Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - sportsAdvertisement
ކުޅިވަރުނިއު ރޭޑިއަންޓް ސްޕޯޓްސް ކުލަބު

ނިއު ރޭޑިއަންޓްގެ އެކަޑަމީ ފަށަން ނިންމައި، ބައިވެރިވުމަށް ހުޅުވާލައިފި

އެ ބައްދަލުވުމުގައި ވާހަކަ ދައްކަވަމުން ނިއު ރޭޑިއަންޓުގެ ޗެއަރމަން މުބީން ވިދާޅުވީ، އެ ކުލަބުގެ އެކަޑަމީ ކުރިއަށް ގެންދާނީ ސްޕެއިންގެ ކޯޗެއްގެ އިރުޝާދުގެ ދަށުން ކަމަށާއި، ކުރިއަށް އޮތް ދުވަސް ތަކުގެ ތެރޭގައި އޭނާ ރާއްޖެ އަންނާނެ ކަމަށް. މިވަގުތު ނިއު ރޭޑިއަންޓުގެ ޓެކްނިކަލް ޑައިރެކްޓަރުގެ ގޮތުގައި ވެސް މަސައްކަތް ކުރަމުން އަންނަނީ ސްޕެއިންގެ ފްރެންސިސްކޯ މެނުއަލް ކައީންޒޮސް.

ޝައިހާން ޒަރީރް
ޝައިހާން ޒަރީރް | 10 ފެބުރުއަރީ 2026 | އަންގާރަ 04:12
ނިއު ރޭޑިއަންޓުގެ ފަރާތުން ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި އެ ކުލަބުގެ ޗެއާމަން އަޙުމަދު މުބީން އާއި، އިސްވެރިން

ނިއު ރޭޑިއަންޓުގެ ފަރާތުން ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި އެ ކުލަބުގެ ޗެއާމަން އަޙުމަދު މުބީން އާއި، އިސްވެރިން | ނިއުރޭޑިއަންޓް ސްޕޯރޓްސް ކުލަބް

ނިއު ރޭޑިއަންޓް ސްޕޯޓްސް ކުލަބުގެ ފަރާތުން، އެ ކުލަބުގެ އެކަޑަމީ ރަސްމީކޮށް ފަށަން ނިންމައި އިއުލާން ކޮށްފި އެވެ. 

ނިއު ރޭޑިއަންޓުގެ ފަރާތުން ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި އެކަން އިއުލާން ކޮށްފައި ވަނީ، އެ ކުލަބުގެ ޗެއަރމަން އަޙުމަދު މުބީން އެވެ. ނިއު ރޭޑިއަންޓުން ވަނީ އެކަޑަމީގައި ބައިވެރިވުމުގެ ފުރުސަތު ވެސް ހުޅުވާލައިފަ އެވެ. އެގޮތުން އެ ކުލަބުގެ އެކަޑަމީ ކުރިއަށް ގެންދިޔުމަށް ހަމަޖެހިފައި ވަނީ ދެ ޖިންސުގެ ކުދިންނަށް ހުޅުވާލައިގެންނެވެ. 

އެ ބައްދަލުވުމުގައި ވާހަކަ ދައްކަވަމުން ނިއު ރޭޑިއަންޓުގެ ޗެއަރމަން މުބީން ވިދާޅުވީ، އެ ކުލަބުގެ އެކަޑަމީ ކުރިއަށް ގެންދާނީ ސްޕެއިންގެ ކޯޗެއްގެ އިރުޝާދުގެ ދަށުން ކަމަށާއި، ކުރިއަށް އޮތް ދުވަސް ތަކުގެ ތެރޭގައި އޭނާ ރާއްޖެ އަންނާނެ ކަމަށެވެ. މިވަގުތު ނިއު ރޭޑިއަންޓުގެ ޓެކްނިކަލް ޑައިރެކްޓަރުގެ ގޮތުގައި ވެސް މަސައްކަތް ކުރަމުން އަންނަނީ ސްޕެއިންގެ ފްރެންސިސްކޯ މެނުއަލް ކައީންޒޮސް އެވެ. 

ނިއު ރޭޑިއަންޓުގެ ޓެކްނިކަލް ޑައިރެކްޓަރުގެ މަގާމަށް އޭނާ ހަމަޖައްސާފައި ވަނީ މިދިޔަ ޖަނަވަރީ މަހުގެ ތެރޭގަ އެވެ. މުބީން ވިދާޅުވީ ނިއު ރޭޑިއަންޓުގެ އެކަޑަމީގެ ކަންކަން ބެލެހެއްޓުމުގައި އިސްކޮށް މަސައްކަތް ކުރާނީ ވެސް އޭނާ ކަމަށެވެ. އެއާ އެކު، އެ ކުލަބުގެ އެކަޑަމީގެ ސެޝަންތައް ކުރިއަށް ގެންދާނީ ސްޕެއިން އިން ގެންނަ ކޯޗެވެ. އޭނާ އާއެކު، އެކަޑަމީގައި ދިވެހި ކޯޗުން ވެސް މަސައްކަތް ކުރާނެ ކަމަށް މުބީން ވަނީ ވިދާޅުވެފަ އެވެ. 

މީގެ ކުރިން ވެސް ނިއު ރޭޑިއަންޓުން ވަނީ އެ ކުލަބުގެ އެކަޑަމީ ކުރިއަށް ގެންގޮސްފަ އެވެ. މިފަހަރު ވެސް ނިއު ރޭޑިއަންޓުން އެ ކުލަބުގެ އެކަޑަމީ ފަށަން އިއުލާން ކޮށްފައިވާއިރު، މުބީން ވިދާޅުވީ އެކަޑަމީ ފަށަން އިއުލާން ކުރީ އެކަމަށް ވާން ޖެހޭ ހުރިހާ ތައްޔާރީ ތަކެއް ވުމަށް ފަހު ކަމަށެވެ. އެ ކުލަބުން ނިންމާފައި ވަނީ ބޭރުގެ މޮޑެލް އަކަށް ބަލައިގެން އެކަޑަމީ ކުރިއަށް ގެންދިޔުމަށެވެ. 

ނިއު ރޭޑިއަންޓުގެ ޗެއަރމަން ކަމުގެ މަގާމަށް މުބީން އިންތިޚާބު ކޮށްފައި ވަނީ 2024 ވަނަ އަހަރުގެ ނޮވެމްބަރު މަހުގެ ތެރޭގަ އެވެ. އޭގެ ފަހުން މުބީން އާއި، އޭނާގެ ޓީމުން އަންނަނީ ނިއު ރޭޑިއަންޓު އަލުން ކޮޅަށް ޖެހުމަށް ގިނަ މަސައްކަތް ތަކެއް ކުރަމުންނެވެ. ފުރަތަމަ ޑިވިޝަންގައި ނިއު ރޭޑިއަންޓުން ވާދަ ކުރަމުން އަންނައިރު، ޓީމު ވަރުގަދަ ކުރުމަށް އަންނަނީ ގިނަ މަސައްކަތް ތަކެއް ކުރަމުންނެވެ. 

ނިއުރޭޑިއަންޓް ސްޕޯރޓްސް ކުލަބްއަޙުމަދު މުބީން

އިތުރަށް ކިޔާލަން

09 ފެބުރުއަރީ 2026

ނިއުގެ ޗެއާމަން މުބީންގެ ތައުރީފު މާޒިޔާ އާއި އެ ކުލަބުގެ އިސްވެރިންނަށް

09 ފެބުރުއަރީ 2026
ނިއުގެ ޗެއާމަން މުބީންގެ ތައުރީފު މާޒިޔާ އާއި އެ ކުލަބުގެ އިސްވެރިންނަށް
18 ޖެނުއަރީ 2026

ޔޫވީ ބަލިކޮށް، ނިއު ރޭޑިއަންޓް އަލުން ތިން ވަނަ އަށް ޖެހިލައިފި

18 ޖެނުއަރީ 2026
ޔޫވީ ބަލިކޮށް، ނިއު ރޭޑިއަންޓް އަލުން ތިން ވަނަ އަށް ޖެހިލައިފި
12 ޖެނުއަރީ 2026

ޓީސީ އަތުން ހޯދި އުނދަގޫ މޮޅާ އެކު، ނިއު ރޭޑިއަންޓް އިން މަގާމު ދަމަހައްޓައިފި

12 ޖެނުއަރީ 2026
ޓީސީ އަތުން ހޯދި އުނދަގޫ މޮޅާ އެކު، ނިއު ރޭޑިއަންޓް އިން މަގާމު ދަމަހައްޓައިފި
07 ޖެނުއަރީ 2026

މައްސަލަ ޖެހި، ޑައިމަންޑް ޖުބްލީ ކޮމެޓީ އިން މުބީން ވަކި ކޮށްފި

07 ޖެނުއަރީ 2026
މައްސަލަ ޖެހި، ޑައިމަންޑް ޖުބްލީ ކޮމެޓީ އިން މުބީން ވަކި ކޮށްފި
07 ޖެނުއަރީ 2026

ދެ ވަނަ ބުރުގައި ނިއު ރޭޑިއަންޓާއި އޮޑި ހަމަހަމަ

07 ޖެނުއަރީ 2026
ދެ ވަނަ ބުރުގައި ނިއު ރޭޑިއަންޓާއި އޮޑި ހަމަހަމަ
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު