Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - sportsAdvertisement
ކުޅިވަރު
ވީއޭއެމް

ސޮފްވާން، އަންހެން ވޮލީ ޓީމުގެ ކޯޗުކަމުން ސަސްޕެންޑު ކޮށްފި

ވީއޭއެމްގެ މީޑިއާ ގުރޫޕުގައި ލިޔުއްވި މެސެޖެއްގައި ލަތީފް ވިދާޅުވެފައި ވަނީ، ކޮމްޕްރޮމައިޒް ވެފައި ނެތް ކަމަށް. އެކަން ފާހަގަކޮށް ލަތީފް ވިދާޅުވީ، މީހެއް ނަން ބޭނުން ކޮށްގެން ޖަވާބެއް ދެވޭނީ ކަންކަން ބެލުމަށް ފަހު ކަމަށް.

ޝައިހާން ޒަރީރް
ޝައިހާން ޒަރީރް, ރާއްޖެ އެމްވީ | 13 އޮކްޓޯބަރު 2025 | ހޯމަ 05:27
ޤައުމީ އަންހެން ވޮލީ ޓީމުގެ ކޯޗު ސޮފްވާން އަޙުމަދު

ޤައުމީ އަންހެން ވޮލީ ޓީމުގެ ކޯޗު ސޮފްވާން އަޙުމަދު

ސީނިއާ ޤައުމީ އަންހެން ވޮލީ ބޯޅަ ޓީމުގެ ކޯޗު ކަމުގެ މަގާމުގައި ހުރި ސޮފްވާން އަޙުމަދު، މަޤާމުގެ މަސްއޫލިއްޔަތު ތަކުން ސަސްޕެންޑުކޮށް، އެކަހެރި ކޮށްފި އެވެ.

އިތުބާރު ހުރި މަސްދަރަކު މައުލޫމާތު ލިބިފައިވާ ގޮތުގައި، ވޮލީ ބޯޅަ އެސޯސިއޭޝަން އޮފް މޯލްޑިވްސް (ވީއޭއެމް) އިން ވަނީ އަންހެން ޓީމުގެ ކޯޗުކަމުގެ މަސްއޫލިއްޔަތު ޔަކުން ސޮފްވާން އެކަހެރި ކޮށްފަ އެވެ. ވީއޭއެމް އިން އެ ނިންމުން ނިންމާފައި ވަނީ، ސޮފްވާންއާ ގުޅުން ހުރި މައްސަލަ ތަކެއް ބަލަމުން އަންނާތީ ކަމަށް ވެސް މައުލޫމާތު ލިބިފައިވެ އެވެ.

އެކަމާ ގުޅޭ ގޮތުން ވީއޭއެމްގެ ރަސްމީ މީޑިއާ ގުރޫޕުގައި ނޫސްވެރިން ވަނީ އެކަމުގެ ސުވާލު ކޮށްފަ އެވެ. އެގޮތުން ސޮފްވާންގެ މައްޗަށް ކުރެވޭ ތުހުމަތާއި، އެކަމުގެ މައުލޫމާތު ސާފު ކޮށްދިނުމަށް ނޫސްވެރިިޔަކު ސުވާލު ކޮށްފަ އެވެ. އަދި ވީއޭއެމްގެ ރައީސް މުޙައްމަދު ލަޠީފް ކޮމްޕްރޮމައިޒް ވެފައި ހުރި ނަމަ، ޖަވާބު ދެވޭނެ ފަރާތެއް ދެއްކުމަށް ވެސް ވަނީ އެދިފަ އެވެ.

އެ ސުވާލާ ގުޅިގެން ވީއޭއެމްގެ ރައީސް ލަތީފް ވަނީ، ވީއޭއެމްގެ މީޑިއާ ގުރޫޕުގައި މެސެޖު ނުކުރެވޭ ގޮތަށް ސެޓިން ބަދަލު ކޮށްފަ އެވެ. އަދި ގުރޫޕުގައި މެސެޖު ލިޔެވޭނީ ހަމައެކަނި ގުރޫޕުގެ އެޑްމިންގައި ތިބި މީހުންގެ ގޮތަށް ވަނީ ބަދަލު ކޮށްފަ އެވެ.

އެއަށް ފަހު ގުރޫޕުގައި ލިޔުއްވި މެސެޖެއްގައި ލަތީފް ވިދާޅުވެފައި ވަނީ، ކޮމްޕްރޮމައިޒް ވެފައި ނެތް ކަމަށެވެ. އެކަން ފާހަގަކޮށް ލަތީފް ވިދާޅުވީ، މީހެއް ނަން ބޭނުން ކޮށްގެން ޖަވާބެއް ދެވޭނީ ކަންކަން ބެލުމަށް ފަހު ކަމަށެވެ.

މީގެ އިތުރުން އަންހެން ކުދިން އަދި ފިރިހެން ކުދިންނަށް ވެސް އެއްވެސް ބިރުވެރި ކަމެއް ނެތި ޤައުމީ ޓީމު އަދި ވީއޭއެމްގެ ހަރަކާތްތަކުގައި އުޅެވޭނެ މާހައުލެއް އޮންނާނެ ކަމަށް ލަތީފް ވަނީ ވިދާޅުވެފަ އެވެ.

ހަމަ އެހެންމެ، އެއްވެސް ކަމެއް ދިމާ ވެއްޖެ ނަމަ، އެކަމެއް ބެލުމަށް ފަހު އަޅަން ޖެހޭ ފިޔަވަޅެއް އަޅާނެ ކަމުގެ ޔަގީންކަން ދެއްވާ ކަމުގައި ވެސް ގުރޫޕުގައި ލަތީފް ވަނީ ވިދާޅުވެފަ އެވެ.

ޤައުމީ އަންހެން ޓީމުގެ ކޯޗުކަމުގެ މަސްއޫލިއްޔަތު ތަކުން ސޮފްވާން އެކަހެރި ކޮށްފައިވާއިރު، މިވަގުތު ޓީމުގެ ފަރިތަކުރުންތައް ކުރިއަށް ގެންދަމުން އަންނަނީ މުޙައްމަދު ނަދީމް (ނަދީމްބެ)ގެ އިރުޝާދުގެ ދަށުންނެވެ.

ވޮލީބޯލް އެސޯސިއޭޝަން އޮފް މޯލްޑިވްސް (ވީއޭއެމް)ޤައުމީ އަންހެން ވޮލީބޯޅަ ޓީމުޞަފްވާން އަޙުމަދު

ކޮމެންޓް

އިތުރަށް ކިޔާލަން

ސޮފްވާންއާ ދެކޮޅަށް ވީއޭއެމް އިން ހަރުކަށި ފިޔަވަޅު ތަކެއް އަޅައިފި

ސޮފްވާންއާ ދެކޮޅަށް ވީއޭއެމް އިން ހަރުކަށި ފިޔަވަޅު ތަކެއް އަޅައިފި

16 އޮކްޓޯބަރު 2025
އޭވީސީގެ މެޑިކަލް ކޮމެޓީ އަށް ރާއްޖޭގެ ޝަކީބު

އޭވީސީގެ މެޑިކަލް ކޮމެޓީ އަށް ރާއްޖޭގެ ޝަކީބު

22 ސެޕްޓެމްބަރު 2025
ވީއޭއެމް އިން ދުނިޔޭގެ ވޮލީ ބޯޅައިގެ ދުވަސް ފާހަގަ ކޮށްފި

ވީއޭއެމް އިން ދުނިޔޭގެ ވޮލީ ބޯޅައިގެ ދުވަސް ފާހަގަ ކޮށްފި

08 ޖުލައި 2025
ކާވާގެ ހަތަރު މުބާރާތެއް މި އަހަރު ރާއްޖޭގައި

ކާވާގެ ހަތަރު މުބާރާތެއް މި އަހަރު ރާއްޖޭގައި

19 ފެބުރުއަރީ 2025
ފައިނަލް ރައުންޑުގެ ހުރިހާ ތައްޓެއް އަތޮޅު ތެރެއަށް، ފ.އަތޮޅަށް ތިން ތަށި!

ފައިނަލް ރައުންޑުގެ ހުރިހާ ތައްޓެއް އަތޮޅު ތެރެއަށް، ފ.އަތޮޅަށް ތިން ތަށި!

08 ޑިސެމްބަރު 2024

އަހަރުތަކުން މިއަދު

13 ޖޫން
"ސޮރީ" ފިލްމަށް ލިބުނު ބޮޑު ކާމިޔާބީ ފާހަގަކޮށްފި، ފިލްމު ދެއްކުމުގެ ކުރިން 15 ޝޯ ފުލް ވެއްޖެ
20251 އަހަރު ކުރިން
ރާއްޖެ

"ސޮރީ" ފިލްމަށް ލިބުނު ބޮޑު ކާމިޔާބީ ފާހަގަކޮށްފި، ފިލްމު ދެއްކުމުގެ ކުރިން 15 ޝޯ ފުލް ވެއްޖެ

އަރަފާތު ބިމުގައި ނެތް ނަމަވެސް އެދުވަހުގެ މާތްކަން ލިބިގަތުމަށް ރޯދަ ހިފުމާއި، ޒިކުރު ކުރުމާއި ދުއާ ކުރުމާއި ތަކުބީރު ކިޔުން ފަދަ ހެޔޮ އަމަލު ކުރެވިދާނެ - ހުތުބާ
20242 އަހަރު ކުރިން
ރާއްޖެ

އަރަފާތު ބިމުގައި ނެތް ނަމަވެސް އެދުވަހުގެ މާތްކަން ލިބިގަތުމަށް ރޯދަ ހިފުމާއި، ޒިކުރު ކުރުމާއި ދުއާ ކުރުމާއި ތަކުބީރު ކިޔުން ފަދަ ހެޔޮ އަމަލު ކުރެވިދާނެ - ހުތުބާ

ފްރާންސްގައި މެސީ އަށް ލިބެން ޖެހޭ އިހުތިރާމް ނުލިބުނު: އެމްބާޕޭ
20233 އަހަރު ކުރިން
ކުޅިވަރު

ފްރާންސްގައި މެސީ އަށް ލިބެން ޖެހޭ އިހުތިރާމް ނުލިބުނު: އެމްބާޕޭ

ޑްރަގަށްވުރެ ބިރުވެރި، ބޮޑު މަސްތެއްގައި ދިވެހިން ފައިސާތައް ބުރުއްސަނީ: އިދާރާތަކަށް ހިލަމެއްވޭ؟
20224 އަހަރު ކުރިން
ރިޕޯޓު

ޑްރަގަށްވުރެ ބިރުވެރި، ބޮޑު މަސްތެއްގައި ދިވެހިން ފައިސާތައް ބުރުއްސަނީ: އިދާރާތަކަށް ހިލަމެއްވޭ؟

ދުނިޔޭގެ އެންމެ ބޮޑު އާއިލާގެ ބައްޕަ މަރުވެ 39 އަނބިން ހުވަފަތްވެއްޖެ
20215 އަހަރު ކުރިން
ދުނިޔެ

ދުނިޔޭގެ އެންމެ ބޮޑު އާއިލާގެ ބައްޕަ މަރުވެ 39 އަނބިން ހުވަފަތްވެއްޖެ

ފަނޑިޔާރުގެ އިސްލާހުކުރުމަށް ކުރަންޖެހޭ އެންމެ މުހިންމު ކަމަކީ ސިޔާސީގޮތުން ވަންނަ ނުފޫޒު ހުއްޓުވުން: ލަތީފާ ޤާސިމް
20197 އަހަރު ކުރިން
ރާއްޖެ

ފަނޑިޔާރުގެ އިސްލާހުކުރުމަށް ކުރަންޖެހޭ އެންމެ މުހިންމު ކަމަކީ ސިޔާސީގޮތުން ވަންނަ ނުފޫޒު ހުއްޓުވުން: ލަތީފާ ޤާސިމް

ފިޠުރު ޒަކާތް
20188 އަހަރު ކުރިން
އިސްލާމް

ފިޠުރު ޒަކާތް

ރާއްޖެކުޅިވަރުދުނިޔެވިޔަފާރި - އިގްތިސާދުރިޕޯޓުފޮޓޯވާހަކަސިއްހަތުތަފާތު ޚަބަރުލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު