Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - worldAdvertisement
ދުނިޔެ
އެމެރިކާ

ޓްރަމްޕްގެ ވީޑިއޯ އަށް ނުރުހުން އަމާޒު ކުރައްވައި އޮބާމާ ވިދާޅުވީ، ލަދުވެތިކަން ގެއްލެމުންދާ ކަމަށް

ބްރަޔަން ކޯހެންއާ އެކު ހޮނިހިރު ދުވަހު ކުރިއަށް ގެންދިޔަ ޕޮޑްކާސްޓުގައި ވާހަކަ ދައްކަވަމުން ޓްރަމްޕް ވިދާޅުވި، އެމެރިކާގެ ސިޔާސީ ބަހުަސްތައް މިހާރު ވެއްޓިފައި ވަނީ، މީގެ ކުރިން ދުވަހަކު ވެސް ނުދެކޭ ފަދަ ދަށު ދަރަޖަ އަކަށް ކަމަށް. ޓްރަމްޕްގެ ނަން ސީދާ ވިދާޅުނުވި ނަމަވެސް، އޮބާމާ ފާހަގަ ކުރެއްވި ގޮތުގައި އެފަދަ އަމަލުތަކާ މެދު އެމެރިކާގެ ގިނަ ރައްޔިތުން ކަންބޮޑުވޭ.

ޝައިހާން ޒަރީރް
ޝައިހާން ޒަރީރް, ރާއްޖެ އެމްވީ | 16 ފެބުރުއަރީ 2026 | ހޯމަ 07:09
އެމެރިކާގެ ކުރީގެ ރައީސް ބަރަކް އޮބާމާ

އެމެރިކާގެ ކުރީގެ ރައީސް ބަރަކް އޮބާމާ | ގެޓީ އިމޭޖަސް

އެމެރިކާގެ ކުރީގެ ރައީސް ބަރަކް އޮބާމާ އާއި، އެމަނިކުފާނުގެ އަނބިކަނބަލުން މިޝޭލް އޮބާމާ އަށް ފުރައްސާރަކޮށް، އެ ޤައުމުގެ މިހާރުގެ ރައީސް ޑޮނަލްޑް ޓްރަމްޕް ކުރެއްވި ޕޯސްޓަށް އޮބާމާ ފާޑު ވިދާޅުވެއްޖެ އެވެ. 

މި ހިނގާ ފެބްރުވަރީ މަހުގެ ފަސް ވަނަ ދުވަހު، ޓްރަމްޕްގެ ޓުރުތު ސޯޝަލް މީޑިއާގައި ކުރެއްވި ޕޯސްޓެއްގައި ވަނީ އޮބާމާ އާއި، އޭނާގެ އަނބިކަނބަލުންނަށް ނަސްލީ ގޮތުން ފުރައްސާރަ ކޮށްފަ އެވެ. އެ ޕޯސްޓާ ގުޅިގެން އެތައް ބައެއްގެ ފާޑު ކިޔުން އަމާޒުވުމުން، ވައިޓް ހައުސް އިން ވަނީ އެ ޕޯސްޓު ޑިލީޓު ކޮށްލައިފަ އެވެ. 

ޓްރަމްޕްގެ ޕޯސްޓާ ގުޅޭ ގޮތުން ފުރަތަމަ ފަހަރަށް ވާހަކަ ދައްކަވަމުން އޮބާމާ ވަނީ، އެކަމަށް ވަރަށް ބޮަޑަށް ފާޑު ވިދާޅުވެފަ އެވެ. އަދި އޮބާމާ ވިދާޅުވީ، އެމެރިކާގެ ސިޔާސީ މަސްރަޙުގައި އަދަބުވެރިކަމާއި، ލަދު ޙަޔާތް ކުޑަވަމުންދާ ކަމަށެވެ. އޮބާމާ އަކީ އެމެރިކާގެ ގިނަ ބައެއްގެ މެދުގައި އަދިވެސް މަޤުބޫލުކަން އޮންނަ ބޭފުޅެކެވެ. 

ބްރަޔަން ކޯހެންއާ އެކު ހޮނިހިރު ދުވަހު ކުރިއަށް ގެންދިޔަ ޕޮޑްކާސްޓުގައި ވާހަކަ ދައްކަވަމުން ޓްރަމްޕް ވިދާޅުވި، އެމެރިކާގެ ސިޔާސީ ބަހުަސްތައް މިހާރު ވެއްޓިފައި ވަނީ، މީގެ ކުރިން ދުވަހަކު ވެސް ނުދެކޭ ފަދަ ދަށު ދަރަޖަ އަކަށް ކަމަށެވެ. ޓްރަމްޕްގެ ނަން ސީދާ ވިދާޅުނުވި ނަމަވެސް، އޮބާމާ ފާހަގަ ކުރެއްވި ގޮތުގައި އެފަދަ އަމަލުތަކާ މެދު އެމެރިކާގެ ގިނަ ރައްޔިތުން ކަންބޮޑުވެ އެވެ. 

އެކަން ފާހަގަ ކުރައްވައި އޮބާމާ ވިދާޅުވީ، ސޯޝަލް މީޑިއާ އާއި، ޓީވީ ތަކުން ފެންނަނީ "ކްލައުން ޝޯ" ފަދަ ކަންތައް ތަކެއް ކަމަށާއި، ދައުލަތުގެ މަތީ މަޤާމު ތަކަށް ދޭން ޖެހޭ އިޙުތިރާމް އާއި، އަދަބުވެރިކަން މިހާރު ގެއްލިފައިވާ ކަމަށެވެ. 

ޓްރަމްޕް ޕޯސްޓު ކުރި ވީޑިއޯ އަކީ، 2020 ވަނަ އަހަރު އެމެރިކާގައި އޮތް ރިޔާސީ އިންތިޚާބު އޭނާ އަށް ނާކާމިޔާބުވީ އޮޅުވާލުމާއި، ވައްކަން ކުރުމުން ކަމަށް ވިދާޅުވެ ކުރެއްވި ޕޯސްޓެކެވެ. އެއް މިނެޓުގެ އެ ވީޑިއޯގެ ފަހު ބައިގައި ވަނީ، އޮބާމާ އާއި އޭނާގެ އަނބިކަނބަލުންގެ މޫނުގައި ރާމާމަކުނު ޖަހާފައިވާ މަންޒަރެއް ހިމަނައިފަ އެވެ. އޮބާމާ އަކީ އެމެރިކާގެ ތާރީޚުގައި ކަޅު ނަސްލުގެ ފުރަތަމަ ރައީސް އެވެ. 

އެ ވީޑިއޯއާ ގުޅޭ ގޮތުން ވައިޓް ހައުސް އިން ބުނެފައި ވަނީ، އެއީ މުވައްޒަފަކަށް އޮޅިގެން ހެދުނު ޕޯސްޓެއް ކަމަށާއި، ފަހުން އެ ޕޯސްޓު ޑިލީޓު ކޮށްލާފައިވާ ކަމަށެވެ. އެ މައްސަލައިގައި ނޫސްވެރިން ސުވާލު ކުރުމުން ޓްރަމްޕް ވިދާޅުވީ، އެ ވީޑިއޯގައި އެ މަންޒަރު ހިމަނާފައި ހުރިކަން އެނގިވަޑައި ނުގަންނަވާ ކަމަށެވެ. އެކަމުގައި މައާފަށް އެދޭނެތޯ ސުވާލު ކުރުމުން ޓްރަމްޕް ވިދާޅުވީ، އެފަދަ ގޯހެއް އެކަމުގައި ނެތް ކަމަށެވެ. 

އެ ޕޮޑްކާސްޓުގައި ވާހަކަ ދައްކަވަމުން އޮބާމާ ވިދާޅުވީ ފެޑަރަލް އެޖެންޓުން ހިންގި އެ އޮޕަރޭޝަންގެ ތެރޭގައި އާންމުންގެ ދެ މީހެއްގެ ގަޔަށް ބަޑި ޖަހައި މަރާލާފައިވާއިރު، އެއީ ޚުދުމުޚުތާރު ޑިކްޓޭޓާޝިޕް ތަކުގައި ކަންކަން ކުރާ އުސޫލެއް ކަމަށެވެ. އަދި ފެޑަރަލް ސަރުކާރުގެ އެޖެންޓުންގެ ފަރާތުން ފެންނަ މިފަދަ ނުރައްކާތެރި އަމަލު ތަކަކީ ކަންބޮޑުވާން ޖެހޭ ކަމެއް ކަމަށް ވެސް އޮބާމާ ފާހަގަ ކުރެއްވި އެވެ. 

މަސްދަރު: އޭއެފްޕީ

ބަރަކް އޮބާމާމިޝެލް އޮބާމާޑޮނަލްޑް ޓްރަމްޕްއެމެރިކާ

ކޮމެންޓް

އިތުރަށް ކިޔާލަން

ޣައްޒާ އަށް ފަސް ބިލިއަން ޑޮލަރު ދިނުމަށް، ބޯޑު އޮޕް ޕީސްގެ މެމްބަރުން އެއްބަސްވެއްޖެ: ޓްރަމްޕް

ޣައްޒާ އަށް ފަސް ބިލިއަން ޑޮލަރު ދިނުމަށް، ބޯޑު އޮޕް ޕީސްގެ މެމްބަރުން އެއްބަސްވެއްޖެ: ޓްރަމްޕް

16 ފެބުރުއަރީ 2026
ދަތިކުރުމުގެ ފިޔަވަޅުތައް އުވާލާނަމަ ނިއުކްލިއާ އެއްބަސްވުމަކަށް އަންނަން އީރާން ތައްޔާރު

ދަތިކުރުމުގެ ފިޔަވަޅުތައް އުވާލާނަމަ ނިއުކްލިއާ އެއްބަސްވުމަކަށް އަންނަން އީރާން ތައްޔާރު

15 ފެބުރުއަރީ 2026
ޑީލަކަށް ނާދެވިއްޖެ ނަމަ އީރާނަށް "ވަރަށް ހިތްދަތި" ނަތީޖާ އަކާ ކުރިމަތިލާން ޖެހިދާނެ ކަމަށް ވިދާޅުވެ ޓްރަމްޕް އިންޒާރުދެއްވައިފި

ޑީލަކަށް ނާދެވިއްޖެ ނަމަ އީރާނަށް "ވަރަށް ހިތްދަތި" ނަތީޖާ އަކާ ކުރިމަތިލާން ޖެހިދާނެ ކަމަށް ވިދާޅުވެ ޓްރަމްޕް އިންޒާރުދެއްވައިފި

13 ފެބުރުއަރީ 2026
އަނެއްކާ ވެސް އިތުރު ހަނގުރާމަމަތީ މަނަވަރެއް އެމެރިކާ އިން މެދުއިރުމައްޗަށް ފޮނުވަން ތައްޔާރުވަނީ

އަނެއްކާ ވެސް އިތުރު ހަނގުރާމަމަތީ މަނަވަރެއް އެމެރިކާ އިން މެދުއިރުމައްޗަށް ފޮނުވަން ތައްޔާރުވަނީ

13 ފެބުރުއަރީ 2026
އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕް، އިޒްރޭލުގެ ބޮޑުވަޒީރު ބެންޖަމިން ނަތަންޔާހޫ އާ ބުދަ ދުވަހު ވައިޓް ހައުސްގައި ބައްދަލުކުރައްވައިފި

އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕް، އިޒްރޭލުގެ ބޮޑުވަޒީރު ބެންޖަމިން ނަތަންޔާހޫ އާ ބުދަ ދުވަހު ވައިޓް ހައުސްގައި ބައްދަލުކުރައްވައިފި

11 ފެބުރުއަރީ 2026

އަހަރުތަކުން މިއަދު

11 މެއި
އިންޑިއާ އިން ދައްކަން ބޭނުންވި ގަދަފަދަކަން ފެނިގެން ދިޔައީ އޭގެ އިދިކޮޅެވެ!
20251 އަހަރު ކުރިން
ދުނިޔެ

އިންޑިއާ އިން ދައްކަން ބޭނުންވި ގަދަފަދަކަން ފެނިގެން ދިޔައީ އޭގެ އިދިކޮޅެވެ!

ކުޑައިރުގެ އެކުވެރިޔާ، ރައީސް ސާލިހުއާ އޮތް ގާތްގުޅުން ކަނޑާލުންވީ ފަސޭހަ ކަމަކަށް ނޫން: ރައީސް ނަޝީދު
20242 އަހަރު ކުރިން
ރާއްޖެ

ކުޑައިރުގެ އެކުވެރިޔާ، ރައީސް ސާލިހުއާ އޮތް ގާތްގުޅުން ކަނޑާލުންވީ ފަސޭހަ ކަމަކަށް ނޫން: ރައީސް ނަޝީދު

ފައިނަލްގެ ކުރިން އަލީ ވަހީދު: ހަތިޔާރު ހުރީ ތޫނުކޮށް، ތަށި ހޯދޭނެ
20233 އަހަރު ކުރިން
ކުޅިވަރު

ފައިނަލްގެ ކުރިން އަލީ ވަހީދު: ހަތިޔާރު ހުރީ ތޫނުކޮށް، ތަށި ހޯދޭނެ

ކީރިތި ކުރައްވަމުން އާޒިމާ: "މައްސަލައަށް 3 އަހަރުވީ، މިއީ 6 ވަނަ ފަނޑިޔާރު"
20224 އަހަރު ކުރިން
ރާއްޖެ

ކީރިތި ކުރައްވަމުން އާޒިމާ: "މައްސަލައަށް 3 އަހަރުވީ، މިއީ 6 ވަނަ ފަނޑިޔާރު"

ހަމަލާގެ ފަހުން ރައީސް ނަޝީދުގެ ފުރަތަމަ ބަސްފުޅު: ހެޔޮވެރިކަން ހޯދައިދިނުމުގައި ދެމިހުންނާނަން
20215 އަހަރު ކުރިން
ރާއްޖެ

ހަމަލާގެ ފަހުން ރައީސް ނަޝީދުގެ ފުރަތަމަ ބަސްފުޅު: ހެޔޮވެރިކަން ހޯދައިދިނުމުގައި ދެމިހުންނާނަން

ތޮއްޑޫއިން ކަރާގެ ތަފާތު މުޑުވަކެއް: ހުދު ކުލަ!
20197 އަހަރު ކުރިން
ރިޕޯޓު

ތޮއްޑޫއިން ކަރާގެ ތަފާތު މުޑުވަކެއް: ހުދު ކުލަ!

ވެރިމީހާ ގެއްލިގެން ހޯދި ސާމަރާ ދޫނި ފުލުހުން ހޯދައިދީފި
20188 އަހަރު ކުރިން
ރާއްޖެ

ވެރިމީހާ ގެއްލިގެން ހޯދި ސާމަރާ ދޫނި ފުލުހުން ހޯދައިދީފި

ރާއްޖެކުޅިވަރުދުނިޔެވިޔަފާރި - އިގްތިސާދުރިޕޯޓުފޮޓޯވާހަކަސިއްހަތުތަފާތު ޚަބަރުލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު