަޑިއަށް ފައްތާލެވިދާނެ ކަމުގެ އިންޒާރު ޚާމަނާއީ ދެއްވައިފި

އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕް އީރާނަށް ދެއްވަމުންދާ އަސްކަރީ އިންޒާރުތަކަށް ރައްދު ދެއްވަމުން، އެމެރިކާގެ މަނަވަރުތައް ފައްތާލުމުގެ ގާބިލުކަން އީރާނަށް ލިބިގެންވާ ކަމަށް އެގައުމުގެ އެންމެ މަތީ ވެރިޔާ އާޔަތުﷲ އަލީ ޚާމަނާއީ ވިދާޅުވި. ޓްރަމްޕް ކުރިމަތިލާން މި އުޅެނީ ވަރުގަދަ ފިލާވަޅުތަކެއް ލިބިގެންދާނެ ކުރިމަތިލުމަކާ ކަމަށާއި، އޭގެ ނަތީޖާއަކަށް ވާނީ މުޅި ދުނިޔެއަށް އިންޒާރު ދިނުން އޭނާ ހުއްޓާލަން ޖެހުން ކަމަށާއި، ވޭތުވެދިޔަ 47 އަހަރު ތެރޭގައި އީރާނު ނައްތާލުމަށް އެމެރިކާ ކުރި ހުރިހާ މަސައްކަތެއް ނާކާމިޔާބުވެފައިވާ ކަމަށް ވެސް އޭނާ ފާހަގަކުރެއްވި.

ރާއްޖެ އެމްވީ | 17 ފެބުރުއަރީ 2026 | އަންގާރަ 13:44
އީރާނުގެ އިސްލާމީ އިންގިލާބުގެ އެންމެ މަތީ ވެރިޔާ އާޔަތުﷲ ސައްޔިދު އަލީ ޚާމަނާއީ، އީސްޓް އަޒަރުބައިޖާން ޕްރޮވިންސްގެ އެތައް ހާސް ރައްޔިތުންނާ މުޚާތަބު ކުރައްވައި 2026 ފެބްރުއަރީ 17 ވަނަ ދުވަހު ވާހަކަފުޅު ދައްކަވަނީ.

އީރާނުގެ އިސްލާމީ އިންގިލާބުގެ އެންމެ މަތީ ވެރިޔާ އާޔަތުﷲ ސައްޔިދު އަލީ ޚާމަނާއީ، އީސްޓް އަޒަރުބައިޖާން ޕްރޮވިންސްގެ އެތައް ހާސް ރައްޔިތުންނާ މުޚާތަބު ކުރައްވައި 2026 ފެބްރުއަރީ 17 ވަނަ ދުވަހު ވާހަކަފުޅު ދައްކަވަނީ. | ޚާމަނާއީ.އައިއާރު

ޓްރަމްޕްގެ އިންޒާރުތަކަށް ރައްދު ދެއްވަމުން، އެމެރިކާގެ މަނަވަރުތައް ކަނޑުގެ އަޑިއަށް ފައްތާލެވިދާނެ ކަމަށް އީރާނުގެ އެންމެ މަތީ ވެރިޔާ ވިދާޅުވެއްޖެ އެވެ.

އީރާނާ ދެކޮޅަށް އެމެރިކާ އިން ތަކުރާރުކޮށް ދެމުންދާ އަސްކަރީ އިންޒާރުތަކަށް ރައްދު ދެއްވަމުން، އިސްލާމީ އިންގިލާބުގެ އެންމެ މަތީ ވެރިޔާ ވިދާޅުވީ، އެމެރިކާގެ މަނަވަރުތައް ފައްތާލުމުގެ ގާބިލުކަން ލިބިގެންވާ ހަތިޔާރުތައް، އެ މަނަވަރުތަކަށް ވުރެ މާ ނުރައްކާތެރި ކަމަށެވެ.

އީސްޓް އަޒަރުބައިޖާން ޕްރޮވިންސްގެ އެތައް ހާސް ރައްޔިތުންނާ މުޚާތަބު ކުރައްވައި އަންގާރަ ދުވަހު ވާހަކަފުޅު ދައްކަވަމުން އާޔަތުﷲ ސައްޔިދު އަލީ ޚާމަނާއީ ވިދާޅުވީ، އެމެރިކާގެ އަސްކަރިއްޔާއަކީ ދުނިޔޭގެ އެންމެ ވަރުގަދަ އަސްކަރިއްޔާ ކަމަށް އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕް ތަކުރާރުކޮށް ވިދާޅުވަމުން ގެންދަވާ ކަމަށެވެ. ނަމަވެސް، ދުނިޔޭގެ އެންމެ ވަރުގަދަ އަސްކަރިއްޔާ އަށް ވެސް ބައެއް ފަހަރު އަލުން ހިންދެމިނުލެވޭ ވަރުގެ ވަރުގަދަ ހަމަލާތަކެއް އަމާޒުވެދާނެ ކަމަށް އޭނާ ވިދާޅުވި އެވެ.

އާޔަތުﷲ ޚާމަނާއީ އިތުރަށް ވިދާޅުވީ، އީރާނާ ދިމާލަށް މަތިންދާބޯޓު އުފުލާ މަނަވަރެއް ފޮނުވާފައިވާ ކަމަށް އެމެރިކާ އިން ބުނަމުންދާ ކަމަށެވެ. އަދި މަތިންދާބޯޓު އުފުލާ މަނަވަރަކީ ހަގީގަތުގައި ވެސް ނުރައްކާތެރި އާލާތެއް ނަމަވެސް، އެ މަނަވަރު ކަނޑުގެ އަޑިއަށް ފައްތާލުމުގެ ގާބިލުކަން ހުރި ހަތިޔާރު އެއަށްވުރެ މާ ނުރައްކާތެރި ކަމަށް އޭނާ ވިދާޅުވި އެވެ.

ވޭތުވެދިޔަ 47 އަހަރު ތެރޭގައި އީރާނުގެ އިސްލާމީ ޖުމްހޫރިއްޔާ ނައްތާލުމަށް ވޮޝިންގޓަނަށް ކުރެވުނު ކަމެއް ނެތް ކަމަށް ޓްރަމްޕް ވިދާޅުވި ވިދާޅުވުމަކީ، އެމެރިކާގެ ނުކުޅެދުންތެރިކަމަށް އިއުތިރާފުވުން ކަމަށް އާޔަތުﷲ ޚާމަނާއީ ސިފަކުރެއްވި އެވެ.

މި މޭރުމުން ވާހަކަފުޅު ދައްކަވަމުން އޭނާ ވިދާޅުވީ، ވޭތުވެދިޔަ 47 އަހަރު ދުވަހު އީރާނު ހަލާކުކޮށްލުމަށް އެމެރިކާ ވަނީ ނާކާމިޔާބުވެފައި ކަމަށެވެ. އަދި ކުރިއަށް އޮތް ތަނުގައި ވެސް އެކަން އެމެރިކާ އަށް ނުކުރެވޭނެ ކަމަށް ޓްރަމްޕަށް ރައްދު ދެއްވަމުން އާޔަތުﷲ ޚާމަނާއީ ވިދާޅުވި އެވެ.

އީރާނުގެ އެންމެ މަތީ ވެރިޔާ މި އިންޒާރު ދެއްވާފައި މިވަނީ، އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕް އެ ސަރަހައްދަށް އަސްކަރީ ބާރުތައް ޖަމާކޮށް، އީރާނަށް ހަމަލާދޭނެ ކަމުގެ އިންޒާރު ދެމުންދާ ދަނޑިވަޅެއްގަ އެވެ.

ފެބްރުއަރީ 12 ވަނަ ދުވަހު އެމެރިކާގެ އޮފިޝަލުން ވިދާޅުވި ގޮތުގައި، ޕެންޓަގަންއިން ދަނީ އެ ސަރަހައްދަށް އިތުރު މަތިންދާބޯޓު އުފުލާ މަނަވަރަކާއި، އެތައް ހާސް ސިފައިންނެއްގެ އިތުރުން ހަނގުރާމަމަތީ ބޯޓުތަކާއި މިސައިލް ހަމަލާދޭ މަނަވަރުތައް ފޮނުވަމުންނެވެ.

މިދިޔަ ހުކުރު ދުވަހު ޔޫއެސްއެސް ޖެރަލްޑް އާރް. ފޯޑް މަނަވަރަށް އިޝާރާތް ކުރައްވައި ޓްރަމްޕް ވިދާޅުވީ، އީރާނާ އެކު އެއްބަސްވުމަކަށް ނާދެވިއްޖެ ނަމަ، އެ މަނަވަރުގެ ބޭނުން ހިފަން ޖެހޭނެ ކަމަށެވެ.

އެމެރިކާ އިން އަސްކަރީ ބާރުތައް ޖަމާކުރަމުން މިދަނީ، އީރާނުގެ ބިމަށާއި ނިއުކްލިއާ މަރުކަޒުތަކަށް އެމެރިކާ އާއި އިޒްރޭލުން ދިން ހަމަލާތަކަށް މަސްތަކެއް ފަހުން، ނިއުކްލިއާ މައްސަލައިގައި އީރާނާއި އެމެރިކާއާ ދެމެދު ނުސީދާ މަޝްވަރާތަކެއް ކުރިއަށްދާ ދަނޑިވަޅެއްގަ އެވެ.

މުރާސިލުން ބުނާ ގޮތުގައި ޓްރަމްޕް އަސްކަރީ އިންޒާރުތައް ބޭނުންކުރައްވަނީ މަޝްވަރާތަކުގައި އީރާނުގެ މައްޗަށް ނުފޫޒު ފޯރުވައި، ބޭނުންވާ ކަންކަން ހާސިލުކުރުމަށެވެ. ނަމަވެސް އީރާނުގެ އޮފިޝަލުން ވިދާޅުވަނީ އެ ގައުމު އޮތީ ޑިޕްލޮމަސީއަށާއި ހަނގުރާމަ އަށް ވެސް ތައްޔާރަށް ކަމަށެވެ. އަދި އީރާނަށް ދޭ ކޮންމެ ހަމަލާއެއްގެ ސަބަބުން މުޅި ސަރަހައްދުގައި ބޮޑު ހަނގުރާމައެއް ފެށިގެންދާނެ ކަމުގެ އިންޒާރު ވެސް އީރާނުން ވަނީ ދީފަ އެވެ.

އީރާނުގެ އަސްކަރިއްޔާގެ ޗީފް އޮފް ސްޓާފް މޭޖަރ ޖެނެރަލް އަބްދުއްރަހީމް މޫސަވީ ވެސް ވަނީ އާދީއްތަ ދުވަހު ޓްރަމްޕްގެ ހަނގުރާމައިގެ ވާހަކަތަކަށް އިންޒާރު ދެއްވާފަ އެވެ.

އޭނާ ވިދާޅުވީ، ޓްރަމްޕް ކުރިމަތިލާން މި އުޅެނީ ވަރުގަދަ ފިލާވަޅުތަކެއް ލިބިގެންދާނެ ކުރިމަތިލުމަކާ ކަމަށާއި، އޭގެ ނަތީޖާއަކަށް ވާނީ މުޅި ދުނިޔެއަށް އިންޒާރު ދިނުން އޭނާ ހުއްޓާލަން ޖެހުން ކަމަށެވެ.

މަޝްވަރާތަކުގެ ނަތީޖާ ކުރިއާލައި ކަނޑައެޅުމަކީ މޮޔަކަމެއް

އާޔަތުﷲ ޚާމަނާއީގެ ވާހަކަފުޅުގައި، ތެހެރާނާއި ވޮޝިންގޓަނާ ދެމެދު ކުރިއަށްދާ ނުސީދާ މަޝްވަރާތަކަށް ވެސް އަލިއަޅުއްވާލެއްވި އެވެ.

އޭނާ ވިދާޅުވީ، އެމެރިކާގެ ރައީސް ބައެއް ފަހަރު އިންޒާރު ދެއްވައި، އަނެއްބައި ފަހަރު ވަކި ކަންތައްތަކެއް ކުރަން ޖެހޭނެ ކަމަށް ވިދާޅުވާ ވިދާޅުވުންތަކުން އެނގެނީ، އެމެރިކާ އިން މަސައްކަތް ކުރަނީ އީރާނުގެ ރައްޔިތުންގެ މައްޗަށް ބާރު ފޯރުވަން ކަމަށެވެ.

އެމެރިކާ އިން ބުނަނީ އީރާނުގެ ނިއުކްލިއާ ހަކަތައާ ބެހޭގޮތުން މަޝްވަރާކުރަން ބޭނުންވާ ކަމަށާއި، އެ މަޝްވަރާގެ ނަތީޖާއަކަށް ވާން ޖެހޭނީ އީރާނުން އެ ހަކަތަ ބޭނުންކުރުން ހުއްޓާލުން ކަމަށް އާޔަތުﷲ ޚާމަނާއީ ވިދާޅުވި އެވެ. ނަމަވެސް މަޝްވަރާތައް ފެށުމުގެ ކުރިން ނަތީޖާ ކަނޑައެޅުމަކީ ގޯސް އަދި މޮޔަ ކަމެއް ކަމަށް އޭނާ ވިދާޅުވި އެވެ.

އޭނާ އިތުރަށް ވިދާޅުވީ، މިއީ އެމެރިކާގެ ރައީސުންނާއި، ބައެއް ސެނެޓަރުންނާއި، މިހާރުގެ ރައީސް ގެންގުޅުއްވާ މޮޔަ އުސޫލެއް ކަމަށެވެ.

ނަމަވެސް، އީރާނުގެ ރައްޔިތުންނަކީ އިސްލާމީ އުނގަންނައިދިނުންތައް ރަނގަޅަށް ދަންނަ ބައެއް ކަމަށް ވިދާޅުވެ، އިމާމް ޙުސައިންގެ ބަސްފުޅެއް އާޔަތުﷲ ޚާމަނާއީ ފާހަގަކުރެއްވިއެވެ. އެ ބަސްފުޅަކީ "ތިމަންނާ ފަދަ ބޭކަލަކު، ޔަޒީދު ފަދަ މީހަކަށް ދުވަހަކުވެސް ބައިއަތު ނުހިއްޕަވާނެ" ކަމަށް ވިދާޅުވެފައިވާ ބަސްފުޅެވެ.

އީރާނުގެ ރައްޔިތުން ވެސް ބުނަމުންދަނީ ހަމަ އެފަދައިން ކަމަށާއި، މިފަދަ މަތިވެރި ސަގާފަތަކާއި ތާރީޚެއް އަދި އަގުތަކެއް ލިބިފައިވާ ބަޔަކު، އެމެރިކާގެ ވެރިކަމުގައި މިހާރު ތިބި ފަދަ ފަސާދަވެފައިވާ މީހުންނަށް ދުވަހަކުވެސް ބޯނުލަނބާނެ ކަމަށް އީރާނުގެ އެންމެ މަތީ ވެރިޔާ ވިދާޅުވި އެވެ.

ޑޮނަލްޑް ޓްރަމްޕްއީރާން-އެމެރިކާއާޔަތުﷲ ސައްޔިދު އަލީ ޚާމަނާއީޔޫއެސްއެސް ޖެރަލްޑް އާރް. ފޯޑް

ކޮމެންޓް

Like & Win

Giveaway
Powered by: Radient Heat Waters
Kent Grand Plus

Kent Grand Plus

Tap

އިތުރަށް ކިޔާލަން

އިރާނުން ހޯމޫޒް ކަނޑުއޮޅީގެ ބައެއް ސަރަހައްދުތައް ބަންދުކުރަނީ

އިރާނުން ހޯމޫޒް ކަނޑުއޮޅީގެ ބައެއް ސަރަހައްދުތައް ބަންދުކުރަނީ

17 ފެބުރުއަރީ 2026
އެމެރިކާގެ މަނަވަރު "އަބްރަހަމް ލިންކަން" އީރާނާ ކައިރިއަށް ޖެހެމުންދާއިރު އީރާނުން އަސްކަރީ ބާރު ދައްކާލުމުގެ ތަމްރީންތައް ކުރިއަށް ގެންދަނީ

އެމެރިކާގެ މަނަވަރު "އަބްރަހަމް ލިންކަން" އީރާނާ ކައިރިއަށް ޖެހެމުންދާއިރު އީރާނުން އަސްކަރީ ބާރު ދައްކާލުމުގެ ތަމްރީންތައް ކުރިއަށް ގެންދަނީ

17 ފެބުރުއަރީ 2026
އީރާނުން ހޯމޫޒް ކަނޑުއޮޅީގައި އަސްކަރީ ތަމްރީނުތަކެއް ބާއްވައިފި

އީރާނުން ހޯމޫޒް ކަނޑުއޮޅީގައި އަސްކަރީ ތަމްރީނުތަކެއް ބާއްވައިފި

16 ފެބުރުއަރީ 2026
ޖެނީވާގައި އީރާނާ އެކު އޮންނަ މަޝްވަރާ ތަކުގައި ޓްރަމްޕްގެ ފަރާތުން ބައިވެރިވާނީ ވިޓްކޮފް އާއި ކުޝްނާ

ޖެނީވާގައި އީރާނާ އެކު އޮންނަ މަޝްވަރާ ތަކުގައި ޓްރަމްޕްގެ ފަރާތުން ބައިވެރިވާނީ ވިޓްކޮފް އާއި ކުޝްނާ

16 ފެބުރުއަރީ 2026
ޓްރަމްޕްގެ ވީޑިއޯ އަށް ނުރުހުން އަމާޒު ކުރައްވައި އޮބާމާ ވިދާޅުވީ، ލަދުވެތިކަން ގެއްލެމުންދާ ކަމަށް

ޓްރަމްޕްގެ ވީޑިއޯ އަށް ނުރުހުން އަމާޒު ކުރައްވައި އޮބާމާ ވިދާޅުވީ، ލަދުވެތިކަން ގެއްލެމުންދާ ކަމަށް

16 ފެބުރުއަރީ 2026

އަހަރުތަކުން މިއަދު

17 ފެބުރުއަރީ
ސިނގިރޭޓު އަގު ބޮޑު ކުރި ހަގީގީ ސަބަބު ފޮރުވަން ރައީސް މުއިއްޒު މަސައްކަތް ކުރައްވާ ވަރަކަށް ހަގީގަތް ފަޅާ އަރަނީ!
20251 އަހަރު ކުރިން
ރިޕޯޓު

ސިނގިރޭޓު އަގު ބޮޑު ކުރި ހަގީގީ ސަބަބު ފޮރުވަން ރައީސް މުއިއްޒު މަސައްކަތް ކުރައްވާ ވަރަކަށް ހަގީގަތް ފަޅާ އަރަނީ!

މަސްވެރިންގެ މުޒާހަރާ: ''އަޑު ނާހާނަމަ އިރުއޮއްސި 6:00 އާ ހަމައަށް ކޫއްޑޫގެ މަސްފެކްޓްރީގެ ޖަނަރޭޓަރުތައް ނިއްވާލާނަން''
20242 އަހަރު ކުރިން
ރާއްޖެ

މަސްވެރިންގެ މުޒާހަރާ: ''އަޑު ނާހާނަމަ އިރުއޮއްސި 6:00 އާ ހަމައަށް ކޫއްޑޫގެ މަސްފެކްޓްރީގެ ޖަނަރޭޓަރުތައް ނިއްވާލާނަން''

ގަޑިނުޖެހި ސަލާމް ނުބުނެ ވަޒީފާގައި 51 އަހަރު، ސިއްރަކީ ޞޯބިރާ ވަޒީފާ ދެކެވީ ލޯބި!
20233 އަހަރު ކުރިން
ރިޕޯޓު

ގަޑިނުޖެހި ސަލާމް ނުބުނެ ވަޒީފާގައި 51 އަހަރު، ސިއްރަކީ ޞޯބިރާ ވަޒީފާ ދެކެވީ ލޯބި!

ހުޅުމާލެ ދެވަނަ ފޭސްގައި ހިންގި މާރާމާރީ އެއްގައި 3 ބިދޭސީންނަށް އަނިޔާވެއްޖެ
20224 އަހަރު ކުރިން
ރާއްޖެ

ހުޅުމާލެ ދެވަނަ ފޭސްގައި ހިންގި މާރާމާރީ އެއްގައި 3 ބިދޭސީންނަށް އަނިޔާވެއްޖެ

އިންޓަރނެޓް ހޯދައި މަޖާކޮށްލަން އުޅުނީމާ އާގުބޯޓު އެރީ ފަރަށް
20215 އަހަރު ކުރިން
ރިޕޯޓު

އިންޓަރނެޓް ހޯދައި މަޖާކޮށްލަން އުޅުނީމާ އާގުބޯޓު އެރީ ފަރަށް

ރައީސް ޔާމީން ބަންދުކުރީ މާފުށި ޖަލުގައި
20197 އަހަރު ކުރިން
ރާއްޖެ

ރައީސް ޔާމީން ބަންދުކުރީ މާފުށި ޖަލުގައި

ރައީސް ޔާމީންގެ ނަން ކިޔަން އުޅެއުޅެ ވެސް ހޯރަފުށީ ދާއިރާގެ މެމްބަރަށް ނުކިޔުނު!
20188 އަހަރު ކުރިން
ރާއްޖެ

ރައީސް ޔާމީންގެ ނަން ކިޔަން އުޅެއުޅެ ވެސް ހޯރަފުށީ ދާއިރާގެ މެމްބަރަށް ނުކިޔުނު!

ރާއްޖެކުޅިވަރުދުނިޔެވިޔަފާރި - އިގްތިސާދުރިޕޯޓުފޮޓޯވާހަކަސިއްހަތުތަފާތު ޚަބަރުލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު