Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - worldAdvertisement
ދުނިޔެރަޝިޔާ

ރަޝިޔާގެ އިދިކޮޅު ލީޑަރު ނަވަލްނީ އަވަހާރަކޮށްލީ ބޮކުގެ ވިހަ ބޭނުންކޮށްގެން ކަމަށް އިނގިރޭސިވިލާތުން ބުނެފި

ރަޝިޔާގެ އިދިކޮޅު ލީޑަރު އެލެކްސީ ނަވަލްނީ އަވަހާރަވީ ކްރެމްލިންގެ ބައިވެރިވުން އޮވެގެން ދިން ނުރައްކާތެރި ވިހައެއްގެ ސަބަބުން ކަމަށް ބުނެ، އިނގިރޭސިވިލާތާއި ވިލާތުގެ ބައެއް ގައުމުތަކުން ރަޝިޔާ އަށް ބޮޑެތި ތުހުމަތުތަކެއް ވަނީ ކޮށްފައި.

ރާއްޖެ އެމްވީ | 14 ފެބުރުއަރީ 2026 | ހޮނިހިރު 16:37
އެލެކްސީ ނަވަލްނީ

އެލެކްސީ ނަވަލްނީ | ގެޓީ އިމޭޖަސް

ރަޝިޔާގެ އިދިކޮޅު ލީޑަރު އެލެކްސީ ނަވަލްނީ އަވަހާރަކޮށްލާފައިވަނީ "ޑާޓް ފްރޮގް" ނަމަކަށް ކިޔާ ބާވަތެއްގެ ބޮކުން އުފައްދާ ވިހައެއް ބޭނުންކޮށްގެން ކަމަށް އިނގިރޭސިވިލާތުގެ ފޮރިން އޮފީހުން ބުނެފި އެވެ.

ސައިބީރިއާގެ ޖަލެއްގައި ނަވަލްނީ އަވަހާރަވިތާ ދެ އަހަރު ފުރުނުއިރު، އިނގިރޭސިވިލާތާއި އެ ގައުމުގެ ބައިވެރިން ވަނީ ނަވަލްނީގެ ހަށިގަނޑުން ފެނުނު ސާމްޕަލްތައް ތަހުލީލުކުރުމަށް ފަހު، މި މަރުގެ ޒިންމާ ރަޝިޔާގެ ސަރުކާރުގެ ބޮލުގައި އަޅުވާފަ އެވެ.

އިނގިރޭސި ފޮރިން އޮފީހުން ހާމަކުރި ގޮތުގައި، ނަވަލްނީގެ ހަށިގަނޑުން ފެނުނު "އެޕިބަޓިޑިން" ނަމަކަށް ކިޔާ މި ވިހަ އަކީ އެއްވެސް އާދައިގެ ސަބަބަކާ ހުރެ އޭނާގެ ހަށިގަނޑުގެ ތެރޭގައި ހުރެދާނެ އެއްޗެއް ނޫނެވެ.

މިއުނިކް ސެކިއުރިޓީ ކޮންފަރެންސްގައި ވާހަކަދައްކަވަމުން އިނގިރޭސި ފޮރިން ސެކްރެޓަރީ އިވެޓް ކޫޕާ ވިދާޅުވީ، ރަޝިޔާގެ ޖަލެއްގައި ބަންދުކޮށްފައި ހުރި އެލެކްސީ ނަވަލްނީއާ ދެކޮޅަށް މިފަދަ ނުރައްކާތެރި ވިހައެއް ބޭނުންކުރުމުގެ ވަސީލަތްތަކާއި، ބޭނުމާއި، ފުރުސަތު އޮތީ ހަމައެކަނި ރަޝިޔާ ސަރުކާރަށް ކަމަށެވެ.

މި ހަފުތާ ބަންދުގައި ބޭއްވި މި ކޮންފަރެންސްގެ ތެރެއިން ކޫޕާ ވަނީ ނަވަލްނީގެ ހުވަފަތް އަނބިކަނބަލުން ޔޫލިއާ ނަވަލްނަޔާ އާ ބައްދަލުކުރައްވާފަ އެވެ.

މި އިވެންޓުގައި ވާހަކަދައްކަވަމުން ކޫޕާ ވިދާޅުވީ، ރަޝިޔާ އިން ނަވަލްނީ ދުށީ ސަރުކާރަށް އޮތް ބޮޑު ނުރައްކަލެއްގެ ގޮތުގައި ކަމަށެވެ.

އަދި މިފަދަ ވިހައެއް ބޭނުންކުރުމުން ދޭހަވަނީ، ރަޝިޔާ ސަރުކާރުގެ އަތުގައި ހުރި ނުރައްކާތެރި ވަސީލަތްތަކާއި، އިދިކޮޅު ސިޔާސީ ފަރާތްތައް ދެކެ ސަރުކާރުން ބިރު ގަންނަ މިންވަރު ކަމެވެ.

ނަވަލްނީ އަށް ވިހަދިން ކަމަށް ބުނެ ރަޝިޔާ އަށް ކުރާ ތުހުމަތުތަކުގައި އިނގިރޭސިވިލާތާއެކު ސްވިޑަން، ފްރާންސް، ނެދަލޭންޑްސް އަދި ޖަރުމަނުވިލާތުން ވަނީ ބައިވެރިވެފަ އެވެ.

ފޮރިން އޮފީހުން ބުނި ގޮތުގައި، ކެމިކަލް ހަތިޔާރު މަނާކުރާ މުއާހަދާއާ ރަޝިޔާ އިން ޚިލާފުވެފައިވާ ކަމަށް ބުނެ، އެ މައްސަލަ އިނގިރޭސިވިލާތުން މިހާރު ވަނީ އޯގަނައިޒޭޝަން ފޯ ދަ ޕްރޮހިބިޝަން އޮފް ކެމިކަލް ވެޕަންސް (އޯ.ޕީ.ސީ.ޑަބްލިއު) އަށް ހުށަހަޅާފަ އެވެ.

ކޮރަޕްޝަނާ ދެކޮޅަށް މަސައްކަތް ކުރެއްވި، ރަޝިޔާގެ އެންމެ ނުފޫޒުގަދަ އިދިކޮޅު ލީޑަރު ނަވަލްނީ ކުއްލި ގޮތަކަށް ޖަލުގައި އަވަހާރަވީ 16 ފެބްރުއަރީ 2024 ގައެވެ. އަވަހާރަވީއިރު އުމުރަކީ 47 އަހަރެވެ.

މީގެ ކުރިން 2020 ވަނަ އަހަރުވެސް "ނޮވިޗޮކް" ނާރވް އޭޖެންޓް ބޭނުންކޮށްގެން ނަވަލްނީއަށް ވިހަދީފައިވެ އެވެ. އެ ފަހަރު ޖަރުމަނުވިލާތުން ފަރުވާ ހޯއްދެވުމަށްފަހު އެނބުރި ރަޝިޔާ އަށް ވަޑައިގަތުމާއެކު އެއާޕޯޓުން އޭނާ ވަނީ ހައްޔަރުކޮށްފަ އެވެ.

އެލެކްސީ ނަވަލްނީރަޝިޔާއިނގިރޭސިވިލާތްޔޫލިއާ ނަވަލްނަޔާއޯ.ޕީ.ސީ.ޑަބްލިއު

އިތުރަށް ކިޔާލަން

14 ފެބުރުއަރީ 2026

ރަޝިޔާގެ ފޮރިން މިނިސްޓަރު ލަވްރޮވްގެ ފޯނު ކޯލެއް، ސައުދީގެ ފޮރިން މިނިސްޓަރު ފައިޞަލް އަށް

14 ފެބުރުއަރީ 2026
ރަޝިޔާގެ ފޮރިން މިނިސްޓަރު ލަވްރޮވްގެ ފޯނު ކޯލެއް، ސައުދީގެ ފޮރިން މިނިސްޓަރު ފައިޞަލް އަށް
12 ފެބުރުއަރީ 2026

ރަޝިޔާގައި ވަޓްސްއެޕް މުޅިން ބްލޮކްކުރަން އުޅޭ ކަމަށް އެ ކުންފުނިން ބުނެފި

12 ފެބުރުއަރީ 2026
ރަޝިޔާގައި ވަޓްސްއެޕް މުޅިން ބްލޮކްކުރަން އުޅޭ ކަމަށް އެ ކުންފުނިން ބުނެފި
11 ފެބުރުއަރީ 2026

ސްޓާމާގެ ހޫނު ރައްދެއް: މި ހުރީ ފަސް އަހަރަށް، އިސްތިއުފާ ނުދޭނަން

11 ފެބުރުއަރީ 2026
ސްޓާމާގެ ހޫނު ރައްދެއް: މި ހުރީ ފަސް އަހަރަށް، އިސްތިއުފާ ނުދޭނަން
11 ފެބުރުއަރީ 2026

ބޮޑު ވަޒީރުކަން ބޭނުމެއް ނޫން، މިއީ ލޭބާ ޕާާޓީ އަށް ބަދަލު ތަކެއް ގެންނަންވީ ވަގުތު: އެނާޖީ މިނިސްޓަރު މިލިބޭންޑް

11 ފެބުރުއަރީ 2026
ބޮޑު ވަޒީރުކަން ބޭނުމެއް ނޫން، މިއީ ލޭބާ ޕާާޓީ އަށް ބަދަލު ތަކެއް ގެންނަންވީ ވަގުތު: އެނާޖީ މިނިސްޓަރު މިލިބޭންޑް
10 ފެބުރުއަރީ 2026

ވެރިކަން ހޯދަން 14 އަހަރު ނެގި، ބޮޑު ވަޒީރު އިސްތިއުފާ ދޭކަށް ނުޖެހޭ: ބޮޑު ވަޒީރުގެ ނައިބު

10 ފެބުރުއަރީ 2026
ވެރިކަން ހޯދަން 14 އަހަރު ނެގި، ބޮޑު ވަޒީރު އިސްތިއުފާ ދޭކަށް ނުޖެހޭ: ބޮޑު ވަޒީރުގެ ނައިބު
10 ފެބުރުއަރީ 2026

އެންމެ ފަހުން ބޮޑު ވަޒީރު ސްޓާމާގެ ދިފާއުގައި ހުރިހާ ވަޒީރުން ނިކުންނަވައިފި

10 ފެބުރުއަރީ 2026
އެންމެ ފަހުން ބޮޑު ވަޒީރު ސްޓާމާގެ ދިފާއުގައި ހުރިހާ ވަޒީރުން ނިކުންނަވައިފި
10 ފެބުރުއަރީ 2026

އެޕްސްޓީންގެ ޝިކާރަކަށްވީ މީހުންނަަށް ހަމްދަރުދީވާ ކަމަށް ވިލިއަމް އާއި ކެތަރިން ވިދާޅުވެއްޖެ

10 ފެބުރުއަރީ 2026
އެޕްސްޓީންގެ ޝިކާރަކަށްވީ މީހުންނަަށް ހަމްދަރުދީވާ ކަމަށް ވިލިއަމް އާއި ކެތަރިން ވިދާޅުވެއްޖެ
09 ފެބުރުއަރީ 2026

ޕްރިންސް ވިލިއަމް ސައުދީ އަށް ކުރައްވާ ފުރަތަމަ ރަސްމީ ދަތުރުފުޅުގައި ރިޔާޟް އަށް ވަޑައިގެންފި

09 ފެބުރުއަރީ 2026
ޕްރިންސް ވިލިއަމް ސައުދީ އަށް ކުރައްވާ ފުރަތަމަ ރަސްމީ ދަތުރުފުޅުގައި ރިޔާޟް އަށް ވަޑައިގެންފި
09 ފެބުރުއަރީ 2026

ބޮޑު ވަޒީރު ސްޓާމާ އިސްތިއުފާ ނުދެއްވާނެ ކަމަށް ބުނެފި

09 ފެބުރުއަރީ 2026
ބޮޑު ވަޒީރު ސްޓާމާ އިސްތިއުފާ ނުދެއްވާނެ ކަމަށް ބުނެފި
09 ފެބުރުއަރީ 2026

އިސްތިއުފާގެ އަޑު ގަދަވެފައި ވަނިކޮށް، ބޮޑު ވަޒީރު ސްޓާމަރ ޤައުމާ މުޚާތަބު ކުރައްވައި، ޕާޓީގެ މެމްބަރުންނާ ބައްދަލު ކުރައްވަނީ

09 ފެބުރުއަރީ 2026
އިސްތިއުފާގެ އަޑު ގަދަވެފައި ވަނިކޮށް، ބޮޑު ވަޒީރު ސްޓާމަރ ޤައުމާ މުޚާތަބު ކުރައްވައި، ޕާޓީގެ މެމްބަރުންނާ ބައްދަލު ކުރައްވަނީ
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު