Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - worldAdvertisement
ދުނިޔެދެކުނު ކޮރެއާ

ކޮރެއާގެ ރައީސްގެ އިތުބާރު ނެތް ކަމަށް ފާސްކޮށްފި

14 ޑިސެމްބަރު 2024 | ހޮނިހިރު 08:56

އިތުބާރު ނެތް ކަމަށް ފާސް ވުމާއެކު ރައީސް ޔޫން ވަގުތުން ވަޒީފާއިން ސަސްޕެންޑްކުރެވި، ބޮޑުވަޒީރު ވަގުތީ ރައީސްގެ ގޮތުގައި މަސައްކަތް ކުރައްވަން ފައްޓަވާނެއެވެ.

ރާއްޖެ އެމްވީ | 14 ޑިސެމްބަރު 2024 | ހޮނިހިރު 08:56
ދެކުނު ކޮރެއާގެ ގާނޫނު ހަދާ މަޖިލީހުގެ ރައީސް ވޫ ވޮން-ޝިކް ވޯޓުގެ ނަތީޖާ އިއުލާނު ކުރައްވަނީ

ދެކުނު ކޮރެއާގެ ގާނޫނު ހަދާ މަޖިލީހުގެ ރައީސް ވޫ ވޮން-ޝިކް ވޯޓުގެ ނަތީޖާ އިއުލާނު ކުރައްވަނީ

ދެކުނު ކޮރެއާގެ ރައީސްގެ އިތުބާރު ނެތް ކަމަށް ހޮނިހިރު ދުވަހު އެ ގައުމުގެ ގާނޫނު ހަދާ މަޖިލީހުން ފާސްކޮށްފިއެވެ. 204 މެންބަރުން އިތުބާރު ނެތް ކަމަށް ހުށަހެޅުނު ގަރާރަށް ތާއީދުކޮށް ވޯޓުދީފައެވެ.

މީގެ މާނައަކީ ރައީސް ޔޫން ވަގުތުން ވަޒީފާއިން ސަސްޕެންޑްކުރެވި، ބޮޑުވަޒީރު ވަގުތީ ރައީސްގެ ގޮތުގައި މަސައްކަތް ކުރައްވަން ފެއްޓެވުމެވެ.

އިތުބާރު ނެތް ކަމުގެ މައްސަލަ ހުށަހެޅުނު ފަހުން ހަފްތާގެ ގިނަ ދުވަސްތަކުގައި ރައީސް އުޅުއްވީ މައިގަނޑު ގޮތެއްގައި ފިއްލަވައިގެން ކަމަށް ރިޕޯޓުތައް ބުނެއެވެ. ނަމަވެސް ބުރާސްފަތި ދުވަހު ކުއްލި ގޮތައް ގައުމާ މުޚާތަބު ކުރައްވާ، މާޝަލް ލޯ ތަންފީޒުކުރުމަށް ނިންމި ނިންމެވުން ދިފާޢުކުރައްވާ ހަރުކަށި ވާހަކަފުޅެއް ދެއްކެވިއެވެ. އިސްތިއުފާ ނުދެއްވާނެ ކަމަށާއި އެންމެ ފަހު ވަގުތާ ޖެހެންދެން ވެސް "ހަނގުރާމަ" ކުރައްވާނެ ކަމަށް ވިދާޅުވިއެވެ.

އެ ވާހަކަފުޅާއެކު އޭނާ އާ ދެކޮޅަށް މަސައްކަތް ކުރަމުންދާ ފަރާތްތަކަށް އޭނާ މަގާމުން ދުރުކުރުމަށް އިތުރު ހިތްވަރު ލިބިގެން ދިޔަ ކަމަށްވެއެވެ.

ޚިޔާލު ހޯދުމުގެ ވޯޓުން ފެންނަ ގޮތުގައި ޔޫން އަށް މިހާރު ތާއީދު ކުރަނީ ކޮރެއާ ރައްޔިތުންގެ އެންމެ 11 އިންސައްތަ މީހުންނެވެ.

ނަތީޖާ އިއުލާންކުރުމާއެކު، މެޖޯރިޓީ އޮންނަ އިދިކޮޅު ޑިމޮކްރެޓިކް ޕާޓީގެ މެންބަރުން އުފާފާޅު ކުރަން ފެށިއެވެ. އަދި ވެރިކަންކުރާ ޕާޓީގެ މެންބަރުން މަޑުމަޑުން މަޖިލިސް ދޫކޮށް ނުކުމެގެން ވަނީ ގޮސްފައެވެ.

މަޖިލީހުގެ ޖުމްލަ 300 މެންބަރުން ވޯޓުގައި ބައިވެރިވެފައިވެއެވެ. 204 މެންބަރުން ފެންނަ ކަމަށް ވޯޓު ދިން އިރު 85 މެންބަރުން ވޯޓުދިނީ ނުފެންނަ ކަމަށެވެ. 3 މެންބަރުން ވަކި ގޮތަކަށް ވޯޓު ދީފައެއް ނުވެއެވެ. 4 ވޯޓު ބާތިލްވިއެވެ.

މަޖިލީހުން އިތުބާރު ނެތް ކަމަށް ފާސް ކުރިއަސް އުސޫލު ހަމަ ޖެހިފައިވާ ގޮތުން ރައީސް މަގާމުން ވަކި ކުރުމަށް އަދި އިތުރު މަރުހަލާއެއް ކަޑައްތު ކުރަން ޖެހެއެވެ.

އިމްޕީޗްމަންޓްގެ މުޅި މަރުޙަލާ ފުރިހަމަ ކުރުމަށް ހަފްތާތަކެއް ނަގާނެއެވެ. އެއީ ކޮންސްޓިޓިއުޝަނަލް ކޯޓުގައި އަދިވެސް ޝަރީޢަތެއް ބާއްވަންޖެހޭތީއެވެ. ކޮންސްޓިޓިއުޝަނަލް ކޯޓުގެ 9 މެންބަރުންގެ ކައުންސިލުގެ ތެރެއިން 6 މެންބަރުން އިމްޕީޗްމަންޓް ދެމެހެއްޓުމަށް ވޯޓުދީފިނަމަ، ރައީސް މަޤާމުން ވަކިވާނެއެވެ.

މިފަދަ ހާލަތެއްގައި، އާ ރައީސަކު އިންތިޚާބުކުރުމަށް ޙުކުމް އިއްވާތާ 60 ދުވަހުގެ ތެރޭގައި އިންތިޚާބަކަށް ގޮވާލެވޭނެއެވެ.                   

ދެކުނު ކޮރެއާ

އެންމެ ހިނގާ

1

އާރްޑީސީން މަގު ކޮނުމުގެ ތެރޭގައި ފާރެއް ވެއްޓި އުމުރުން ދުވަސްވީ މީހަކު "ވަޅުލެވިއްޖެ"

2

ޓްރަމްޕް ފަދަ ރައީސްއަކާ އީރާން އަށް ކުރިމަތިލާާން ޖެހިފައި ނުވޭ، އީރާންގެ ވެރިކަން ބަދަލުވާން ޖެހޭ: ރޫބިއޯ

3

ޚާމަނާއީ އަވަހާރަކޮށްލި ހާދިސާއަށްފަހު ފުރަތަމަ ހިނގި ކަންތައްތަކުގެ ތަފުސީލު ޣާލީބާފް ހާމަކުރައްވައިފި

4

އިދިކޮޅުން ދޭ އިންޒާރުތަކަކީ ހަގީގީ ނުރައްކަލުގެ ގޮތުގައި ބަލާނަން: އީރާންގެ ވަގުތީ ޑިފެންސް މިނިސްޓަރު

5

އީރާނުގެ ހަމަލާތަކުން އިސްރާއީލު ދިފާއުކުރެވޭނެ ގާބިލުކަމެއް އެމެރިކާ އަކު ނެތް ކަމަށް އެމެރިކާގެ އިސް ކޮމާންޑަރަކު ވިދާޅުވެއްޖެ

އިތުރަށް ކިޔާލަން

26 ސެޕްޓެމްބަރު 2025

ދިވެހިރާއްޖެ އދ. ގެ ޖީ.ޖީ.އައި.އެމް-އޭ.ޕީ. ގެ އެގްޒެކެޓިވް ބޯޑުގެ މެންބަރަކަށް ހޮވިއްޖެ

26 ސެޕްޓެމްބަރު 2025
ދިވެހިރާއްޖެ އދ. ގެ ޖީ.ޖީ.އައި.އެމް-އޭ.ޕީ. ގެ އެގްޒެކެޓިވް ބޯޑުގެ މެންބަރަކަށް ހޮވިއްޖެ
27 ފެބުރުއަރީ 2025

އުތުރު ކޮރެއާ އިން ރަޝިއާ އަށް އަލުން ސިފައިން ފޮނުވައިފި

27 ފެބުރުއަރީ 2025
އުތުރު ކޮރެއާ އިން ރަޝިއާ އަށް އަލުން ސިފައިން ފޮނުވައިފި
18 ޑިސެމްބަރު 2024

ކޮރެއާ ގެ ރައީސް ގެ ނާކާމިޔާބުގެ ފަހަތުގައި ހުންނެވީ މެޑަމް ފަސްޓް ލޭޑީ

18 ޑިސެމްބަރު 2024
ކޮރެއާ ގެ ރައީސް ގެ ނާކާމިޔާބުގެ ފަހަތުގައި ހުންނެވީ މެޑަމް ފަސްޓް ލޭޑީ
11 ޑިސެމްބަރު 2024

މާޝަލް ލޯ އިއުލާނުކުރި މައްސަލައިގައި ދެކުނު ކޮރެއާގެ ފުލުހުން ރައީސް އޮފީސް ރެއިޑްކޮށްފި

11 ޑިސެމްބަރު 2024
މާޝަލް ލޯ އިއުލާނުކުރި މައްސަލައިގައި ދެކުނު ކޮރެއާގެ ފުލުހުން ރައީސް އޮފީސް ރެއިޑްކޮށްފި
08 ޑިސެމްބަރު 2024

މާޝަލް ލޯ އިއުލާނު ކުރި މައްސަލައިގައި ކޮރެއާގެ ކުރީގެ ދިފާއީ ވަޒީރު ހައްޔަރުކޮށްފި

08 ޑިސެމްބަރު 2024
މާޝަލް ލޯ އިއުލާނު ކުރި މައްސަލައިގައި ކޮރެއާގެ ކުރީގެ ދިފާއީ ވަޒީރު ހައްޔަރުކޮށްފި
06 ޑިސެމްބަރު 2024

ދެކުނު ކޮރެއާގެ ރައީސްގެ ބާރުތައް ހިފެހެއްޓުމަށް ވެރިކަން ކުރާ ޕާޓީގެ ލީޑަރު ގޮވާލައިފި

06 ޑިސެމްބަރު 2024
ދެކުނު ކޮރެއާގެ ރައީސްގެ ބާރުތައް ހިފެހެއްޓުމަށް ވެރިކަން ކުރާ ޕާޓީގެ ލީޑަރު ގޮވާލައިފި
04 ޑިސެމްބަރު 2024

ދެކުނު ކޮރެޔާގައި ކުއްލި ގޮތަކަށް އިއުލާނު ކުރި މާޝަލް ލޯ އާއެކު ރައީސް ގެ އިސްތިއުފާ އަށް ޕްރެޝަރ ބޮޑުވެއްޖެ!

04 ޑިސެމްބަރު 2024
ދެކުނު ކޮރެޔާގައި ކުއްލި ގޮތަކަށް އިއުލާނު ކުރި މާޝަލް ލޯ އާއެކު ރައީސް ގެ އިސްތިއުފާ އަށް ޕްރެޝަރ ބޮޑުވެއްޖެ!
24 ޖުލައި 2024

އުތުރު ކޮރެއާ އިން ފޮނުވި ކުނި އަޅާފައިވާ ފުއްޕާހަން ތަކެއް ދެކުނު ކޮރެއާގެ ރައީސް އޮފީހުގެ ގޯތި ތެރެއަށް

24 ޖުލައި 2024
އުތުރު ކޮރެއާ އިން ފޮނުވި ކުނި އަޅާފައިވާ ފުއްޕާހަން ތަކެއް ދެކުނު ކޮރެއާގެ ރައީސް އޮފީހުގެ ގޯތި ތެރެއަށް
12 އެޕްރީލު 2024

ދެކުނު ކޮރެއާގެ މަޝްހޫރު ލަވަކިޔުންތެރިޔާ ޕާކް ބޯ ރާމް މަރުވެއްޖެ

12 އެޕްރީލު 2024
ދެކުނު ކޮރެއާގެ މަޝްހޫރު ލަވަކިޔުންތެރިޔާ ޕާކް ބޯ ރާމް މަރުވެއްޖެ
03 ފެބުރުއަރީ 2024

ފަހަތުން އަރައި އޮސްޓްރޭލިއާ ބަލިކޮށް، ކޮރެއާ ސެމީ ފައިނަލަށް

03 ފެބުރުއަރީ 2024
ފަހަތުން އަރައި އޮސްޓްރޭލިއާ ބަލިކޮށް، ކޮރެއާ ސެމީ ފައިނަލަށް
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލުޓާމްސް އޮފްޔޫސް