Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - sportsAdvertisement
ކުޅިވަރު
މޯލްޑިވްސް ސްޕޯޓްސް

2024 ވަނަ އަހަރުގެ އެންމެ މޮޅު އެތުލީޓުންނަށް އަޒްނީން، ދީމާ، މުންސިފް އަދި އީމާ ހޮވިއްޖެ

އަހަރުގެ އެންމެ މޮޅު އެތުލީޓުގެ މަޤާމު ދީމާ އާއި މުންޞިފް ހޯދީ އޮލިމްޕިކްސް ސްޕޯޓްސް އިން. މިއީ އަހަރުގެ އެންމެ މޮޅު އެތުލީޓުގެ މަޤާމު ދީމާ ހޯދި ތިން ވަނަ ފަހަރު. މީގެ އިތުރުން އަހަރުގެ އެންމެ މޮޅު އެތުލީޓަކަށް އަޒްނީން އާއި އީމާ ހޮވުނީ ނޮން އޮލިމްޕިކްސް ސްޕޯޓްސް އިން. މިއީ އަޒްނީން މި މަޤާމު ހޯދި ދެ ވަނަ ފަހަރު.

ޝައިހާން ޒަރީރް
ޝައިހާން ޒަރީރް, ރާއްޖެ އެމްވީ | 16 ފެބުރުއަރީ 2026 | ހޯމަ 05:04
މޯލްޑިވްސް ސްޕޯޓްސް އެވޯޑްސް ޙަފްލާގައި ވަނަތައް ހޯދި ކުޅުންތެރިންނާ އެކު ރައީސް މުޢިއްޒު

މޯލްޑިވްސް ސްޕޯޓްސް އެވޯޑްސް ޙަފްލާގައި ވަނަތައް ހޯދި ކުޅުންތެރިންނާ އެކު ރައީސް މުޢިއްޒު | ރައީސް އޮފީސް

ސަރުކާރުން ބާއްވަމުން އަންނަ މޯލްޑިވްސް ސްޕޯޓްސް އެވޯޑްސްގެ 2024 ވަނަ އަހަރުގެ އެންމެ މޮޅު އެތުލީޓުންނަށް ބޮޑި ބިލްޑިންގެ އަޒްނީން ރަޝާދު އާއި، ޓޭބަލް ޓެނިސް (ޓީޓީ)ގެ ފާތިމަތު ދީމާ އަލީ އާއި، ޓީޓީގެ މޫސާ މުންޞިފް އަދި  ނެޓު ބޯޅައިގެ އީމާ ޢަބްދުއްސައްތާރު ހޮވިއްޖެ އެވެ.

އަހަރެއްގެ މެދު ކެނޑުމަކަށް ފަހު ސްޕޯޓްސް އެވޯޑްސް ބާއްވާފައި ވަނީ އާދީއްތަ ދުވަހުގެ ރޭ ޒުވާނުންގެ މަރުކަޒުގެ އެތެރޭގަ އެވެ. އެންމެ ފުރަތަމަ މި ބޭއްވީ 2024 ވަނަ އަހަރުގެ އެވޯޑު ޙަފްލާ އެވެ. އަދި 2025 ވަަނަ އަހަރުގެ އެވޯޑު ޙަފްލާ މިއަހަރުގެ ފަހު ކޮޅު ބާއްވާނެ ކަމަށް ކުޅިވަރު ވުޒާރާ އިން ވަނީ ހާމަ ކޮށްފަ އެވެ.

އަހަރުގެ އެންމެ މޮޅު އެތުލީޓުގެ މަޤާމު ދީމާ އާއި މުންޞިފް ހޯދީ އޮލިމްޕިކްސް ސްޕޯޓްސް އިންނެވެ. މިއީ އަހަރުގެ އެންމެ މޮޅު އެތުލީޓުގެ މަޤާމު ދީމާ ހޯދި ތިން ވަނަ ފަހަރެވެ. މީގެ އިތުރުން އަހަރުގެ އެންމެ މޮޅު އެތުލީޓަކަށް އަޒްނީން އާއި އީމާ ހޮވުނީ ނޮން އޮލިމްޕިކްސް ސްޕޯޓްސް އިންނެވެ. މިއީ އަޒްނީން މި މަޤާމު ހޯދި ދެ ވަނަ ފަހަރެވެ. 

އެވޯޑު ޙަފްލާގައި ވަނީ ވަކި ވަކި ކުޅިވަރު ތަކުން ވެސް އެންމެ މޮޅު ކުޅުންތެރިޔާ ހޮވައިފަ އެވެ. 

އެންމެ މޮޅު ކުޅުންތެރިޔާ އަށް ހޮވުނު ކުޅުންތެރިން:

1. ބޮޑީ ބޯޑިން - އަލީ ޚުޝްރުވާން (ކުޑަ އައްޔަ)

2. އެތުލެޓިކްސް - ޙަސަން ސާއިދު / ފަސޫޙާ އަޙުމަދު

3.  ބެޑްމިންޓަން - ނަބާހާ ޢަބްދުއް ރައްޒާޤު (ނަބާ) / މުޙައްމަދު ޒަޔާން ޝަހީދު ޒަކީ

4. ކެރަމް - އިސްމާއީލް އަޒްމީން / އާމިނަތު ވިދާދު 

5. ޗެސް - މުޙައްމަދު ޝުއާއު / ނިހާޔާ އަޙުމަދު

6. ހޭންޑް ބޯޅަ - ފާތިމަތު ޖުމާން / މުޙައްމަދު ފިރުނާޝް

7. ނެޓް ބޯޅަ - އީމާ ޢަބްދުއް ސައްތާރު 

8. ބިލިއަރޑް - ޙުސެއިން ފަޔާޒް - އާމިނަތު އަޒުރާ

9. ކްރިކެޓް - ޔޫސުފް އަޒްޔާން ފަރުހަތު

10. ސްވިމިންގ - ތަޒްކިޔާ އަމްނާ މިރުސާދު / މުޙައްމަދު ރިހާން ޝިހާމް

11. ޝޫޓިންގ - އިބްރާހީމް ޝިފާން / އާއިޝަތު ޔޫހާ އިމްތިޔާޒް

12. ޓީޓީ - މޫސާ މުންޞިފް / ފާތިމަތު ދީމާ އަލީ

13. ވޮލީ ބޯޅަ - އައިޝަތު މާޖިދާ / އިސްމާއީލް ސާޖިދު (ކުޑަ ކާއްޓެ)

14. ޓެނިސް - ޢަބްދުﷲ ފާއިހް ފަޒީލް / އާރާ އާސަލް 

15. ބޮޑީ ބިލްޑިންގ - އަޒްނީން ރަޝާދު

މިއަހަރުގެ އެވޯޑަށް ތިން އެސޯސިއޭޝަން އަކުން ނޮމިނޭޝަން ހުށަހަޅާފައެއް ނުވެ އެވެ. އެއީ ފުޓުބޯޅަ އެސޯސިއޭޝަން އޮފް މޯލްޑިވްސް (އެފްއޭއެމް) އާއި، މޯލްޑިވްސް ސަރފިންގ އެސޯސިއޭޝަން އަދި މޯލްޑިވްސް ބާސްކެޓުބޯލް އެސޯސިއޭޝަން އެވެ.

މޯލްޑިވްސް ސްޕޯޓްސް އެވޯޑްސް

ކޮމެންޓް

އިތުރަށް ކިޔާލަން

ސްޕޯޓްސް އެވޯޑްސްގެ ނޮމިނޭޝަންތަކާ މެދު އެތައް ބައެއްގެ ފާޑު ކިޔުން

ސްޕޯޓްސް އެވޯޑްސްގެ ނޮމިނޭޝަންތަކާ މެދު އެތައް ބައެއްގެ ފާޑު ކިޔުން

15 ފެބުރުއަރީ 2026
ސްޕޯޓްސް އެވޯޑްސް އަށް ރައީސް މުޢިއްޒުގެ ދަރިކަލުން އުމެއިރު ނޮމިނޭޓު ވެއްޖެ

ސްޕޯޓްސް އެވޯޑްސް އަށް ރައީސް މުޢިއްޒުގެ ދަރިކަލުން އުމެއިރު ނޮމިނޭޓު ވެއްޖެ

14 ފެބުރުއަރީ 2026
2024 ވަނަ އަހަރުގެ ސްޕޯޓްސް އެވޯޑްސް، 2026 ވަނަ އަހަރު

2024 ވަނަ އަހަރުގެ ސްޕޯޓްސް އެވޯޑްސް، 2026 ވަނަ އަހަރު

22 ޖެނުއަރީ 2026

އަހަރުތަކުން މިއަދު

16 ފެބުރުއަރީ
އެންވަޔަރަންމަންޓް މިނިސްޓްރީގެ މުވައްޒަފުން ސަރުކާރުގެ ރެފިއުޖީންގެ ގޮތުގައި
20251 އަހަރު ކުރިން
ރިޕޯޓު

އެންވަޔަރަންމަންޓް މިނިސްޓްރީގެ މުވައްޒަފުން ސަރުކާރުގެ ރެފިއުޖީންގެ ގޮތުގައި

މިއީ ދުނިޔޭގައިވެސް އެންމެ ހައްޓަށް ބުރަ ވަޒީފާތަ؟
20242 އަހަރު ކުރިން
ތަފާތު ޚަބަރު

މިއީ ދުނިޔޭގައިވެސް އެންމެ ހައްޓަށް ބުރަ ވަޒީފާތަ؟

ޖަޕާނު އަންހެން މީހާއަކީ ދިވެއްސަކާ ކައިވެނިކޮށްގެން ރެޒިޑެންޓް ވިސާގައި ހުރި މީހެއް: އިމިގްރޭޝަން
20233 އަހަރު ކުރިން
ރާއްޖެ

ޖަޕާނު އަންހެން މީހާއަކީ ދިވެއްސަކާ ކައިވެނިކޮށްގެން ރެޒިޑެންޓް ވިސާގައި ހުރި މީހެއް: އިމިގްރޭޝަން

އެއީ ހަނދާނުން ފިލައިގެން ނުދާނެ ނަމެކެވެ.
20224 އަހަރު ކުރިން
މީހުން

އެއީ ހަނދާނުން ފިލައިގެން ނުދާނެ ނަމެކެވެ.

ރައީސްގެ ތަރުޖަމާނަށް އެންމެ މީރީ ގަބުޅި ސަޓަނި، މިހާތަނަށް ވަޑައިގެންނެވި އެންމެ ތަފާތު ރަށަކީ ފެރިދޫ
20215 އަހަރު ކުރިން
ރިޕޯޓު

ރައީސްގެ ތަރުޖަމާނަށް އެންމެ މީރީ ގަބުޅި ސަޓަނި، މިހާތަނަށް ވަޑައިގެންނެވި އެންމެ ތަފާތު ރަށަކީ ފެރިދޫ

ބްރިޖް ހައިވޭގައި ދުއްވާފައި ދިޔަ ކާރެއް ކޮންޓްރޯލް ނުވެ ގޮސް މޫދު ތޮށްޓަށް
20197 އަހަރު ކުރިން
ރާއްޖެ

ބްރިޖް ހައިވޭގައި ދުއްވާފައި ދިޔަ ކާރެއް ކޮންޓްރޯލް ނުވެ ގޮސް މޫދު ތޮށްޓަށް

ޓީވީތަކުން ލައިވްކޮށް ދެއްކި މަންޒަރު ދޮގުކޮށް، ނޫސްވެރިން އަޚުލާޤީ މިންގަނޑު ހިފަހައްޓަން ފުލުހުން ގޮވާލައިފި
20188 އަހަރު ކުރިން
ރާއްޖެ

ޓީވީތަކުން ލައިވްކޮށް ދެއްކި މަންޒަރު ދޮގުކޮށް، ނޫސްވެރިން އަޚުލާޤީ މިންގަނޑު ހިފަހައްޓަން ފުލުހުން ގޮވާލައިފި

ރާއްޖެކުޅިވަރުދުނިޔެވިޔަފާރި - އިގްތިސާދުރިޕޯޓުފޮޓޯވާހަކަސިއްހަތުތަފާތު ޚަބަރުލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު