Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
ރާއްޖެ
އުމްރާވެރިއަކު ނިޔާވުން

އުމްރާގެ އަޅުކަމަށް ގޮސް އުޅުނު ދެ ދިވެހީން ނިޔާވުން: އޮޑިޓުގެ ޚިދުމަތްތެރިޔާ ވައިކަރަދޫ ރަޝީދު ހިމެނޭ

އިސްލާމިކް މިނިސްޓްރީން ބުނީ އުމްރާގެ އަޅުކަމަށް ދިޔަ ދެ ދިވެހީން ނިޔާވެފައިވާ ކަމަށާއި، އެއީ ސަފާ ގްރޫޕާއި ހިޖާޒް ގްރޫޕާއެކު އުމްރާގެ އަޅު ކަމަށް ދިޔަ ދެމީހުން ކަމަށް. އެ ދެމީހުންގެ ޖަނާޒާގެ ކަންތައްތައް ފުރިހަމަވެފައިވާ ކަމަށް މިނިސްޓްރީން ބުނޭ. މައުލޫމާތު ލިބޭ ގޮތުގައި އެކަކަކީ ރާއްޖޭގެ އޮޑިޓާއި މާލީ ދާއިރާ އަށް ގިނަ ޚިދުމަތްތަކެއް ކުރައްވާފައިވާ، އަދި ލިޔުންތެރިޔާ މ. ސާނިޔާ އިބްރާހީމް ރަޝީދު.

އަމްނާ އިމާދު
އަމްނާ އިމާދު, ރާއްޖެ އެމްވީ | 7 ޖެނުއަރީ 2026 | ބުދަ 10:13
ލިޔުންތެރިޔާ މ. ސާނިޔާ އިބްރާހީމް ރަޝީދު

ލިޔުންތެރިޔާ މ. ސާނިޔާ އިބްރާހީމް ރަޝީދު | ރާއްޖެ އެމްވީ

އުމްރާގެ އަޅުކަމަށް ގޮސް އުޅުނު ދެ ދިވެހީން ނިޔާވެއްޖެ އެވެ.

ބުދަ ދުވަހު އިސްލާމިކް މިނިސްޓްރީގެ މިޑީއާ ގުރޫޕަށް ފޮނުވާފައިވާ މެސެޖެއްގައި ބުނީ، ފިރިހެން ދެ އުމްރާވެރިޔަކު ނިޔާވެފައިވާ ކަމަށާއި، ދެ މީހުންގެ ޖަނާޒާގެ ކަންތައްތައް ފުރިހަމަ ކުރެވިފައިވާ ކަމަށެވެ.  

Advertisement - newsAdvertisement

އެއީ ސަފާ ގްރޫޕާއި ހިޖާޒް ގްރޫޕާއެކު އުމްރާގެ އަޅުކަން އަދާކުރަން ދިޔަ ދެ މީހުން ކަމަށް މިނިސްޓްރީން ބުންޏެވެ.

މިނިސްޓްރީން މި ދެމީހުންގެ ވަނަވަރު އާއްމު ކޮށްފައިނުވާއިރު، މަރާ ގުޅޭ އިތުރު ތަފްސީލެއް ހިއްސާ ކޮށްފައިނުވެ އެވެ. 

މައުލޫމާތު ލިބިފައިވާ ގޮތުގައި މި ދެމީހުންގެ ތެރެއިން އެކަކަކީ ރާއްޖޭގެ އޮޑިޓާއި މާލީ ދާއިރާ އަށް ގިނަ ޚިދުމަތްތަކެއް ކުރައްވާފައިވާ، އަދި ލިޔުންތެރިޔާ މ. ސާނިޔާ އިބްރާހީމް ރަޝީދު (ވައިކަރަދޫ ރަޝީދު) އެވެ. 

ހދ. ވައިކަރަދު އަށް އުފަން ރަޝީދު ވަނީ   36 އަހަރަށްވުރެ ގިނަ ދުވަހު ދައުލަތަށް ޚިދުމަތް ކުރައްވާފަ އެވެ. އެގޮތުން އޮޑިޓް އޮފީހާއި ފިނޭންސް މިނިސްޓްރީ އާއި އެންޓި ކޮރަޕްޝަން ކޮމިޝަން ގައި މަސައްކަތް ކުރައްވާފައިވެ އެވެ. 

މީގެ އިތުރުން ރަޝީދު ވަނީ ވަރަށް ގިނަ ނޫސް މަޖައްލާތައް ނެރުއްވާފަ އެވެ. އަދި ފިނޭންސް މިނިސްޓްރީގެ ތާރީހާ ގުޅޭ ދެ ފޮތެއް ލިޔުއްވާފައިވެ އެވެ.

މީގެ އިތުރުން 31 ޑިސެންބަރު 2025 ވީ ބުދަ ދުވަހުގެ ރޭ އަލްމަނާސިކް ގުރޫޕާ ހަވާލުގައި ވެސް އުމްރާއަށް ދިޔަ 62 އަހަރުގެ ފިރިހެނެއް ނިޔާވެފައިވެ އެވެ.

ސްކޫލުގެ އަހަރީ ޗުއްޓީއާ ދިމާކޮށް މިފަހަރު ހަތް ހާހަށް ވުރެ ގިނަ ދިވެހީން އުމްރާގެ އަޅުކަން އަދާ ކުރަން ސައުދީއަށް ގޮސްފައިވާ ކަމަށް އިސްލާމިކް މިނިސްޓްރީން ބުނެ އެވެ. 

ޢުމްރާމ.ސާނިޔާ، އިބްރާހިމް ރަޝީދުއިސްލާމިކް މިނިސްޓްރީ

ކޮމެންޓް

އިތުރަށް ކިޔާލަން

އުމްރާގެ އަޅުކަމަށް ގޮސް އުޅުނު ދިވެއްސެއް ނިޔާވެއްޖެ

އުމްރާގެ އަޅުކަމަށް ގޮސް އުޅުނު ދިވެއްސެއް ނިޔާވެއްޖެ

01 ޖެނުއަރީ 2026
އެއް މަސް ދުވަހުގެ ތެރޭގައި 69 މިލިއަން މީހުން ސައުދީ ގައި ހުންނަ ހުރުމަތްތެރިވެގެންވާ ދެ މިސްކިތައް ޒިޔާރަތް ކޮށްފި

އެއް މަސް ދުވަހުގެ ތެރޭގައި 69 މިލިއަން މީހުން ސައުދީ ގައި ހުންނަ ހުރުމަތްތެރިވެގެންވާ ދެ މިސްކިތައް ޒިޔާރަތް ކޮށްފި

26 ޑިސެމްބަރު 2025
ކޮންޓްރެކްޓް ހަވާލުކުރި ފަރާތުން ބޭނުންވާ ގޮތަށް ކައުންސިލުން އަމަލު ނުކޮށްގެން، އިސްލާމިކް މިނިސްޓްރީން އެލްޖީއޭ އަށް މައްސަލަ ހުށަހަޅައިފި

ކޮންޓްރެކްޓް ހަވާލުކުރި ފަރާތުން ބޭނުންވާ ގޮތަށް ކައުންސިލުން އަމަލު ނުކޮށްގެން، އިސްލާމިކް މިނިސްޓްރީން އެލްޖީއޭ އަށް މައްސަލަ ހުށަހަޅައިފި

04 ޑިސެމްބަރު 2025
އެކަނިވެރި މައެއްގެ ޒާތީ މައުލޫމާތު ހާމަކުރެވުނީތީ ޝަހީމް މައާފަށް އެދިވަޑައިގެންފި

އެކަނިވެރި މައެއްގެ ޒާތީ މައުލޫމާތު ހާމަކުރެވުނީތީ ޝަހީމް މައާފަށް އެދިވަޑައިގެންފި

25 ނޮވެމްބަރު 2025
ދިވެހި ގައުމީ ހޭންޑްބޯލް ޓީމު އުމްރާވުމަށް މީޤާތު ހައްޖު އެންޑް އުމްރާ ގްރޫޕުން އެހީތެރިވެ ދީފި

ދިވެހި ގައުމީ ހޭންޑްބޯލް ޓީމު އުމްރާވުމަށް މީޤާތު ހައްޖު އެންޑް އުމްރާ ގްރޫޕުން އެހީތެރިވެ ދީފި

24 ނޮވެމްބަރު 2025

އަހަރުތަކުން މިއަދު

13 ޖޫން
"ސޮރީ" ފިލްމަށް ލިބުނު ބޮޑު ކާމިޔާބީ ފާހަގަކޮށްފި، ފިލްމު ދެއްކުމުގެ ކުރިން 15 ޝޯ ފުލް ވެއްޖެ
20251 އަހަރު ކުރިން
ރާއްޖެ

"ސޮރީ" ފިލްމަށް ލިބުނު ބޮޑު ކާމިޔާބީ ފާހަގަކޮށްފި، ފިލްމު ދެއްކުމުގެ ކުރިން 15 ޝޯ ފުލް ވެއްޖެ

އަރަފާތު ބިމުގައި ނެތް ނަމަވެސް އެދުވަހުގެ މާތްކަން ލިބިގަތުމަށް ރޯދަ ހިފުމާއި، ޒިކުރު ކުރުމާއި ދުއާ ކުރުމާއި ތަކުބީރު ކިޔުން ފަދަ ހެޔޮ އަމަލު ކުރެވިދާނެ - ހުތުބާ
20242 އަހަރު ކުރިން
ރާއްޖެ

އަރަފާތު ބިމުގައި ނެތް ނަމަވެސް އެދުވަހުގެ މާތްކަން ލިބިގަތުމަށް ރޯދަ ހިފުމާއި، ޒިކުރު ކުރުމާއި ދުއާ ކުރުމާއި ތަކުބީރު ކިޔުން ފަދަ ހެޔޮ އަމަލު ކުރެވިދާނެ - ހުތުބާ

ފްރާންސްގައި މެސީ އަށް ލިބެން ޖެހޭ އިހުތިރާމް ނުލިބުނު: އެމްބާޕޭ
20233 އަހަރު ކުރިން
ކުޅިވަރު

ފްރާންސްގައި މެސީ އަށް ލިބެން ޖެހޭ އިހުތިރާމް ނުލިބުނު: އެމްބާޕޭ

ޑްރަގަށްވުރެ ބިރުވެރި، ބޮޑު މަސްތެއްގައި ދިވެހިން ފައިސާތައް ބުރުއްސަނީ: އިދާރާތަކަށް ހިލަމެއްވޭ؟
20224 އަހަރު ކުރިން
ރިޕޯޓު

ޑްރަގަށްވުރެ ބިރުވެރި، ބޮޑު މަސްތެއްގައި ދިވެހިން ފައިސާތައް ބުރުއްސަނީ: އިދާރާތަކަށް ހިލަމެއްވޭ؟

ދުނިޔޭގެ އެންމެ ބޮޑު އާއިލާގެ ބައްޕަ މަރުވެ 39 އަނބިން ހުވަފަތްވެއްޖެ
20215 އަހަރު ކުރިން
ދުނިޔެ

ދުނިޔޭގެ އެންމެ ބޮޑު އާއިލާގެ ބައްޕަ މަރުވެ 39 އަނބިން ހުވަފަތްވެއްޖެ

ފަނޑިޔާރުގެ އިސްލާހުކުރުމަށް ކުރަންޖެހޭ އެންމެ މުހިންމު ކަމަކީ ސިޔާސީގޮތުން ވަންނަ ނުފޫޒު ހުއްޓުވުން: ލަތީފާ ޤާސިމް
20197 އަހަރު ކުރިން
ރާއްޖެ

ފަނޑިޔާރުގެ އިސްލާހުކުރުމަށް ކުރަންޖެހޭ އެންމެ މުހިންމު ކަމަކީ ސިޔާސީގޮތުން ވަންނަ ނުފޫޒު ހުއްޓުވުން: ލަތީފާ ޤާސިމް

ފިޠުރު ޒަކާތް
20188 އަހަރު ކުރިން
އިސްލާމް

ފިޠުރު ޒަކާތް

ރާއްޖެކުޅިވަރުދުނިޔެވިޔަފާރި - އިގްތިސާދުރިޕޯޓުފޮޓޯވާހަކަސިއްހަތުތަފާތު ޚަބަރުލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު