Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • ލައިފް ސްޓައިލް
Advertisement - sportsAdvertisement
ކުޅިވަރު
ނިއު ރޭޑިއަންޓް ސްޕޯޓްސް ކުލަބު

ނިއު ރޭޑިއަންޓުގެ އުސޫލާ ޚިލާފުވި ކުޅުންތެރިންނަށް ބޮޑު ޖޫރިމަނާއެއް

މުބީން ވިދާޅުވީ ނިއު ރޭޑިއަންޓްގެ ސްޓޭންޑަކީ އެ ކުލަބުގެ އެއްވެސް ކުޅުންތެރިޔަކު، އެ ކުލަބުން ވާދަ ކުރާ މުބާރާތެއް ނޫން އެހެން އެއްވެސް މުބާރާތެއްގައި ނުކުޅޭނެ ކަމަށް. ނިއު ރޭޑިއަންޓް އިން ހަދާފައިވާ އެންމެހާ އުސޫލު ތަކެއްގައި ވެސް އެ ވާހަކަ ވަރަށް ރަނގަޅަށް ހިމަނާފައި ވާނެ ކަމަށް މުބީން ވިދާޅުވި.

ޝައިހާން ޒަރީރް
ޝައިހާން ޒަރީރް, ރާއްޖެ އެމްވީ | 11 ފެބުރުއަރީ 2026 | ބުދަ 05:43
ނިއު ރޭޑިއަންޓްގެ ފަރާތުން ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުަގައި އެ ކުލަބުގެ ޗެއާމަން އަޙުމަދު މުބީން

ނިއު ރޭޑިއަންޓްގެ ފަރާތުން ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުަގައި އެ ކުލަބުގެ ޗެއާމަން އަޙުމަދު މުބީން | ނިއުރޭޑިއަންޓް ސްޕޯރޓްސް ކުލަބް

ފުރަތަމަ ޑިވިޝަންގައި ވާދަ ކުރަމުން އަންނަ ނިއު ރޭޑިއަންޓް ސްޕޯޓްސް ކުލަބުގެ އުސޫލު ތަކާ ޚިލާފުވި ކުޅުންތެރިން އެ ކުލަބުން ބޮޑު ޖޫރިމަނާއެއް ކޮށްފި އެވެ.

ނިއު ރޭޑިއަންޓްގެ ފަރާތުން ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި އެ ކުލަބުގެ ޗެއާމަން އަޙުމަދު މުބީން ވިދާޅުވީ، ގޯލްޑް ފުޓްސަލް ޗެލެންޖުގައި ނިއު ރޭޑިއަންޓްގެ ބައެއް ކުޅުންތެރިންނަށް ނުކުޅެވިގެން ބައެއް ފަރާތްތަކުން އެ ކަންބޮޑުވުން ފާޅު ކޮށްފައިވާ ކަމަށެވެ. އެކަމުގައި ކުލަބުން ގެން ގުޅޭ ސްޓޭންޑަކާ ގުޅޭ ގޮތުން ގިނަ ބަޔަކު ސުވާލު ކުރަމުން އަންނަ ކަމަށް މުބީން ވިދާޅުވި އެވެ.

އެގޮތުން މުބީން ވިދާޅުވީ ނިއު ރޭޑިއަންޓްގެ ސްޓޭންޑަކީ އެ ކުލަބުގެ އެއްވެސް ކުޅުންތެރިޔަކު، އެ ކުލަބުން ވާދަ ކުރާ މުބާރާތެއް ނޫން އެހެން އެއްވެސް މުބާރާތެއްގައި ނުކުޅޭނެ ކަމަށެވެ. ނިއު ރޭޑިއަންޓް އިން ހަދާފައިވާ އެންމެހާ އުސޫލު ތަކެއްގައި ވެސް އެ ވާހަކަ ވަރަށް ރަނގަޅަށް ހިމަނާފައި ވާނެ ކަމަށް މުބީން ވިދާޅުވި އެވެ.

އެ އުސޫލާ ޚިލާފަށް ނިއު ރޭޑިއަންޓްގެ ބައެއް ކުޅުންތެރިން ގޯލްޑަންގެ އިތުރުން، އެހެން މުބާރާތް ތަކެއްގައި ވެސް ކުޅެފައިވާ ކަަމަށް މުބީން ފާހަގަ ކުރެއްވި އެވެ. އެގޮތުން އެ ފަސް ކުޅުންތެރިންނަަށް ވެސް ނިއު ރޭޑިއަންޓް އިން މިހާރު ފިޔަވަޅު އަޅާފައިވާ ކަަމަށާއި، އެ ކުޅުންތެރިން ޖޫރިމަނާ ކޮށްފައިވާ ކަމަށް މުބީން ވިދާޅުވި އެވެ. 

މީގެ އިތުރުން މުބީން ވިދާޅުވީ، ގޯލްޑަން ފުޓްސަލް ޗެލެންޖަށް ވަރަށް ބޮޑަށް ތާއީދު ކުރައްވާ ކަމަށާއި، ކުޅުންތެރިން އެ ކުޅުންތެރިން ރަށް ތަމްސީލު ކުރުމުގެ ފުރުސަތު އޮންނަން ވެސް ބޭނުންވާ ކަމަށެވެ. އެހެން ނަމަވެސް، ކުރިއަށްދާ ސީޒަންގައި އެއް މެޗާއި، އަނެއް މެޗާ ދޭތެރޭގައި އޮންނަނީ މަދު ދުވަސް ކޮޅެއް ކަމަށް މުބީން ފާހަގަ ކުރެއްވި އެވެ. އެހެންވެ، އެ މެޗު ނިންމުމަށް ފަހު، ރިކަވަރީ ކުރިއަށް ގެންގޮސް، އަދި ފަރިތަކުރުން ކުރިއަށް ގެންދިޔުމަށް ފަހު، ދެން އޮންނަ މެޗަށް ފުރިހަމަ އަށް ތައްޔާރުވާން އޮންނަނީ މަދު ވަގުތު ކޮޅެއް ކަމަށް މުބީން ވިދާޅުވި އެވެ. 

އަޅުގަނޑުމެން ވެސް ވަރަށް ބޮޑަށް ބޭނުންވޭ މި ކުޅުންތެރިންނަށް، އެ ކުޅުންތެރިންގެ ރަށް ތަމްސީލު ކުރެވޭނެ ގޮތަކަށް މިކަން ވެގެން އަންނަން. އެކަމަކު ސީޒަންގެ ތެރޭގައި އެއް މެޗާއި، އަނެއް މެޗާ ދޭތެރޭގައި މި ލިބެނީ ގާތް ގަނޑަކަށް ޕްރެކްޓިސްކޮށްލަން މި ލިބެނީ ފަސް ވަރަކަށް ދުވަސް، ނޫނީ ހަ ދުވަސް. އެންމެ ގިނަވެގެން ވެސް ލިބޭނީ ގާތް ގަނޑަކަށް ފަސް ދުވަސް. މެޗެއް ނިންމާފައި ރިކަވަރީ ޓްރެއިނިންއެއް އޮވެފައި، އޭގެ ތެރެއިން ތިން ދުވަހު ކޯޗު ރަނގަޅު، ހާޑު ޓްރެއިނިން ތަކެއް މި ގެންދަނީ، އެ މެޗެއްގައި ހެދުނު މިސްޓޭކްތައް ރަނގަޅު ކުރުމަށާއި، ޖެހިގެން އަންނަ ހަފުތާގައި، ޖެހިގެން އަންނަ މެޗުގައި ކުޅެން ޖެހޭ ޓީމުގެ ހުރި ކަންކަން ބަލައިގެން އެއަށް ތައްޔާރުވާން މި ލިބެނީ ގާތް ގަނޑަކަށް ހާޑު ތިން ޓްރެއިނިން ވަރު. އަނެއް ދުވަސް ވެގެން މި ދަނީ މެޗު ޑޭ އަށް ތައްޔާރުވާ ފޯމް އަޕް ޓްރެއިނިން އަކަށް. ޖުމުލަ ތިން ޓްރެއިނިންގެ ތެރެއިން، މި މުބާރާތް ކުޅެން ނޫނީ، އެކި އެކި ކަންކަމުގައި މި އުޅޭ ކުދިންނަށް އަޅުގަނޑުމެންގެ ޓްރެއިނިން ތަކުގައި ބައިވެރި ނުވެވި މި ތިބެނީ. އެ ކުދިންގެ ޕާފޮމެންސް ރަނގަޅަށް ނުދެއްކި.
އަޙުމަދު މުބީން / ނިއު ރޭޑިއަންޓްގެ ޗެއާމަން

އެއާ އެކު، ނިއު ރޭޑިއަންޓްގެ ކުޅުންތެރިން އެހެން މުބާރާތެއް ކުޅުމަށް އެ މުއްދަތުގެ ތެރޭގައި ގޮސްފި ނަމަ، އެ ކުޅުންތެރިންނަށް ނިއު ރޭޑިއަންޓްގެ ފަރިތަކުރުން ތަކުގައި ބައިވެރި ނުވެވޭ ކަމަށާއި، އެކަމުގެ ސަބަބުން ކުޅުންތެރިންގެ އެންމެ ރަނގަޅު ކުޅުން ނުފެންނަ ކަމަށް މުބީން ވިދާޅުވި އެވެ. ކުލަބުން ބޮޑު ހޭދައެއް ކުރަމުން އަންނައިރު، އެ ފަރިތަކުރުންތައް ކުރިއަށް ނުގެންގޮސް ރަނގަޅު ނަތީޖާއެއް ހޯދުމަކީ އުނދަގޫ ކަމެއް ކަމަށް މުބީން ފާހަގަ ކުރެއްވި އެވެ. 

ހަމަ އެއާ އެކު މުބީން ވިދާޅުވީ، ނިއު ރޭޑިއަންޓްގެ އުސޫލުތައް ޤަބޫލުކޮށް، އެއާ ޚިލާފަށް ނުކުޅެ ތިބި ކުޅުންތެރިން ވެސް ކުލަބުގައި ތިބި ކަމަށެވެ. އެކަމުގައި ވަރަށް ގިނަ ރަށް ރަށުން ޝަކުވާ ވެސް ލިބޭ ކަމަށާއި، ނަމަވެސް ނިއު ރޭޑިއަންޓް އިން އެ ކުލަބުން ކުރަމުން އަންނަ މަސައްކަތް ހުއްޓައި ނުލެވޭނެ ކަމަށް ވެސް މުބީން ވިދާޅުވި އެވެ. 

ނިއު ރޭޑިއަންޓްގެ އުސޫލާ ޚިލާފުވުމުގެ ސަބަބުން، އެ ކުލަބުން ޖޫރިމަނާ ކުރި ކުޅުންތެރިންގެ ތެރޭގައި ހިމެނެނީ މުޙައްމަދު ރާއިފް ފަޒީލް އާއި، ޢަބްދުﷲ ޒިމާމް އާއި، އަހުނަފް ރަޝީދު އާއި، އަލީ ފާސިރު (ސެންޓޭ) އަދި އަޒޫމް އެވެ. 

ނިއުރޭޑިއަންޓް ސްޕޯރޓްސް ކުލަބްއަޙުމަދު މުބީން

ކޮމެންޓް

އިތުރަށް ކިޔާލަން

މާޒިޔާ އިން ބުރު ބަލިކުރިއިރު، ނިއު އާއި އޮޑި އެއްވަރު

މާޒިޔާ އިން ބުރު ބަލިކުރިއިރު، ނިއު އާއި އޮޑި އެއްވަރު

11 ފެބުރުއަރީ 2026
ނިއު ރޭޑިއަންޓްގެ އެކަޑަމީ ފަށަން ނިންމައި، ބައިވެރިވުމަށް ހުޅުވާލައިފި

ނިއު ރޭޑިއަންޓްގެ އެކަޑަމީ ފަށަން ނިންމައި، ބައިވެރިވުމަށް ހުޅުވާލައިފި

10 ފެބުރުއަރީ 2026
ނިއުގެ ޗެއާމަން މުބީންގެ ތައުރީފު މާޒިޔާ އާއި އެ ކުލަބުގެ އިސްވެރިންނަށް

ނިއުގެ ޗެއާމަން މުބީންގެ ތައުރީފު މާޒިޔާ އާއި އެ ކުލަބުގެ އިސްވެރިންނަށް

09 ފެބުރުއަރީ 2026
ޔޫވީ ބަލިކޮށް، ނިއު ރޭޑިއަންޓް އަލުން ތިން ވަނަ އަށް ޖެހިލައިފި

ޔޫވީ ބަލިކޮށް، ނިއު ރޭޑިއަންޓް އަލުން ތިން ވަނަ އަށް ޖެހިލައިފި

18 ޖެނުއަރީ 2026
ޓީސީ އަތުން ހޯދި އުނދަގޫ މޮޅާ އެކު، ނިއު ރޭޑިއަންޓް އިން މަގާމު ދަމަހައްޓައިފި

ޓީސީ އަތުން ހޯދި އުނދަގޫ މޮޅާ އެކު، ނިއު ރޭޑިއަންޓް އިން މަގާމު ދަމަހައްޓައިފި

12 ޖެނުއަރީ 2026

އަހަރުތަކުން މިއަދު

13 ފެބުރުއަރީ
ބެއިރޫތުން އީރާނުގެ ފްލައިޓެއް ކެންސަލް ކޮށްލި މައްސަލަ ހޫނުވެއްޖެ
20251 އަހަރު ކުރިން
ދުނިޔެ

ބެއިރޫތުން އީރާނުގެ ފްލައިޓެއް ކެންސަލް ކޮށްލި މައްސަލަ ހޫނުވެއްޖެ

މަޖިލީހުގެ ފާރަށް އަރައި، ގްރީން ޒޯން ތެރޭގައި މުޒާހަރާކުރިއިރު އެކަން ނުހުއްޓުވުނީ ކީއްވެތޯ ސާފުކުރަން ސަލާމަތީ ބާރުތައް ކޮމިޓީއަށް ހާޒިރުކުރަނީ
20242 އަހަރު ކުރިން
ރާއްޖެ

މަޖިލީހުގެ ފާރަށް އަރައި، ގްރީން ޒޯން ތެރޭގައި މުޒާހަރާކުރިއިރު އެކަން ނުހުއްޓުވުނީ ކީއްވެތޯ ސާފުކުރަން ސަލާމަތީ ބާރުތައް ކޮމިޓީއަށް ހާޒިރުކުރަނީ

13 އޭ ސްޓާ ހޯދައި ރައީސްގެ ސްކޮލަރޝިޕް ހާސިލުކުރި ހުޔާމާއި ރައީސް ބައްދަލުކުރައްވައިފި
20233 އަހަރު ކުރިން
ރާއްޖެ

13 އޭ ސްޓާ ހޯދައި ރައީސްގެ ސްކޮލަރޝިޕް ހާސިލުކުރި ހުޔާމާއި ރައީސް ބައްދަލުކުރައްވައިފި

ބޮޑު ޚިޔާނާތާއި ގުޅޭ ގިނަ ވާހަކަތަކެއް އާތިފް ޝަކޫރުގެ ދުލުން: "މިއަދު މިނިވަންކަން އޮތަސް އޭރު ދައުލަތުގެ އިދާރާތައް އޮތީ ކަސްތޮޅު އެޅުވިފައި"
20224 އަހަރު ކުރިން
ރާއްޖެ

ބޮޑު ޚިޔާނާތާއި ގުޅޭ ގިނަ ވާހަކަތަކެއް އާތިފް ޝަކޫރުގެ ދުލުން: "މިއަދު މިނިވަންކަން އޮތަސް އޭރު ދައުލަތުގެ އިދާރާތައް އޮތީ ކަސްތޮޅު އެޅުވިފައި"

ޑިއުޓީތަކަށް ދާ މީހުން ވެސް ދެން ޖެހޭނީ ބޭރަށް ނިކުންނަ ކޮންމެ ފަހަރަކު ވަކި ހުއްދައަކަށް އެދެން
20215 އަހަރު ކުރިން
ރާއްޖެ

ޑިއުޓީތަކަށް ދާ މީހުން ވެސް ދެން ޖެހޭނީ ބޭރަށް ނިކުންނަ ކޮންމެ ފަހަރަކު ވަކި ހުއްދައަކަށް އެދެން

ފަނޑިޔާރު ފާއިޒާއި، މުއުތަސިމް ވަކިކުރުމަށް މެންބަރުންނަށް 10 މިލިއަން!
20197 އަހަރު ކުރިން
ރާއްޖެ

ފަނޑިޔާރު ފާއިޒާއި، މުއުތަސިމް ވަކިކުރުމަށް މެންބަރުންނަށް 10 މިލިއަން!

މުދަލު ޒަކާތް ވާޖިބުވާ ނިޞާބު އިތުރުވެއްޖެ
20188 އަހަރު ކުރިން
ރާއްޖެ

މުދަލު ޒަކާތް ވާޖިބުވާ ނިޞާބު އިތުރުވެއްޖެ

ރާއްޖެކުޅިވަރުދުނިޔެވިޔަފާރި - އިގްތިސާދުރިޕޯޓުފޮޓޯވާހަކަސިއްހަތުތަފާތު ޚަބަރުލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު