Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - sportsAdvertisement
ކުޅިވަރުމޯލްޑިވްސް ސްޕޯޓްސް އެވޯޑްސް

އެވޯޑުގެ ނޮމިނޭޝަން އަށް ވީއޭއެމް އިން "ހުސް ގަނޑެއް" ފޮނުވުމުގެ ސަބަބުން، އަދީލް ކޯޗު ނޮމިނޭޓު ނުވި

މައުލޫމާތު ލިބިފައިވާ ގޮތުގައި އެވޯޑަށް ނަން ހުށަހެޅުމަށް އަދީލް ކޯޗު ވަނީ މި ހުރިހާ މައުލޫމާތެއް ވީއޭއެމް އިން އެދިގެން، އެ އެސޯސިއޭޝަންއާ ވެސް ހިއްސާ ކޮށްފައި. ނަމަވެސް، ވީއޭއެމްގެ ފަރާތުން އެވޯޑު ކޮމެޓީ އަށް ނަންތައް ފޮނުވިއިރު، އަދީލްގެ ނަމުގައި ފޮނުވާފައި އޮތީ ހުސް ގަނޑެއް ކަމަށް މައުލޫމާތު ލިބިފައިވޭ.

ޝައިހާން ޒަރީރް
ޝައިހާން ޒަރީރް | 19 ފެބުރުއަރީ 2026 | ބުރާސްފަތި 06:20
މަޝްހޫރު އަދި ތަޖުރިބާކާރު ވޮލީ ކޯޗު އަޙުމަދު އަދީލް (ބޭބެ ކޯޗު)

މަޝްހޫރު އަދި ތަޖުރިބާކާރު ވޮލީ ކޯޗު އަޙުމަދު އަދީލް (ބޭބެ ކޯޗު) | އަދަދު ސްޕޯޓްސް

މި މަހު އޮތް މޯލްޑިވްސް ސްޕޯޓްސް އެވޯޑްސްގެ އެންމެ މޮޅު ކޯޗުގެ ނޮމިނޭޝަން އަށް، ވޮލީ ބޯޅަ އެސޯސިއޭޝަން އޮފް މޯލްޑިވްސް (ވީއޭއެމް) އިން "ހުސް ގަނޑެއް" ފޮނުވުމުގެ ސަބަބުން، ތަޖުރިބާކާރު ވޮލީ ކޯޗު އަޙުމަދު އަދީލް (ބޭބެ ކޯޗު) އެވޯޑަށް ނޮމިނޭޓު ނުވި މައްސަލަ ފެންމަތިވެއްޖެ އެވެ. 

މިދިޔަ އާދީއްތަ ދުވަހުގެ ރޭ އޮތް އެވޯޑު ޙަފްލާ އަށް ފަހު އަދީލް ކޯޗު ވަނީ އޭނާގެ ސޯޝަލް މީޑިއާގައި ޕޯސްޓެއް ހިއްސާ ކޮށްފަ އެވެ. އެ ޕޯސްޓުގައި އޭނާ ބުނެފައި ވަނީ، ކަމާ ގުޅުން ހުރި އެސޯސިއޭޝަން ތަކުން ނުވަތަ، ކަމާ ގުޅުން ހުރި ފަރާތް ތަކުގެ އިހުމާލުން، އެވޯޑަށް ހުށަހަޅަން ޖެހޭ ލިޔެ ކިޔުންތައް ހުށަހަޅާފައި ނުވާއިރު، އޭގެ ޒިންމާ އުފުލަން ޖެހެނީ ކޮން ފަރާތަކުންތޯ އެވެ. 

އެ ޕޯސްޓުގައި އަދީލް ކޯޗު ވަނީ 2024 ވަނަ އަހަރު އޭނާ ހޯދާފައިވާ ކާމިޔާބީތައް ވެސް ހިމަނައިފަ އެވެ. އެގޮތުން ވޮލީބޯލް އެސޯސިއޭޝަން ކަޕްގެ އަންހެން ޑިވިޝަންގެ ޗެމްޕިއަންކަން ކުލަބު ވެމްކޯއާ އެކު ހޯދިއިރު، އެ މުބާރާތުގެ އެންމެ މޮޅު ކޯޗަކީ އަދީލް އެވެ. އެ އަހަރު އޮތް ކާވާ އަންހެން ވޮލީ ބޯޅަ ޗެމްޕިއަންޝިޕްގައި ވެމްކޯއާ އެކު ވާދަކޮށް، އަދީލް ވަނީ ވެމްކޯ އަށް ބްރޯންޒް މެޑަލް ހޯދައިދީފަ އެވެ.

މީގެ އިތުރުން ޤައުމީ އަންހެން ވޮލީ ލީގުގެ ޗެމްޕިއަންކަން ހޯދިއިރު، ލީގުގެ އެންމެ މޮޅު ކޯޗަކީ ވެސް އަދީލް އެވެ. މީގެ އިތުރުން ޤައުމީ މުބާރާތުގެ ޗެމްޕިއަންކަން ހޯދައިދީ، އެ މުބާރާތުގެ ވެސް އެންމެ މޮޅު ކޯޗުގެ މަގާމު އަދީލް ހޯދި އެވެ. އެ އަހަރު އޮފީސް ތަކުގެ މެދުގައި އޮތް ވޮލީ މުބާރާތް ވެސް އަދީލްގެ އިރުޝާދުގެ ދަށުން ވެމްކޯ އިން ކާމިޔާބު ކުރިއިރު، އެ މުބާރާތުގެ އެންމެ މޮޅު ކޯޗަކީ ވެސް އަދީލް އެވެ.

މީގެ އިތުރުން ކާވާ އަންހެން ވޮލީ ބޯޅަ ޗެލެންޖް ކަޕްގެ ރިހި މެޑަލް ހޯދިއިރު، ކާވާ ނޭޝަންސް ލީގުގައި ވެސް ބައިވެރިވެފައިވެ އެވެ. 

ފޭސްބުކްގައި އަދީލް ކޯޗު ކޮށްފައިވާ ޕޯސްޓު
ފޭސްބުކްގައި އަދީލް ކޯޗު ކޮށްފައިވާ ޕޯސްޓު

މައުލޫމާތު ލިބިފައިވާ ގޮތުގައި އެވޯޑަށް ނަން ހުށަހެޅުމަށް އަދީލް ކޯޗު ވަނީ މި ހުރިހާ މައުލޫމާތެއް ވީއޭއެމް އިން އެދިގެން، އެ އެސޯސިއޭޝަންއާ ވެސް ހިއްސާ ކޮށްފަ އެވެ. ނަމަވެސް، ވީއޭއެމްގެ ފަރާތުން އެވޯޑު ކޮމެޓީ އަށް ނަންތައް ފޮނުވިއިރު، އަދީލްގެ ނަމުގައި ފޮނުވާފައި އޮތީ ހުސް ގަނޑެއް ކަމަށް މައުލޫމާތު ލިބިފައިވެ އެވެ. 2024 ވަނަ އަހަރު އަދީލް ކޯޗު ހޯދާފައިވާ ކާމިޔާބީ ތަކަށް ބަލާއިރު، އެވޯޑުގެ ގަދަ ތިނެއްގައި އޭނާ ހިމެނޭނެ ކަމަށް ގިނަ ބަޔަކު ޤަބޫލު ކުރެ އެވެ. 

މީގެ އިތުރުން ވީއޭއެމް އިން އެވޯޑު ކޮމެޓީ އަށް ލިސްޓު ފޮނުވި ފަހުން، އެވޯޑު ކޮމެޓީ އިން އެސޯސިއޭޝަންތަކާ ބައްދަލު ކުރިއިރު ވީއޭއެމްއާ ވެސް ބައްދަލު ކޮށްފައިވެ އެވެ. ނަމަވެސް، އެ ބައްދަލުވުމުގައި ވެސް ވީއޭއެމް އިން އެފަދަ ކަމެއް ފާހަގަ ކޮށްފައި ނުވެ އެވެ. ނަމަވެސް، ނޮމިނޭޝަންގެ ފަހުން ޝަކުވާ ތަކެއް ލިބުމާ އެކު، އެވޯޑު ކޮމެޓީ އިން ވަނީ އަނެއްކާ ވެސް ވީއޭއެމްގައި އެ މައުލޫމާތަށް އެދިފަ އެވެ. އެއާ އެކު ވީއޭއެމް އިން ހިއްސާ ކުރި މައުލޫމާތުގައި އަދީލް ކޯޗުގެ ކާމިޔާބީތައް ހިމަނާފައިވެ އެވެ. 

ނަމަވެސް، އޭރު އެވޯޑު ހަފްލާ ބާއްވަން 24 ގަޑިއިރަށް ވަގުތު ކުޑަތަންވެ، އެވޯޑަށް ކުރިމަތިލުމުގެ މުއްދަތު ހަމަވެފައި އޮތުމުން، ނޮމިނޭޝަން އަށް ބަދަލު ނުގެނެވޭނެ ކަމަށް އެވޯޑު ކޮމެޓީ އިން ނިންމާފައިވެ އެވެ. މިއީ ވީއޭއެމްގެ އިހުމާލުން ވީ ކަމެއް ކަމަށް ބުނެ، ގިނަ ބަޔަކު އަންނަނީ އެ އެސޯސިއޭޝަން އަށް ފާޑު ކިޔަމުންނެވެ. 

މޯލްޑިވްސް ސްޕޯޓްސް އެވޯޑްސްވޮލީބޯލް އެސޯސިއޭޝަން އޮފް މޯލްޑިވްސް (ވީއޭއެމް)އަޙުމަދު އަދީލް (ބޭބެ ކޯޗު)

އިތުރަށް ކިޔާލަން

17 ފެބުރުއަރީ 2026

ސްޕޯޓްސް އެވޯޑްސްގައި ޓްރާންސްޕޭރެންސީ އޮތުން މުހިންމު ކަމަށް އައްޒާމް ބުނެފި

17 ފެބުރުއަރީ 2026
ސްޕޯޓްސް އެވޯޑްސްގައި ޓްރާންސްޕޭރެންސީ އޮތުން މުހިންމު ކަމަށް އައްޒާމް ބުނެފި
16 ފެބުރުއަރީ 2026

ޒުވާން ކުޅުންތެރިޔާގެ ތިން ވަނަ ރައީސް މުޢިއްޒުގެ ދަރިކަލުން އުމެއިރު އަށް، ގަދަ ތިނެއްގައި އިޔާން ނެތުމުން ސުވާލު ތަކެއް

16 ފެބުރުއަރީ 2026
ޒުވާން ކުޅުންތެރިޔާގެ ތިން ވަނަ ރައީސް މުޢިއްޒުގެ ދަރިކަލުން އުމެއިރު އަށް، ގަދަ ތިނެއްގައި އިޔާން ނެތުމުން ސުވާލު ތަކެއް
16 ފެބުރުއަރީ 2026

2024 ވަނަ އަހަރުގެ އެންމެ މޮޅު އެތުލީޓުންނަށް އަޒްނީން، ދީމާ، މުންސިފް އަދި އީމާ ހޮވިއްޖެ

16 ފެބުރުއަރީ 2026
2024 ވަނަ އަހަރުގެ އެންމެ މޮޅު އެތުލީޓުންނަށް އަޒްނީން، ދީމާ، މުންސިފް އަދި އީމާ ހޮވިއްޖެ
15 ފެބުރުއަރީ 2026

ސްޕޯޓްސް އެވޯޑްސްގެ ނޮމިނޭޝަންތަކާ މެދު އެތައް ބައެއްގެ ފާޑު ކިޔުން

15 ފެބުރުއަރީ 2026
ސްޕޯޓްސް އެވޯޑްސްގެ ނޮމިނޭޝަންތަކާ މެދު އެތައް ބައެއްގެ ފާޑު ކިޔުން
14 ފެބުރުއަރީ 2026

ސްޕޯޓްސް އެވޯޑްސް އަށް ރައީސް މުޢިއްޒުގެ ދަރިކަލުން އުމެއިރު ނޮމިނޭޓު ވެއްޖެ

14 ފެބުރުއަރީ 2026
ސްޕޯޓްސް އެވޯޑްސް އަށް ރައީސް މުޢިއްޒުގެ ދަރިކަލުން އުމެއިރު ނޮމިނޭޓު ވެއްޖެ
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު