Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - worldAdvertisement
ދުނިޔެ
ދެކުނު ކޮރެއާގެ ހަމަނުޖެހުން

މާޝަލް ލޯ އިއުލާނުކުރި މައްސަލައިގައި ދެކުނު ކޮރެއާގެ ފުލުހުން ރައީސް އޮފީސް ރެއިޑްކޮށްފި

މާޝަލް ލޯ އިއުލާނުކުރުމުގެ ޒިންމާ ނަގާފައިވާ ކުރީގެ ދިފާއީ ވަޒީރު ކިމް ޔޯންގް-ހިޔުން ވަނީ އަންގާރަ ދުވަހުގެ ރޭ ބަންދުކޮށްފައި ހުއްޓާ އަމިއްލައަށް މަރުވާން މަސައްކަތްކޮށްފައި

ރާއްޖެ އެމްވީ | 11 ޑިސެމްބަރު 2024 | ބުދަ 08:38
ދެކުނު ކޮރެއާގެ ރައީސް ޔޫން ސުކް ޔިއޯލް

ދެކުނު ކޮރެއާގެ ރައީސް ޔޫން ސުކް ޔިއޯލް

މާޝަލް ލޯ އިއުލާނުކުރި މައްސަލައިގައި ދެކުނު ކޮރެއާގެ ފުލުހުން ވެރިރަށް ސޯލް ގައި ހުންނަ އެ ގައުމުގެ ރައީސްގެ ރަސްމީ އޮފީސް ރެއިޑްކޮށްފި އެވެ.

ކުއްލި ގޮތަކަށް ދެކުނު ކޮރެއާ ގެ ރައީސް އެ ގައުމުގެ ސިފައިންނަށް ބޮޑެތި ބާރުތަކެއް ލިބޭ ގޮތައް މާޝަލް ލޯ އިއުލާނު ކުރެއްވުމާ ގުޅިގެން ގައުމުގެ ސިޔާސީ މަސްރަހް ވަނީ ވަރަށް ބޮޑަށް ހަލަބޮލިވެފައެވެ.

އެތައް ބަޔަކު އިސްތިއުފާ ދިނުމަށް ގޮވާލަމުން ދިޔަ ނަމަވެސް އަދިވެސް މަޤާމުގައި ދެމިހުންނެވި ރައީސް ޔޫން ވަނީ ސަރުކާރުގެ އެކި އިދާއިރާތަކުން ކުރާ ތަޙުޤީޤުތަކާ ކުރިމަތިލައްވަން ޖެހިފައެވެ. މީގެ ތެރޭގައި ގައުމަށް ޣައްދާރުވުމުގެ ތުހުމަތު ހިމެނެއެވެ.

މީގެ އިތުރުން، މާޝަލް ލޯ އިއުލާނުކުރުމުގެ ޒިންމާ ނަގާފައިވާ ކުރީގެ ދިފާއީ ވަޒީރު ކިމް ޔޯންގް-ހިޔުން ވަނީ އަންގާރަ ދުވަހުގެ ރޭ ބަންދުކޮށްފައި ހުއްޓާ އަމިއްލައަށް މަރުވާން މަސައްކަތްކޮށްފައެވެ. މިކަން ރަސްމީ ފަރާތަކުން ވަނީ ހާމަކޮށްފައިވެއެވެ.

ކިމް ބެލެހެއްޓުން މިހާރު އިތުރަށް ވަރުގަދަ ކޮށްފައިވާ ކަމަށާއި "މިވަގުތު އޭނާގެ ސިއްހީ އެއްވެސް މައްސަލައެއް ނެތް" ކަމަށް އޮފިޝަލުން ވަނީ ހާމަކޮށްފައެވެ.

ކުރީގެ ޑިފެންސް މިނިސްޓަރ ހައްޔަރުކުރެވުނީ އާދިއްތަ ދުވަހުއެވެ.

މާޝަލް ލޯ އިއުލާނުކުރުމުގެ މައްސަލަ ހޫނުވެ ރައިސް ޔޫން ސަރުކާރުގެ ގިނަ އޮފިޝަލުންވެސް ވަނީ އިސްތިއުފާ ދީފައެވެ.

ވެރިކަން ކުރާ ޕާޓީން ހާމަ ކޮށްފައިވާ ގޮތުގައި ޔޫން ވަނީ ވަރަށް އަވަހަށް އިސްތިއުފާ ދެއްވާނެ ކަމަށް އެއްބަސްވެ ވަޑައިގެންފައެވެ. އަދި އޭގެ ކުރިންވެސް ޚާރިޖީ ގުޅުންތަކާއި ގައުމުގެ މުހިންމު އެހެން ބޮޑެތި ކަންކަމުގައި ބައިވެރިވެ ވަޑައިނުގަތުމަށް ވަނީ އެއްބަސްވެފައެވެ.

މީޑިއާ ރިޕޯޓުތަކުގައި ފާހަގަ ކޮށްފައިވާ ގޮތުގައި މިހާރު ޔޫންއަށް އެއްވެސް ބާރެއް އޮތްކަން ނުވަތަ ނޫންކަން ސާފެއް ނޫނެވެ.

އަނެއްކޮޅުން އާންމު ރައްޔިތުން މަގުތަކަށް ނުކުމެ އޭނާގެ އިސްތިއުފާއަށް ގޮވާލާ ކުރަމުން ދާ މުޒާހަރާތައް އަދިވެސް ދަނީ ކުރިއަށެވެ. 

ބީބީސީ އިން ހާމަ ކޮށްފައިވާ ގޮތުގައި ބުދަ ދުވަހު ތަހުގީގުގައި ހަރަކާތްތެރިވާ 18 އޮފިޝަލުން ރައީސްގެ އޮފީހަށް ގޮސްފައިވެއެވެ. މިއީ މާޝަލް ލޯ އިއުލާނުކުރި ރޭ ބޭއްވުނު ކެބިނެޓް ބައްދަލުވުމާ ގުޅޭ ލިޔެކިޔުންތައް ހޯދުމަށް ކަމަށް މީޑިއާތަކުން ރިޕޯޓުކޮށްފައިވާ ކަމަށްވެސް ބީބީސީ އިން ބުނެފައިވެއެވެ. 

ސާރޗް ވޯރަންޓުގައި ހިމެނޭ ފަރާތްތަކުގެ ތެރޭގައި ހިމެނޭ ރައީސް ޔޫން ގެ އޮފީހަށް ތަހުގީގީ އޮފިޝަލުން ދިޔައިރު، އޭނާ އޮފީހުގައި ނޫޅުއްވާ ކަމަށް ވެއެވެ. 

ކޮރެއާގެ ރައީސްގެ އޮފީސް އެންމެ ފަހުން ސާރޗްކުރެވުނީ 2019 ވަނަ އަހަރުގެ ޑިސެމްބަރު މަހުއެވެ. އެއީ ބުސާންގެ ކުރީގެ ޑެޕިއުޓީ މޭޔަރާ ގުޅޭ ކޮރަޕްޝަންގެ ތުހުމަތަކާ ގުޅިގެންނެވެ. އެ ޙާދިސާ ގައި ޕްރޮސެކިއުޓަރުން އޮފީހަށް ވަދެފައެއް ނުވެއެވެ. އޭގެ ބަދަލުގައި އުސޫލުތަކާ އެއްގޮތަށް އޮފީހުން ވަނީ ބޭނުންވާ މައުލޫމާތު ހަވާލުކޮށްފައެވެ.

އޭރު ޤައުމު ހިންގަވަމުން ދިޔައީ ކުރީގެ ރައީސް މޫން ޖެއި-އިންއެވެ.

ތަހުގީގު ކުރިއަށް ގެންދާ މިހާރުގެ ރައީސް ޔޫން ރައީސް ކަމާ ހަވާލުވެވަޑައިގަތީ 2022 ވަނަ އަހަރުއެވެ.

ޔޫން ސުކް ޔިއޯލްދެކުނު ކޮރެއާ

ކޮމެންޓް

އިތުރަށް ކިޔާލަން

ދިވެހިރާއްޖެ އދ. ގެ ޖީ.ޖީ.އައި.އެމް-އޭ.ޕީ. ގެ އެގްޒެކެޓިވް ބޯޑުގެ މެންބަރަކަށް ހޮވިއްޖެ

ދިވެހިރާއްޖެ އދ. ގެ ޖީ.ޖީ.އައި.އެމް-އޭ.ޕީ. ގެ އެގްޒެކެޓިވް ބޯޑުގެ މެންބަރަކަށް ހޮވިއްޖެ

26 ސެޕްޓެމްބަރު 2025
އުތުރު ކޮރެއާ އިން ރަޝިއާ އަށް އަލުން ސިފައިން ފޮނުވައިފި

އުތުރު ކޮރެއާ އިން ރަޝިއާ އަށް އަލުން ސިފައިން ފޮނުވައިފި

27 ފެބުރުއަރީ 2025
ކޮރެއާ ގެ ރައީސް ގެ ނާކާމިޔާބުގެ ފަހަތުގައި ހުންނެވީ މެޑަމް ފަސްޓް ލޭޑީ

ކޮރެއާ ގެ ރައީސް ގެ ނާކާމިޔާބުގެ ފަހަތުގައި ހުންނެވީ މެޑަމް ފަސްޓް ލޭޑީ

18 ޑިސެމްބަރު 2024
ކޮރެއާގެ ރައީސްގެ އިތުބާރު ނެތް ކަމަށް ފާސްކޮށްފި

ކޮރެއާގެ ރައީސްގެ އިތުބާރު ނެތް ކަމަށް ފާސްކޮށްފި

14 ޑިސެމްބަރު 2024
މާޝަލް ލޯ އިއުލާނު ކުރި މައްސަލައިގައި ކޮރެއާގެ ކުރީގެ ދިފާއީ ވަޒީރު ހައްޔަރުކޮށްފި

މާޝަލް ލޯ އިއުލާނު ކުރި މައްސަލައިގައި ކޮރެއާގެ ކުރީގެ ދިފާއީ ވަޒީރު ހައްޔަރުކޮށްފި

08 ޑިސެމްބަރު 2024

އަހަރުތަކުން މިއަދު

21 އެޕްރީލު
އެސްޓޯނިއާ ދަތުރު އަދި މޯލްޑިވްސް 2.0 ގެ ފަހަތުގައި އޮތް ސިއްރަކީ އިލެކްޓްރޯނިކް ވޯޓިން: މަޚްލޫފް
20251 އަހަރު ކުރިން
ރާއްޖެ

އެސްޓޯނިއާ ދަތުރު އަދި މޯލްޑިވްސް 2.0 ގެ ފަހަތުގައި އޮތް ސިއްރަކީ އިލެކްޓްރޯނިކް ވޯޓިން: މަޚްލޫފް

މަޖިލިސް އިންތިހާބުގެ ކެމްޕޭންގެ ތެރޭގައި ވޯޓު ގަތުމާއި ދައުލަތުގެ މުދަލާއި ވަސީލަތްތައް ނަހަމަ ގޮތުގައި ބޭނުންކޮށްފައިވޭ - ޓްރާންސްޕޭރެންސީ
20242 އަހަރު ކުރިން
ރާއްޖެ

މަޖިލިސް އިންތިހާބުގެ ކެމްޕޭންގެ ތެރޭގައި ވޯޓު ގަތުމާއި ދައުލަތުގެ މުދަލާއި ވަސީލަތްތައް ނަހަމަ ގޮތުގައި ބޭނުންކޮށްފައިވޭ - ޓްރާންސްޕޭރެންސީ

ހޫނުމިން 40ށް އަރާ، ސަމާލުވުމަށް އިލްތިމާސްކޮށްފި
20233 އަހަރު ކުރިން
ރާއްޖެ

ހޫނުމިން 40ށް އަރާ، ސަމާލުވުމަށް އިލްތިމާސްކޮށްފި

ކިޑްނީގެ ދުޅަހެޔޮކަމަށް ފެނުގެ މުހިންމުކަން
20224 އަހަރު ކުރިން
ސިއްހަތު

ކިޑްނީގެ ދުޅަހެޔޮކަމަށް ފެނުގެ މުހިންމުކަން

 ޗިކެން ޕަނީނީ ސޭންޑްވިޗް
20215 އަހަރު ކުރިން
ލައިފް ސްޓައިލް

ޗިކެން ޕަނީނީ ސޭންޑްވިޗް

ޝިމާ އަންދާލާފައިވާ ކަމަށް ބުނެ ލިބުނު މައުލޫމާތަކާ ގުޅިގެން ފުލުހުން ދެ ރަށެއް ބަލައި ފާސްކޮށްފި
20197 އަހަރު ކުރިން
ރާއްޖެ

ޝިމާ އަންދާލާފައިވާ ކަމަށް ބުނެ ލިބުނު މައުލޫމާތަކާ ގުޅިގެން ފުލުހުން ދެ ރަށެއް ބަލައި ފާސްކޮށްފި

ނިވާކަން ކުޑަ ހެދުންލައިގެން މޮޑެލްކުރުމުން އިލްމުވެރިން ރަތަށް، ސަރުކާރު ހިމޭނުން!
20188 އަހަރު ކުރިން
ރާއްޖެ

ނިވާކަން ކުޑަ ހެދުންލައިގެން މޮޑެލްކުރުމުން އިލްމުވެރިން ރަތަށް، ސަރުކާރު ހިމޭނުން!

ރާއްޖެކުޅިވަރުދުނިޔެވިޔަފާރި - އިގްތިސާދުރިޕޯޓުފޮޓޯވާހަކަސިއްހަތުތަފާތު ޚަބަރުލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު