Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - worldAdvertisement
ދުނިޔެ
ދެކުނު ކޮރެއާ

ދެކުނު ކޮރެއާގެ ރައީސްގެ ބާރުތައް ހިފެހެއްޓުމަށް ވެރިކަން ކުރާ ޕާޓީގެ ލީޑަރު ގޮވާލައިފި

ވެރިކަން ކުރާ ޕާޓީގެ ލީޑަރު ބުނެފައިވަނީ މާޝަލް ލޯ އިއުލާނު ކުރެއްވުމަށް ފަހު ރައީސް އުޅުއްވީ ސިޔާސީ ލީޑަރުން ހައްޔަރު ކުރައްވަން ކަމުގެ "އިތުބާރުހުރި ހެކި" ހުރިކަމަށެވެ.

ރާއްޖެ އެމްވީ | 6 ޑިސެމްބަރު 2024 | ހުކުރު 08:49
ވެރިކަން ކުރާ ޕީޕަލްސް ޕަވަރ ޕާޓީގެ ލީޑަރު (މ) ޕާޓީގެ އިމަރޖެންސީ ބައްދަލުވުމަކަށް ފަހު ނޫސްވެރިންނާ ބައްދަލު ކުރަނީ

ވެރިކަން ކުރާ ޕީޕަލްސް ޕަވަރ ޕާޓީގެ ލީޑަރު (މ) ޕާޓީގެ އިމަރޖެންސީ ބައްދަލުވުމަކަށް ފަހު ނޫސްވެރިންނާ ބައްދަލު ކުރަނީ

ދެކުނު ކޮރެއާގެ ރައީސް ޔޫން ސުކް-ޔެއޯލްގެ ބާރުތައް އަވަހަށް ހިފެހެއްޓުމަށް, ރައީސް ނިސްބަތްވާ އެ ގައުމުގެ ވެރިކަން ކުރާ ޕާޓީގެ ލީޑަރު ގޮވާލައްވައިފިއެވެ.

އޭނާ މިކަމަށް ގޮވާލެއްވީ ދެކުނު ކޮރެއާގެ ރައީސް މާޝަލް ލޯ އިއުލާނުކުރެއްވީ، އިދިކޮޅު ސިޔާސީ ލީޑަރުން ހައްޔަރުކުރެއްވުމުގެ ބޭނުމުގައި ކަން އެނގޭ "އިތުބާރުހުރި ހެކި" ހުރިކަމަށް ވިދާޅުވެއެވެ.

ވެރިކަން ކުރާ ޕީޕަލްސް ޕަވަރ ޕާޓީ (ޕީޕީޕީ)ގެ ލީޑަރު ހަން ޑޮންގް-ހޫން، ކުރިން ވަނީ ރައީސް ގެ އިތުބާރު ނެތް ކަމުގެ މައްސަލަ އާ ދެކޮޅު ހައްދަވާ ކަން ހާމަ ކުރައްވާފައެވެ.

އެހެން ނަމަވެސް، އޭގެ ފަހުން "އަލަށް ފާޅުވަމުންދާ ހަގީގަތްތަކުން" ރައީސްއާ މެދު ދެކެމުން އައި ގޮތް ބަދަލުވެފައިވާކަމަށް އޭނާ ހާމަ ކުރެއްވިއެވެ.

"އިއްޔެ ރޭ އަޅުގަނޑުމެންނަށް އެނގުނީ ރައީސް ވަނީ ސިޔާސީ ލީޑަރުން ހައްޔަރުކުރުމަށް، ދިފާއީ ކައުންޓަރ-އިންޓެލިޖެންސް ކޮމާންޑަރަށް އަމުރުކުރައްވާފައިކަމާއި، އެމީހުންނަކީ ދައުލަތާ ދެކޮޅު ބަޔަކު ކަމަށް ސިފަކޮށް، އިންޓެލިޖެންސް އިދާރާތައް މިކަމުގައި ބޭނުންކޮށްފައިވާކަން،" ހަން ވިދާޅުވިއެވެ.

"މި ގައުމު އިތުރަށް ހަމަނުޖެހުމަކަށް ދިޔަނުދިނުމަށްޓަކައި، މިފަހަރު އިމްޕީޗްމަންޓް ބިލް ފާސްވިޔަ ނުދިނުމަށް މަސައްކަތް ކުރާނެކަމަށް އަޅުގަނޑު ބުނެފައިވާނެ،" ހަން އިތުރަށް ވިދާޅުވިއެވެ.

"އެހެން ނަމަވެސް ހާމަވެފައިވާ ކަންތައްތަކުގެ މައްޗަށް ބިނާކޮށް، ދެކުނު ކޮރެއާ އާއި އަޅުގަނޑުމެންގެ ރައްޔިތުން ރައްކާތެރިކުރުމަށްޓަކައި، ރައީސް ޔޫންގެ ރައީސްކަމުގެ ބާރުތައް ބޭނުންކުރުން އަވަހަށް ހުއްޓުވުމަކީ މުހިންމުކަމެއްކަމަށް އަޅުގަނޑު ގަބޫލުކުރަން."

ހަން ހާމާ ކުރެއްވި ގޮތުގައި ރައީސް ޔޫން މާޝަލް ލޯ އިއުލާނުކުރެއްވުމަކީ ގާނޫނާ ޚިލާފު އަދި ނުރަނގަޅު ކަމެއް ކަމަށް ގަބޫލު ކުރައްވަން އިންކާރު ކުރައްވާފައިވާކަމަށާއި، އޭނާ މަގާމުގައި ހުންނަވައިފިނަމަ އެފަދަ ހައްދުފަހަނައަޅާފައިވާ ފިޔަވަޅުތައް އަނެއްކާވެސް އެޅުމުގެ "ބޮޑު ނުރައްކަލެއް" އޮތްކަމަށެވެ.

ދެކުނު ކޮރެއާގައި މާޝަލް ލޯ އިއުލާނުކޮށްފައިވަނީ އާދީއްތަ ދުވަހުގެ ރޭ ގާތްގަނޑަކަށް 6 ގަޑިއިރު ވަންދެނެވެ. ޔޫން މިކަން އިއުލާނު ކުރެއްވީ ގައުމާ މުޚާތަބުކުރައްވާ ކުއްލިއަކަށް ދެއްވި ޓީވީ ޚިތާބެއްގައެވެ.

އޭނާ މިކަން ކުރެއްވި ސަބަބެއްގެ ގޮތުގައި ވިދާޅުފައިވަނީ "ދައުލަތާ ދެކޮޅު ބާރުތަކާއި" އުތުރު ކޮރެއާ އަށް ތާއީދުކުރާ ފަރާތްތަކުގެ ނުރައްކަލުގެ ސަބަބުން ކަމުގައެވެ.

އެހެން ނަމަވެސް ދެކުނު ކޮރެއާގެ ގާނޫނު ހަދާ މަޖިލިސް ކަމަށްވާ ނެޝަނަލް އެސެމްބްލީން އަވަސް ފިޔަވަޅުތައް އަޅާ ޔޫންގެ އަމުރު 190-0 ވޯޓުން ވަނީ ބާޠިލުކޮށްފައެވެ.

ޔޫން މާޝަލް ލޯ އިއުލާނު ކުރެއްވުމާއެކު ސިފައިން ވަނީ ނެޝަނަލް އެސެމްބްލީއަށް އައިސް މެމްބަރުންނާއި އިހުތިޖާޖުކުރާ މީހުންނާ ކުރިމަތިލާފައެވެ.

އިމްޕީޗްމަންޓާ ކުރިމަތިލައްވަން ޖެހިވަޑައިގަތުމުގެ އިތުރުން، މިހާރު ޔޫން އާ މެދު ވަނީ ގައުމަށް ޣައްދާރުވުމުގެ ތުހުމަތުގައި ތަހުގީގު ފަށާފައެވެ.

ދެކުނު ކޮރެއާ

ކޮމެންޓް

އިތުރަށް ކިޔާލަން

ދިވެހިރާއްޖެ އދ. ގެ ޖީ.ޖީ.އައި.އެމް-އޭ.ޕީ. ގެ އެގްޒެކެޓިވް ބޯޑުގެ މެންބަރަކަށް ހޮވިއްޖެ

ދިވެހިރާއްޖެ އދ. ގެ ޖީ.ޖީ.އައި.އެމް-އޭ.ޕީ. ގެ އެގްޒެކެޓިވް ބޯޑުގެ މެންބަރަކަށް ހޮވިއްޖެ

26 ސެޕްޓެމްބަރު 2025
އުތުރު ކޮރެއާ އިން ރަޝިއާ އަށް އަލުން ސިފައިން ފޮނުވައިފި

އުތުރު ކޮރެއާ އިން ރަޝިއާ އަށް އަލުން ސިފައިން ފޮނުވައިފި

27 ފެބުރުއަރީ 2025
ކޮރެއާ ގެ ރައީސް ގެ ނާކާމިޔާބުގެ ފަހަތުގައި ހުންނެވީ މެޑަމް ފަސްޓް ލޭޑީ

ކޮރެއާ ގެ ރައީސް ގެ ނާކާމިޔާބުގެ ފަހަތުގައި ހުންނެވީ މެޑަމް ފަސްޓް ލޭޑީ

18 ޑިސެމްބަރު 2024
ކޮރެއާގެ ރައީސްގެ އިތުބާރު ނެތް ކަމަށް ފާސްކޮށްފި

ކޮރެއާގެ ރައީސްގެ އިތުބާރު ނެތް ކަމަށް ފާސްކޮށްފި

14 ޑިސެމްބަރު 2024
މާޝަލް ލޯ އިއުލާނުކުރި މައްސަލައިގައި ދެކުނު ކޮރެއާގެ ފުލުހުން ރައީސް އޮފީސް ރެއިޑްކޮށްފި

މާޝަލް ލޯ އިއުލާނުކުރި މައްސަލައިގައި ދެކުނު ކޮރެއާގެ ފުލުހުން ރައީސް އޮފީސް ރެއިޑްކޮށްފި

11 ޑިސެމްބަރު 2024

އަހަރުތަކުން މިއަދު

16 ފެބުރުއަރީ
އެންވަޔަރަންމަންޓް މިނިސްޓްރީގެ މުވައްޒަފުން ސަރުކާރުގެ ރެފިއުޖީންގެ ގޮތުގައި
20251 އަހަރު ކުރިން
ރިޕޯޓު

އެންވަޔަރަންމަންޓް މިނިސްޓްރީގެ މުވައްޒަފުން ސަރުކާރުގެ ރެފިއުޖީންގެ ގޮތުގައި

މިއީ ދުނިޔޭގައިވެސް އެންމެ ހައްޓަށް ބުރަ ވަޒީފާތަ؟
20242 އަހަރު ކުރިން
ތަފާތު ޚަބަރު

މިއީ ދުނިޔޭގައިވެސް އެންމެ ހައްޓަށް ބުރަ ވަޒީފާތަ؟

ޖަޕާނު އަންހެން މީހާއަކީ ދިވެއްސަކާ ކައިވެނިކޮށްގެން ރެޒިޑެންޓް ވިސާގައި ހުރި މީހެއް: އިމިގްރޭޝަން
20233 އަހަރު ކުރިން
ރާއްޖެ

ޖަޕާނު އަންހެން މީހާއަކީ ދިވެއްސަކާ ކައިވެނިކޮށްގެން ރެޒިޑެންޓް ވިސާގައި ހުރި މީހެއް: އިމިގްރޭޝަން

އެއީ ހަނދާނުން ފިލައިގެން ނުދާނެ ނަމެކެވެ.
20224 އަހަރު ކުރިން
މީހުން

އެއީ ހަނދާނުން ފިލައިގެން ނުދާނެ ނަމެކެވެ.

ރައީސްގެ ތަރުޖަމާނަށް އެންމެ މީރީ ގަބުޅި ސަޓަނި، މިހާތަނަށް ވަޑައިގެންނެވި އެންމެ ތަފާތު ރަށަކީ ފެރިދޫ
20215 އަހަރު ކުރިން
ރިޕޯޓު

ރައީސްގެ ތަރުޖަމާނަށް އެންމެ މީރީ ގަބުޅި ސަޓަނި، މިހާތަނަށް ވަޑައިގެންނެވި އެންމެ ތަފާތު ރަށަކީ ފެރިދޫ

ބްރިޖް ހައިވޭގައި ދުއްވާފައި ދިޔަ ކާރެއް ކޮންޓްރޯލް ނުވެ ގޮސް މޫދު ތޮށްޓަށް
20197 އަހަރު ކުރިން
ރާއްޖެ

ބްރިޖް ހައިވޭގައި ދުއްވާފައި ދިޔަ ކާރެއް ކޮންޓްރޯލް ނުވެ ގޮސް މޫދު ތޮށްޓަށް

ޓީވީތަކުން ލައިވްކޮށް ދެއްކި މަންޒަރު ދޮގުކޮށް، ނޫސްވެރިން އަޚުލާޤީ މިންގަނޑު ހިފަހައްޓަން ފުލުހުން ގޮވާލައިފި
20188 އަހަރު ކުރިން
ރާއްޖެ

ޓީވީތަކުން ލައިވްކޮށް ދެއްކި މަންޒަރު ދޮގުކޮށް، ނޫސްވެރިން އަޚުލާޤީ މިންގަނޑު ހިފަހައްޓަން ފުލުހުން ގޮވާލައިފި

ރާއްޖެކުޅިވަރުދުނިޔެވިޔަފާރި - އިގްތިސާދުރިޕޯޓުފޮޓޯވާހަކަސިއްހަތުތަފާތު ޚަބަރުލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު