Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - worldAdvertisement
ދުނިޔެ
ދެކުނު ކޮރެއާ

މާޝަލް ލޯ އިއުލާނު ކުރި މައްސަލައިގައި ކޮރެއާގެ ކުރީގެ ދިފާއީ ވަޒީރު ހައްޔަރުކޮށްފި

ހޮނިހިރު ދުވަހުގެ އިމްޕީޗްމަންޓް ވޯޓުގެ ކުރިން، ރައީސް ޔޫން ވަނީ ޓީވީން ދެއްކި ޚިޠާބެއްގައި މާޝަލް ލޯ ގަރާރަށް މަޢާފަށް އެދިވަޑައިގަންފައެވެ. އޭނާގެ މި ބަޔާނުގައި މަޤާމުން އިސްތިއުފާ ދެއްވާނެ ކަމަށް ވަނީ ވައުދުވެފައެވެ.

ރާއްޖެ އެމްވީ | 8 ޑިސެމްބަރު 2024 | އާދީއްތަ 09:29
ދެކުނު ކޮރެއާގެ ކުރީގެ ދިފާއީ ވަޒީރު ކިމް ޔޮންގ-ހިޔުން

ދެކުނު ކޮރެއާގެ ކުރީގެ ދިފާއީ ވަޒީރު ކިމް ޔޮންގ-ހިޔުން

ދެކުނު ކޮރެއާގެ ރައީސް ޔޫން ސުކް ޔެއޯލް އެ ގައުމުގައި ހުސްވި ހަފްތާގައި މާޝަލް ލޯ އިއުލާނު ކުރެއްވުމުގައި އޭރުގެ ދިފާއީ ވަޒީރުގެ ދައުރެއް އޮތް ކަމަށް ބުނެ އޭނާ ހައްޔަރު ކޮށްފިއެވެ.

މާޝަލް ލޯ އިއުލާނު ކުރުމުގެ މައްސަލަ ބޮޑުވުމާއެކު އިސްތިއުފާ ދެއްވާފައިވާ ކުރީގެ ދިފާއީ ވަޒީރު އާދީއްތަ ދުވަހު ހައްޔަރުކުރެވުނީ އެ ގާނޫނު އިއުލާނުކުރުމުގައި އޭނާގެ ދައުރެއް އޮތުމާ ގުޅިގެން ކަމަށް ޕްރޮސިކިއުޓަރުން ބުނެފައިވެއެވެ.

އަނެއްކޮޅުން އިދިކޮޅު ޕާޓީތަކުގެ އަޣްލަބިއްޔަތު އޮތް ޕާލަމެންޓުން ހޮނިހިރު ދުވަހުގެ ރޭ ރައީސްގެ އިތުބާރު ނެތް ކަމަށް ނެގި ވޯޓުން ޔޫން ވަނީ ސަލާމަތްވެފައެވެ. ރައީސްގެ މައްޗަށް އިތުބާރު ނެތް ކަމުގެ މައްސަލަ ހުށަހެޅީ އަންގާރަ ދުވަހު ކުޑަ ވަގުތުކޮޅަކަށް މާޝަލް ލޯ އިއުލާނުކުރެއްވުމާ ގުޅިގެންނެވެ. ނަމަވެސް ޔޫންގެ އަމިއްލަ ޕާޓީގެ ލީޑަރު ބުނެފައިވަނީ ރައީސް އިސްތިއުފާ ދެއްވާނެ ކަމަށާއި، އަދި މަޤާމުން އިސްތިއުފާދެއްވުމުގެ ކުރިން އޭނާގެ ވާޖިބުތަކުން އެއްކިބާވާނެ ކަމަށެވެ.

ޔޫންގެ ޕީޕަލްސް ޕަވަރ ޕާޓީގެ ލީޑަރު ހަން ޑޮންގް-ހޫން، ބުދަ ދުވަހު ވަޒީރުންގެ މަޖިލީހުގެ ރައީސާއެކު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ބުނެފައިވަނީ ރައީސް ޔޫން އޭނާގެ މަޤާމުން އިސްތިއުފާދެއްވުމުގެ ކުރިންވެސް ބޭރާ ބެހޭ ކަންކަމާއި އަދި ދައުލަތުގެ އެހެނިހެން ކަންކަމުގައި ބައިވެރިވެވަޑައި ނުގަންނަވާނެ ކަމަށެވެ.

ޔޫން މާޝަލް ލޯ އުވާލެއްވުމާއެކު ބުދަ ދުވަހު އިސްތިއުފާދެއްވި ކުރީގެ ދިފާއީ ވަޒީރު ކިމް ޔޮންގް-ހިޔުން އަކީ މި މައްސަލައިގައި މައިގަނޑު ފަރާތެއްގެ ގޮތުގައި ބެލެވެއެވެ. އިމްޕީޗްމަންޓް ލިޔުންތަކުގައިވާ ގޮތުން ރައީސަށް މާޝަލް ލޯ އިއުލާން ކުރުމަށް ލަފާ ދެއްވާފައިވަނީ އޭނާ އެވެ.

ޕްރޮސިކިއުޝަންގެ ޚާއްޞަ ތަޙްޤީޤު ޓީމުން އާދީއްތަ ދުވަހު ކިމް ހައްޔަރުކޮށް އޭނާގެ މޯބައިލް ފޯނު އަތުލާފައިވާ ކަމަށް ނޫސްވެރިންނަށް ދިން ކުރު ބަޔާނެއްގައި ބުނެފައިވެއެވެ. ހައްޔަރުކުރުމުގެ ކުރިން، ތަޙްޤީޤުކުރާ ފަރާތްތަކުން ކިމްއާ ސުވާލުކޮށްފައިވެއެވެ. އަދި އޭނާ އަމިއްލައަށް ސޯލް ސެންޓްރަލް ޑިސްޓްރިކްޓް ޕްރޮސިކިއުޓަރސް އޮފީހަށް ހޮނިހިރު ދުވަހުގެ ރޭ މެންދަމު ހާޒިރުވި ކަމަށް ޔޮންހަޕް ނިއުސް އެޖެންސީން ރިޕޯޓުކޮށްފައިވެއެވެ.

ތިން މައިނޯރިޓީ އިދިކޮޅު ޕާޓީއަކުން ޔޫން، ކިމް އަދި މާޝަލް ލޯ ކޮމާންޑަރ ޕާކް އަން-ސޫގެ މައްޗަށް ގައުމަށް ޣައްދާރުވުމުގެ ތުހުމަތުކޮށް ޝަކުވާ ހުށަހަޅާފައިވެއެވެ. މި އެ ފަރާތްތަކުގެ މައްޗަށް މި ކުށް ސާބިތުވެއްޖެނަމަ، މަރުގެ އަދަބު ނުވަތަ ބުރަ މަސައްކަތާއެކު އުމުރު ދުވަހުގެ ޖަލު ހުކުމެއް ކަނޑައެޅިދާނެއެވެ.

އިދިކޮޅު ޕާޓީތަކުގެ މެންބަރުން ތުހުމަތުކުރަނީ ޔޫން ވަނީ ޤާނޫނު އަސާސީއާ ޚިލާފަށް އިއުލާނު ކުރި މާޝަލް ލޯ ގެ ގަރާރު ބާޠިލުކުރުމަށް މެންބަރުން ވޯޓުލުން ހުއްޓުވުމަށް ސިފައިން މޮބިލައިޒްކޮށްފައި ކަމަށެވެ.

ޔޮންހަޕްގެ ރިޕޯޓުގައިވާ ގޮތުން، ކޮރެއާގެ ފުލުހުން ވަނީ ޔޫން އަދި އިސް ވަޒީރުންގެ މައްޗަށް ކުރެވިފައިވާ ޣައްދާރުވުމުގެ ތުހުމަތުތަކާ ގުޅޭ ތަޙްޤީޤެއްގެ ތެރެއިން އާދީއްތަ ދުވަހު ކިމްގެ އޮފީހެއް ރެއިޑްކޮށްފައެވެ.

ހޮނިހިރު ދުވަހުގެ އިމްޕީޗްމަންޓް ވޯޓުގެ ކުރިން، ޔޫން ވަނީ ޓީވީން ދެއްކި ޚިޠާބެއްގައި މާޝަލް ލޯ ގަރާރަށް މަޢާފަށް އެދިވަޑައިގަންފައެވެ. އޭނާގެ މި ބަޔާނުގައި މަޤާމުން އިސްތިއުފާ ދެއްވާނެ ކަމަށް ވަނީ ވައުދުވެފައެވެ.

އަންގާރަ ދުވަހުގެ ރޭ ޔޫން ވަނީ ކުއްލި ގޮތަކަށް "ދައުލަތާ ދެކޮޅު ބާރުތަކާއި" އަދި ގައުމަށް ހުރަސްއަޅާ ސިޔާސީ ވާދަވެރިން ނައްތާލުމަށް ސިފައިންނަށް ކުއްލި ނުރައްކަލުގެ ބާރުތައް ދެއްވާފައެވެ. މި އަމުރު 6 ގަޑިއިރު ފަހުން އޭނާ އުވާލެއްވީ، ސިފައިންނާއި ފުލުހުންގެ ކޯޑަންތައް ފޫއަޅުވާލުމަށް ފަހު ގާނޫނު ހަދާ މަޖިލީހުގެ މެމްބަރުން ގޮސް އެ ގަރާރާ ދެކޮޅަށް އިއްތިފާޤުން ވޯޓުލުމާއެކުގައެވެ.                                 

ދެކުނު ކޮރެއާ

ކޮމެންޓް

އިތުރަށް ކިޔާލަން

ދިވެހިރާއްޖެ އދ. ގެ ޖީ.ޖީ.އައި.އެމް-އޭ.ޕީ. ގެ އެގްޒެކެޓިވް ބޯޑުގެ މެންބަރަކަށް ހޮވިއްޖެ

ދިވެހިރާއްޖެ އދ. ގެ ޖީ.ޖީ.އައި.އެމް-އޭ.ޕީ. ގެ އެގްޒެކެޓިވް ބޯޑުގެ މެންބަރަކަށް ހޮވިއްޖެ

26 ސެޕްޓެމްބަރު 2025
އުތުރު ކޮރެއާ އިން ރަޝިއާ އަށް އަލުން ސިފައިން ފޮނުވައިފި

އުތުރު ކޮރެއާ އިން ރަޝިއާ އަށް އަލުން ސިފައިން ފޮނުވައިފި

27 ފެބުރުއަރީ 2025
ކޮރެއާ ގެ ރައީސް ގެ ނާކާމިޔާބުގެ ފަހަތުގައި ހުންނެވީ މެޑަމް ފަސްޓް ލޭޑީ

ކޮރެއާ ގެ ރައީސް ގެ ނާކާމިޔާބުގެ ފަހަތުގައި ހުންނެވީ މެޑަމް ފަސްޓް ލޭޑީ

18 ޑިސެމްބަރު 2024
ކޮރެއާގެ ރައީސްގެ އިތުބާރު ނެތް ކަމަށް ފާސްކޮށްފި

ކޮރެއާގެ ރައީސްގެ އިތުބާރު ނެތް ކަމަށް ފާސްކޮށްފި

14 ޑިސެމްބަރު 2024
މާޝަލް ލޯ އިއުލާނުކުރި މައްސަލައިގައި ދެކުނު ކޮރެއާގެ ފުލުހުން ރައީސް އޮފީސް ރެއިޑްކޮށްފި

މާޝަލް ލޯ އިއުލާނުކުރި މައްސަލައިގައި ދެކުނު ކޮރެއާގެ ފުލުހުން ރައީސް އޮފީސް ރެއިޑްކޮށްފި

11 ޑިސެމްބަރު 2024

އަހަރުތަކުން މިއަދު

12 މެއި
ބިދޭސީއެއްގެ އަތުން ފައިސާ ހޯދިގޮތް ފުލުހުން ކިޔައިދީފި، ފައިސާ ޝަމްއާންގެ ގެއަށް ގެންދިޔައީ ލައްސާނު އާއި އިބްރާހިމް އަހުމަދު
20251 އަހަރު ކުރިން
ރާއްޖެ

ބިދޭސީއެއްގެ އަތުން ފައިސާ ހޯދިގޮތް ފުލުހުން ކިޔައިދީފި، ފައިސާ ޝަމްއާންގެ ގެއަށް ގެންދިޔައީ ލައްސާނު އާއި އިބްރާހިމް އަހުމަދު

ރާއްޖޭގައި ތުރުކީގެ އަސްކަރީ ސިފައިން ބައިތިއްބަން ޖެހޭކަމަށް އެ ޤައުމުގެ އަސްކަރީ ތަޖުރިބާކާރަކު ވިދާޅުވެއްޖެ
20242 އަހަރު ކުރިން
ރާއްޖެ

ރާއްޖޭގައި ތުރުކީގެ އަސްކަރީ ސިފައިން ބައިތިއްބަން ޖެހޭކަމަށް އެ ޤައުމުގެ އަސްކަރީ ތަޖުރިބާކާރަކު ވިދާޅުވެއްޖެ

ތާރީހީ ކާމިޔާބީއެއް، އަލީ ވަހީދު ތަށި ހޯދައިފި
20233 އަހަރު ކުރިން
ކުޅިވަރު

ތާރީހީ ކާމިޔާބީއެއް، އަލީ ވަހީދު ތަށި ހޯދައިފި

ޗެއަރޕާސަން ބަހުސަށްފަހު ރާއްޖެޓީވީން ހުޅުވާލި ޕޯލް ފައްޔާޒު ކާމިޔާބު ކުރައްވައިފި
20224 އަހަރު ކުރިން
ރާއްޖެ

ޗެއަރޕާސަން ބަހުސަށްފަހު ރާއްޖެޓީވީން ހުޅުވާލި ޕޯލް ފައްޔާޒު ކާމިޔާބު ކުރައްވައިފި

ތުއްތު ދަރިފުޅުގެ މަތީތަލިން ކުއްލިއަކަށް ފެނުނީ ބޮޑު ބާގަނޑެއް
20215 އަހަރު ކުރިން
ތަފާތު ޚަބަރު

ތުއްތު ދަރިފުޅުގެ މަތީތަލިން ކުއްލިއަކަށް ފެނުނީ ބޮޑު ބާގަނޑެއް

އަންހެނުން މަރުވި މައްސަލާގައި ފިރިހެން މީހާ ލަންކާ އިން ފުރުން މަނާ!
20197 އަހަރު ކުރިން
ދުނިޔެ

އަންހެނުން މަރުވި މައްސަލާގައި ފިރިހެން މީހާ ލަންކާ އިން ފުރުން މަނާ!

ފަރެސްމާތޮޑާގައި އޮށެއް ނެތް ރަތް ކަދުރު!
20188 އަހަރު ކުރިން
ރިޕޯޓު

ފަރެސްމާތޮޑާގައި އޮށެއް ނެތް ރަތް ކަދުރު!

ރާއްޖެކުޅިވަރުދުނިޔެވިޔަފާރި - އިގްތިސާދުރިޕޯޓުފޮޓޯވާހަކަސިއްހަތުތަފާތު ޚަބަރުލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު