Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • ލައިފް ސްޓައިލް
Advertisement - sportsAdvertisement
ކުޅިވަރު
މޯލްޑިވްސް ސްޕޯޓްސް އެވޯޑްސް

2024 ވަނަ އަހަރުގެ ސްޕޯޓްސް އެވޯޑްސް، 2026 ވަނަ އަހަރު

ކުޅިވަރު ވުޒާރާ އިން ބުނެފައިވާ ގޮތުގައި މި ހިނގާ 2026 ވަނަ އަހަރުގެ ފެބްރުވަރީ 15 ގައި ބޭއްވުމަށް ހަމަޖެހިފައި ވަނީ، 2024 ވަނަ އަހަރުގެ އެވޯޑު ހަފްލާ. އެގޮތުން 2024 ވަނަ އަހަރުގެ އެވޯޑު ހަފްލާ މިދިޔަ އަހަރު ބާއްވަން އޮތް ޖެހުނު ނަމަވެސް، އެކި އެކި ސަބަބުތަކާ ހުރެ ފަސްވެފައިވާ ކަމަށް އެ ވުޒާރާ އިން މީޑިއާ ތަކަށް މައުލޫމާތު ދެމުން ވަނީ ބުނެފައި. 

ޝައިހާން ޒަރީރް
ޝައިހާން ޒަރީރް, ރާއްޖެ އެމްވީ | 22 ޖެނުއަރީ 2026 | ބުރާސްފަތި 04:30
2024 ވަނަ އަހަރު ބޭއްވި މޯލްޑިވްސް ސްޕޯޓްސް އެވޯޑްސް ހަފްލާގައި ރައީސް ޑޮކްޓަރު މުޢިއްޒު އާއި، ކުޅިވަރު ވަޒީރު ރާފިޢު

2024 ވަނަ އަހަރު ބޭއްވި މޯލްޑިވްސް ސްޕޯޓްސް އެވޯޑްސް ހަފްލާގައި ރައީސް ޑޮކްޓަރު މުޢިއްޒު އާއި، ކުޅިވަރު ވަޒީރު ރާފިޢު | ރައީސް އޮފީސް

ކުޅިވަރު ކުޅުންތެރިންނާއި، ޚިދުމަތްތެރިންގެ އަގު ވަޒަން ކުރުމުގެ ގޮތުން ދެމުން އަންނަ، މޯލްޑިވްސް ސްޕޯޓްސް އެވޯޑްސް އަންނަ ފެބްރުވަރީ މަހުގެ 15 ގައި ބާއްވަން ނިންމައިފި އެވެ.

ސްޕޯޓްސް އެވޯޑްސްގެ ރަސްމީ ސޯޝަލް މީޑިއާ އެކައުންޓު ތަކުން ކޮށްފައިވާ ވީޑިއޯ ޕޯސްޓެއްގައިި ވަނީ، އަންނަ ފެބްރުވަރީ މަހުގެ 15 ވަނަ ދުވަހު އެވޯޑު އޮންނާނެކަން އިއުލާން ކޮށްފަ އެވެ. 

ކުޅިވަރު ވުޒާރާ އިން ބުނެފައިވާ ގޮތުގައި މި ހިނގާ 2026 ވަނަ އަހަރުގެ ފެބްރުވަރީ 15 ގައި ބޭއްވުމަށް ހަމަޖެހިފައި ވަނީ، 2024 ވަނަ އަހަރުގެ އެވޯޑު ހަފްލާ އެވެ. އެގޮތުން 2024 ވަނަ އަހަރުގެ އެވޯޑު ހަފްލާ މިދިޔަ އަހަރު ބާއްވަން އޮތް ނަމަވެސް، އެކި އެކި ސަބަބުތަކާ ހުރެ ފަސްވެފައިވާ ކަމަށް އެ ވުޒާރާ އިން މީޑިއާ ތަކަށް މައުލޫމާތު ދެމުން ވަނީ ބުނެފަ އެވެ. 

އެހެންކަމުން، 2024 ވަނަ އަހަރުގެ އެވޯޑު ހަފްލާ ފެބްރުވަރީ 15 ގައި ބޭއްވުމަށް ފަހު، 2025 ވަނަ އަހަރުގެ އެވޯޑު ހަފްލާ މިއަހަރުގެ ފަހު ކޮޅު ބާއްވަން މަސައްކަތް ކުރަމުން އަންނަ ކަމަށް ވެސް ކުޅިވަރު ވުޒާރާ އިން ވަނީ ބުނެފަ އެވެ. އެވޯޑު ހަފްލާ ނުބޭއްވުނު ސަބަބެއް ކުޅިވަރު ވުޒާރާ އިން ހާމަ ކޮށްފައި ނުވެ އެވެ. 

މޯލްޑިވްސް ސްޕޯޓްސް އެވޯޑްސްގެ ނަމުގައި އެވޯޑު ތައާރަފު ކުރީ، ކުރީގެ ރައީސް އިބްރާހީމް މުޙައްމަދު ޞާލިޙުގެ ސަރުކާރުގަ އެވެ. އެގޮތުން 2022 ވަނަ އަހަރާއި، 2023 ވަނަ އަހަރު ވަނީ ދުނިޔޭގެ އެކި ކުޅިވަރު ތަކުން ފާހަގަ ކޮށްލެވޭ ތަރިންނާއި، ލެޖެންޑުންނާ އެކު އެވޯޑު ބާއްވައިފަ އެވެ. އަދި އެ އެވޯޑު ހަފްލާ އަށް ވަނީ ބައިނަލްއަޤުވާމީ މީޑިއާ ތަކުގައި ވެސް ސަމާލުކަން ލިބިގެން ގޮސްފަ އެވެ.

މި ސަރުކާރު އައި ފަހުން 2024 ވަނަ އަހަރު ވަނީ އެވޯޑު ހަފްލާ ބާއްވައިފަ އެވެ. އެއީ 2023 ވަނަ އަހަރު ކުޅުންތެރިން ހޯދާފައިވާ ކާމިޔާބީ ތަކާއި، އެ އަހަރުގެ ޚިދުމަތްތެރިންގެ ކާމިޔާބީ ފާހަގަ ކުރުމަށެވެ.

ކުޅިވަރާއި ހަށިހެޔޮކަމާ ބެހޭ ވުޒާރާމޯލްޑިވްސް ސްޕޯޓްސް އެވޯޑްސް

ކޮމެންޓް

އިތުރަށް ކިޔާލަން

މޯލްޑިވްސް 2.0 ގެ ކަންކަން ތަންފީޒު ކުރަން އައު އިދާރާއެއް އުފައްދައިފި

މޯލްޑިވްސް 2.0 ގެ ކަންކަން ތަންފީޒު ކުރަން އައު އިދާރާއެއް އުފައްދައިފި

16 ޖެނުއަރީ 2026
17 ރަށެއްގެ ކުޅިވަރު މަޝްރޫއުތައް ހިންގަން ހަވާލު ކުރީ ސިފައިންގެ ކުންފުނި ސިވެކްއާ

17 ރަށެއްގެ ކުޅިވަރު މަޝްރޫއުތައް ހިންގަން ހަވާލު ކުރީ ސިފައިންގެ ކުންފުނި ސިވެކްއާ

04 ޖެނުއަރީ 2026
މަރާމާތަށް ހޭންޑު ބޯޅަ ކޯޓު ބަންދު ކުރިތާ ދިހަ މަސް، މިހާރު އޮތީ ބޯ ގަސް ހެދިފައި

މަރާމާތަށް ހޭންޑު ބޯޅަ ކޯޓު ބަންދު ކުރިތާ ދިހަ މަސް، މިހާރު އޮތީ ބޯ ގަސް ހެދިފައި

27 ނޮވެމްބަރު 2025
ދޮޅު އަހަރު ފަހުން ވެސް ރައީސް ވިދާޅުވީ، ފެންވަރު ރަނގަޅު ދަނޑެއް ހެދުމުގެ މަސައްކަތް ކުރައްވާ ކަމަށް

ދޮޅު އަހަރު ފަހުން ވެސް ރައީސް ވިދާޅުވީ، ފެންވަރު ރަނގަޅު ދަނޑެއް ހެދުމުގެ މަސައްކަތް ކުރައްވާ ކަމަށް

04 އޮކްޓޯބަރު 2025
ސަރުކާރުން ފައިސާ ނުދިނުމުގެ ސަބަބުން، ސްޕެޝަލް އޮލިމްޕިކްސް ކުޅިވަރު ހުއްޓުމަކަށް

ސަރުކާރުން ފައިސާ ނުދިނުމުގެ ސަބަބުން، ސްޕެޝަލް އޮލިމްޕިކްސް ކުޅިވަރު ހުއްޓުމަކަށް

15 ސެޕްޓެމްބަރު 2025

އަހަރުތަކުން މިއަދު

21 ޖެނުއަރީ
ގުރުބާން ކުރާ ކަންބަޅިންގެ ތެރެއަށް އިތުރު ތިން ކަންބަޅި އިތުރުވެއްޖެ
20251 އަހަރު ކުރިން
ރިޕޯޓު

ގުރުބާން ކުރާ ކަންބަޅިންގެ ތެރެއަށް އިތުރު ތިން ކަންބަޅި އިތުރުވެއްޖެ

ވެރިކަމަށް ގެނައުމަށް މަސައްކަތް ކުރި މީހުންގެ މޫނުގައި މުއިއްޒާއި ވެރިކަން ކުރާ ޕާޓީން މި ޖެހީ ހެޔޮވަރު ވަރެއްގެ ތަފާލެއް
20242 އަހަރު ކުރިން
ރިޕޯޓު

ވެރިކަމަށް ގެނައުމަށް މަސައްކަތް ކުރި މީހުންގެ މޫނުގައި މުއިއްޒާއި ވެރިކަން ކުރާ ޕާޓީން މި ޖެހީ ހެޔޮވަރު ވަރެއްގެ ތަފާލެއް

ހިސާންއަށް ހެދިގޮތް: އިންސާނިއްޔަތުކަމެއްވެސް ނެތީތަ؟
20233 އަހަރު ކުރިން
ރިޕޯޓު

ހިސާންއަށް ހެދިގޮތް: އިންސާނިއްޔަތުކަމެއްވެސް ނެތީތަ؟

މަރުހޫމް ވަހީދަށް ހުތުރު ބަހުން މުޚާތަބް ކުރާނެ މީހަކަށް ގޮނޑި ނުދެވޭނެ - ރާޝިދު
20224 އަހަރު ކުރިން
ރާއްޖެ

މަރުހޫމް ވަހީދަށް ހުތުރު ބަހުން މުޚާތަބް ކުރާނެ މީހަކަށް ގޮނޑި ނުދެވޭނެ - ރާޝިދު

ފިނޮޅަކަށް ގެއްލުން ދިން މައްސަލައެއް ފުލުހުން ބަލަނީ، އީ.ޕީ.އޭ.އިން ބުނަނީ ފިޔަވަޅުއަޅަން ފަސް ނުޖެހޭނެކަމަށް
20215 އަހަރު ކުރިން
ރާއްޖެ

ފިނޮޅަކަށް ގެއްލުން ދިން މައްސަލައެއް ފުލުހުން ބަލަނީ، އީ.ޕީ.އޭ.އިން ބުނަނީ ފިޔަވަޅުއަޅަން ފަސް ނުޖެހޭނެކަމަށް

\'\'އަހަރެންގެ މަރުގެ ޒިންމާ ނަގަންޖެހޭނީ އައިމަން\'\'
20197 އަހަރު ކުރިން
ތަފާތު ޚަބަރު

\'\'އަހަރެންގެ މަރުގެ ޒިންމާ ނަގަންޖެހޭނީ އައިމަން\'\'

އިސްލާމް ދީން ބިނާވެގެން ވަނީ ފަސް ރުކުނެއްގެ މައްޗަށް
20188 އަހަރު ކުރިން
އިސްލާމް

އިސްލާމް ދީން ބިނާވެގެން ވަނީ ފަސް ރުކުނެއްގެ މައްޗަށް

ރާއްޖެކުޅިވަރުދުނިޔެވިޔަފާރި - އިގްތިސާދުރިޕޯޓުފޮޓޯވާހަކަސިއްހަތުތަފާތު ޚަބަރުލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު