Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - sportsAdvertisement
ކުޅިވަރުސްޕެނިޝް ލީގު

އޮސަސޫނާ އަތުން ޕޮއިންޓު ހޯދައި ކުރިއަށް ޖެހިލުން ވަރަށް މުހިންމު: އާބެލޯ

21 ފެބުރުއަރީ 2026 | ހޮނިހިރު 04:14

ލީގު ތާވަލްގެ އެއް ވަނަ މަގާމުގައި ރެއާލް އޮތްއިރު، އާބެލޯ ބުނީ ފާއިތުވި ދުވަސްތައް މާޒީ އަށް ދޫކޮށްލުމަށް ފަހު، ކުރިއަށް ޖެހިލަން މިއީ ރެއާލް އަށް ރަނުގެ ފުރުސަތެއް ކަމަށް.

ޝައިހާން ޒަރީރް
ޝައިހާން ޒަރީރް | 21 ފެބުރުއަރީ 2026 | ހޮނިހިރު 04:14
ރެއާލް އަށް އިރުޝާދު ދެމުން އަންނަ އަލްވާރޯ އާބެލޯ

ރެއާލް އަށް އިރުޝާދު ދެމުން އަންނަ އަލްވާރޯ އާބެލޯ | ރޮއިޓާސް

ސްޕެނިޝް ލީގުގައި އޮސަސޫނާއާ ދެކޮޅަށް ކުޅޭ މެޗުން މޮޅުވެ، ތިން ޕޮއިންޓާ އެކު ކުރިއަށް ޖެހިލުމަކީ ވަރަށް މުހިންމު ކަމެއް ކަމަށް ރެއާލް މެޑްރިޑުގެ ކޯޗު އަލްވާރޯ އާބެލޯ ބުނެފި އެވެ.

އޭނާ މިހެން ބުނީ ހޮނިހިރު ދުވަހުގެ ރޭ އޮސަސޫނާއާ ދެކޮޅަށް ކުޅޭ މެޗުގެ ކުރިން އޮތް ނޫސްވެރިންގެ ބައްދަލުވުމުގައި ވާހަކަ ދައްކަމުންނެވެ. އެ މެޗާ ގުޅޭ ގޮތުން ވާހަކަ ދައްކަމުން އާބެލޯ ބުނީ، އަމިއްލަ ދަނޑުގައި އޮސަސޫނާ ބަލި ނުވާތާ ދެ މަސް ވެފައިވާ ކަމަށާއި، އެ ޓީމަކީ އިިދިކޮޅަށް ކުޅެން އުނދަގޫ ޓީމެއްކަން އިނގޭ ކަމަށެވެ. 

އާބެލޯ ބުނީ ރެއާލްގެ ކުރިމަތީގައި އޮތީ ވަރަށް ބޮޑު ޗެލެންޖެއް ކަމަށެވެ. އިދިކޮޅު ޓީމުގެ ފެންވަރާއި، އެ ޓީމުގެ ކޯޗު ކުރަމުން އަންނަ ރަނގަޅު މަސައްކަތް ފެންނަ ކަމަށް އޭނާ ބުންޏެވެ. އެހެންކަމުން އެ ޓީމާ ދެކޮޅަށް ރެއާލް ނިކުންނާނީ ވަރަށް ފުރިހަމަ އަށް ތައްޔާރުވެގެން ކަމަށާއި، އެ މެޗުން ތިން ޕޮއިންޓު ހޯދުމަށް ހުރިހާ މަސައްކަތެއް ކުރާނެ ކަމަށް އޭނާ ވަނީ ބުނެފަ އެވެ.

ލީގު ތާވަލްގެ އެއް ވަނަ މަގާމުގައި ރެއާލް އޮތްއިރު، އާބެލޯ ބުނީ ފާއިތުވި ދުވަސްތައް މާޒީ އަށް ދޫކޮށްލުމަށް ފަހު، ކުރިއަށް ޖެހިލަން މިއީ ރެއާލް އަށް ރަނުގެ ފުރުސަތެއް ކަމަށެވެ. އެއާ އެކު، ލީގު ރޭހުގައި ރެއާލް ވާދަ ކުރަމުން އައި އައުން ދެމި އޮތް ކަމަށާއި، ރެއާލް އަކީ ހިތްވަރު ދޫކޮށްލާނެ ޓީމެއް ނޫން ކަމަށް އޭނާ ފާހަގަ ކޮށްފައިވެ އެވެ. 

މީގެ އިތުރުން އާބެލޯ ވަނީ، ރެއާލް އަށް ކުޅެމުން އަންނަ ވިނީޝިއުސް ޖޫނިއާ އަށް ނަސްލީ ގޮތުން ކުރަމުން އަންނަ ފުރައްސާރަ ތަކަށް ވެސް ރައްދު ދީފަ އެވެ. އެގޮތުން އޭނާ ބުނީ ފުޓުބޯޅައިގައި ނަސްލީ ދިމާ ކުރުމަށް އެއްވެސް ފުރުސަތެއް ނޯންނާނެ ކަމަށާއި، އެކަންކަމުގެ ސަބަބުން ފުޓުބޯޅައިގެ ރީތި ނަން ހަޑިވަމުން އަންނަ ކަމަށެވެ. ނަސްލީ ގޮތުން ފުރައްސާރަ ކުރުމާ ދެކޮޅަށް މަސައްކަތް ކުރުމުން ރެއާލް އަށް އޮތީ ފަހު ފުރުސަތެއް ލިބިފައި ކަމަށް ވެސް އޭނާ ބުންޏެވެ.

މިވަގުތު ލީގު ތާވަލްގެ އެއް ވަނަ މަގާމުގައި ރެއާލް އޮތީ މިހާތަނަށް އެ ޓީމު ކުޅެފައިވާ 24 މެޗުން 60 ޕޮއިންޓާ އެކު އެވެ. ދެ ޕޮއިންޓުގެ ލީޑަކާ އެކު ރެއާލް އެއް ވަނައިގައި އޮތްއިރު، ދެ ވަަނައިގައި އޮތް އެންމެ ފަހުގެ ޗެމްޕިއަން ބާސެލޯނާ އަށް ލިބެނީ 58 ޕޮއިންޓެވެ. އޮސަސޫނާއާ ދެކޮޅަށް ކުޅޭ މެޗުން މޮޅުވެ، ލީޑު ފުޅާ ކުރުމުގެ ފުރުސަތު ރެއާލް އަށް އޮންނާނެ އެވެ.

ސްޕެނިޝް ލީގުރެއާލް މެޑްރިޑްއަލްވާރޯ އާބެލޯ

އެންމެ ހިނގާ

1

މެމްބަރު ސައުދުﷲ ހިލްމީ ސޯޝަލް މީޑިއާގައި އާންމުކުރި ލިސްޓުގައި 18 އަހަރު ނުވާ ކުޑަކުދިންގެ މައުލޫމާތު ހިމެނޭތީ، އެ މައްސަލަ ފުލުހަށް ހުށަހަޅައިފި

2

ލިޔެކިޔުންތަކަށް ބަދަލު ގެނެސް ރާއްޖެ މެދުވެރިކޮށް ރަޝިޔާއަށް އެތައް މިލިއަން ޑޮލަރެއްގެ އަސްކަރީ މުދާ އުފުލާ: ރިޕޯޓު

3

ނާމަލް ރާޖަޕަކްސަ ހައްޔަރުކޮށްފި

4

އީރާން ހަނގުރާމަ ނިމުނުކަން އިޢުލާނުކުރަން ޓްރަމްޕް ވިސްނަވަނީ

5

ނެދަލެންޑްސްއިން އެމެރިކާގައި ބަހައްޓާފައި ހުރި 10 ބިލިއަން ޑޮލަރުގެ ރަން އަނބުރާ ގެންދިޔައީ ކީއްވެ؟

އިތުރަށް ކިޔާލަން

14 އޯގަސްޓު 2026

ލަލީގާ: ބާސެލޯނާ ތިންވަނަ ތަށި ހޯދުމަށް ދެކޭ ހުވަފެން ހަގީގަތަކަށް ވުމަށް ކުރެވޭ މުހިންމު ސުވާލުތައް

14 އޯގަސްޓު 2026
ލަލީގާ: ބާސެލޯނާ ތިންވަނަ ތަށި ހޯދުމަށް ދެކޭ ހުވަފެން ހަގީގަތަކަށް ވުމަށް ކުރެވޭ މުހިންމު ސުވާލުތައް
06 އޯގަސްޓު 2026

ރެއާލްގައި ވިނީޝިއުސް ބެހެއްޓުމަށް އެންމެ ބޮޑަށް ބާރުއަޅަނީ މޮރީނިއޯ

06 އޯގަސްޓު 2026
ރެއާލްގައި ވިނީޝިއުސް ބެހެއްޓުމަށް އެންމެ ބޮޑަށް ބާރުއަޅަނީ މޮރީނިއޯ
28 ޖުލައި 2026

ޒިދާން ފްރާންސްގެ ގައުމީ ޓީމުގެ ހެޑް ކޯޗަކަށް

28 ޖުލައި 2026
ޒިދާން ފްރާންސްގެ ގައުމީ ޓީމުގެ ހެޑް ކޯޗަކަށް
22 ޖުލައި 2026

އިންފަންޓީނޯ ދަނީ މުޅި ފުޓުބޯޅަ ހަލާކު ކުރަމުން: ސްޕެނިޝް ލީގުގެ ރައީސް ޓެބާސް

22 ޖުލައި 2026
އިންފަންޓީނޯ ދަނީ މުޅި ފުޓުބޯޅަ ހަލާކު ކުރަމުން: ސްޕެނިޝް ލީގުގެ ރައީސް ޓެބާސް
17 ޖޫން 2026

އެމްބާޕޭ ފްރާންސްގެ ތާރީޚުގައި އެންމެ މޮޅު ކުޅުންތެރިޔާއަށް ވާނެ!

17 ޖޫން 2026
އެމްބާޕޭ ފްރާންސްގެ ތާރީޚުގައި އެންމެ މޮޅު ކުޅުންތެރިޔާއަށް ވާނެ!
15 ޖޫން 2026

ރެއާލް އަށް ބަދަލުވާން ކުކުރޭލާ އެއްބަސްވެއްޖެ

15 ޖޫން 2026
ރެއާލް އަށް ބަދަލުވާން ކުކުރޭލާ އެއްބަސްވެއްޖެ
08 ޖޫން 2026

ރެއާލްގެ ރައީސް ކަމަށް ޕެރޭޒް އިންތިޚާބު ކޮށްފި

08 ޖޫން 2026
ރެއާލްގެ ރައީސް ކަމަށް ޕެރޭޒް އިންތިޚާބު ކޮށްފި
06 ޖޫން 2026

ރެއާލްގެ ކޯޗަކަށް ކްލޮޕް ގެންނަން އުޅޭ ކަމަށް ބުނާ ވާހަކަ ދޮގު ކޮށްފި

06 ޖޫން 2026
ރެއާލްގެ ކޯޗަކަށް ކްލޮޕް ގެންނަން އުޅޭ ކަމަށް ބުނާ ވާހަކަ ދޮގު ކޮށްފި
04 ޖޫން 2026

ރެއާލްގެ ރައީސްކަން ލިބިއްޖެ ނަމަ، ހާލަންޑް އާއި ރޮޑްރީ ގެންނާނަން: ރިކޭލްމޭ

04 ޖޫން 2026
ރެއާލްގެ ރައީސްކަން ލިބިއްޖެ ނަމަ، ހާލަންޑް އާއި ރޮޑްރީ ގެންނާނަން: ރިކޭލްމޭ
24 މެއި 2026

ލެވަންޑޯސްކީގެ ފަހު މެޗުގައި ލަނޑު ޖެހި ނަމަވެސް، ބާސެލޯނާ ބަލިވެއްޖެ

24 މެއި 2026
ލެވަންޑޯސްކީގެ ފަހު މެޗުގައި ލަނޑު ޖެހި ނަމަވެސް، ބާސެލޯނާ ބަލިވެއްޖެ
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލުޓާމްސް އޮފްޔޫސް